ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ ޢާންމުކޮށް އިޢުލާނު ކޮށްފިއެވެ. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ޚާއްސަގޮތުން ބޭއްވި އާންމު ޖަލްސާ ފެށީ މިއަދު މެންދުރުފަހު 13:30 ގައެވެ. އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވަނީ ޖުމްލަ 765 އާންމު މެންބަރުންނެވެ. އެ އިންތިޚާބުގެ ރަސްމީ ނަތީޖާ މިހާރު ބާ ކައުންސިލުން ޢިއުލާން ކޮށްފައިވާއިރު...
ޝިއުނާ އާދަމް
ހުޅުމާލެ ފްލެޓެއްގެ ތިންވަނަ ފަންގިފިލައިން ޒުވާން އަންހެނަކު ވެއްޓިއްޖެއެވެ. އެ ކުއްޖާ ވެއްޓިފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައި ހުރި ފްލެޓަކުންނެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ފްލެޓެއްގެ ތިންވަނަ ފަންގިފިލައިން ޒުވާން އަންހެނަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. މިކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 17:30 ހާއިރު އެވެ. ވެއްޓިފައިވަނީ އުމުރުން 22 އަހަރުގެ ޒުވާން ދިވެހި އަންހެނެކެވެ. އަދި އޭނާއަށް ހުޅުމާލ...
ސަނިއްޔާ އަބޫބަކުރު
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު ބާއްވާ ދިވެހި ޕްރިއާމް ލީގު ކޮލިފިކޭޝަން ބުރުގެ ނޯތު ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމްގެ ޖޯޒީ ޢާއްމުކޮށް ވިއްކަން ހުޅުވާލައިފިއެވެ. މިކަން ހާމަކޮށް އިހަވަންދޫ ކްލަބް ޕޯލްސްޓަރއިން ބުނީ އެފްއޭއެމުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ދިވެހި ޕްރިއާމް ލީގު ކޮލިފިކޭޝަން ބުރުގެ ނޯތު ލީގުގައި، ބައިވެރިވާ އިހަވަންދޫ ޓީމް މުބާރުތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޖާރޒީއަށް އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ޢާއްމުކޮށް ހުޅުވާލާފައި […]
ސަނިއްޔާ އަބޫބަކުރު
މިދިޔަ މެއި މަހު މީރާ މެދުވެރިކޮށް އާމްދަނީގެ ގޮތުގައި ދައުލަތަށއ 1.28 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މެއި މަހު ބަލައިގަތް އާމްދަނީއާ އަޅާބަލާއިރު 63 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ މަހު ބަލައިގަތް އާމްދަނީއަކީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.8 އިންސައްތަ އިތުރު އަދަދެކެވެ. މީރާއިން މައުލޫމާތުދޭ ގޮތުގައި، މެއި 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު […]
އަޙްމަދު ވަހީދު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑަ ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފޯރުކޮށްދެމުން އަންނަ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް) ފެރީގެ ހދ. އަތޮޅުގެ ދަތުރުތަކުގެ އަގުތައް އާންމުކޮށްފިއެވެ. މިދިޔަ ފިތުރު ޢީދު ދުވަހު އެމްޓީސީސީން ދަތުރުތައް ފަށާފައިވާއިރު މެއި 10 އާ ހަމައަށް އެ ކުންފުނިން ދަތުރު ކުރަމުން އައީ ހިލެއެވެ. މިދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިއީ މުހިންމު ދަތުރުތަކެއް ކަމަށް އެމްޓީސީސީން ބުންޏެވެ. ޕްލޭނިން މިނިސްޓްރީން އާއްމުކޮށްފައިވާ ގޮތުގައި ހދ. އަތޮޅުގެ 13 ރަށް ހިމ...
އަޙްމަދު ވަހީދު
ހދ. ވައިކަރަދޫ ޔޫތު ކުލަބުގެ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. އަންނަ ބޮޑު އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 15 ގެ ނިޔަލަށެވެ. ޗެންޕިއަން ޓީމަށް 10000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 4000 ރުފިޔާ ހުށައަޅާފައިވާ މިމުބާރާތުގައި ބައިވެރިވުމަށް 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. “ވައިކަރަދޫ ޔޫތު ކަޕް” ގެނަމުގައި […...
