މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1429 ވަނަ ޞަފްޙާ

ގޯލްޑަން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، ނާވައިދޫ، ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، ނާވައިދޫ، ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފި

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓުސަލް ޗެލެންޖް 2022 ގައި އިހަވަންދޫ، ނާވައިދޫ، އަދި ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ. ހއ. އަތޮޅު ޗެމްޕިއަންކަން އިހަވަންދޫ ހޯދީ ފައިނަލްގައި 2-0 ގެ ނަތީޖާއިން ހޯރަފުށި މަށްޗައް ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ގޯލް ޖަހައިދީފަވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ސުހައިލް އެވެ. ދެވަނަ ގޯލް އިހަވަންދޫއަށް ޖަހައިދިނީ މެޗުގެ އެންމެ ފަހު މިނެޓުގައި ނަޝީދު އެވެ. މި ގޯލް ނަޝީދު ޖަހާފައިވަނީ ކައުންޓައެޓޭކެއްގައި އަރިމަތިން ހާމިދު […]

އަލީ ރިޔާޟް
ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓް: ދިރާގު ބަލިކޮށް ޗެމްޕިއަންކަން އުރީދޫއަށް

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓް: ދިރާގު ބަލިކޮށް ޗެމްޕިއަންކަން އުރީދޫއަށް

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަންކަން އުރީދޫއިން ހޯދައިފިއެވެ. ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު، އުރީދޫއިން ކާމިޔާބު ކޮށްފައި ވަނީ މުބާރާތުގެ އެންމެ ފަހު ޗެމްޕިއަން ޓީމް 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގައި އުރީދޫ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފއެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބު ކުރިއިރު، ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]

އިބްރާހިމް ޚަލީލް
ލަލީގާ: ބާސެލޯނާއަށް ފަސޭހަ މޮޅެއް

ލަލީގާ: ބާސެލޯނާއަށް ފަސޭހަ މޮޅެއް

ލަލީގާ ގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ފަސޭހަ ކަމާއެކީ ބިލްބާއޯ ގެ މައްޗަށް ބާސާއިން ކުރި ހޯދައިފިއެވެ. ބާސާގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 4-0 ގެ ނަތީޖާއިންނެވެ. ލީގު ފެށިގެން އައި އިރު ފޯމް ގެއްލިފައިވާ ބާސާއިން ވަނީ ފަހުން ކުޅުން ރަނގަޅުކޮށް މުހިންމު މެޗުތަކަކުން މޮޅުވެފައެވެ. އެގޮތުން މި އަހަރުފެށުނު ފަހުން އަދި ބާސެލޯނާ ލީގު މެޗަކުން ބަލި ވެފައެއްނުވެއެވެ. ރޭގެ މެޗު ފަށައިގެން ފުރުތަމަ ހަމަލާ ފޮނުވާލައިފައިވަނީ ބާސާއިންނެވެ. […]

އަލީ ރިޔާޟް
މަކުނުދޫއިން ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެ

މަކުނުދޫއިން ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެ

ހދ. މަކުނުދޫއިން ކޯވިޑް-19 ބަލީގައި މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ކޯވިޑް ބަލީގެ މީހެއް މަކުނުދޫގައި މިއަދު ވަނީ ނިޔާވެފައެވެ. އެރަށުން ނިޔާވެފައި ވަނީ އުމުރުން 87 އަހަރުގެ މީހެކެވެ. އެމީހާ ނިޔާވީ ހަވީރު 5:40 ގައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހެއް ނިޔާވުމުން މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 297 ވަނަ މީހާއެވެ. ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް […]

ޔުމްނާ ޢަލީ
ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި

ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި

ސްޓެލްކޯގެ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން “ޕަވާ ހައުސް މެނޭޖާސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް” ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ. މިއަދު ފެށު މި ޕްރޮގްރާމަކީ އެ ކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވީ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރ...

