“ހދ. އަތޮޅު ލީގު ބަށި މުބާރާތް 2022″ގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ކޮރަލްސް ހޯދައިފި އެވެ. މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އަދި ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ބޭއްވި މުބާރާތެކެވެ. 9 ޖޫން އިން 11 އަށް ކުރި ދިޔަ މި މުބާރާތުގެ ފައިނަލް މެޗްގައި ކުޅުދުއްފުށީ ކޮރަލްސް އާއި ބައްދަލުކުރީ ޓީމް ނެއްލައިދޫ އެވެ. މި މެޗް ކޮރަލްސް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ 28-25 ލަނޑުން ނެއްލައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި […]
ޔުމްނާ ޢަލީ
ފުވައްމުލަށް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތުގެ 72.65 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. އަދި ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމ...
އަޙްމަދު ވަހީދު
އިޤުތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރުމަށް، ހދ. ހިރިނައިދޫ، ނެއްލައިދޫގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ނެއްލައިދޫ ކައުންސިލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުށަހަޅުއްވައިފިއެވެ. އެކައުންސިލުން މިފަދައިން އެދިފައިވަނީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދާއި، ނެއްލައިދޫ ކައުންސިލް މެމްބަރުންނާއި ނެއްލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސ...
އަލީ އާދިލް
ހއ. އިވަންދޫގައި ޓާފް އަޅައިގެން ތަރައްގީ ކުރި ފުޓްބޯޅަ ދަނޑު ބޭނުން ކުރަން ފަށައިފިއެވެ. އެ ދަނޑު ބޭނުން ކުރަން ފެށީ އިއްޔެއެވެ. ދަނޑު ބޭނުން ކުރަން ފެށުމުގެ ގޮތުން ރަށުގެ ފިރިހެން ޒުވާނުންގެ ތެރެއިން ހޮވާލެވުނު ދެ ޓީމެއްގެ މެޗުގައި އެކުވެރިކަމުގެ ފުޓް ބޯޅަ މެޗެއް އިއްޔެ ވަނީ ކުޅެފައެވެ. އިހަވަންދޫ ޔޫތު އެސޯސިއޭޓް، ޢަލީ ރަމީޒް “ތިލަދުން” އަށް ވިދާޅުވީ، ޓާފް ދަނޑު އިއްޔެއިން ފެށިގެން ޒުވާނުން ބޭނުން ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި […]
ޔުމްނާ ޢަލީ
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިޙް މިހެން ވިދާޅުވީ، “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް”ގެ ޚިދުމަތް މިއަދު ފެށުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. މިޓްވީޓުގައި ރައީސް ވިދާޅުވީ މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށާއި ގުޅި، އިޖްތިމާޢީ އަދި އިޤްތިޞާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ […]
އަލީ އާދިލް
އެއް ހަފްތާގެ ސްޓަޑީ ވިޒިޓެއް ގައި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ވަފުދެއް މިއަދު އިންޑިއާ އަށް ފުރައިފިއެވެ. އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން އިންތިޒާމުކުރާ މި ސްޓަޑީ ވިޒިޓުގައި ބައިވެރިވާ ވަފުދުގައި އެ ކޮމިޝަނުގެ ރައީސް، ނައިބު ރައީސް އަދި މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ޑިވިޝަންތަކުގެ ހެޑުން ހިމެނޭހެން 11 މެންބަރުން ބައިވެރިވެ އެވެ. މިމަހުގެ 13 އިން 17 ގެ ނިޔަލަށް އިންޑިއާގެ ދިއްލީއަށް ކުރަމުންދާ މި ދަތުރުގައި […]
އިބްރާހިމް އަސްވާޤް
ހުޅުމާލެ ފޭސް ދޭއްގެ ޑިންގީ ޖެޓީ ސަރަހައްދުގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ބިދޭސީ އެއް މަރުވެއްޖެ އެވެ. މިކަން ކަށަވަރުކޮށްދެމުން ފުލުހުން ބުނީ މިހާދިސާގައި އެކަކު މަރުވެފައިވާއިރު އިތުރު އެހެން ބިދޭސީއަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސީރިއަސް ޒަހަމްތަކެއް ލިބި އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ. ފުލުހުން ބުނީ މިހާދިސާ ހިނގީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބްލް ޝީޓުތަކެއް ހުސްކުރަ...
