ދިވެހި ޤައުމީ ދިދައާއި އެކު އަދި ކައްތިރިކޮށް އެހެން ދިދަތައް ނެގޭގޮތަށް އުސޫލު ޢާއްމު ކޮށްފިއެވެ. ދިވެހި ގައުމީ ދިދަ ނެގުމާއި ދިދަ ބޭނުން ކުރުމުގެ ސޫލަށް އަމަލު ކުރުމަށް އަންގަވައި ރައީސް އޮފީހުން ޢާއްމު ކުރެއްވި އުސޫލުގައި ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާ ތަންތަނާއި، ދުވާލުގެ ވަގުތުތަކުގައި ދިވެހި ގައުމީ ދިދަ ނަގާފައި ހުންނަންވާ މުއައްސަސާތަކުގެ ތަފްސީލު ވެސް ބަޔާންކޮށްފައި ވެއެވެ. މި އުސޫލުގައި ބުނެފައި ވާގޮތުން ގައުމީ […]
ސަނިއްޔާ އަބޫބަކުރު
ހަވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް މިއަހަރު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ. މިހާރުގެ ތަޢުލީމީ ދާއިރާ އޮތްގޮތާއި ކުރިއަށް އޮތް ތަނުގައި ތައުލީމު ފޯރުކޮށް ދިނުމަށް ކުރާނެ މަސައްކަތް ނުވަތަ ”ކަރަންޓް ޕަރސްޕެކްޓިވްސް އެންޑް ފިއުޗަރ ޑިރެކްޝަންސް“ ގެ ތީމަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މި ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 9 އިން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރިން މިދިޔަ އަހަރު ބޭއްވުމަށް ނިންމި ހަވަނަ އިންޓަރނޭޝަނަލް...
ސަނިއްޔާ އަބޫބަކުރު
ސްކޫލްތަކުގެ ކިޔެވުންނިމި އަންނަ ހަފްތާ ބޮޑު ޗުއްޓީފެށޭއިރު އެ ހަފްތާގައި މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ ހަފްތާތެރޭގައި މުޅި ރާއްޖެއަށް ކެރީގެ އަސަރުތައް ފޯރާނެ ކަަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން މައުލޫމާތު ދެއެވެ. ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ ހަފްތާ ބަންދަށް، ރާޅުތައް އާދައިގެ ވަރަކަށް ބޮޑުވާނެ ކަމަށާއި މިހާރަށްވުރެ ކުޑަތަންކޮޅެއް ވަޔާއި ކަނޑު ގަދަވާނެ […]
ސަނިއްޔާ އަބޫބަކުރު
މިދިޔަ ހަފްތާގައި ހަތަރު ސަތޭކަ އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވް ވަމުންދާ ރޭޓް އިތުރުވަމުން ދާތީ އިންޒާރު ކުރައްވަމުން އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަފްތާގައި 205 މީހުން ވަނީ އެ ބަށްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭން ޕޮޒިޓިވް ވެފައިވާ 231 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވެފައިވާ 95 […]
ސަނިއްޔާ އަބޫބަކުރު
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަދު މާލޭގެ ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް، ބަޔަކު ދަނޑަށް ވަދެ އެ ހަރަކާތް ހުއްޓުވާފައިވަނިކޮށް، އެ މައްސަލައާއި ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނެޝަނަލް ސްޓޭޑިއަމް ކައިރީ މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ދިވެހި ހަ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް ހަމަޖައްސަވައިފިއެވެ. ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލް ޖުމްހޫރިއްޔާ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް ޑރ. އިނާޒް ޢައްޔަނު ކުރައްވާފައި މިވަނީ އެ ޤާނޫނުގައި ބުނާ ފަދައިން ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއި ސޯޝަލް ސެކިއުރީގެ ކަންތައްތައް ބަލަަހައްޓަވާ ވުޒާރާ ގުޅިގެން އުފެއްދި ސިލެކްޝަން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ ނަން ތަކުގެ ތެރެއިންނެވެ....