އަޙްމަދު ވަހީދު
ނާޞިޙް ސްޓޭޓް މިނިސްޓަރުކަމަށް

ނާޞިޙް ސްޓޭޓް މިނިސްޓަރުކަމަށް

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ މަޤާމަށް މުޙައްމަދު ނާޞިޙް ރަޝީދު މިއަދު އައްޔަނުކުރަށްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްޓޭޓް މިނިސްޓަރުކަމަށް ނާސިރު އައްޔަނުކުރަށްވާފައި ވަނީ އޭނާ ކުރިން ފުރުއްވަމުން ގެންދެވި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން ވަކިކުރެއްވުމަށް ފަހުގައެވެ. ނާޞިޙް މީގެ ކުރިން ވަނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސްގެ މަޤާމާއި އެ ކައުންސިލުގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވާފައެ...

ޝިއުނާ އާދަމް
ކުޅުދުއްފުށީގައި އެއަރ މޮނިޓަރިންގ ސެންސަރއެއް ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށީގައި އެއަރ މޮނިޓަރިންގ ސެންސަރއެއް ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށި ސިޓީގައި އެއާ މޮނިޓަރިންގ ސެންސަރއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މަޝްރޫއުއަކީ އެމިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއެއް ކަމަށެވެ. އެގޮތުން މި އެމް.އޯ.ޔޫގައި އެސިޓީގެ ފަރާތުން...

އައިޝަތު ނަސާޔާ
ރަށްރަށުގެ ތާރީޚު ހޯދައި ޒަމާނީ މަންސަތަކުގައި ރައްކާކުރުމަށް ގޮވާލައްވައިފި

ރަށްރަށުގެ ތާރީޚު ހޯދައި ޒަމާނީ މަންސަތަކުގައި ރައްކާކުރުމަށް ގޮވާލައްވައިފި

ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގެ ތާރީޚު ހޯދައި، އެއްކޮށް، ފަސޭހައިން ބޭނުންކުރެވޭ ޒަމާނީ މަންސަތަކުގައި އެ މަޢުލޫމާތު ރައްކާކުރުމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ވަޒީރު ޔުމްނާ މައުމޫން، ލޯކަލް ކައުންސިލްތަކަށް ގޮވާލައްވައިފިއެވެ. ޔުމްނާ މިކަމަށް ގޮވާލައްވާފައި މިވަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރަމުންދާ ޤައުމީ ތާރީޚުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވާފައިވާ މެސެޖެއްގައެވެ. އަދި މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުނު އ...

އައިޝަތު ނަސާޔާ
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ސައިޚް އަނީލު

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ސައިޚް އަނީލު

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒްގެ މަޤާމަށް ސ.ހިތަދޫ، ޖަންބުމާގެ، އަލްއުސްތާޛު މުޙައްމަދު އަނީލު އައްޔަނު ކުރަށްވައިފިއެވެ. ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ސެއިޚް އަނީލް މި މަގާމަށް އައްޔަނު ކުރަށްވާފައިވާ މިއަދުއެވެ. ސެއިޚް އަނީލު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން 2012 ވަނަ އަހަރު، އިސްލާމިކް ޝަރީއާއިން ބެޗެލަރސް ޑިގްރީގެ ސަނަދު ހާސިލުކުރައްވާފައެވެ. އަދި މިހާރު އެބޭފުޅާއަކީ ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއިން މާސްޓަރސް އޮފް އިސްލާމިކް ސްޓަޑީޒްގެ ތަަޢުލީމު ހ...

އަލީ އާދިލް
ރާއްޖޭގައި މަރުގެ އަދަބު އިއްވި ފުރަތަމަ ބިދޭސީއަކަށް މަހްމޫދުގެ ގާތިލް

