މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,455 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1344 ވަނަ ޞަފްޙާ

ރައްކާ ރޯޑު ސޭފްޓީގައި އެލައިޑާއި ޝީޝާގެ އިތުރުން އެމްޓީސީސީން ބައިވެރިވެއްޖެ

ރައްކާ ރޯޑު ސޭފްޓީގައި އެލައިޑާއި ޝީޝާގެ އިތުރުން އެމްޓީސީސީން ބައިވެރިވެއްޖެ

ރައްކާ ރޯޑު ސޭފްޓީގައި އެލައިޑާއި ޝީޝާގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބައިވެރިވެއްޖެއެވެ. މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ޝީޝާ ޕްރައިވެޓް ލިމިޓެޑް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީން “ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް” އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ސޮއިކުރެއްވީ އެ ކުންފުނި ތަކުގެ ވެރިންނެވެ. އެގޮތުން ފުލުހުންގެ ފަރާތުން މި އެއްބަސ...

ސަނިއްޔާ އަބޫބަކުރު
ކަމަދޫ ބަނދަރު ތަރައްގީ ކުރަން ސައިޓް މޮބިލައިޒްކޮށްފި

ކަމަދޫ ބަނދަރު ތަރައްގީ ކުރަން ސައިޓް މޮބިލައިޒްކޮށްފި

ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ. މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސަސްމެންޓް (އީއައިއޭ) މިހާރު ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެމްޓީސީސ...

އަޙްމަދު ވަހީދު
ހެނބަދޫ ފެނުގެ ނިޒާމުގެ 51 އިންސައްތަ މަސައްކަތް ނިމިއްޖެ

ހެނބަދޫ ފެނުގެ ނިޒާމުގެ 51 އިންސައްތަ މަސައްކަތް ނިމިއްޖެ

ނ. ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ. އެމްޑަބްލިއުއެސްސީން ބުނީ, އެ މަޝްރޫއުގެ ދަށުން 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން މަސައްކަތްތަކާއި އަދި ފެން ރައްކާކުރާ ތާންގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށެވެ. މި މަސައްކަތްތަކ...

އަޙްމަދު ވަހީދު
ވޯލްޑްކަޕް 2022: ފަހުޖާގަ ކޮސްޓަރިކާ އަށް

ވޯލްޑްކަޕް 2022: ފަހުޖާގަ ކޮސްޓަރިކާ އަށް

އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްްގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުން ނިއުޒީލެންޑް 1-0 ގެ ނަތީޖާއިން ބަލިކޮށް ކޮސްޓަ ރިކާ އިން ފީފާ ވޯލްޑް ކަޕް 2022ގެ ފަހު ޖާގަ ހޯދައިފި އެވެ. މި މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ކޮސްޓަ ރިކާ އަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ޖޮއެލް ކެމްޕްބަލް އެވެ. ލަނޑެއްޖަހަން މޮޅަށް ކުޅެމުން ދިޔަ ނިއުޒީލެންޑް އަށް އިތުރު އުދަގުލަކަށް ވީ މެޗުގެ 67 ވަނަ މިނިޓްގައި ބާބަރޫސެސް އަށް ރަތް ކާޑް […]

އަލީ ރިޔާޟް
ނޭޝަންސް ލީގު: ހަންގޭރީ އަތްދަށުވެ އިނގިރޭސިންނަށް ފައިނަލް ބުރުގެ ޖާގަ ގެއްލިއްޖެ

ނޭޝަންސް ލީގު: ހަންގޭރީ އަތްދަށުވެ އިނގިރޭސިންނަށް ފައިނަލް ބުރުގެ ޖާގަ ގެއްލިއްޖެ

