ހދ. ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖާއި، ހިރަފުސް ކަނބުލޮ ފުޓްސަލް ޗެލެންޖުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިންޓަ އޮފީސް ފުޓްސަލް ޗެލްނެޖް މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީގައި ހުންނަ މުއައްސަސާތަކަށާއި ކުންފުނިތަކަށެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކ...
އިބްރާހިމް ޚަލީލް
ހދ. ނޭކުރެންދޫއާއި ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ނޭކުރެންދޫ އަންހެނުންގެ ކޮމިޓީއަށް 2 މެމްބަރު އަދި ނަރުދޫ އަންހެނުންގެ ކޮމިޓީއަށް މެމްބަރެއް ހޮވަން ޖެހޭ ކަމަށެވެ. އެގޮތުން މެމްބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާ (2 މާރޗް 2022) އިން ފެށިގެން 17 މާރޗް 2022 ވަނަ […]
އައިޝަތު ނަސާޔާ
ޤަވާޢިދާ ޚިލާފަށް ހދ. ކުރިނބީ ގޮނޑުދޮށުން ވެލިނެގި 2 ބިދޭސީއަކު ޖޫރިމަނާ ކޮށްފިއެވެ. “ތިލަދުން” މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ އެރަށު ގޮނޑުދޮށުން ވެލި ނަގާފައިވަނީ ބަންގްލަދޭޝްގެ 2 ރައްޔިތުން ކަމަށެވެ. މި ދެމީހުން ގޮނޑުދޮށުން ވެލި ނަގަމުންދާކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ކަމަށާއި އެކަމުގެ ރިޕޯޓު ލިބުމުން ވަގުތުން ކައުންސިލުން އެސަރަހައްދަށް ގޮސްފައިވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ކައުންސިލުން...
އައިޝަތު ނަސާޔާ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުޣުނީ ވަކި ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް އަހްމަދު ޝަރީފު އެ މަގާމަށް އައްޔަން ކޮށްފިއެވެ. ތިލަދުން އަށް އެނގިފައިވާ ގޮތުގައި މަގާމު ބަދަލު ކުރިކަން އަންގައި މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައި މިއަދުން މިއަދަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ވަނީ ބުނެފައެވެ. މިދިޔަ އަހަރު ވެސް ޝަރީފު އީސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމުން […]
އަޙްމަދު ވަހީދު
ށ. ފޭދޫގައި ތަރައްގީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުން ދޫކޮށްލަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައްވައިފިއެވެ. އެ ކޯލިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޢާންމު ތަނެއްގައި “އިންޑިއާ އައުޓް” ލިޔެގެން ހައްޔަރު ކުރި ށ. ފޭދޫގެ 2 މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ހައްޔަރުކުރި ރޭ ހަތަރުދަމު އެ ދެ މީހުން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުގައި ބައިތިއްބާފައި ވަނީ […...
އައިޝަތު ނަސާޔާ
ރާއްޖެ އެތެރެ ކުރާ ތެޔޮ ޓެސްޓުކޮށް އޭގެ ކޮލިޓީ ދެނެގަތުމަށް އެސްޓީއޯއިން ލެބޯޓްރީއެއް ހުޅުވައިފިއެވެ. މިއަދު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މި ލެބޯޓްރީ ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޗެއާމަން ހާމިދު ނަޝިދު އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އެސްޓީއޯއިން ބުނި ގޮތުގައި މި ލެބޯޓްރީ ހިންގާނީ ޖީއޯ ކެމް މިޑްލް އީސްޓް ކުންފުންޏާ ހަވާލު ކޮށްގެންނެވެ. ކުރިއަށް އޮތްތަނުގައި އެތަނުގައި މަސައްކަތް ކުރާނީ ދިވެހިން ކަމަށާއި އެކަން ހާސިލް ކުރުމަށް ދިވެހިން ތަމްރީން […]
އަޙްމަދު ވަހީދު
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ސާބިތު ކުރެވޭނެ ހެއްކެއް ނެތް ކަމަށް ނިންމައި، އެ މައްސަލަ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. މަހްލޫފްގެ މައްޗަށް ދައުވާކުރީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުން އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ އިބްތިދާއީ […]
ހުސައިން ހަބީބް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، “ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑް” ގެ ނަމުގައި ބޯޑެއް މިއަދު އެކުލަވައިލައްވައިފިއެވެ. މި ބޯޑަކީ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ. މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ ޑޮކްޓަރ ލަވްޝާ މުޙައްމަދެވެ. މި ބޯޑު އެކުލަވައިލައްވާފައި 7 ބޭފުޅުންގެ މައްޗަށެވެ. އެ ބޯޑަށް މިހާތަނަށް...
ޔުމްނާ ޢަލީ
ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ ކުންފުންޏާ ހަވާލުކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ވިލާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ގާސިމް އިބްރާހިމްއެވެ. ވިލާ ކުންފުންޏާ ކާޑެއްދޫ އެއާޕޯޓްގެ ހިންގުން ހަވާލުކުރީ، ކޯޓުން އެ ގޮތަށް ނިންމާފައިވާތީއެވެ. ވިލާގެ އަތުން ކާޑެއްދޫ އެއާޕޯޓު އަތުލާފައިވަނީ 2017ވަނަ އަަހަރުއެވެ. އޭގެ ފަހުން އެއާޕޯޓް ހިންގީ ރީޖަނަލް އެއާޕޯޓްސް އިންނެވެ. ކާޑެއްދޫ އެއާޕޯޓު ހިންގުން 2013 ވަނަ އަހަރު ވިލާ ކުންފުނ...
އަޙްމަދު ވަހީދު
ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފާނެތީ އެމެރިކާގައި ތިބި ރަޝިއާ މަހުޖަނުންގެ ޔޮޓުތައް ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ކަމަށް ބޭރުގެ މީީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ބޭރުގެ މަޝްހޫރު މީޑިއާއެއް ކަމަށްވާ ސީއެންބީސީން ބުނީ އެމެރިކާއިން ރަޝިއާ ވިޔަފާރިވެރިންގެ، އެސެޓްތައް ފްރީޒްކޮށްފާނެ ކަމުގެ ބިރަށް ޔޮޓްތައް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަން ފާހަގަ ކުރެވުނީ މެރިން ޓްރެފިކް ޑާޓާތައް އެ ނޫހުން ރިވިއުކުރި އިރު ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފައެވެ. ޔޮޓުތައް ރާއްޖެއަށް ފޮނުވުމުން އެމ...
އަޙްމަދު ވަހީދު
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ނަރުހުންނަށް އައު ޔުނިފޯމް ތަޢާރަފް ކޮށްފިއެވެ. ކޭއާރުއެޗްގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިއަދު ވަނީ ކުޅުދުއްފުށީ ސިޓީގެ ސްޓޭޑިއަމް ސަރަހައްދުގައި ޚާއްޞަ ހެނދުނު ނާސްތާއެއް ކުރިއަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލްގެ ވެރިންނާއި، މުވައްޒަފުން ބައިވެރިވި މި ނާސްތާގެ ތެރެއިން ވަނީ އެ ހޮސްޕިޓަލް ނަރުހުންނަށް އައު ޔުނިފޯމް ތަޢާރަފް ކޮށްފައެވެ. މި ޔުނިފޯމް ތަޢާރަފް ކޮށްދެއްވީ އެހޮސްޕިޓަލުގެ ޑީސީއީއޯ އަހުމަދު ދާއޫދެވެ. ކެއާރުއެޗުން ގެންދަނީ އެ ހ...
އައިޝަތު ނަސާޔާ
ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކުރަން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތް ސެންޓަރު އަދި ހެލްތް ޕޯސްޓް ތަކަށް މި ކިޓްތައް ހަދިޔާ ކުރާކަން ހާމަކޮށްފައި ވަނީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމް އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް-ހަމާދީ އާއި ކުންފުނީގެ އިސް އޮފިޝަލުންނާއި އެކު […]
އަޙްމަދު ވަހީދު
މިއަހަރުގެ ރޯދަމަހާ ގުޅުވައިގެން އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން ފަށައިފިއެވެ. މިއަދު އެ ކުންފުނީގެ ހޯލްސޭލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެ ކުންފުނީގެ ޕީޕަލްސް ޗޮއިސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާންއެވެ. މިއީ އެސްޓީއޯގެ ރަމަޒާން ބާޒާރު 2022ގެ ދަށުން ފެށި ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި އެސްޓީއޯ ހޯލްސޭލް ސެންޓަރުން 1000ރ. އިން މަތިން ވިޔަފާރި...
އަޙްމަދު ވަހީދު
ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ އޮޑިޝަން ނިންމައި މުބާރާތަށް 20 ބައިވެރިން ހޮވައިފިއެވެ. މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް އެދި 34 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. ނަމަވެސް 26 ފެބްރުއަރީ 2022 ވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އޮޑިޝަންގައި ބައިވެރި ވެފައި […]
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ރައީސް ޞާލިޙް ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރަށްވާފައި ވަނީ ސިންގަޕޫރުގައެވެ. އެ އޮޕަރޭޝަން ކުރެއްވީ މިދިޔަ ފެބްރުއަރީ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްތެރޭ އަނބުރާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި...
ޝިއުނާ އާދަމް
ށ. ފޭދޫ ކައުންސިލުން އެރަށުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި އެރަށުން ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ށ. ފޭދޫ ގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 28 އަހަރުގެ […]
ޔުމްނާ ޢަލީ
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ އިންތިޚާބާ ދިމާކޮށް ސަރުކާރުގެ މަގާމުތަކުގައި ތިބި ބައެއް މީހުން މަގާމުތަކުން ވަކިކުރާ ކަމުގެ ޝަކުވާ ލިބޭތީކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މިއަދު ކުރިއަށް ދާ މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރު، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) އެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ ބަހުސް ފެށިފައެވެ. މައްސަލަ ބަލައިގަންނަ...
ތިލަދުން
ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް” ފަށައިފިއެވެ. މި މުބާރާތް 28 ފެބްރުއަރީ 2022 ވީ ހޯމަ ދުވަހު ދިއްދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ހއ. އަތޮޅު ހޮސްޕިޓަލުގެ ޓީމާއި ފެނަކައެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 4-4 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު […]
އިބްރާހިމް ޚަލީލް