ރާއްޖޭގައި މަރުގެ އަދަބު އިއްވި ފުރަތަމަ ބިދޭސީއަކަށް މަހްމޫދުގެ ގާތިލް

އދ. ދަނގެތީގެ ވިޔަފާވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި އޭނާގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) އަށް ކްރިމިނަލް ކޯޓުން މަރުގެ އަދަބު އިއްވައިފި އެވެ. މިއީ ރާއްޖޭގައި ބިދޭސީއަކަށް މަރުގެ އަދަބު ދޭން ހުކުމްކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އޮކްޓޫބަރު މަހު ތޫނު އެއްޗެހިންނާއި ދަގަނޑު ބުރި ބޭނުންކޮށްގެން މަހްމޫދު މަރާލީ ފައިސާގެ ބޭނުމުގަ އެވެ. އެކަން ކުރި ކަމަށް ސާލިމް ކޯޓުގައި އެއްބަސްވެ އަދި މައާފަށް އެދިފައި ވިޔަސް، މަހްމޫދުގެ ހުރިހާ […]

ހުސައިން ހަބީބް
"ބަންޑާރަ ކަޕް 2022" ފުޓްސަލް މުބާރާތް އިފްތިތާޙުކޮށްފި

"ބަންޑާރަ ކަޕް 2022" ފުޓްސަލް މުބާރާތް އިފްތިތާޙުކޮށްފި

“ބަންޑާރަ ކަޕް 2022” ފުޓްސަލް މުބާރާތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި މުބާރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބަންޑާރަ ކްލަބްގެ ފަރާތުން ރާވައި އިންތިޒާމްކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތްް އިފްތިތާޙުކޮށްފައިވަނީ ރޭ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި އިފްތިތާޙީ ޙަފްލާގައެވެ. ބަންޑާރަ ކަޕް 2022 އިފްތިތާޙުކޮށްދެއްވީ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒެވެ. ބަންޑާރަ ކަޕް 2022 ގައި، ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ޤާނޫނީ ވަކީލ...

އިބްރާހިމް އަސްވާޤް
މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފި

މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފި

މި އަހަރުގެ ރޯދަމަހާ ދިމާކޮށް، މިފްކޯއިން “އެންމެ މީރު” ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ. މިއަދު މިފްކޯ މަސް ފިހާރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 31 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގެ ގުރުއަތުން އެއްވަނަ އަށް ހޮވޭ މީހަކަށް 100،000ރ. ވްނީ ހުށަހަޅައިފައެވެ. އަދި ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިއަކަށް 5،000ރ. ގެ ބީއެމްއެލް […]

އަޙްމަދު ވަހީދު
މުރައިދޫގައި މޮބައިލް ލެބޯޓަރީގެ ޚިދުމަތް ފަށައިފި

މުރައިދޫގައި މޮބައިލް ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ހއ. މުރައިދޫ ސިއްޚީ މަރުކަޒުގައި މޮބައިލް ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެމަރުކަޒުގެ މެނޭޖަރު ހަސަން ރިޔާޒް ވިދާޅުވީ މުރައިދޫ ކައުންސިލާއި ގުޅިގެން މިޚިދުމަތް ރައްޔިތުންނަށް ދޭން ފަށާފައިވަނީ މިއަދު ކަމަށެވެ. އެގޮތުން ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލުން ހަދާދޭ ހުރިހާ ޓެސްޓްތަކެއްގެ ސޭމްޕަލް ނެގުމުގެ ޚިދުމަތް މިހާރު އެމަރުކަޒުންވެސް ލިބެމުންދާނެ ކަމަށާއި މިޓެސްޓްތަކުގެ ނަތީޖާ 2 ގަޑިއިރު ތެރޭ ލިބިގެންދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އޭގެތެރޭގައި...

އައިޝަތު ނަސާޔާ
ވެމްކޯއިން ވިލިމާލެ ސާފު ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

ވެމްކޯއިން ވިލިމާލެ ސާފު ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވިލިމާލެ ސާފު ކުރުމުގެ ޕްރޮގްރާމެއް ބާައްވައިފިއެވެ. މިއީ މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ގުޅިގެން އެ ކުންފުނިން ހިންގި ހަރަކާތެކެވެ. މި ދެ އިދާރާ ގުޅިގެން ހިންގި ފުރަތަނަ ހަރަކާތެވެ. ވެމްކޯއިން ބުނީ މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ރާވާ ކަންކަމުގައި ވެމްކޯއިން އެއްބާރުލުން ދޭނެ ކަމަށެވެ. We are pleased to extend our support to the annual […]

