އަންނަ މަހުން ފެށިގެން ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފިއެވެ. އެމްޕީއެލްއިން ކުރި ޓުވީޓެއްގައި ބުނީ، ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމީ، އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް މުވައްޒަފުންނާއެކު ބޭއްވި ބޯޑު ބައްދަލުވުމުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ކުންފުނީގެ ޕޮލިސީތަކެއް ފާސްކޮށް، ރީޖަނަލް ޕޯޓުތަކުގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތުދީ، މުވައްޒަފުން...
އަޙްމަދު ވަހީދު
ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ނޢޢވ އަށް ލިބުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ޚާރިޖީ ވަޒީރު ކަންވެސް ކުރައްވާ ޢަބްދުﷲ ޝާހިދަށް ރައީސް މަރުހަބާ ދެންނެވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ. މި ނިޝާންގެ ޢިއްޒަތް ޝާހިދަށް އަރުވާފައިވަނީ ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ޚާއްސަ ރަސްމިއަޔާތެއްގަ […]
ސަނިއްޔާ އަބޫބަކުރު
ހޮޅުދޫ ފެނުގެ މަޝްރޫޢު ނިމުމާއެކު، މަގުހެދުމުގެ މަޝްރޫޢު ފެށޭނެ ކަމަށް ރައީސް އިބްރާޙީމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މޭނާ ސްކޫލު އެއް ކެންޕަސްއަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމާ ގުޅޭ...
ޔުމްނާ ޢަލީ
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބޮޑު ތިލަދުންމައްޗަށް އަމާޒު ކޮށްގެން ހއ. ހދ. އަދި ށ. އަތޮޅަށް ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް މަޝްރޫޢުގެ “ސަރަހައްދީ ދަނޑުވެރި ވިޔަފާރީގެ މައުރަޒު” ހަނިމާދޫގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ. މި މަޢުރަޒުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ އަދި ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ފަރާތްތަކާއި ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ފަރާތްތަކުން މައުލޫމާތު ދިނުމުގެ ތަފާތު ސެޝަންތައްވެސް ވަނީ ބާއްވާފަ އެވެ. މި މައުރަޒުގައި […]
ސަނިއްޔާ އަބޫބަކުރު
ބޮޑުތިލަދުންމަތީގެ ކޯޓުތަކުގެ މުވައްޒަފުން މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުނު މި ޕްރޮގްރާމްގައި ބޮޑު ތިލަދުންމަތިން ހއ، ހދ އަދި ށ އަތޮޅަށް ނިސްބަތްވާ 8 މެޖިސްޓްރޭޓުންނާއި 38 މުވައްޒަފުން ބައިވެރިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އު...
ސަނިއްޔާ އަބޫބަކުރު
ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުދުﷲ ޝާހިދު (ނޢޢވ) އަށް އަރުވައިފިއެވެ. މި ނިޝާންގެ ޢިއްޒަތް މިނިސްޓަރ ޝާހިދަށް އަރުވާފައިވަނީ ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ޚާއްސަ ރަސްމިއަޔާތެއްގައެވެ. މިނިސްޓަރ ޝާހިދަށް އަރުވާފައިވަނީ “ދަ ޑުއާރޓޭ، ސަންޗޭޒް، އެންޑް މެލާ އޯރޑަރ އޮފް މެރިޓް” ގްރޭންޑް ކްރޮސް، ސިލްވަރ ޕެލޭޓެވެ. މި ނިޝާންގެ ޢިއްޒަތަކީ 1931 […]
މުޙައްމަދު ވަސީމް
ދަރަނބޫދޫ މިސްކިތަކީ އިސްލާމިކް މިނިސްޓްރީން ކައުންސިލާ ހަވާލުކޮށްފައިވާ މިސްކިތެއް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީން މިހެން ބުނީ އެ މިސްކިތުގައި ބިދޭސީން ދިރިއުޅޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ އެވެ. އެ ވީޑިއޯ އާންމު ކުރީ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒެވެ. އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ ރަށުގައި އައު މިސްކިތް އެޅުމަށް ފަހު ވީޑިއޯއިން ފެންނަ މިސްކިތުގެ ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ކައުންސިލުން […]
ޔުމްނާ ޢަލީ
ބިންހިއްކާ ރަށްރަށުގެ ލިސްޓުގައި މިލަދުން މަޑުލު އުތުރުބުރީ ފުނަދޫ ހިމަނައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ކުރިޔަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ފުނަދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށު ކައުންސިލާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތައް ކަމުގައިވާ ބ...
ޝިއުނާ އާދަމް
ށ. ފުނަދޫ ސްކޫލުން ބިނާކޮށްދިން އިންސާނީ ވަޞީލަތްތަކަކީ އެ ސްކޫލުން މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ފުނަދޫ ސްކޫލްގައި ފާހަގަކުރާ ރަންޔޫބީލްގެ ޙަޤީޤަތަކީ، އެ ރަށުގެ އަލިވާގޭ އަލްމަރްޙޫމް ޢަބްދުﷲ ޢަބްދުލ...
ޔުމްނާ ޢަލީ
އެންމެން އާނ ބަސް ކިޔައި، އެކަމަށް މަސައްކަތް ކޮށްގެން ނޫނީ މަގުމަތީގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ ފާހަގަ ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ކަމާ ގުޅުންހުރި މުވައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާ ރޯޑް ސޭފްޓީ ފެއަރ ފަށްޓަވައި ދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެއ...
