އެންމެ 100 ރުފިޔާއަށް 100 ޖީބީ ލިބޭ ޕެކޭޖެއް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކޮށްފިއެވެ. “ބޮޑު ޗުއްޓީ ޕެކް” ގެ ނަމުގައި ތައާރަފު ކުރި މި ޕެކަކީ ކޮންމެތާކު، ކޮންމެވަގުތެއްގައިވެސް އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން، މިނިވަން ދުވަހާއި އަޟްހާ އީދާ ގުޅުވައިގެން އަންނަ ބަންދަށް ހާއްސަކޮށްގެން ތައާރަފު ކުރި ޕެކޭޖެކެވެ. މި ފުރުސަތު އުރީދޫގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް ވަނީ ހުޅުވާފައެވެ. މި އޮފާ އޮންނާނީމި މަހުގެ ނިޔަލަށެވެ […]
އަޙްމަދު ވަހީދު
ޔޯގާ ދުވަސް ފާހަގަކުރުމާ ދެކޮޅަށް ހިންގި ހަރަކާތްތަކާއި ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލްގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފިއެވެ. މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރަށްވާ މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރު ކޮށްފައިވާއިރު އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ...
ސަނިއްޔާ އަބޫބަކުރު
ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް މިއަދު ޙަވާލު ކޮށްފިއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްލޭނިންގ މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑާއެވެ. ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ޙަވާލު ކުރުމަށް ސަރުކާރުގެ ފަރާތުން ޕްލޭނިންގ މިނިސްޓްރީން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝ...
ސަނިއްޔާ އަބޫބަކުރު
ސްޓެލްކޯގެ ކަރަންޓް ފޮށްޓަކުން އެއް މީޓަރުގެ ކޭބަލެއް ބުރިކޮށްލައިގެން ގެންދިޔަ މީހަކު 11 މަހަށް ގޭގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ބ. ދަރަވަންދޫ ވިލަރެސް، ހުސައިން މުޒުލިފްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ އަހަރު މާލޭގެ މަގެއްގައި ހުރި ސްޓެލްކޯގެ ކަރަންޓް ފޮށްޓެއްގައި ހުރި ކޭބަލަކުން އެއް މީޓަރުގެ ކޭބަލް ބުރިކޮށްލައިގެން ވަގަށް ގެންދިއުމުންނެވެ. އޭނާ އެކަންކުރީ ދުނިކީސް ތިލައެއް ބޭނުންކޮށްގެންނެވެ. އެކަމަށް އޭނާ ކޯޓުގައި އެއްބަސްވެ އަދި ލުއި އަދަބެއް ދޭން […]
ހުސައިން ހަބީބް
ޢީދު އަދި ވަޅުޢީދު ދުވަހުގެ ހަވީރު މާލޭގައި ދުއްވުން މަނާ ވަގުތެއް ކަނޑަ އަޅައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ މިގޮތަށް ހަމަޖެއްސެވީ މި އަހަރުގެ އަޟްހާ އީދު ދުވަހާއި ވަޅު އީދު ދުވަހު ފައިމަގުގައި އުޅޭނެ ވަގުތުތަކެއް ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައި ނިންމާފައި ވާތީ ކަމަށެވެ. މި ހުށަހެޅުން ހުށަހަޅުއްވާފައި ވަނީ ގަލޮޅު މެދު ދާއިރާގެ މެންބަރު ރީހާން ނާޒިމެވެ. މި […]
ސަނިއްޔާ އަބޫބަކުރު
ދިވެހި އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ ރާއްޖޭ ފުރަތަމަ ޖައްވީ ޕްރޮގްރާމް ކުރިޔަށް ގެންދާ ޓީމުގައި އިހަވަންދޫ ޒުވާނަކު ހިމެނިއްޖެއެވެ. ފުރަތަމަ ޖައްވީ ޓީމުގައި ހއ. އިހަވަންދުއަށް ނިސްބަތްވާ ޒުވާނަކީ އެރަށު، ވާދީ، މުހައްމަދު ޖުނައިދު އެވެ. މިކަން ފާހަގަކޮށް އިހަވަންދޫ މަސްވެރިންގެ ގުޅުން ޖަމިއްޔާއިން ބުނީ ރާއްޖެއިން ޕްރޮޓޮޓައިޕް ސެޓެލައިޓެއް ހަދައި ޓެސްޓު ކުރުމަށްޓަކައި، އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް، އައިޖީއެސް އިން އެކުލ...
