ހިޔާ ފްލެޓްތަކުގެ ކުލި ނެގުން ފަސްކުރަން އެދި ހިޔާ ޔުނިއަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ބޭރުކޮށްލައިފި އެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ޚަރަދުވި ފައިސާ ހަމަވަންދެން ކުލި ނެގުން ފަސްކުރަން ނުވަތަ ކުލިން އެ ބައި އުނިކުރަން އެޗްޑީސީއާ ދެކޮޅަށް ހިޔާ ޔޫނިއަނުން ދައުވާކުރި މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލީ އެޗްޑީސީން ނެގި އިޖްރާއީ އިއުތިރާޒަކާ ގުޅިގެންނެވެ.
އެއީ ފްލެޓް އެއްބަސްވުމުގެ ބައިވެރިއަކަށް ހިޔާ ޔޫނިއަން ނުވާތީ ދައުވާ ކުރުމުގެ ހައިސިއްޔަތު ހިޔާ ޔޫނިއަންގެ ކިބައިގައި ނެތް ކަމަށް ބުނެ އެވެ. ކޯޓުން ވެސް ނިންމީ އެގޮތަށެވެ.
ކޯޓުގެ ހުކުމުގައިވަނީ ފްލެޓް އެއްބަސްވުން ހަދާފައި އޮތީ ވަކިވަކި މީހުންނާ އެކު ކަމަށްވާތީ ހިޔާ ޔޫނިއަންއަކީ އެއްބަސްވުމުގެ ބައިވެރިއެއް ނޫން ކަމަށެވެ. އެހެންވެ، އެއްބަސްވުމުގައި ހިމެނޭ ކަމަކާ ގުޅިގެން ދައުވާ ކުރުމުގެ ހައިސިއްޔަތެއް ހިޔާ ޔޫނިއަންއަށް ލިބިގެންނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންކަމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ކަމަށް އެ ހުކުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!