މީގެ 11 އަހަރު ކުރިން ވިލިމާލޭގައި މަރާލި ނ. މާޅެންދޫ ވައިޓްހައުސް، އަހުމަދު މިރުޒާގެ އެއް ގާތިލަށް އޭނާގެ ބައްޕަ މައާފް ދިނުމުން އޭނާ މަރުގެ އަދަބުން މިއަދު ސަލާމަތްވެ، 17 އަހަރުގެ ޖަލު ހުކުމަކަށް ހައި ކޯޓުން އަދަބު ކުޑަކޮށްފި އެވެ. ވިލިމާލޭގައި ގްރޫޕަކުން ގޮސް ލަކުޑިބުރިން ހަމަލާދީ 2011 ވަނަ އަހަރު މިރުޒާ މަރާލި މައްސަލާގައި ދެ މީހަކު މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އޭގެ ތެރެއިން މަރުގެ އަދަބުން ސަލާމަތްވީ ވ. […]
ހުސައިން ހަބީބް
ހދ އަތޮޅުގެ ކަނޑުއަޑީގެ ރީތި މަންޒަރުތަކަށް ޑައިވަރުންގެ ޝައުގުވެރިކަން ލިބެން ފަށައިފިއެވެ. އިންސްޓަރގްރާމްގައި މައުއި މޯލްޑިވްސްގެ ނަމުން މަޝްހޫރު ޕަޑީގެ ސަރޓިފައިޑް ޒުވާން ޑައިވް މާސްޓަރ މުޙައްމަދު ޒުހާން ޢާއްމު ކުރި ވީޑިއޯ ތަކާއި ގުޅިގެން އެތައް ބަޔަކު ދަނީ ސުވާލުތައް ކުރަމުންނެވެ. އެ ވީޑިއޯ ތަކަކީ ހަމަ ޙަޤީޤަތުގައި ވެސް އަސްލު ވީޑިއޯތޯ ވެސް އެތައް ބަޔަކު އަހައެވެ. އަދި އެއީ އަސްލުކަން އެނގުމުން އެއީ ކޮން ތަނެއްތޯ ނާހާ އެކަކުވެސް މެސެޖް ނުކުރެއެވެ. ޒުހާން […]
ސަނިއްޔާ އަބޫބަކުރު
ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއާއެކު އެ ގައުމުން ތެޔޮ ލިބުން ދަތިވެ، ރާއްޖެއަށް އޭގެ ބާރު ބޮޑުވެފައިވާ ކަމަށް އެމްއޭސީއެލުން ބުނެފިއެވެ. އެމްއޭސީއެލް އާއި އެސްޓީއޯ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، ޑިމާންޑް އުފެދުނީ ލަންކާގެ އެއާޕޯޓްތަކުން ފްލައިޓްތަކަށް ތެޔޮ ވިއްކުން ހުއްޓާލުމާ ގުޅިގެން ކަމަށެވެ. އެގޮތުން، ކުރިން ދުވާލަކު 10،000 ލީޓަރު ވިއްކި މަތިންދާބޯޓުފަހަރަށް މިހާރު 40،000 ލީޓަރު ވިއްކަން ޖެހ...
އަޙްމަދު ވަހީދު
މިއަހަރުގެ އޮގަސްޓް މަހު އެވިޑް ކޮލެޖުން ހިންގުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދު މިއަދު ހުޅުވައިދެއްވައިފިއެވެ. “މިފަހަރު ކިޔަވާނީ އެވިޑުން” މިޝިއާރުގެ ދަށުން އެވިޑް ކޮލެޖްގެ މާލޭ ކެމްޕަހާއި ގދ. ތިނަދޫ ކެމްޕަހުގައި ތަފާތު 08 ދާއިރާ ކަމުގައިވާ އެޑިޔުކޭޝަން ، ބިޒްނަސް މެނޭޖްމެންޓް ، ސައިކޮލޮޖީ ، ކައުންސެލިން ، ޝަރީއާ އެންޑް ލޯ، އިންފޮރމޭޝަން ޓެކްނޮލޮޖީ ، ލޭންގްއޭޖް އަދި ޓްރެވެލް އެންޑް ޓުއަރިޒަމް ހިމެނޭގޮތުން […]
އިބްރާހިމް އަސްވާޤް
ގްރޭޓާ މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީތަކުން ދަތުރުތަކަށް ނަގާ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑުކޮށްފިއެވެ. އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޓެކްސީ އަގުތައް ބޮޑުކުރީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީކަމަށެވެ. މިއަދުން ފެށިގެން އާ އަގުތަކާ އެއްގޮތަށް ޓެކްސީތަކަށް ފައިސާ ނެގޭނެ ކަމަށް ވެސް ވަނީ އެ އިއުލާނުގައި ބުނެފައެވެ. އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން މާލެ އާއި ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އެތެރޭގެ […]
އަޙްމަދު ވަހީދު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި ނުވިކި ހުރި ފްލެޓްތައް ވިއްކުމަށް ހުޅުވާލައިފިއެވެ. އެ ކުންފުނިން ބުނީ މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ހައުސިން ޕޮރޮޖެކްޓުގެ ދެ ޓަވަރުން ނުވިކި ހުރި އެޕާޓްމަންޓްތައް ގަތުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މިހާރު ނުވިކި ހުރީ އެއް ކޮޓަރީގެ 16 އެޕާޓްމަންޓަކާއި ދެ ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ (1+2) ގެ 16 އެޕާޓްމަންޓެވެ. ފްލެޓްތަކަށް ޝަ...
