ބޮޑުތަކުރުފާނު މަގު އެކުވެނި ޓްރެކު ސަރަހައްދުން ދުއްވާފައި ދިޔަ ކާރަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. މި ހާދިސާގެ މަޢުލޫމާތު ދެމުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހުންގެ ހާލާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ. މަޢުލޫމާތު ލިބޭގޮތުގައި އަނިޔާ ލިބިފައިވާ މީހުންނަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގަ އެވެ. އެކްސިޑެންޓްގައިި ގެއްލުން ލިބިފައިވަނީ ބަސް […]
އިބްރާހިމް އަސްވާޤް
ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ޖުމްލަ 25 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެ ރަށްތަކާއި ހަވާލުކޮށްފިއެވެ. 25 ޑްރެގް ބްރަޝް މެޝިންތައް ރަށްތަކާއި ހަވާލުކުރުމަށް މިއަދު ވަނީ އެކުވެނި ސިންތެޓިކް ޓްރެކްގައި ރަސްމީޔާތެއް ބާއްވާފައެވެ. މި ރަސްމީޔާތުގައި ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެޑައިގެންފައެވެ. ޔޫތް މިނިސްޓްރީން ޑްރެގް ބްރަޝް މެޝ...
އަލީ އާދިލް
ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަނެ ދިރާސާ ކުރެއްވުމަށްޓަކައި އުފެއްދެވި ރިސަރޗް ގްރޫޕުން އެކުލަވާލެއްވި ރިޕޯޓު “އެދުރުންގެ ފަންނު: ގޮންޖެހުންތަކާއި ހުށަހެޅުންތައް” ޝާއިޢު ކޮށްފިއެވެ. ދިވެހިރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރައްވަން ނިންމަވައި ރައީސުލްޖުމްހުރިއްޔާ، އިބްރާހިމް މުހައްމަދު ސާލިޙް، އެކަން އިޢުލާނު ކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާ...
ސަނިއްޔާ އަބޫބަކުރު
މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ޤާނޫނީ ހަމަ މުގުރާލައި، ލާމަރުކަޒީ ޤާނޫނާއި އަދި މާލިއްޔަތުގެ ޤާނޫނާއި ވެސް ޚިލާފަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޭޔަރު ވަނީ އެ މަޝްރޫޢު ސިޓީ ކައުންސިލްގެ އަތުން އަތުލައި، އާރްޑީސީއާއި ބޮޑު އަގެއްގައި ހަވާލު ކުރުމަކީ ބޮޑު އިސްރާފެއްކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެއީ ކޮރަޕްޝަންގެ ޢަމަލެއ...
އަލީ އާދިލް
ރައްޔިތުންނަށް ހެޔޮ އަގުގައި ވިއްކާ ތެޔޮ ގަނެގެން އެ ތެޔޮ، ބޮޑު އަގުގައި ރިސޯޓްތަކަށް ވިއްކާ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވަން އެސްޓީއޯއިން ފިޔަވަޅު އަޅައިފިއެވެ. އެ ކުންފުނިން ވިއްކާ ތެޔޮ ކޮންޓްރޯލް ކޮށްފައިވާ ކަމަށް ބުނެ ޚަބަރުތައް ފެތުރެން ފެށުމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ދުނިޔޭގެ ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު އޭގެ ސަބަބުން ރައްޔިތުންނަށް ވާނެ ބޮޑު ގެއްލުން ކުޑަކުރުމުގެ ގޮތުން އެފްއެސްއެމުން ފިއުލް ޝެޑްތަކުންނާއި މަސްވެރިންނަށާއި ރަށްރަ...
