އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިޞާބު ދަށް ކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ހާމަ ކުރައްވާފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25 ރުފިޔާ ކަމަށެވެ. މިއީ ކުރީގެ ނިޞާބަށްވުރެ 844.90 ރުފިޔާގެ މަދު މިންވަރެކެވެ. މި އަހަރުގެ މާޗް މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބަކީ 7241.15 ރުފިޔާއެވެ. އެހެން ޤައުމުތަކާ ޚިލާފަށް ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ […]
ސަނިއްޔާ އަބޫބަކުރު
އުތުރުގެ 3 އަތޮޅަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ މައުރަޒެއް ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ. ރީޖަނަލް އެގްރި ބިޒްނަސް އެގްޒިބިޝަންގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މައުރަޒު އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ހދ. ހަނިމާދޫގައެވެ. މިއީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ޙަރަކާތެކެވެ. މި މައުރަޒުގައި ހއ އަތޮޅާއި ހދ، އަތޮޅުގެ އިތުރުން ށ އަތ...
ސަނިއްޔާ އަބޫބަކުރު
100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގދ. ފިޔޯރީއަށް ތައާރަފް ކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު އެ ރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ. އުރީދޫއިން ބުނީ އެ ކުންފުނީގެ ތަސައްވުރަކީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އެ ކުންފުނީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން […]
އަޙްމަދު ވަހީދު
ރ. ދުވާފަރު ސިއްޙީ މަރުކަޒުން ފިހާރަތައް ޗެކުކޮށް، މުއްދަތު ހަމަވެފައިވާ ތަކެތި ނަގައިފި އެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، މި މަހުގެ 08 ވަނަ ދުވަހުން ފެށިގެން ދުވާފަރު ސިއްޙީ މަރުކަޒުގެ މުވައްޒަގުންނެވެ. އެމަރުކަޒުން ބުނީ މިހާރު ކުރިއަށް ގެންދާ ފިހާރަތައް ޗެކުކުރުމުގެ ޕްރޮގްރާމުގައި މިހާތަނަށް ބެލުނު ފިހާރަތަކުގެ ތެރެއިން ބައެއް ފިހާރަތަކުން މުއްދަތު ހަމަވެފައިވާ ތަކެތި ނެގިފައިވާކަމަށާއި ބައެއް ފިހާރަތަކުގައި އެއްވެސް މިންވަރަކަށް މުއްދަތު ހަމަވެފައިވާ ތަކެތި ނެތްކަން ފާހަގަ ކޮށްފައި...
ސަނިއްޔާ އަބޫބަކުރު
ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓް ސަރަހައްދުގައި ރޭ ކުރިއަށްދިޔަ ރަސްމިއްޔާތެއް ކަވަރު ކުރަން ހުރި “ވޮއިސް”ގެ ޗީފް އެޑިޓަރ ޝަފްރާޒް އަހްމަދު ހުސެއިން އަށް ސިފައިންގެ ބޭކަލަކު އިންޒީރު ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ. އެ ސަރަހައްދުގައި ހުރެ ޝަފްރާޒު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ރޭ ހިޔާ ސަރަހައްދުގައި އޮތް ރަސްމިއްޔާތު ކުރިއަށް ދިޔަ އިރު، އެސަރަހައްދަށް އެއްވެފައި ތިބި އާއްމުން ކައިރީގައި އޭނާ ހުއްޓާ ސިފައިން އައިސް “މި ޅ* ހޭއަރުވާލަން ޖެހޭ.” ކަމަށް ބުނެ ވަނީ […]
އަލީ އާދިލް
އަންނަ ޖުލައި މަހުގެ ނިޔަލަށް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ލާމު އަތޮޅުގެ ރައްޔިތުންނަށް މުޅިން އާ ބާސްތަކެއްގެ ހިދުމަތް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބަސް ދަތިރުތައް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ރައްޔިތުންނަށް ޒަމާނީ ދަތު...