ސަނިއްޔާ އަބޫބަކުރު
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އެއްވެސް ޖިނާއީ މައްސަލައެއް ބަލަމުން ނުދާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނީ ޕީޖީ ޝަމީމްގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެއް އޮތް ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައެއެވެ. ފުލުހުން ބުނީ އެފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި، ޕީޖީގެ މައްޗަށް އެއްވެސް ޖިނާއީ މައްސަލައެއް ބަލަމުން ނާންނަ ކަމަށެވެ. މިފަދަ މައްސަލައެއްގެ ވާހަކަ ފެންމަތިވެފައި މިވަނީ ޕީޖީ މަގާމުން ވަކިކުރަން އެމްޑީޕީން ނިންމާފައި ވަނިކޮށެވެ. [...
ޝިއުނާ އާދަމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. ފުނަދޫ އަށް ވަޑައުގެންފިއެވެ. އެމަނިކުފާނު ފުނަދުއަށް ވަައިގެންނެވީ ދާދި ދެންމެ އަކުއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންފައި މިވަނީ މި ހަފްތާ ބަންދުގައި ށ. ފުނަދޫ އާއި، ނ. ހޮޅުދޫއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ދެ ރަށުގެ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާތަކުގައި ބައިވެރިވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިއަދު ފުނަދޫ ކައުންސިލް މެމްބަރުންނާއި އ...
މުޙައްމަދު ވަސީމް
މި އަހަރުގެ ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ފުރާވަޑައިގެންފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި އަހަރުގެ ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މިއަދު ފުރާވަޑައިންފައިވާ ކަމަށެވެ. ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓެވުމަށްޓަކައި ކޮންމެ އަހަރަކުވެސް ސަރުކާރުން އެކަމަށް ޚާއްޞަ މިޝަނެއް އެކުލަވާލައްވައެވެ. އެ މިޝަންއިން ސަޢޫދީ ޢަރަބިއްޔާގައި ޤާއިމްވެ، ރާއްޖެއިން އެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރަން ސަޢުދީ އަރަބިއްޔާ ދާ ޙާޖ...
ޝިއުނާ އާދަމް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ އަށާއި، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ އަށް ކުރަށްވާ ދަތުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މޭނާސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ އާއި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ، ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރަށްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު މިދަތުރ...
ޔުމްނާ ޢަލީ
މާލޭގެ ގެއެއްގެ ލިފްޓު ތެރޭގައި އަންހެނަކަށް ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހެންވޭރު ގެއެއްގައި އުޅެމުންދާ އަންހެނަކު އެގޭ ލިފްޓަށް އެރި ވަގުތު ލިފްޓަށް އެރި ފިރިހެނަކު އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. މިމައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށް […]
ޔުމްނާ ޢަލީ
ށ. ނޫމަރާގައި ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މަންމަ 17 އަހަރަށް ޖަލަށްލައި, އަދި އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔައެއް ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފުނަދޫ ދިނަށަ، އައިމިނަތު ޝާހިދާ އޭނާގެ ދަރިފުޅަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ އެ ކުއްޖާ ނިދާފައި އޮއްވަ އެވެ. މަރާލި ސަބަބެއް ފުލުހުންނަކަށް ވެސް ނޭނގުނެވެ. އޭރު އޭނާ ދިޔައީ ނަފްސާނީ ކަންކަމަށް […]
ހުސައިން ހަބީބް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ފުރަތަމަ މެޗުގައި ޓީމް ހަނިމާދޫ ބަލިކޮށް ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް މުބާރާތުގެ ފެށުން ރަނގަޅު ކުރިއިރު، ދިއްދޫ ބީއެކްސް ސްޕޯޓްސް ކުލަބާއި އިހަވަންދޫ ކުލަބް ޕޯލްސްޓާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އިއްޔެ ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި […]
އިބްރާހިމް ޚަލީލް
އެއްވެސް މީހަކު ދެބަސް ނުވާނޭ ފަދައިން ނަމާދަކީ މުސްލިމުން އަހަރެމެންގެ ވެރި އިލާހަށް ކުރާ އަޅުކަންތަކުގެ ތެރެއިންވާ އެންމެ މަތިވެރި އެއް އަޅުކަމެވެ. މިކަމަށް ދަލާލަތުކުރާ އާޔަތްތަކާއި ޙަދީޘްތަކުން ޤުރްއާނާއި ސުންނަތް ވަނީ ފުރިފައެވެ. ހަމަ އެހެންމެ މާތް ސަލަފުއް ސާލިޙުން މިބާބުގައި ގެންނަވާފައިވާ ވާހަކަތައް އެހާމެ ގިނައެވެ. ވީއިރު ނަމާދާ ގުޅޭ ކޮންމެ ވާހަކައަކީވެސް އަޅުގަނޑުމެން ވަރަށް ވިސްނުންތެރިކަމާއެ ސަމާލުކަން ދޭން ޖެހޭ އަދި އެކަމެއްގެ މަޢުލޫމާތު އެންމެ ރަނގަޅަށް ހޯދުމަށް ގަދައަޅައި މަސައްކަ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު