ދިވެހި ފައިސާގެ ނިޝާނުގެ ގޮތުގައި ބޭނުން ކުރާނެ ރަސްމީ ނިޝާން ތައާރަފު ކޮށްފިއެވެ. މި ނިޝާން ތައާރަފު ކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ނިޝާން ތައާރަފު ކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި އަލަށް ތައާރަފު ކުރި ނިޝާން ޑިޒައިން ކުރީ މ.ސްޕޮޓްލައިޓް، ހުސެއިން ސުޖާއުއެވެ. މި ޑިޒައިން ހޮވާފައިވަނީ މިދިޔަ އަހަރު އެމްއެމްއޭ އިން ހުޅުވާލި ފުރުސަތުގެ ތެރެއިން ލިބުނު 70 ހުށަހެޅުމުގެ ތެރެއިންނެވެ. އެ […]
އަޙްމަދު ވަހީދު
ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 45.9 މިލިއަން ރުފިޔާއަށެވެ. މިއެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ފްލެކްސިންކުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ނަޖާހު ޝަރީފެވެ. މި އެއްބަސްވުމުގެ ދަށުން މިލަންދޫގައި އ...
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުން މާދަމާ ޙައްޖަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ރައީސްގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ. ޙައްޖުގެ އަޅުކަން އ...
ސަނިއްޔާ އަބޫބަކުރު
ހދ. ކުމުންދޫގައި މި އަހަރު އީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން “ގާކޮޅު ވޮލީ ޗެލެންޖް 1443” ގެ ނަމުގައި ވޮލީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ދެ ޖިންސުގެ ޓީމްތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އަންހެން ތިން ޓީމް، އަދި ފިރިހެން ފަސް ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ކެޓަގަރީގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ފްލޯރާ، ޓީމް ރޫބީގެ އިތުރުން ޓީމް ވޮލީ ސްޓާއެވެ. ފިރިހެން ކެޓަގަރީގައި ބައިވެރިވެފައިވާ ފަސް ޓީމަކީ […]
އިބްރާހިމް ޚަލީލް
ދ. ހުޅުދެލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން، މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫޢުގެ ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ […]
އަޙްމަދު ވަހީދު
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް އަންނަ ހއ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” ފުރަތަމަ ފިޔަވަހީގެ ދަށުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގެ ހިދުމަތް ހއ އަތޮޅުގައި ރަސްމީކޮށް މިއަދު ފެށި ނަމަވެސް މިދިޔަ މަހު ވަނީ ދަތުރުތައް ފަށައިފައެވެ. މި ހިދުމަތް އެ އަތޮޅުގައި ދެމުން އައީ ހދ. އަތޮޅުގައި ފުރަތަމަ ދެމުން އައި ގޮތަށް ހިލެއެވެ. […]
އަޙްމަދު ވަހީދު
މޫސުން ރަނގަޅުވާނީ އަންގާރަ ދުވަހުގެ ފަހުން ކަމަށް މެޓް އޮފީހުން ލަފާކުރައްވައިފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވީ މިއަދާއި މާދަމާވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި މޫސުން އެންމެ ގޯސްވާނީ، ރާއްޖޭގެ ދެކުނަށް ކަމަށެވެ. އެހެން ނަމަވެސް އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވަމުން ދާނެ ކަމަށް މެޓް އޮފީހުން އިން ލަފާ ކުރައްވާފައިވެއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް ޢާއްމު ގޮތެއްގައި މޫސުން ގޯސް ދުވަސް ވަރަކަށްވީ ނަމަވެސް، މިއަހަރު ދަނީ އާދަޔާ […]
ސަނިއްޔާ އަބޫބަކުރު
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ އެއް ބާނީ ގޯގޯ ލަތީފް އަވަހާރަވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ މުހައްމަދު ލަތީފް މިއަދު އަވަހާރަ ވެފައިވަނީ އަވައްޓެރި ޝްރީލަންކާގައެވެ. ލަތީފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. އަދި އޭނާ ސިޔާސީ ހަރަކާތްތަކުން ނުފެންނަތާ ވެސް މިހާރު ވަނާ ވަރަށް ގިނަ ދުވަސްތަކެއް ވެފައެވެ. ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީއާއ...
ސަނިއްޔާ އަބޫބަކުރު
އަޟްޙާ ޢީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ. އެމްއެންޑީއެފްއިން ބުނީ މިއީ، ކޮންމެ އަހަރެއްގެ ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. މި އޮޕަރޭޝަނަކީ ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭ...
އަލީ ރިޔާޟް
ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހޭހެން މަޖިލީހުން ފާސްކޮށްފައިވާ ހެއްކާބެހޭ ބިލު ތަސްދީގު ނުކުރެެއްވުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) އިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިލައްވައިފި އެވެ. މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެކައުންސިލުން ވިދާޅުވީ، އެބިލާއިމެދު ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށްފައިނުވާތީ، ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމަށް، އެދި އެކައުންސިލުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން...
އަލީ އާދިލް
ހދ. ކުޅުދުއްފުށި ސިޓީ ކުލަބް ކޮރަލްސްއިން އީދު ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކުލަބް ކޮރަލްސް ވާދެމުން 1443” އާއި “ކުލަބް ކޮރަލްސް ފައިގަތަޅާ 1443” މި ދެ މުބާރާތާއި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުލަބް ކޮރަލްސްއިން ހާމަކޮށްފައިވާ ގޮތުގައި އީދުގައި ވާދެމުމުގެ މުބާރާތެއް އެ ރަށުގައި ކުރިއަށް ގެންދިޔުމުގެ މަގުސަދުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން މި އަހަރު އަޟްހާ އީދު “މުއްސަނދި ސަގާފަތާއި” އެކީ ފާހަގަ ކުރުމަށް […...