ސަނިއްޔާ އަބޫބަކުރު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އަށް ވޭރިއަބަލް ރެފްރިޖަރެންޓް ފްލޯ (ވީއާރުއެފް) ސިސްޓަމެއް ހަދިޔާކޮށްފިއެވެ. މިއީ އެސްޓީއޯއާއި އެމްއައިޓީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ހަދިޔާ ކުރި ސިސްޓަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ. މި ސިސްޓަމުގެ ސަބަބުން އެމްއައިޓީގައި ރެފްރިޖަރޭޝަން އަދި އެއާކޮންޑިޝަނިން އިން ހާއްސަވާ މެކޭނިކަލް ދަރިވަރުންގެ ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދިއުމަށް އެހީވާނެއެވެ އެ އެއްބަސްވުމުގެ...
އަޙްމަދު ވަހީދު
އަންނަ ބޮޑު ޢީދު ބަންދުގައި ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ ޢީދު ބަންދާއި ދިމާވާގޮތުން ކުރިޔަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގައި ޢާއްމުކޮށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ އެކި […]
ސަނިއްޔާ އަބޫބަކުރު
ބަންދުގައި ތިބޭ ކުޑަކުދިންނަށް ތަޢުލީމު ދިނުމަށް އެޑިޔުކޭޝަނާއި ކަރެކްޝަންސްއިން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބަންދުގައި ތިބޭ ކުޑަކުދިންނަށް ތަޢުލީމު ފޯރު ކޮށްދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސް ވުމުގައި ޕަރމަނެންޓް ސެކްރެޓަރީ އަޙުމަދު ޢަލީ ސޮއި ކުރެއްވި އިރު މޯލްޑިވްސް ކަރެންޝަނަލް ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް...
ސަނިއްޔާ އަބޫބަކުރު
މާލެ އާއި ހުޅުމާލޭގެ އުރީދޫ ފައިބާ ބްރޯޑްބޭންޑް ސުޕަނެޓް ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް މީޑިއާނެޓް އެމްއެސް ލައިޓް އެޕް ހިލޭ ބޭނުން ކުރެވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. އެމްއެސް ލައިޓަކީ މީޑިއާ ނެޓްގެ އެމްއެސްޓީވީގެ ލައިޓް ވާޝަނެވެ. މިއީ އެންޑްރޮއިޑް އެޗްޑީ، އެލްޖީ، ސެމްސަންގް ސްމާޓް ޓީވީ އަދި ގޫގުލް ކްރޯމް ކާސްޓަށް އޮޕްޓިމައިޒް ކޮށްފައިވާ ޓީވީ އެކެވެ. އެއީ އެ ފަރާތެއްގެ އެޕްލިކޭޝަން ސްޓޯރުން ޑައުންލޯޑް ކުރުމަށް ފަހު ކިއުއާރް ކޯޑް ސްކޭންކޮށްލުމާ އެކު ބޭނުން ކުރެވޭނެ […]
އަޙްމަދު ވަހީދު
ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން، އާ ހާބަ ފުންކުރުމުގެ 37 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 180 މީޓަރުގެ ބޭރުތޮށި ލުމާއި، 628 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 346 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި، ހާބަރ ޕޭވްމަންޓް […]
އަޙްމަދު ވަހީދު
ގއ. ކަނޑުުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. 2020 ވަނަ އަހަރު ފެންމަތިވި އެ މައްސަލާގައި ކާފަ އިބްރާހިމް ދީދީ އާއި މުނިކާފަ ހަސަން މޫސާ ދީދީ 25 އަހަރަށް ޖަލަށްލީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތަކަށްފަހު އެވެ. އެ ހުކުމުގެ މާ ބޮޑު ތަފްސީލެއް ކޯޓުން ހާމަ ނުކުރިޔަސް، އެ މީހުން ޖަލަށްލާން ހުކުމް ކުރިކަން […]
ހުސައިން ހަބީބް
ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 41 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ 30 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 19.8 މިލިއަން [...