ނޭޝަންސް ލީގުގައި 4-0 ގެ ލަދުވެތި ނަތީޖާއިން ހަންގޭރީ އަތުން ބަލިވެ، އިނގިރޭސިންނަށް ފައިނަލް ބުރުގެ ޖާގަ ގެއްލިއްޖެއެވެ. އަންގާރަ ދުވަހުގެރޭ ހަންގޭރީން ފުރަތަމަ ލަނޑުޖެހީ 15 ވަނަ މިނިޓްގައި ރޮލާންޑް ސަލާއި އެވެ. ސަލާއި ވަނީ މެޗުގެ 70 ވަަނަ މިނިޓްގައި އިތުރު ގޯލެއް ޖަހައި ހަންގޭރީ އަށް ލީޑުފުޅާކޮށްދީފަ އެވެ. ތިންވަނަ ގޯލް 80 ވަނަ މިނެޓްގައި ޖަހައިދިނީ ސޯލްޓް ނެގީ އެވެ. ހަންގޭރީން 3 ގޯލު ޖަހާފައިވަނިކޮށް މެޗްގެ 82 ވަނަ މިނެޓްގައި […]

އަލީ ރިޔާޟް
ނޮޅިވަރަންފަރު އަންހެނުންނަށް ހާއްސަކޮށްގެން ކަރަންޓުން ދިމާވާ ކަންކަން ހައްލުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް

ނޮޅިވަރަންފަރު އަންހެނުންނަށް ހާއްސަކޮށްގެން ކަރަންޓުން ދިމާވާ ކަންކަން ހައްލުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެރަށުގައި ކަރަންޓުން ދިމާވާ މައްސަލަތައް ހައްލުކުރަން ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ. މިއީ ގޭތެރޭގައި ކަރަންޓުން ދިމާވާ ކުދިކުދި މައްސަލަތައް ޙައްލު ކުރުމަށް ދަސްކޮށްދޭ ކޯހެކެވެ. މި ޕްރޮގްރާމަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތު ލިބޭނީ ހަމަ އެކ...

ސަނިއްޔާ އަބޫބަކުރު
ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ މަކުނުދޫ ކައުންސިލުން ކުށްވެރިކޮށްފި

ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ މަކުނުދޫ ކައުންސިލުން ކުށްވެރިކޮށްފި

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ މަކުނުދޫ ކައުންސިލުން ކުށްވެރިކޮށްފިއެވެ. އެކަން ކުށްވެރިކޮށް މަކުނުދޫ ކައުންސިލުން މިދިޔަ ހޯމަ ދުވަހު ބަޔާނެއް ނެރެފައިވާއިރު އެ ބަޔާނަށް ތާއީދު ކުރަށްވާފައި ވަނީ، މަކުނުދޫ ކައުންސިލް ނައިބު ރައީސް ފާތިމަތ ޝިފާޒާ އާއި، އާދަމް ޝަރީފް، މުޙައްމަދު ޝައްމާޚްގެ އިތުރުން ތާހިރާ އަބޫބަކުރެވެ. މި ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ޝަރުމާގެ އެ ވާހަކަ […]

ސަނިއްޔާ އަބޫބަކުރު
"މޯލްޑިވްސް ހެލްތު ސަރވިސަސް" އުފައްދަން ނިންމައިފި

"މޯލްޑިވްސް ހެލްތު ސަރވިސަސް" އުފައްދަން ނިންމައިފި

“މޯލްޑިވްސް ހެލްތު ސަރވިސަސް” ގެ ނަމުގައި އާ އިދާރާއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މި އާ އިދާރާ އުފެއްދެވުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކުގަ އެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މޯލްޑިވްސް ހެލްތު ސަރވިސަސްގެ ނަމުގައި އާ އިދާރާއެއް މި އުފ...

ސަނިއްޔާ އަބޫބަކުރު
ބިލެތްފަހީ ސްކޫލް ބެލެނިވެރިންގެ މަސައްކަތު ދުވަހުން 50،000 ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ބިލެތްފަހީ ސްކޫލް ބެލެނިވެރިންގެ މަސައްކަތު ދުވަހުން 50،000 ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ބިލެތްފަހީ ސްކޫލްގެ އިތުރު ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ސްކޫލްގެ ބެލެނިވެރިން ފާހަގަކުރި މަސައްކަތު ދުވަހުން ފަންސާސް ހާހަށް ވުރެ ގިނަ ރުފިޔާ ހޯދައި ސްކޫލަށް ހަދިޔާކޮށްފިއެވެ. ބިލެތްފަހީ ސްކޫލުން ފާހަގަ ކުރެއްވި ގޮތުގައި މިއީ ބިލެތްފަހީގައި މާޒީވެ ދިޔަ 10 އަހަރުގެ ތާރީޚްގައިވެސް ހޯދުނު ބޮޑުކާމިޔާބެކެވެ. ބިލެތްފަހީ ސްކޫލަށް އެހީތެރިވުމަށް ބެލެނިވެރިން މަސައްކަތު ދުވަސް ފާހަގަކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. 83 ބެލެނިވެރިން ބައިވެރިވި މި ހަރަކާތް ކުރިއަށް ގެންދިޔައީ ހަތަރު […...