އަޙްމަދު ވަހީދު
ނަރުދޫގައި އައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ފަށަނީ

ނަރުދޫގައި އައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ފަށަނީ

ށ. ނަރުދޫގެ އުމުރުން 7 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްސަކޮށް އައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ. އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމަކީ އެއްމަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ މެމްބަރު އައިޝަތު އިކްލީނާ ވިދާޅުވީ މިޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ކުދިންނަށް މާދަމާ (ފެ...

އައިޝަތު ނަސާޔާ
އެމްބާޕޭ ގެ ދެގޯލްއިން ޕީއެސްޖީ ލީގް ތައްޓާ ގާތަށް

އެމްބާޕޭ ގެ ދެގޯލްއިން ޕީއެސްޖީ ލީގް ތައްޓާ ގާތަށް

ފުރާންސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެ ލީގް ތައްޓާ ގާތަށް ޖެހިލައިފިއެވެ. އޭއެސް ސެއިންޓް އާއި ބައްދަލު ކުރިމެޗުން ޕީއސްޖީ ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. މިމެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނަގާފައިވަނީ ސެއިންޓް އިންނެވެ. 16 ވަނަ މިނެޓްގައި މި ގޯލް ކާމިޔާބު ކޮށްދިނީ ޑެނިސް ބައަންގާއެވެ. ފުރަތަމަ ހާފް ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ ލިއޮނަލް މެސީގެ އެހީތެރިކަމާއެކު ކިލިޔަން […]

އަލީ ރިޔާޟް
ކެލާ، ގޮނޑުދޮށާއި ހޭޅިފަށް ސާފުކޮށްފި

ކެލާ، ގޮނޑުދޮށާއި ހޭޅިފަށް ސާފުކޮށްފި

ހއ. ކެލާގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ވަރަށް ފޯރިއާއިއެކު ކުރިއަށް ދިޔަ މި ހަރާތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، އެރަށުގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން ރަށުގެ ހުޅަނގު ފަރާތު( މަތިފަރާތް)ގެ 0.8 ކިލޯ މީޓަރު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށެވެ. އެ ސަރައްދުން 1.5 ޖަމްބޯ ބޭގްގެ ކުނި ނަގާފައިވާކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގެ ފުއްޓަރު ފަރާތުގެ […]

ޔުމްނާ ޢަލީ
ޕްރިމިއާ ލީގް: ޔުނައިޓެޑް އެއްވަރުވެ ގަދަ ހަތަރެއްގެ ފޯރިގަދަވެއްޖެ

ޕްރިމިއާ ލީގް: ޔުނައިޓެޑް އެއްވަރުވެ ގަދަ ހަތަރެއްގެ ފޯރިގަދަވެއްޖެ

އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރެލިގޭސަން ޒޯނުގައި އޮތް ވޮޓްފޯޑް އަތުން އަމިއްލަ ދަނޑުގައި އިނގިރޭސި ގަދަ ބާރު މެންޗަސްޓާ ޔުނައިޓެޑް އެއްވަރުވެއްޖެއެވެ. މުޅިމެޗުގައި ވެސް މޮޅަށް ކުޅުނު ޔުނައިޓެޑުން ވަނީ މި މެޗުގައި 17 ހަމަލާއެއް ފޮނުވާލައިފައެވެ. އެހެންނަމަވެސް ގޯލާ އަމާޒުވެފައި ވަނީ އެންމެ 5 ހަމަލާއެވެ. މެޗުގެ 5 ވަނަ މިނެޓުގައި ކުރިސްޓިއާނޯ ރޮނާލްޑޯ ގެ ހަމަލާއެއް ގޯލް ދަޑިއާއިި ވަނީ އަމާޒުވެފައެވެ. ވޮޓްފޯޑުގެ 6 ހަމަލާގެ ތެރެއިން ގޯލާ […]

އަލީ ރިޔާޟް