މުޙައްމަދު ވަސީމް
ހއ.ދިއްދޫގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ޖޫނިއަރ ކޮލެޖުގެ ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މިސައްކަތް ހަވާލު ކޮށްފައިވަނީ ކޮންޓްރެކްޓްކުރެވިފައިވާ ފަރާތް ކަމުގައިވާ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމަށްޓަކައި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރާއި ކޮންޓްރެކްޓަރ އަދި ރަށު ކައުންސިލްގެ މެމްބަރުންނާއި ސްޓާފުން ހިމެނޭހެން ‘ސައިޓް ހޭންޑް-އޯވަރ މީޓިންގ’ އެއް ދިއްދޫގެ ކައުންސިލް އިދާރާގައިވަނީ ބާއްވާފަ އެވެ. އަދި ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކ...
އިބްރާހިމް އަސްވާޤް
މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޚާއްޞަ ދަޢުވަތަކަށް ޑރ ޝަހީމް މަދީނާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މިކަން ހާމަ ކުރައްވަމުން އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އިން ވިދާޅުވީ އެ ޖަމިއްޔާގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޚާއްޞަ ދަޢުވަތަކަށް މިރޭ ސަޢޫދީ ޢަރަބިއްޔާ އަށް ފުރާ ވަޑައިގަންނަވާނެ ކަމަށެވެ. މިދަތުރުގައި އެ ޔުނިވަރސިޓީ ގައި ދިވެހި ދަރިވަރުންގެ ޢަދަދު އިތުރު ކުރުމާއި ޔުނިވަރސިޓީގެ ދީނީ ކުއްލިއްޔާތަކ...
ސަނިއްޔާ އަބޫބަކުރު
ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް”ގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ހއ. އަތޮޅުގައި މި މަހު ފަހުކޮޅުފަށައި، ށ. އަތޮޅުގައި ޖުލައިގެ ނިޔަލަށް ފަށަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖޫން މަހުގެ ފަހުކޮޅު ހއ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށެވ...
ޝިއުނާ އާދަމް
އިމާމުންނާއި ޚަޠީބުން ރާއްޖެއިން ބޭރުން ތަމްރީނު ކުރަން ފަށަން އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ. ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިކަން ހާމަ ކުރައްވައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އިމާމުންނާއި ޚަޠީބުންނަކީ ޤާބިލް ބަޔަކަށް ހެދުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭން ޖެހޭކަމަށެވެ. އެގޮތުން އެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން ތަމްރީނު ތަކަށް...
ސަނިއްޔާ އަބޫބަކުރު
މިހާރު ކުރިޔަށްދާ ނޭޝަންސް ލީގް ގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުންވެސް މޮޅެއް ނުލިބި އިނގިރޭސިންނަށް ތާވަލްގެ ފުލުން އެރޭ ގޮތެއް ނުވިއެވެ. ބާމިންހަމް ސިޓީގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މެޗްގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު އިނގިރޭސިން 10 ހަމަލާ ފޮނުވާލިއިރު، ގޯލާ އަމާޒް ވެފައިވަނީ 3 ހަމަލާއެވެ. އިޓަލީންވެސް ވަނީ ގޯލާ އަމާޒްކޮށް 3 ހަމަލާ ފޮނުވައިލާފައެވެ. މި މުބާރާތުގައި މިހާތަނަށް […]
އަލީ ރިޔާޟް
ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް”ގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ރަސްމީކޮށް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ. އާރްޓީއެލްގެ ހިދުމަތް އެންމެ ފުރަތަަމަ ފަށަނީ ޒޯން އެކެއްގައި ހިމެނޭ ހދ. އަތޮޅުގެ ރަށްތަކަށެވެ. ހދ. އަތޮޅުގެ ރަށްތަކަށް ލޯންޗް ފެރީގެ އަގުތައް އުޅެނީ ދެކޮޅަށް، 65 ރުފިޔާ އާއި 200 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މި ހިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ފަސިންޖަރުންގެ ރައްކާތެރިކަމާއި ސަލާމަތާއ...