އިބްރާހިމް ޚަލީލް
ދިވެހިރާއްޖޭން މިއަހަރު ޙައްޖަށްދާ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖޭން ފުރިއިރު އަލްވަދާޢު ވިދާޅުުވުމަށް ރައީސް ޞާލިހު އެއާޕޯޓަށް ވަޑައިގެން އަލްވަދާޢު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި އެ އެބޭފުޅުންގެ ޙާލު އޮޅުން ފިލުއްވިއެވެ. ޙައްޖުގެ އަޅުކަމަށް މިރޭ ފުރި 115 ޙައްޖާޖީންނާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލު...
ސަނިއްޔާ އަބޫބަކުރު
މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންތަކުން ތިން ގޮނޑިއެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކާމިޔާބު ކޮށްފިއެވެ. މިއަދުގެ އިންތިޚާބުގައި 4 ރަށެއްގެ ކޮމެޓީތަކަށް 5 މެންބަރަކު އިންތިޚާބު ކުރިއެވެ. މިގޮތުން ށ. ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން އެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ޒުހުރާއެވެ. ޒުހުރާ އެ ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެ...
ޔުމްނާ ޢަލީ
މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި އިމާރާތްކުރި މިސްކިތް މިރޭ ހުޅުވައިފިއެވެ. “މަސްޖިދު ރަޝީދު” ނަމުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މި މިސްކިތް ހުޅުއްވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ ކަމަށް މިރޭ ހުޅުމާލޭގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަހްމަދު ޒާހިރު ވެސް ބައިވެރިވެ ވަޑައިގަތެވެ. މި މިސްކިތް ބިނާކޮށްފައި ވަނީ މިސްކިތް އެ ބޭފުޅަކަށް ނިސްބަތްވާ...
ސަނިއްޔާ އަބޫބަކުރު
މޫސުން ގޯސްވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މުހުތާދުޖެހިފައިވާ ތ. އަތޮޅުގެ ބައެއް ރަށަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ އިދާރާގެ ސެންޓްރަލް އޭރިއާ ކޮމާންޑް ސިފައިންގެ ޓީމެއް އަދި ވެސް ތިމަރަފުށީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ސިފައިން ދަނީ ޕަންޕުބޭނުން ކޮށްގެން ފެންހިންދުމުގެ މަސައްކަތާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑުގައި ކުރަމުންނެވެ. މިއަދު ވެސް ދިޔަވަރު އެންމެ ބޮޑުވި ގަޑީގައި އެރަށް ވަނީ އުދައަރާފައެވެ...
ސަނިއްޔާ އަބޫބަކުރު
ބާޖެއް އޮޔާދާތީ ކަނޑުދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް، ސިފައިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން އިންޑިއާގެ ޓުޓްކޮރިންއަށް ދަތުރުކުރަމުން ދިޔަ ޓަގެއްގެ ކަފުގައި އޮތް ބާޖެއްގެ ވަޔަރުކަނޑައިގެން ގޮސް އޮޔާދާކަމުގެ މަޢުލޫމާތު އެ އިދާރާގެ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. މި ބާޖު ކަނޑައިގެން ގޮސްފައި ވަނީ، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުންނެވެ. އެ ހާދިސާ ހިނގާފައި ވަނީ ނ. މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބާޖު އޮޔާ ގެންދަނީ އެ ސަރަހައްދުން...
މުޙައްމަދު ވަސީމް
ށ. ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދެ މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގައި އެއް ގޮނޑި ކާމިޔާބުކޮށް، ފުރަތަމަ އިންތިޚާބީ މޮޅު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ހޯދައިފިއެވެ. މި އިންތިޚާބުގައި ތިން ސިޔާސީ ޕާޓީއަކުން ފަސް ކެންޑިޑޭޓަކު ވާދަ ކުރިއެވެ. އެ ކެންޑިޑޭޓުންނަނީ، ޒަޢީމާ އާދަމް، ނާޒް، ށ.ކޮމަންޑޫ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޢާއިޝަތު ވަޙީދާ، ފެމޯރާ، ށ.ކޮމަންޑޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މަރްޔަމް ނަބާހާ، ކަށި...
އަލީ އާދިލް
ކަނޑުދަތުރުކުރާ ހއ.ހޯރަފުށީ އުޅަނދުފަހަރުގެ މަޢުލޫމާތު ދަތުރު ފެށުމުގެ ކުރިން ހިއްސާކޮށްދިނުމަށް ހޯރަފުށީ ކައުންސިލުން އެދިއްޖެއެވެ. މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިންދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއިބެހޭ އިދާރާއިން ވިދާޅުވެފައިވާތީ، މިއަދު ހޯރަފުށީ ކައުންސިލުން މިކަމަށް ސަމާލުވުމަށް އެދި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ކަނޑުދަތުރު ކުރައްވާއިރު، އޮޑިވެރިންނާއި ކެޕްޓަނުން އަދި ފަޅުވެރިނނާއި ދަތު...
އިބްރާހިމް ޚަލީލް