އަޙްމަދު ވަހީދު
ފޭކް ތައިރޮއިޑް ބޭސްތަކެއް ދައުރު ކުރަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ. މިކަމާ ގުޅޭ ގޮތުން އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތައިރޮއިޑް ބައްޔަށް ފަރުވާ ހޯދަން ބޭނުންކުރާ ބޭހެއްގެ ފޭކް ބޭސްތަކެއް ފެނިފައިވާ ކަމަށް އިންޑިއާއިން ރިޕޯޓްކުރުމާ ގުޅިގެން، ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތުން އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ޖެނެޓިކްސް އެލްއެލްޓީ ކުންފުނިން ތައިރޮއިޑް ބައްޔަށް ފަރުވާ ހޯދަން ބޭނުންކުރާ ބޭހެއ...
ސަނިއްޔާ އަބޫބަކުރު
ހއ.އިހަވަންދޫ ކުލަބް ޕޯލްސްޓާއިން އެ ރަށުގައި މި އަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަ ތައްޔާރުވެއްޖެއެވެ. ޢީދު ދުވަހުން ފެށިގެން ޖުމްލަ ފަސް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ގިނަ ކުޅިވަރުތައް ހިމެނެއެވެ. މިގޮތުން 09 ޖުލައި 2022 ވަނަ ދުވަހު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ފަހު ކުލަމަޖާ ކުޅުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު އެ ދުވަހު ޢީދު ސައި ކުރިއަށް […]
އިބްރާހިމް ޚަލީލް
“ބްރެއިން އައުޓް ޑޯ ޖިމް” އެއް ހިމެނޭހެން ރާއްޖޭގެ އެންމެ ބޮޑު “ރީޑިންގ ޕާކް” ރ. އުނގޫފާރު ސްކޫލްގައި ހުޅުވައިފިއެވެ. އުނގޫފާރު ސްކޫލުގައި މި ރީޑިންގ ޕާކު ހުޅުވާފައި ވަނީ ޖޯލި މޯލްޑިވްސްގެ އެހީތެރި ކަމާއެކުގައެވެ. ގާތްގަޑަކަށް ފަނަރަހާސް އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި އުނގޫފާރު ސްކޫލްގައި އަލަށް މި ޤާއިމު ކުރެވުނު ރީޑިންގ ޕާކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން އެކުދިންގެ އުނގެނުމަށް ބޭނުންވާ ވަޞީލަތްތަކާއެކު ” ޒޮންޑޯ ޒޯން” ކިޔާ އައުޑް ޑޯ […]
ސަނިއްޔާ އަބޫބަކުރު
ހަޑިހުތުރު ފާހިޝް އަމަލުތައް ހިންގާ މީހުންނާއި އެފަދަ ޢަމަލުތައް ފަތުރާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައި ބުނާ ޙައްޤު އަދަބު ދިނުމަށް އަދާލަތު ޕާޓީ، (އޭޕީ) އިން ގޮވާލައިފިއެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޢަދާލަތު އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ފާހިޝް އަމަލުތައް ފެންނަ އެއްޗެހި ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުގެ ޒަރީއާ އިން ދައުރު ކުރަމުން ގެންދިއުމަކީ ގައުމުގެ އިސްލާމްވަންތަކަން ކިލަނބު ވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެ ފޮޓޯތަކާއި ވީޑިއޯތައް މުޖުތަމައ...
ސަނިއްޔާ އަބޫބަކުރު
ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާއެކު އެ ސޮސައިޓީގެ “ސޭވް އަ ޑައިބެޓިކް ޗައިލްޑް” ޕްރޮޖެކްޓް ސޮޕޮންސަރެއްގެ ގޮތުގައި ސޮއިކޮށްފިއެވެ. އިއްޔެ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ. އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ، އެ ސޮސައިޓިގެ ޗެއަރ ޕާސަން އައިޝަތު ޝިރުހާނާއެވެ. މި އެއްބަސްވުމުގެ ދަށުން މި އަހަރުގެ ބާކީ މިއޮތް ދުވަސްތ...