އަޙްމަދު ވަހީދު
މާލެއަށް ބޭނުންވަނީ ބޮޑެތި ބަސްތަކެއް، ކުދި ބަސްތައް ގެންނަންޏާ ގިނަ އަދަދެއްގެ ބަސްތަކެއް ބޭނުންވާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް މާލެ ސަރަހައްދަށް އެހާބޮޑެތި ބަސްތައް ބޭނުންވޭތޯ ސުވާލުކޮށް ފޭސްބުކްގައި ކުރެއްވޮ ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ނައީމް ވިދާޅުވީ ދެ ބުރި ބަސްތަކެއް ގެންނަނީ ކޮން ކަ...
އަޙްމަދު ވަހީދު
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މިއީ ސަފީރު ޑޭވިޑް ހޮލީ ނައިބު ރައީސް ފައިސަލްގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކޮށްލެއްވުމުގައި ނައިބު ރައީސް ފައިސަލް ވަނީ ސަފީރު ޑޭވިޑް ހޮލީގެ ދަޢުރުގައި ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާފައ...
ޔުމްނާ ޢަލީ
އައިޖީއެމް ހޮސްޕިޓަލުން ގްލެން އީގަލްސް ގްލޯބަލް ހެލްތު ސިޓީއާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނީ މި އެމްއޯޔޫއަކީ އެ ހޮސްޕިޓަލުގެ ތަރައްޤީއަށާއި މީހުން ބިނާކޮށް ތަމްރީން ކުރުމަށް އެއްބަސް ވެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނާއި އޮބްޒާވަރޝިޕް އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުތަކަށް ބޭނުންވާ އެހީތެރިކަން ގްލެން އީގަލްސް ގް...
ސަނިއްޔާ އަބޫބަކުރު
ހއ.ދިއްދޫގައި މި އަހަރުގެ އަޟްހާ ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމަށް ތައްޔާރުވަމުން އެބަދެއެވެ. ޢީދު ދުވަހުން ފެށިގެން ޖުމްލަ ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވާ ހަރަކާތްތަކުގެ ތެރޭގައި ޢީދު ސައިފޮދު، ފެންކުޅިވަރު، ޢީދު އުފާ ހަވީރު ކުޅިވަރު، ހަވާއެރުވުން، ސްޓޭޖް ޝޯ، ހަންޓިންގ ޝޯ، ކެއްކުމުގެ މުބާރާތް، ކުޑަކުދިންގެ ކުޅިވަރު، ފިރިހެނުންގެ ވާދެމުމުގެ އިތުރުން އަންހެނުންގެ ވާދަމެން ހިމެނެއެވެ. ދިއްދޫގައި ޢީދު ނަމާދު މި އަހަރު ކުރުމަށް ހަމަޖެހިފައި ވަނީ ބޮޑު ޖަމާއަތުގައެ...
އިބްރާހިމް ޚަލީލް
ފާޙިޝް ވީޑިއޯތަކުން ފެންނަ މީހުންނަށް ފިޔަވަޅު ނާޅާ ނޭޅި މުޖުތަމަޢަށް ދޫކޮށްލުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ) އިން ކުށްވެރި ކޮށްފިއެވެ. އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ތަކެއް މީސްމީޑިޔާގައި ޢާއްމު ވެފައި ވަނިކޮށް، އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީއެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތަކެއް ފެންނަ ވީޑިއޯތަކުން ފާހަގަވާ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި މުޖުތަމަޢަށް އެމީހުން ދޫވެފައި ތިބި ތިބުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެމްޑީއޭއިން ބުނީ ލިވާތުގެ އަމ...
ސަނިއްޔާ އަބޫބަކުރު