އަލީ އާދިލް
ޓެކާސް މޯލްޑިވްސް ކަޕުގެ ފައިނަލުގައި ހދ. ކުޅުދުއްފުށި ބަލިކޮށް މުބާރާތުގެ ތަށި ގދ. ވާދޫއިން ހިއްލާލައިފި އެވެ. މިމެޗު ވާދޫއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4 – 0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ފައިނަލުގައި ވާދޫގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ހާއްސަކޮށް މަޝްހޫރު ފުޓްސަލް ތަރި އަދި ވާދޫގެ ކެޕްޓަން އަޔާއާއި އެޓީމުގެ ފާހަގަކޮށްލެވޭ ޒުވާން ތަރިން ކަމަށްވާ އިޔާދު، ޝައުފް އަދި ނައްޓުއާއި ޒައިދާންގެ ކުޅުން ފާހަގަކޮށްލެވެ އެވެ. ފަސޭހަކަމާއެކު 4 – […]
މުޙައްމަދު
ރިބާ އަކީ ޙަރާމް އެއްޗެއްކަން، ޤުރުއާނާއި ސުންނަތުން އަދި އިޖްމާޢުން ސާބިތުވެއެވެ. އަލްއިމާމްނަވަވީ ވިދާޅުވެފައިވަނީ މުސްލިމުންވަނީ ރިބާއަކީ ޙަރާމްއެއްޗެއްކަމަށް އިޖުމާޢުވެފައެވެ. އަދި ރިބާ ކެއުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އެހެންކަމުން އިސްވެބަޔާންކުރެވުނު ދެވައްތަރުގެ ރިބާއަކީވެސް ކަނޑައެޅިގެން ހަރާމް އެއްޗެކެވެ. އިސްމާލްދީނުގައި އިޤުތިޞާދު ބިނާކުރުމުގައި ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށްޓަކައި ދީނުގައި ރިބާވަނީ ކަނޑައެޅިގެން ހަރާމްކުރައްވާފައެވެ. މީއީ އިންސާނީދަ...
ތިލަދުން
ކުމުންދޫ ރިވައިލް އިނިޝިއޭޓިވް (ކުރެވި) ޖަމިއްޔާގެ ޒީރު ސްޕޯޓްސް އެކެޑަމީ އިފްތިތާޙް ކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ހދ ކުމުންދޫ ޒީރު ސްޕޯޓްސް ކްލަބުގެ ނައިބު ރައީސް ފާރިސް އަބްދުލް ޤައްޔޫމް ވިދާޅުވީ ރާއްޖޭގެ މަޝްހޫރު، ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގް (ދަގަނޑޭ) އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް އެކެޑަމީ ހުޅުވިގެން ދިޔުމަކީ އެކެޑަމީއާއި ކްލަބާއި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. ދަގަނޑޭ އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް […]
ސަނިއްޔާ އަބޫބަކުރު
ކީރިތި ރަސޫލާ ﷺ އަށް އިހާނެތި ބަސްތައް ރައްދުކޮށް އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ދެއްކި ވާހަކަތައް ހއ. ކެލާ ކައުންސިލުން ކުށްވެރިކޮށްފިއެވެ. އެކަން ކުށްވެރިކޮށް ކެލާ ކައުންސިލްގެ ފަސް މެންބަރުން އިއްތިފާގުވެ އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، މާތްވެގެންވާ އިސްލާމްދީނާއި، މާތް ރަސޫލާ އަށް ފުރައްސާރަކޮށް ހިންގާ އެއްވެސް ޢަމަލެއް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުއާހަދާ ތަކާއި ޚިލާފަށް، އިސްލާމް ދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާ ﷺ ގެ...