އަޙްމަދު ވަހީދު
ހދ. ކުޅުދުއްފުށީ ކޯޓުގެ އެޑްމިިނިސްޓްރޭޓަރު ހިމެނޭގޮތަށް، އެ މަގާމުން ވަޒީފާއިން ވަކިކުރި 10 މީހަކަށް އަލުން ވަޒީފާދޭން ޖެހޭނެ ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން 2020 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ފެންވަރު ބެލުމުގެ އުސޫލުގެ ދަށުން ވަކި އަދަދަކަށް މާކްސް ނުލިބޭ ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އެޑްމިނިސްޓްރޭޓަރު ވެސް ހިމެނެ އެވެ. ވަޒީފާއާބެހޭ […]
ހުސައިން ހަބީބް
ދިރާސީ އަހަރުގެ ކިޔެވުންނިމި ދަރިވަރުންގެ ބޮޑުޗުއްޓީއެއް ފެށުނީއެވެ. ކިޔެވުމާއި، ކިޔަވަން ގެންގުޅުނު ފޮތްތަކާއި، މުދައްރިސުންގެ އަގުހުރި އިރުޝާދުތައްވެސް ދަބަހާއި، ފޮތްތަކާއިއެކު ގޭގެ ކޮންމެވެސް ކަނެއްގައި ބަހައްޓާފައި ހުރިހާ ކުދިންނާއި ބެލެނިވެރިން ދިގު ޗުއްޓިއަކަށް ދަތުރުފެށީއެވެ. ކިޔެވުމާއި ފިލާވަޅުތައް ދަސްކުރުމުގެ ވަރުބަލިކަމާއި ލޮޑުކަން ފިލުވާލަން ލިބުނު ރަނުގެ ފުރުޞަތެކެވެ. ނަމަވެސް ދަންނަވަންތޯއެވެ؟ ޗުއްޓީގެ ދުވަސްތައް އެކުގައި ކިޔަވާފޮތްތަކާއި އެކަހެރިވެ، ދުރުގައި ހޭދަކުރުމަކީ ދަރިވަރުނ...
ޤާސިމް މުޙައްމަދު
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތް މި އަހަރުގެ އަޟްހާ އީދު ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ. ނެއްލައިދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި ކުޅިވަރުގެ ރޫޙް އާލާކޮށް ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރު އެޅުމުގެ އިތުރުން އެ ރަށަކީ އެއްބައި ވަންތަ ރައްޔިތަކު ދިރިއުޅޭ ރަ...
އިބްރާހިމް ޚަލީލް
ސްލޮވާކިއާގައި އުދުހޭ ކާރު “އެއާ ކާ” އުދުހުމުގެ ހުއްދަ އެ ޤައުމުގެ ޓްރާންސްޕޯޓް އޮތޯރިޓީ (އެސްޓީއޭ) އިން ދީފިއެވެ. މިއީ އުދުހޭ ކާރަކަށް ގައުމަކުން ހުއްދަ ދިން ފުރަތަމަ ފަހަރެވެ. މިއާއެކު ސްލޮވާކިއާ އަދި ދުނިޔޭގެވެސް ދަތުރުފަތުރަށް އީޖާދީ ބަދަލުތައް އަންނާނެ ކަމަށް ލަފާ ކުރެއެވެ. އެއާ ކާރަކީ ދެ ސީޓު ހުންނަ ކާރެކެވެ. އާއްމު ކާރުތަކާއި އެއްގޮތަށް ހުންނަ މި ކާރުގައި ފިޔަހުރެއެވެ. އެއީ ފްލައިޓުތައްހެން އުދުހުމުގައި ބޭނުން ކުރެވޭ ފިޔައެވެ. އެ ފިޔަ ހުންނަނީ […]
އަޙްމަދު ވަހީދު
ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް […]
އަޙްމަދު ވަހީދު
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ރައީސްގެ ދެ ކަނބަލުން ޙައްޖަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއް...