އަޙްމަދު ވަހީދު
މިދިޔަ އޭޕްރީލް މަހުގެ 16ވަނަ ދުވަހުގެ ހަވީރު، ހުޅުމާލެ ޚަންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރަކު މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ އެ ރެސްޓޯރަންޓުގައި މަސައްކަތް ކުރަމުން ދިޔަ ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދު އަލީގެ މައްޗަށް ދައުވާކޮށްފިއެވެ. ޕީޖީ އޮފީހުން މިއަދު ނޫސްތަކަށް މަޢުލޫމާތުދެމުން ބުނީ އާބިދުގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ހުލުމާލެ ޚާންޖީ...
އަލީ އާދިލް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުން އަންނަ އެއް ކުންފުންޏަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ކަމަށާއި، ވަކިން ޚާއްޞަކޮށް ރާއްޖޭގެ އެތެރޭގެ ދަތުރު ފަތުރުގެ ނިޒާމަށް އެ ކުންފުނިން ގެނެސްދީފައިވާ އިންޤިލާބީ ބަދަލަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ބަހުގެ ޚިދުމަތާއި ގުޅުނު އާ ބަސްތައް އިފްތިތާހު ކޮށްދެއްވާ ދެއް...
ސަނިއްޔާ އަބޫބަކުރު
މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ އިސްދަރިވަރުންނަށް އަރުވާ އެންމެ ޝަރަފްވެރި އެވޯޑް، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ރައީސް، އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް އަރުވައިފި އެވެ. މި އެވޯޑް ޙަވާލުކޮށްދެއްވީ މިރޭ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި އޮތް ޚާއްޞަ ޙަފްލާގައި ސަލްމާން ރަސްގެފާނުގެ ދަރިކަލުން މަދީނާގެ އަމީރު ފައިޞަލްބިން ސަލްމާން އެވެ. އެޔުނިވަރސިޓީގެ އިސްދަރިވަރުންނަށް އަރުވާ އެންމެ ޝަރަފްވެރި އެވޯޑަކީ ޖާއިޒަތުލްޚި...
އަލީ އާދިލް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އާ ބަސްތައް ރަސްމީކޮށް ބަހުގެ ޚިދުމަތާއި ގުޅި އާ ދެ ބަސް ރޫޓެއްގެ ޚިދުމަތް ދިނުމަށް ތާވަލުކޮށްފިއެވެ. ހުޅުމާލެ ފޭސް 2 ގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ބަހުގެ ޚިދުމަތާއި ގުޅުނު އާ ބަސްތައް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހުއެވެ. މި ބަދަލާއެކު 30 ސެޕްޓެމްރު 2021 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ތައާރަފު ކުރި ބަހުގެ ޚިދުމަތް ފުޅާވެ، ގްރޭޓާ މާލެ ސަރަހައްދުގައި […]
އަޙްމަދު ވަހީދު
ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުންގެ ބާޒާރު ބާއްވަން ނިންމައިފިއެވެ. މިގޮތުން ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މިހާރު ވަނީ ނަރުދޫ އަންހެނުންގެ ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަރުދޫ އަންހެނުންގެ ބާޒާރު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. މި ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. މީ...
ސަނިއްޔާ އަބޫބަކުރު
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލުގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރުން މަޖުބޫރުވާ ފަދަ މާއްދާއެއް ހިމަނާފައި ވުމަކީ ރާއްޖެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ފަހަތަށް ޖެހި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ ކަމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ. މި ބިލާ ގުޅޭގޮތުން މިއަދު ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މީޑިއާ ކައުންސިލުގެ ނައިބު ރައީސް ހުސައިން ސަގީފް ވިދާޅުވީ މި އަހަރު އާރުއެސްއެފް އިން ނެރުނު ރިޕޯޓުގައި ވެސް މި ބިލުގެ ވާޙަކަ ފާހަގަކޮށްފައިވ...