މުޙައްމަދު ވަސީމް
މިއަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގައި ފާހަނގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ. އެ ކުންފުންޏަށް ވަނީ 3 އެވޯޑެއް ލިބިފައެވެ. މީގެ ތެރޭގައި ކޯވިޑް 19 ގެ ގޮންޖެހުންތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމުގައި އުރީދޫ އިން ފޯރުކޮށްދިން ހިދުމަތްތަކަށް ގޯލްޑް އެވޯޑް ލިބިފައިވާއިރު މޫލީ އަދި އެމް-ފައިސާ ގެ ހިދުމަތަށްވެސް އެވޯޑް ލިބުނެވެ. އުރީދޫއަށް ލިބުނު އެވޯޑްތައް • ގޯލްޑް ސްޓީވީ – އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (ކޯވިޑް 19 […]
އަޙްމަދު ވަހީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވެނީ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. […]
ހުސައިން ހަބީބް
ބ. ކަމަދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ހިއްސާކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ކަމަދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތައް ކަމަދޫ ކައުންސިލަރުން ވަރީ ރައީސްގ...
ޔުމްނާ ޢަލީ
ހއ. މޮޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަސް މެންބަރުން ތެރެއިން 4 މެމްބަރަކު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް މިއަދު ސޮއިކޮށްފިއެވެ. 2020 ވަނަ އަހަރު އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި މޮޅަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިޚާބުވި ފަސް މެންބަރުންނަކީ ވެސް މިނިވަން މެންބަރުންނެވެ. އޭގެ ތެރެއިން ހަތަރު މެންބަރަކު ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު އެ ކޮމެޓީއަށް އިނ...
ޝިއުނާ އާދަމް
ހުއްދަ ނެތި ފުލުހުންގެ ކަސްޓޯޑިއަލް ޖަލަކަށް ވަން މީހަކު ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ސ. މަރަދޫ ކުންނާރުގޭ، ހާފިޒު މުހައްމަދު ދީދީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން މިއަދު ހުކުމްކުރީ މިދިޔަ އަހަރުގެ ކުރީކޮޅު ސ. ހިތަދޫ ޕޮލިސް ސްޓޭޝަންގައި ހުންނަ ކަސްޓޯޑިއަލް ޖަލު ސަރަހައްދަށް ހުއްދަ ނެތި ވަނުމުންނެވެ. އެތަނަކީ ކުށުގެ ތުހުމަތުގައިވާ މީހުން ތަހުގީގަށް ބަންދުކުރާ ޖަލެކެވެ. ކްރިމިނަލް ކޯޓުގައި އޭނާ ކުށަށް އިއުތިރާފްވި އެވެ. އެ […]
ހުސައިން ހަބީބް
ހިޔާ ފްލެޓްތަކުގެ ކުލި ނެގުން ފަސްކުރަން އެދި ހިޔާ ޔުނިއަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ބޭރުކޮށްލައިފި އެވެ. ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ޚަރަދުވި ފައިސާ ހަމަވަންދެން ކުލި ނެގުން ފަސްކުރަން ނުވަތަ ކުލިން އެ ބައި އުނިކުރަން އެޗްޑީސީއާ ދެކޮޅަށް ހިޔާ ޔޫނިއަނުން ދައުވާކުރި މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލީ އެޗްޑީސީން ނެގި އިޖްރާއީ އިއުތިރާޒަކާ ގުޅިގެންނެވެ. އެއީ ފްލެޓް އެއްބަސްވުމުގެ ބައިވެރިއަކަށް ހިޔާ ޔޫނިއަން ނުވާތީ ދައުވާ ކުރުމުގެ ހައިސިއްޔަތު ހިޔާ ޔޫނިއަންގެ […]
ހުސައިން ހަބީބް
ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 55 އިންސައްތަ ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސަޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ފަޔަ ބިލްޑިން މަސައްކަތުގެ 87 އިންސައްތަ އަދި ރަންވޭ މަސައްކަތުގެ 70 އިންސައްތަ ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަ ޕެޑް އަދި ފަޔަ ރޯޑެއް ގާއިމުކުރުމާއި، ފަޔަ ބިލްޑިންއެއް އިމާރާތް ކުރުމާއި، […]
އަޙްމަދު ވަހީދު
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ މައްސަލާގައި ދައުލަތުގެ ބައެއް ހެކިތައް ސިއްރުކޮށް، ދިފާއީ ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. މިދިޔަ އަހަރު މެއި މަހު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގެ ފަހުމީ އަލީގެ […]
ޙުސައިން ޝަހުދީ