މާލޭގެ ގެއެއްގެ ލިފްޓު ތެރޭގައި އަންހެނަކަށް ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހެންވޭރު ގެއެއްގައި އުޅެމުންދާ އަންހެނަކު އެގޭ ލިފްޓަށް އެރި ވަގުތު ލިފްޓަށް އެރި ފިރިހެނަކު އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
މިމައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށް އެ އިދާރާއިން ވަނީ ހާމަ ކުރަށްވާފައެވެ.
މިފަދަ މައްސަލައެއް ފުލުހުން ބަލަންފަށާފައިވާއިރު، މާލޭގައި ސީރިއަލް ރޭޕިސްޓެއް އުޅޭކަމަށް ބުނެ މީސްމީޑިއާގައި ދަނީ އޭނާގެ ވީޑިއޯވެސް ދައުރުވަމުންނެވެ.
ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި އިތުރުވަމުން އަންނަ މައްސަލަތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!