ޝިއުނާ އާދަމް
ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރު ޓެސްޓުކުރުން މުޅި ރާއްޖޭގައި އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މީޓަރު ޓެސްޓިން ބެއްޗެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ. އެ ކުންފުނިން ބުނީ، މި ޓެސްޓިން ބެންޗާއެކު މިހާރަށްވުރެ އަވަސް ގޮތެއްގައި މީޓަރުތައް ޓެސްޓުކޮށް ރައްޔިތުންނަށް އެކަށީގެންވާ އަވަސްމިނުގައި ދެމެހެއްޓެނިވި ހިދުމަތެއް ދެވޭނެ ކަމަށެވެ. ފެނަކައިގެ މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް މި މަ...
އަޙްމަދު ވަހީދު
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ހއ. ވަށަފަރު ކައުންސިލުގެ އިއްތިފާގުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ވަށަފަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރަސޫލާ ﷺ އަށް ފުރައްސާރަކޮށް، އެކަލޭގެފާނަށް ހުތުރުވާ ގޮތަށް ބައިނަލް އަޤްވާމީ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ބީޖޭޕީގެ އިސް އޮފިޝަލުން ދެއްކި ވާހަކަ އެ ކައުންސިލުން އެންމެ ހަރުކަށި […]
ސަނިއްޔާ އަބޫބަކުރު
ރާއްޖޭގައި ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތު ދިނުމުގައި ރަނގަޅު ހިސާބަކަށް އާދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި މިއަދު ފެށޭ ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެންޕިއަންޝިޕުގައި ބައިވެރިވުމަށް މާލެއިން ފުރާ ދިވެހި ރާޒުވާ ކުޅުންތެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރއެކި އުމުރުފުރައިގެ މީހުނަށް ކުޅެވޭ އެކިއެކި ކުޅިވަރ...
ޝިއުނާ އާދަމް
ކުރިއަށް މިއޮތް ހަފްތާ ބަންދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަތޮޅުތެރެއަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު މި ހަފްތާ ބަންދުގައި ށ. ފުނަދުއާއި ނ. ހޮޅުދުއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ @ibusolih ޖޫން 17-19 އަށް ށ. ފުނަދުއާއި ނ. ހޮޅުދުއަށް ވަޑައިގަންނަވާނެ. އެމަނިކުފާނު ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކ...
އިބްރާހިމް އަސްވާޤް
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެފައި އޮތުމަށް ގާނޫނުން އަންގާ ވަރަށް މެމްބަރުން ހަމަނުވާތީ އުވާލަން ނޯޓިސް ދިން ހުރިހާ ޕާޓީއަކުން މެމްބަރުން ހަމަކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ތިން މަހުގެ ނޯޓިސް އެއް ދިނީ ޑީއާރްޕީ، އެމްޓީޑީ، އެމްއެލްއެސްޑީޕީގެ އިތުރުން އެމްއާރްއެމަށެވެ. އެ ޕާޓީތަކަށް ދިން މުއްދަތު ވަނީ ރެއަށް ހަމަވެފައެވެ. އިލެކްޝަނުން އެކަމުގެ ތަފީސްލު މިއަދު އާންމުކުރި އިރު މި ހަތަރު ޕާޓީން ވެސް ވަނީ މެމްބަރުން ހަމަކޮށްފައެވެ. އެގޮތުން އެމްއާރްއެމްއިން ވަނީ 2280 މެންބަރުން ތިއްބާ [...
ޝިއުނާ އާދަމް
އެތައް ޒަމާނަކަށްފަހު މާލެ ރައްޔިތުންނަށް ގޯތި ދޫކުރަން މި މަހު ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފި އެވެ. މާލެއިން ދޫކުރާ ގޯތިތަކަށް ކުރިމަތި ލުމުގެ ފުރުސަތު މި ހިނގާ ޖޫން މަހުގެ ތެރޭގައި ހުޅުވާލާނެ ކަން އިޢުލާނު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހައުންސިންގް މިނިސްޓަރު މުޙައްމަދު އަސްލަމެވެ. މިނިސްޓަރު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ދާދި މިދާކަށް ދުވަހު އިޢުލާނު ކުރެއްވި ފަދައިން މާލެއިން ދޫކުރާ ގޯތިތަކަށް ކުރިމަތި...
ސަނިއްޔާ އަބޫބަކުރު