ސަނިއްޔާ އަބޫބަކުރު
އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކަކީ އިންސާނާގެ ދުނިޔަވީ ޙަޔާތުގައި ކުރިމަތިވާ އެންމެހާ ކަންތައްތަކެއްގައި ޢަމަލުކުރަންވީ ގޮތުގެ ދަލީލުތައް ނެގުމުގައި ރުޖޫޢަވާން ޖެހޭ އަޞްލެވެ. ނުވަތަ ފިޤުހީޙުކުމްތައް ދެނެގަތުމުގައި އިންސާނުން ބަރޯސާވާންޖެހޭ މަރުޖިޢުތަކެވެ. މިތަނުގައި ބަޔާންކުރެވިފައިމިވާ މަޞްދަރުތަކުގެ ތެރޭގައި އެންމެ މުހިންމު ދެ އަސާސަކީ ކިރިތި ޤުރްއާނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެވެ. މިކަމަށް އިޝާރާތް ލިބެނީ އިމާމް ޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވާ އަންނަނިވި ބަސްފުޅުންނ...
ޤާސިމް މުޙައްމަދު
އުރީދޫގެ ސަޕްރައިޒަކަށް ދިވެހިން ތައްޔާރުތޯ، ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ އަހައިފިއެވެ. ނޭމާ މިހެން އަހާފައިވަނީ، މިއަދު އުރީދޫން އާއްމު ކުރި ކުރު ވީޑިއޯ ކްލިޕެއްގައެވެ. އޭނާ ތައްޔާރުހޭ އަހައިފައިވަނީ ދިވެހި ބަހުންނެވެ. އެ ވިޑީއޯ އުރީދޫގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ، ހާލިދް އަލް ހަމަދީއާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒްވެސް ވަނީ ޓުވީޓާގައި ހިއްސާކުރައްވާފައެވެ. އަށް ސުކުންތުގެ އެ ވީޑިއޯ ކްލިޕްގައި ނޭމާ ބުނަނީ “ގޭމް އޮން، […]
އަޙްމަދު ވަހީދު
ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސަައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 53 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓާއި ބަނދަރު ބައްތީގެ ޕޯސްޓްތައް ވަނީ ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫޢުގެ ދަށުން، […]
އަޙްމަދު ވަހީދު
ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 68 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 38 މީޓަރުގެ ބޭރުތޮށި ލުމާއި، […]
އަޙްމަދު ވަހީދު
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިވެހި ލީގުގެ ކޮލިފައިން ބުރުގައި، އެންމެ އުތުރުގެ ދެ އަތޮޅުގެ މެދުގައި ކުޅޭ، އެމްޓީސީސީ ނޯތު ލީގުގެ ތިންވަނަ ދުވަހުގެ މެޗުތަކުގައި ޓީމް ހަނިމާދޫއާއި ޓީމް ނެއްލައިދޫ ބައްދަލުކުރި މެޗު ހަނިމާދޫއިން ކާމިޔާބު ކުރިއިރު، އިހަވަންދޫ ކުލަބް ޕޯލްސްޓާއާއި ކުޅުދުއްފުށި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ނެއްލައިދޫގެ […]
އިބްރާހިމް ޚަލީލް
1943 ވަނަ އަހަރު ށ އަތޮޅު މާކަނޑޫދޫއަށް އުފަންވި ޢަލީ އަހްމަދަކީ މާކަނޑޫދޫގެ ޢީދުފޯރިއަށް ބޮޑު އިންގިލާބެއް ގެނައި ކުޅަދާނަ ހުނަރުވެރިއެކެވެ. ކުޅިވަރާއި މިއުޒިކާއި ޘަޤާފީ ކުޅިވަރުތައް އަންނާން އޮތް ޖީލުތަކަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި މޭސްތިރިއެކެވެ. އުމުރުގެ ވަރަށް ޅަފަތުގައި ބޮޑުބެރާއި އޭގެ ހަމަތައް ދަސްކުރެއްވެވިއެވެ. ތާރައާއި ޘަޤާފީ ކުޅިވަރުތަކުގެ ފުންކަނޑަށް ފުންމަވާލެއްވިއެވެ. އެކަނޑުގައި ޢަލީ އަހްމަދު، އެންމެން ދަންނަ ނަމުންނަމަ ( ބޭބެ ޢަލީ )...