ޔުމްނާ ޢަލީ
ށ.އަތޮޅުގައި ބާއްވާ "ވިޔަވަތި" ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ށ.އަތޮޅުގައި ބާއްވާ "ވިޔަވަތި" ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ށ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ވިޔަވަތި ޤުރުއާން މުބާރާތުގެ މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ށ. އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކާއި އަދި ސްކޫލްތައް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ، ށ. އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި އަތޮޅު ތަމްސީލުކުރާނެ ޤާބިލު ޖީލެއް ބިނާކުރުމ...

ސަނިއްޔާ އަބޫބަކުރު
ކޮންޓެއިނަރުން އަތުލީ 15 ކިލޯގެ ހަޝިޝް އޮއިލް

ކޮންޓެއިނަރުން އަތުލީ 15 ކިލޯގެ ހަޝިޝް އޮއިލް

މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، ފުލުހުންގެ ޚިދުމަތުން ގުޅިގެން ބަލައި ފާސްކުރި ކޮންޓެއިނަރުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15 ކިލޯ ފެނުނު ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ. ކަސްޓަމްސް އިން މިރޭ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރި ކޮންޓެއިނާ އަކީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިން އިން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ ކޮންޓެއިނަރެއ...

ޔުމްނާ ޢަލީ
ސުޕަނެޓްގެ ހިދުމަތް ދިގުރަށަށް

ސުޕަނެޓްގެ ހިދުމަތް ދިގުރަށަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އދ. ދިގުރަށް ތައާރަފް ކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު އެ ރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ. އުރޯދޫއިން ބުނީ އެ ކުންފުނީގެ ތަސައްވުރަކީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އެ ކުންފުނީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން […]

އަޙްމަދު ވަހީދު
ސްޓެލްކޯގެ ޗެއާމަނަކަށް ދީދީ

ސްޓެލްކޯގެ ޗެއާމަނަކަށް ދީދީ

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާމަންކަމުގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހީމް މުހައްމަދު ދީދީ އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިވާގޮތުގައި، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި ޗެއާމަންގެ މަގާމާ އިބްރާހިމް މުހައްމަދު ދީދީ ހަވާލުވެވަޑައިގަންނަވާނީ މިއަދުން ފެށިގެންނެވެ. އޭނާ މި މަގާމަށް އައްޔަންކޮށްފައި މިވަނީ ކުރިން އެމަގާމު އަދާކުރައްވަމުން ގެންދިޔަ މުހައްމަދު ރަޝީދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހ...

އަޙްމަދު ވަހީދު
ތުއްތު ދަރިފުޅުގެ ބޮޑުކަމުދާތަކެތި ހަރުވެ، މިއަލާމާތްތައް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާ!

ތުއްތު ދަރިފުޅުގެ ބޮޑުކަމުދާތަކެތި ހަރުވެ، މިއަލާމާތްތައް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާ!