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ އިން ސެމްސަންގެ ފޯނުތައް ހާއްސަ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ލިމިޓެޑް ޓައިމް އޮފާއެއްގެ ގޮތުގައި އުރީދޫ އިން ވަނީ ސެމްސަންގެ ފަހުގެ ފޯނުތައް ވަރަށް ބޮޑަށް އަގުހެޔޮ ކޮށްފައެވެ. މިއީ މިވަގުތު ރާއްޖޭގެ ބާޒާރުގައި މިތަކެތި ލިބެން ހުރި އެންމެ ހެޔޮ އަގެވެ. މޫލީ އިން ލިބެން ހުންނަ ސެމްސަން ބްރޭންޑުގެ ފޯނުގެ ތެރޭގައި ގެލެކްސީ އެސް21 އާއި ގެލެކްސީ ޒީ ފްލިޕް އާއި ނޯޓް 20 އާއި […]
އަޙްމަދު ވަހީދު
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިތާނުކުރަން ނަންނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޚިތާނު ކުރަން ބޭނުންވާ ފަރާތްތަކަށް 15 ޖޫން 2022 ވާ ބުދަ ދުވަހުން ފެށިގެން 26 ޖޫން 2202 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ. ނަންނޯޓު ކުރުން ކުރިޔަށް ދާނީ އޯ.ޕީ.ޑީ ބަންދުނޫން ދުވަސް ތަކުގައި ހެނދުނު 09:00 އިން ހަވީރު 16:00 އަށް ދަރުމަވަންތަ ހޮސ...
ސަނިއްޔާ އަބޫބަކުރު
ވެލާ ރިސޯޓްގެ “ފެހިކުރަމާ” ޕްރޮގްރާމުގައި ނޫނު އަތޮޅު ކައުންސިލު ބައިވެރިވެއްޖެއެވެ. މިކަމާ ގުޅޭ ގޮތުން ނޫނު އަތޮޅު ކައުންސިލުން ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވާން ނިންމީ ނޫނު އަތޮޅުގައި އިސްރާފު ކުޑަކޮށް އިގްތިސާދު ހިފެހެއްޓުމުގެ ޕްރޮގްރާމް ތަންފީޒު ކުރުމަށް ވާގިދީ އެހީތެރިވުމަށް ކަމުގައެވެ. ނ. އަތޮޅުގައި ހިންގަމުން އަންނަ ވެލާ ރިސޯޓްގެ “ފެހިކުރަމާ” ޕްރޮގްރާމާއެކު ނޫނު އަތޮޅު ކައުންސިލުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ނޫނު އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް މު...
ސަނިއްޔާ އަބޫބަކުރު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯގެ ފްލެޓުތަކަށް ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ މަސައްކަތް ފަށައިފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަރުގެ ދަށުން ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓެލްކޯއިން ނިންމާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ. ބޯޑުން މިގޮތަށް ނިންމީ ކަރަންޓުގެ ކަންކަން ލަސްވުމުންނެވެ....
އަޙްމަދު ވަހީދު
ށ. ފޯކައިދޫގައި 1000 ގަސް އިންދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަދުވެސް އެރަށުގައި ގިނަ އަދަދެއްގެ ގަސް އިންދައިފިއެވެ. މި ޙަރަކާތް މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ފޯކައިދޫ ކައުންސިލުން އިސްނަގައިގެން، ފޯކައިދޫ ޑަބްލިއު.ޑީ.ސީ އާއި ފޯކައިދޫ ސިއްޙީ މަރުކަޒާއި، ފެނަކަ ފޯކައިދޫ ބްރާންޗްގެ އިތުރުން ފޯކައިދޫ ސްކޫލް ގުޅިގެންނެވެ. މިއީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ފޯކައިދޫ ކައުންސިލުން ކުރިޔަށްގެންދާ ރަށްފެހި ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު އިންދުމަށް ހަމަޖެހިފައިވާ 1000...
ސަނިއްޔާ އަބޫބަކުރު