މުޙައްމަދު ސާޖިދު
މުޅި ރާއްޖެއަށް މަގުބޫލު ބްރޭންޑެއް ކަމުގައިވާ ހިޓާޗީއަށް ހާއްސަކޮށްގެން އެސްޓީއޯއިން ”ހަމަ ހިޓާޗީ” ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ފަށާއިފައިވަނީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ކުޑަ ހަފުލާއެއްގައެވެ. އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. މި ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަ މެޝިނާއި، އެއާޕިޔުރިފަޔާ އާއި ޓީވީ އާއި ޕަންޕާއި ވެކްޔުމް ކުލީނާ، އާއި ރައިސްކުކަރާއި، އަވަނާއި އެއާކޯން...
އަޙްމަދު ވަހީދު
ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ “ރ.ޓޫރިޒަމް އެކްސްޕޯ 2022″ގެ ތެރެއިން މޫދު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި އެކްސްޕޯއަކީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީއާ ރ. އަތޮޅު ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. “ރ. ޓޫރިޒަމް އެކްސްޕޯ 2022” ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރެއިން އެންމެ ޝައުޤުވެރި އެއް ޙަރަކާތް ކަމަށްވާ މޫދު ކުޅިވަރުގެ ބައި ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު ރ އަތޮޅު […]
ސަނިއްޔާ އަބޫބަކުރު
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުކަމުގެ މަޤާމުގައި ހުންނަ ވަނިކޮށް މަޤާމުންވަކި ކޮށްފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޟު އަބްދުއްލަތީފް މަޤާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ. އަންހެނުން ހިތާނު ކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ވިދާޅުވި ވާހަކަތަކާ ގުޅިގެން އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ކަމަށް ބުނެ އެމްއެންޔޫގެ ވަޒީފާއިން ޑރ. އިޔާޟު ވަކިކ...
ސަނިއްޔާ އަބޫބަކުރު
ނ. ލަންދޫގައި ދެ ރުއް ދޭތެރޭ ފިތިގެން ބިދޭސީއަކު ނިޔާވެއްޖެއެވެ. މިހާދިސާ ހިނގާފައި ވަނީ ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަން އުޅުމުގެ ތެރޭގައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ، ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަން އުޅުމުގެ ތެރޭގައި، ދެ ރުއް ދޭތެރޭ ބިދޭސީއަކު ފިތިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް މިއަދު ހަވީރު 16:15 ހާއިރު ލިބުނު ކަމަށެވެ. “ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ” ފު...
ތިލަދުން
އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް ހޯދަން އޯގަސްޓް މަހުން ފެށިގެން ކޭޝް ކާޑު ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދަޅުވީ ބަހުގެ ދަތުރުތަކުގައި ނަގުދު ފައިސާ ބޭނުންކޮށްގެން ކާޑު ރީޗަރޖް ކުރުމަކީ ދަތިކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅު ކުރުމުންނެވެ. އެގޮތުން “ޓަޗް އެންޑް ގޯ” ބީއެމްއެލް ކާޑުގެ ހިދުމަތާ އެކު ކިއުއާރް ކޯޑު ވެސް ބޭނުން […]
އަޙްމަދު ވަހީދު
ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މީހަކު މަރާލި މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ގާތިލު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ޖޫން، 2017 ގައި އިހަވަންދޫ އައިސްޕްލާންޓްގައި ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ) މަރާލީ އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބިދޭސީއެއް ކަމަށްވާ ސުމޮން މިއާ އެވެ. ދެ މީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަމެއްގެ ސަބަބުން ތޫނުއެއްޗަކުން ހަމަލާދީ އިއްސެ މަރާލި މައްސަލާގައި ސުމޮން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗް […]
ހުސައިން ހަބީބް