ތުއްތު ދަރިފުޅުގެ ބޮޑުކަމުދާ ތަކެތި ހަރުވުމަށް (ކޮންސްޓިޕޭޓް) ވުމަށް ދިމާވާ އެތައް ސަބަބުތަކެއް ވެއެވެ. މިސަބަބުތައް އެނގުމާއި، ގޭގައި ދަރިފުޅަށް ދެވިދާނެ ފަރުވާތައް އެނގުމާއެކު ޑޮކްޓަރަށް ދާންވީ ކިހާވަރެއް ވީމާކަން އެނގުމަކީ ކޮންމެ ބެލެނިވެރިއަކަށްވެސް އެނގުން މުހިންމު މަޢުލޫމާތު ތަކެކެވެ. އެންމެ ފުރަތަމަ ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ، ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް ކަމެވެ. އަދި އެކި ކުދިން ދިރި އުޅޭ މާޙައުލާއި، ކާ ކާނާއާއި، ކާނާ ހަޖަމުވާ އަވަސް މިނާއި، ހެލިފެލިވެ އުޅޭ މިންވަރަށް […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އެކި ދާއިރާތަކުން ދިރާސާކުރަން އެމްޑަބްލިއުއެސްސީ އާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވެއްޖެ

އެކި ދާއިރާތަކުން ދިރާސާކުރަން އެމްޑަބްލިއުއެސްސީ އާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވެއްޖެ

އެކި ދާއިރާތަކުން ދިރާސާތައް ކުރަން މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހަސަން ޝާހެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ. މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން ބޭނުންވާ ދާއިރާތަކުން ދިރާސާ ކުރުމަށްޓަކައި އެއްބާރުލުންދިނުމާއި، މަޢުލޫމާ...

އަޙްމަދު ވަހީދު
ސަފާރީތަކާއި ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފޭރުމުގެ އަމަލުތައް އިތުރުވާތީ ސަމާލުވާން އެދެފި

ސަފާރީތަކާއި ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފޭރުމުގެ އަމަލުތައް އިތުރުވާތީ ސަމާލުވާން އެދެފި

ކުންފުނިތަކާއި ސަފާރީތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފޭރުމުގެ އަމަލުތައް ހިންގުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. ފުލުހުންގެ ވެބްސައިޓުގައި މިއަދު އާންމުކުރި ލިއުމެއްގައި ބުނެފައިވަނީ، މަކަރާއި ހީލަތުގެ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން މިކަން ކުރަނީ ވިޔަފާރިއެއް ނުވަތަ ކޮންމެވެސް މަސައްކަތެއްކުރާ މީހަކަށް ގުޅައި، އެ މީހަކު ވިއްކާ ނުވަތަ އެ ތަނެއްގައި ވިއްކަން ހުންނަ އެއްޗެއް ގަތުމުގެ ނަމުގައި ކަމަށެވެ. ފުލުހުން ބުނެފަ...

މުޙައްމަދު ވަސީމް
ދެ ހަފްތާއިން ފެނިގެންދިޔައީ އުއްމީދީ ނަތީޖާއެއް: ވެމްކޯ

ދެ ހަފްތާއިން ފެނިގެންދިޔައީ އުއްމީދީ ނަތީޖާއެއް: ވެމްކޯ

ކުނި ވަކިކޮށްގެން އުކާލަން ފެށިތާ ދެ ހަފްތާ ވެފައިވާއިރު ފެނިގެންދަނީ އުއްމީދީ ނަތީޖާއެއް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި ބައެއް ގޭބިސީތަކުން ކުނި ނެރުމުގެ އާދަޔަށް ހެޔޮ ބަދަލު އަންނަމުންދެއެވެ. އެގޮތުން ބައެއް ގޭބިސީތަކުން ކުނި ކޮަތަޅު ފުރާލުމަށްފަހު ނޫނީ އުކާލުމަށް ނުނެރޭކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިއީ އުފަލާއެކު ބަލައިގަންނަ ބަދަލެއް ކަމަށް ވެމްކޯއިން ވަނީ ފާހަގަ ކޮށްފައެވެ. ވެމްކޯއިން ވަނީ […]

އަޙްމަދު ވަހީދު
އިހަވަންދޫ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

އިހަވަންދޫ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

ހއ. އިހަވަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިޢުލާނު ކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހއ. އިހަވަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް (ފަޅު ހިމެނޭހެން) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވާ ކަމަށެވެ. މިކަމަށްއެދޭ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 29 ވަނަ...

ސަނިއްޔާ އަބޫބަކުރު