ޔުމްނާ ޢަލީ
މި އަހަރު އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން ތިލަދުންމަތީގެ ތިން ރަށެއް ހިމެނޭހެން ޖުމްލަ 18 ރަށެއްގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ. އީދުގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ތިލަދުންމަތީގެ ތިން ރަށަކީ ހއ.ބާރަށް، ހއ.ދިއްދޫގެ އިތުރުން ހއ.ވަށަފަރެވެ. ދެން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ނ. ވެލިދޫ، ނ. ހޮޅުދޫ، ނ. ފޮއްދޫ، ރ. މާކުރަތު، ބ. ފުޅަދޫ، ބ. ދަރަވަންދޫ، ބ. އޭދަފުށި، ކ. […]
އިބްރާހިމް ޚަލީލް
ފަހުވަގުތު ސައުދީ އަރަބިއްޔާގެ ސަރުކާރުން އިންޑޮނޭޝިޔާއަށް ދިން އިތުރު 10 ހާސް ޙައްޖު ކޯޓާ ދޫކޮށްލައިފި އެވެ. އިންޑޮނޭޝިޔާއިން މިހާ ގިނަ ޙައްޖު ކޯޓާ ދޫކޮށްލަން ނިންމާފައިވަނީ ވަގުތު ކުޑަތަން ވެފައިވާ ކަމަށް ބުނެއެވެ. ކޯވިޑް-19 ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލި ފަހުން ފުރަތަމަ ފަހަރަށް އިންޑޮނޭޝިޔާއިން ޙައްޖަށް މީހުން ފޮނުވާފައި ވާއިރު މިއަހަރު އެ ޤައުމުން ޙައްޖަށް ފޮނުވާފައިވަނީ އެއްލައްކަ މީހުންނެވެ. މިއީ އެ ޤައުމުން ޢާއްމުކޮށް ޙައްޖަށް ފޮނުވާ ޢަދަދަށް ވުރެ ދެބައިކުޅަ […]
ސަނިއްޔާ އަބޫބަކުރު
ހދ.ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން އެ ރަށުގައި ކުރިއަށް ގެންދިޔަ ކައްކަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ ނެއްލައިދޫ ޑަބްލިއުޑީސީއާއި އަފްގާން ކުކްބުކްއާއި ގުޅިގެން 23 ޖޫން 2022 އިން 29 ޖޫން 2022 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، ޖުމްލަ 25 ބައިވެރިން މި ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މި ކޯހަކީ އެ […]
އިބްރާހިމް ޚަލީލް
ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ފެންހިންދާ ހޮޅި ވަޅުލުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި އެ މަސައްކަތުގެ 93 އިންސައްތަ ވަނީ މިހާރު ނިމިފައެވެ. މިހާރު ކުރިއަށްދަނީ ސެޓްލެމެންޓް ޓޭންކް އިންސްޓޯލް ކުރުމުގެ މަސައްކަތާއި ޕޭވްމަންޓް މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއ...
އަޙްމަދު ވަހީދު
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތް 1443 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މަކުނުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގެ ހުރިހާ އުމުރެއްގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މަކުނުދޫ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ޤުރުއާން ކިޔެވުމުގެ ވާދަވެރި ރޫހެއް އުފައްދައި ތަޖުވީދު ހަމަތަކުގެ މަތީން ތަރުތީލުކޮށް ޤުރުއާން ކިޔެވުމ...
އިބްރާހިމް ޚަލީލް
ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 46 އިންސައްތަ އާއި، މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 39 އިންސައްތަ އާއި، އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 38 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 […]
އަޙްމަދު ވަހީދު
ފަތުރުވެރިކަމަށް ރަށްރަށުން ދޫކޮށްފައިވާ ބިންތަކުގެ މިލްކުވެރިކަން ބަދަލުކުރުމަށް ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭ އިސްލާޙް ތަސްދީގު ކޮށްފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވާފައިވާ މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު، ޤާނޫނު ނަމްބަރު: 02/99 އަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި އިޞްލާޙުން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށު...
ސަނިއްޔާ އަބޫބަކުރު