ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ ކޯވިޑް ބަލީގެ 2 މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކާއި، 78 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަންހެން މީހާ ނިޔާވީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރުފަހު 3:22 ގައެވެ. ފިރިހެން މީހާ ނިޔާވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4:55 ގައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު […]
ޔުމްނާ ޢަލީ
ކަރަންޓު އިގްތިސޯދުކުރުމަށް ހޭލުންތެރި ކުރުމަށް ސްޓެލްކޯއިން އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރު ކާމިޔާބު ކަމަށް އެ ކުންފުނިން ބުނެފިއެވެ. މި ކުޑަކުދިންގެ ހަވީރު ބާއްވާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެ ހަވީރުގެ ތެރެއިން ކުޑަކުދިންނާއި އާއިލާތަކަށް ރަނގަޅު ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މުހިންމުކަމާއި ކަރަންޓު އިގްތިސާދުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވަނީ ދީފައެވެ. ހަވީރުގައި ބައިވެރިވި ކުދިންގެ ހުނަރު ދައްކާލުމާއި، ކަޕްކޭކާއި ކުޑަކުދިންނާ ގުޅުންހުރި އެެކި ކަހަލަ ގޭމްތައް ކު...
އަޙްމަދު ވަހީދު
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020” ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ށ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް އަނެއްކާވެސް ފުނަދޫ ކައުންސިލް ހޮވިއްޖެއެވެ. 2019 ވަނަ އަހަރު ވެސް އެ އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ހޮވިފައި ވަނީ އެ ކައުންސިލެވެ. މިކާމިޔާބާއެކު ފުނަދޫ ކައުންސިލުން ވަނީ އެ ކައުންސިލްގެ ކުރީ ދައުރާއި، މި ދައުރުގެ ކައުންސިލް މެންބަރުންނަށާއި، ކައުންސިލްގެ މުވައްޒަފުންނަށް މަރުޙަބާ ކިޔާފައެވެ. […...
ޙުސައިން ޝަހުދީ
ކައުންސިލްތަކުން ފޯރުކޮށްދޭ މަސައްކަތްތައް ހަލުވިކޮށް ހިންގުން ހަރުދަނާކޮށް ޒަމާނީކުރުމުގެ ގޮތުން ކައުންސިލްތަކުގެ މަސައްކަތްތައް ޑިޖިޓައިޒްކުރުމުގެ މަސައްކަތް، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަމުންދާކަމަށް އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ. މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކުން ފޯރުކޮށްދޭ މަސައްކަތްތައް ހަލުވިކޮށް ހިންގުން ހަރުދ...
އަލީ އާދިލް
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020” ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ހދ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް ކުރިނބީ ކައުންސިލް ހޮވިއްޖެއެވެ. ކުރިނބީ ކައުންސިލުން ވަނީ 2019 ވަނަ އަހަރު މި ރޭންކިންގެ 2 ވަނަ ހޯދާފައެވެ. އެ އަހަރު އެއްވަނަ ހޯދި ނެއްލައިދޫ މިފަހަރު ވަނީ ދެވަނައިގައި ހިމެނިފައެވެ. ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާފޯމަންސް މިންކޮށް […]
ޙުސައިން ޝަހުދީ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތުގެ ބޮޑު ހަރަކާތެއް ވެރިރަށް މާލޭގައި ބާއްވަންޖެހިދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ. އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ، އިއްޔެ ގއ. ވިލިނގިލީގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ވަރަށް އަވަހަށް މާލެ ސިޓީގައި މިހަރަކާތުގެ ބޮޑު އެވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސި...
އަލީ އާދިލް
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ” 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ހއ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް އަދި މުޅި ރާއްޖެއިން އެންމެ ރަނގަޅު 3 ވަނަ ކައުންސިލަކަށް ތުރާކުނު ކައުންސިލް ހޮވިއްޖެއެވެ. ތުރާކުނު ކައުންސިލް ވަނީ 2019 ވަނަ އަހަރު ވެސް މި ރޭންކިންއިން ހއ. އަތޮޅުން އެންމެ ކުރި ހޯދާފައެވެ. 2020 ވަނަ އަހަރު މުޅި ރާއްޖޭން 3 ވަނަ ކައުންސިލެއް […]
ޙުސައިން ޝަހުދީ
މެދުއިރުމަތީގައި ފަތުރުވެރިކަމާ ގުޅުން ހުރި ޚިދުމަތްތައް ފޯރުކޮށްދޭ ސީރާ ގްރޫޕްގެ ފްލޭގްޝިޕް ކޮންސިއުމަރ ޓްރެވަލް ބްރޭންޑް އަލްމޮސާފާއާއެކު އެމްއެމްޕީއާރުސީން މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ. ސީރާ ގްރޫޕަކީ މެދުއިރުމަތި އަދި އުތުރު އެފްރިކާގައި ފަތުރުވެރިކަމާ ގުޅޭ އެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުންޏެވެ. ސީރާ ގްރޫޕާއެކު އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެކި ބާވަތުގެ ކޮންޓެންޓު މެދުވެރިކޮށް މި...
އަލީ އާދިލް
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަ ކޯޕަރޭޝަނުން ހުޅުވާލި މި ފުރުސަތުގެ ދަށުން މި ތަކެތި ވިއްކާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައެވެ. މިއީ އައްޑޫގައި ހުޅުވާ މި ބްރޭންޑުގެ ފުރަތަމަ ފިހާރައެވެ. ބީސީސީން އޮތެންޓިކް މޯލްޑިވްސް ހުޅުވީ ދިވެހި އަމިއްލަ އުފެއްދުންތައް މާކެޓުކޮށް ވިއްކުމުގެ ފުރުސަތު ހުޅުވާލުމަށެވެ. މި ފިހާރަ ހުޅުވަން ނިންމާފައިވަނީ ގަން...
އަޙްމަދު ވަހީދު
ރާއްޖޭގައި މިހާރުތިބި ޔޫކްރެއިނާއި ރަޝިއާގެ ފަތުރުވެރިން ވީސާ އިތުރުކުރަން ބޭނުންވާނަމަ އެކަން ކުރެވޭނެ ގޮތް ހަދައިދެއްވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކަށް އެތަންތަނުގައި ތިބި މި ދެ ގައުމުގެ ފަތުރުވެރިންގެ އަދަދާއި އެމީހުން ފުރުމަށް ހަމަޖެހިފައިވާގޮތް ޓޫރިޒަމް މިނިސްޓްރީއަށް އަންގަން އެދިފައިވާނެކަމަށެވެ. އަދި އެ...
އަޙްމަދު ވަހީދު
ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް” ގެ 8 ވަނަ މުބާރާތުގެ ފައިނަލުން ދިރާގާއި އުރީދޫ ޖާގަ ހޯދައިފިއެވެ. މި މުބާރާތް އެންމެ ފަހުން 2019 ވަނަ އަހަރު ބާއްވާފައިވާއިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ދިރާގުންނެވެ. ވުމާއިއެކު މި މުބާރާތުގެ ފައިނަލަށް […]
އިބްރާހިމް ޚަލީލް
ހއ. އުލިގަމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށް، ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 08 މާޗް 2022 ވާ އަންގާރަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގޭ 3 ވަނަ ފަންގިފިލާއަށް ) ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ. މި މަސައްކަތަށް […]
އިބްރާހިމް ޚަލީލް
ކޮޗިން ފެރީގެ ދަތުރުތައް ކުރަނީ ރާއްޖޭގެ އުތުރަށް ނަމަވެސް، އެ ފެރީން ގެންނަ “އޮރެންޖް”ތައް ލިބެނީ އުތުރުގެ ރައްޔިތުންނަށް ނޫންކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭންގެ ދަށުން މިއަދު ގއ. ވިލިނގިލީގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ކޮޗިން ފެރީއަކީ ރާއްޖޭގެ...
އަލީ އާދިލް
ޔުއެފާ ޔޫރަޕާ ލީގުގެ ދެވަނަ ބުރުގައި ބާސެލޯނާއާއި ނަޕޯލީ ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16 ގެ ބުރުން ބާސާ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ދެވަނަ ބުރުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ބާސާގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ވުމާއެކު ރޭ ލިބުނު މޮޅާއިއެކު ބާސާއަނެއް ބުރަށް ކޮލިފައިވެފައި ވަނީ 5-3 […]
އިބްރާހިމް ޚަލީލް
ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހދ. ވައިކަރަދޫ އާއި ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމުން ފައިނަލަށް ދަތުރުކޮށްފިއެވެ. ވައިކަރަދޫ ގްރޫޕް ގެ ފަހު މެޗުގައި ނެއްލައިދޫގެ މައްޗަށް ކުރިހޯދީ 7-4 ގެ ނަތީޖާ އަކުންނެވެ. ކުޅުނު ތިން މެޗު ކާމިޔާބުކޮށް ވައިކަރަދޫ ފައިނަލަށް ދަތުރުކުރީ 9 ޕޮއިންޓާއެކުގައެވެ. ފައިނަލުގައި ވައިކަރަދޫ ނިކުންނާނީ ނާވައިދޫ އާއި ދެކޮޅަށެވެ. ކަނޑިތީމުން ފައިނަލް ޖާގަ ޔަގީން ކުރީ ގްރޫޕްގެ ފަހުމެޗުގައި 5-0 ގެ […]
އަލީ ރިޔާޟް
ހދ.ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ހޮސްޕިޓަލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ ލޯގޯ ހުށަހެޅި ފަރާތަކަށް 10000.00 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ލޯގޯ ފަރުމާ ކުރުމުގައި ބަލާނޭ މިންގަނޑުތަކުގެ ތަފްސީލް ވެސް ވަނީ ހިމަނާފައެވެ. މިގޮތުން ފަރުމާކުރެވޭ ލޯގޯއަކީ މީގެ ކުރިން...
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި ސާޖަރީއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އަލުން ހަވާލުވެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ ހަވާލުކުރެއްވީ މިއަދު ހެނދުނު 6:00 ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސުލްޖުމް...
ޝިއުނާ އާދަމް
ހިޖާމާ ޖެހުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން ސާބިތުވެފައިވާ ފަރުވާއެކެވެ. އެއީ ދީނީ ގޮތުން ހުއްދަ އަދި އެކަމުގެ ފައިދާ އިންތިހާއަށް އޮތް ފަރުވާއެކެވެ. އެކި ބަލިތަކަށް ހިޖާމާގެ ސަބަބުން ޝިފާ ލިބިގެން ދެއެވެ. މި ލިއުމުގައި މިއަލި އަޅުވާލަނީ ފަހުގެ ދިރާސާތަކުގެ އަލީގައި ހިޖާމަ ޖެހުމުން ހަށިގަނޑަަށް ކުރާ ފައިދާ ތަކުގެ މައްޗަށެވެ. ހިޖާމާ ޖެހުން ނުވަތަ ކަޕިން އަކީ ޗައިނީސް މެޑިސިންގެ ތެރޭގައިވެސް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ފަރުވާ އެކެވެ. ހިޖާމާ ޖަހާއިރު މިކަން ކުރަން ދަންނަ ތ...
އަޒްފާ ރަޝީދު