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަމްގައި ފުޓްބޯޅަ ކުޅޭ ބޮޑު ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައި، އެ މަސައްކަތް ނުނިމި ލަސްވާތީ އެރަށު ޒުވާނުންތަކެއް މިއަދު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ ޝުއޫރު ފާޅުކޮށްފިއެވެ. އެ ޒުވާނުން ޝުއޫރު ކުރަން ކައުންސިލް އިދާރާ ކައިރިއަށް އެއްވީ މިއަދު ހެނދުނު 1130 ހާއިރުއެވެ. އެ ޒުވާނުން ޝުއޫރު ފާޅުކުރަމުން ދިޔައިރު އެ ޒުވާނުން ތިބީ އެމީހުންގެ ޝުއޫރުތައް ލިޔެފައިވާ ކަރުދާސްތަކެއް ހިފަހައްޓައިގެންނެވެ. ނޮޅުވަރަމް ކައުންސިލް މެންބަރު އަދި އެ ކައުންސިލްގެ މީޑިއާ […]
އަލީ އާދިލް
ހދ.ނޭކުރެންދޫގެ ފްޓްބޯޅަ ޓީމެއްގޮތުގައި ހަރަކާތްތެރިވާ މާޒިންސްގެ ހަގު ޗެލެންޖް ފްޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ އުމުރުން 9 އަހަރާއި 13 އަހަރާއި ދެމެދުގެ ފިރެހެން ކުދިންނަށް ހާއްސަ މުބާރާތެކެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. ކޮވިޑާ ގުޅިގެން 1 އަހަރުގެ މެދުކެޑުމަކަށްފަހު މި އަހަރު މީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މި މުބާރާތުގައި ހުރިހާ ޓީމް ތަކަށްވެސް ޖާޒީ ފޯރުކޮށްދޭނީ މުބާރާތް އިންތިޒާމް […]
އަލީ ރިޔާޟް
ކޮތަރުކޮށި ޖަމިއްޔާއިން “ދީފަ އަތުލި ފްލެޓް ދަފްތަރު” ގެ ނަމުގައި ދަފްތަރެއް އެކުލަވާލަން ފަށައިފި އެވެ. އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާ ނުވަތަ ކޮތަރުކޮށި ޖަމިއްޔާއިން ބުނީ ދީފަ އަތުލި ފްލެޓް ދަފްތަރަކީ ކުރީ ސަރުކާރުގައި ފްލެޓު ލިބި މިސަރުކާރުން އަތުލި މީހުންގެ މަޢުލޫމާތު އެއް ކުރުމަށް ހަދާ ދަފްތަރެއް ކަމަށެވެ. މި ދަފްތަރުގެ ބޭނުމަކީ ކުރިން ފްލެޓް ލިބި ފަހުން ނުލިބުނު ފަރާތްތައް އެއްތަންކޮށް އެކުއެކީ އެ ފްލެޓުތަކަށް ވަކާލާތު ކުރަން ފެށުން ކަމަށާއި އެހެން […]
ސަނިއްޔާ އަބޫބަކުރު
ދިވެހި މަސައްކަތްތެރިންނަށް ދޭ ޕެންޝަނާއި އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކޮށް، ވަޒީފާ އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ޖުމްލަ 34 މިލިއަން ޑޮލަރު (524 މިލިއަން ރުފިޔާ)ގެ ހިލޭ އެހީގެ 2 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އާއި ވޯލްޑް ބޭންކު...
އަޙްމަދު ވަހީދު
އެކްސިޑެންޓާ ގުޅިގެން ވެސްޓް ޕާކު ރޫޓުގެ ބަސްތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ވެސްޓް ޕާކުގެ ހުރިހާ ބަސްތަކެއް ވަނީ ކާނިވަލް ރޫޓަށް ބަދަލު ކޮށްފައި ކަމަށެވެ. މި ހިދުމަތް މެދުކަނޑާލީ މިރޭގެ ވަގުތެއްގައި އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާވިއިރު އަންހެނަކު ވަނީ ނިޔާވެފައެވެ. މި އެކްސިޑެންޓުގައި ކާރު ފުނޑުފުނޑުވެފައިވާއިރު ބަހުގެ...
އަޙްމަދު ވަހީދު
ބޮޑުތަކުރުފާނު މަގު އެކުވެނި ޓްރެކު ސަރަހައްދުން ދުއްވާފައި ދިޔަ ކާރަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު ނިޔާވެއްޖެ އެވެ. ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ. މި ހާދިސާގެ މަޢުލޫމާތު ދެމުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހުންގެ ހާލާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ. މަޢުލޫމާތު ލިބޭގޮތުގައި އަނިޔާ ލިބިފައިވާ މީހުންނަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ […]
އަލީ އާދިލް
މެޕްސް ކޮލެޖްގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި އިއްޔެ ބާއްވައިފިއެވެ. 2 ދަންފަޅިއަކަށް ބަހާލައިގެން 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގެ ޝަރަފުވެރި މެހެމާނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރަ އެޑިއުކޭޝަން އަލްފާޟިލް މުޙައްމަދު ޙާޝިމްއެވެ. ދެވަނަ ދަންފަޅީގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ހަރ އެކްސެލެންސީ ކެރޮން ރޮޝަރ އެވެ. އިއްޔެ...
އިބްރާހިމް އަސްވާޤް