ނ. ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން ނެރެފައިވާ އަމުރު ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ. ތޮޅެންދޫ ސަރުކާރުން އަމިއްލަ ބަޔަކަށް 21 އަހަރަށް ކުއްޔަށް ދޭން އުޅޭތީ އެކަމާ ދެކޮޅަށް ކޯޓަށް ދިޔައީ ނ. އަތޮޅު ކައުންސިލުންނެވެ. އަދި އެ މައްސަލަ ނިމެންދެން، ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން ސިިވިލް ކޯޓުން މިދިޔަ މާޗް މަހު އަމުރެއް ނެރުނެވެ. އެ އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ […]
ހުސައިން ހަބީބް
މި ދުވަސްވަރު ފުރުމުގެ 3 ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިލްތިމާސްކޮށްފި އެވެ. އެމްއޭސީއެލުން ކުރި ޓްވީޓެއްގައި ބުނީ އަވަހަށް ދިއުމަށް އިލްތިމާސް ކުރަނީ މިއީ ޗުއްޓީ ދުވަސްވަރަށްވުމާއެކު އެއާޕޯޓުގައި ކިޔޫ ދިގުވާނެތީ ކަމަށެވެ. އަވަހަށް ދިއުމުން ކިޔޫގައި ތިބެން ޖެހޭ ވަގުތު މަދުވާނެ ކަމަށާއި ފްލައިޓް ޑިލޭވުން ފަދަ ކަންކަން ވެސް މަދުވާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އެއާޕޯޓުގައި އުޅޭ ވަގުތު މާސްކު އެޅުމަށާއި އެޗްޕީއޭއިން ކޮވިޑް-19 އާ […]
އަޙްމަދު ވަހީދު
މޫސުން ގޯސްވެ 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، ޅ އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު ދަންމާލައިފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދެންމެ ނެރުނު ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން 14:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ […]
އިބްރާހިމް އަސްވާޤް
ހަމަކަށަވަރުން ﷲ ތަބާރަކަ ވަތަޢާލާ ވަނީ އަންހެނުންނާއި ފިރިހެނުން ހައްދަވާފައެވެ. އެ އިލާހު ވަޙީ ކުރައްވަނީ وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ ﴿النجم: ٤٥﴾ މާނަ: “އަދި ހަމަކަށަވަރުން އެއިލާހު ވަނީ ދެޖިންސު ޚަލްޤު ކުރައްވާފައެވެ. އެއީ އަންހެން ޖިންސާއި ފިރިހެން ޖިންސެވެ.” އަދި އެއިލާހު ވަނީ މިދެބައިމީހުން ކިބައިގައި އެއްބަޔަކު އަނެއް ބަޔަކަށް ޝަހުވަތްތެރިކަން ލައްވާފައެވެ. އިންސާނާގެ ފިޠުރަތުގައި އަނެއް ޖިންސަށް ލެނބުމުގެ ޝަހުވަތް ލެއްވުމާއެކީ އެއިލާހު ނިންމަވާލެއްވީއެއް ނޫނެވ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ހއ. ހޯރަފުއްޓާއި ގދ. މާވަރުލު އެއާޕޯޓަށް އިތުރު ދަތުރުތަކެއް ބާއްވަން ތާވަލު ކޮށްފައިވާ ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ. މޯލްޑިވިއަނުން ކުރި ޓްވީޓުގައި ބުނީ މާލެ އިން މާވަރުލަށް އަދި މާވަރުލުން މާލެއަށާއި މާލެއިން ހޯރަފުއްޓަށް އަދި ހޯރަފުށިން މާލެއަށް ހޯމަ ދުވަހު ދަތުރުތައް އޮންނާނެ ކަމަށެވެ. އަދި ޑިމާންޑަށް ބަލައި ކުރިއަށް އޮތްތަނުގައި އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މޯލްޑިވިއަނުން އިތުރު ދަތުރުތައް ބާއްވަމުންގެންދަނީ އީދު ބަންދާ...
އަޙްމަދު ވަހީދު
ނައިޖީރިޔާގެ ބައުޗީ ސްޓޭޓްގެ ނިންގީގައި 3 ފިރިހެނުން އެއްޖިންސުން ގުޅުންހިންގި މައްސަލައެއް ފެންމަތިވިތާ މަހެއް ނުވަނީސް އެމީހުން ރަޖަމުކުރަން ހުކުމް ކޮށްފި އެވެ. ބައުޗީ ސްޓޭޓްގެ ނިންގި އެލްޖީއޭގެ މައި މަރުކަޒު ގައި ހުންނަ ޝަރީއާ ކޯޓަކުން ތިން މީހަކު ގަލުން ޖަހައި މަރުގެ ހުކުމް އިއްވާފައި ވަނީ ދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ އިސްލާމްދީނުގައި ހަރާންކަމެއްކަމުގައިވާ އެއްޖިންސުން ގުޅުން ހިންގުމުގައި ބައިވެރިވެފައިވާތީއެވެ. ފަސްލައްކައެއްހާ މީހުންގެ އާބާދީއ...
އަލީ އާދިލް
އިޓަލީގެ މަޝްހޫރު ލަގްޒަރީ ބްރޭންޑް، ބުލްގަރީން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ހުޅުވަން ނިންމައިފިއެވެ. ބުލްގާރީ ރިސޯޓް ރަންފުށީގެ ނަމުގައި ރ. އަތޮޅުގައި ހަދާ އެ ރިސޯޓު ހުޅުވަން ނިންމާފައި ވަނީ 2025 ވަނަ އަހަރެވެ. މި ރިސޯޓް ހުޅުވަން އުޅޭކަން ބުލްގަރީން އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 45 މިނެޓުން ސީ ޕްލޭންގައި ދެވޭ ރާސްތާގައި އޮންނަ ރަށުގައި ހަދާ އެ ރިސޯޓަކީ ބުލްގަރީ ހޮޓެލްސް އެންޑް ރިސޯޓްސްގެ […]
އަޙްމަދު ވަހީދު
ބަންގުލަދޭޝް މީހަކު އޭނާގެ އަމިއްލަ ޖިންސީ ގުނަވަން ބުރިކުރަން އުޅުނީ، އަންހެނަކާ ޖެހުނު މައްސަލައެއްގައި އަމިއްލައަށް މަރުވާންކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ. އިއްޔެ މިކަން ހިނގާފައިވަނީ ހުޅުމާލޭގައި އެމީހާ ދިރިއުޅޭ އެޕާރޓްމަންޓް ތެރޭގަ އެވެ. މީސް މީޑިޔާގައި އާންމު ވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އޭނާ ނެރެގެން ޓްރީޓޮޕްގެ އެންބިއުލާންސް އެއްގައި ގެންގޮސްފައިވަނީ ގިނަ އަދަދެއްގެ ޓްރެފިކް ޕޮލިހުންނާއި ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. އެތަނުން އޭނާ ނެރެގެން ގެންދިޔަ އިރުވަނީ ހަބަރު ހުސްވެފަ އެ...
ޔުމްނާ ޢަލީ
އިންޑިޔާގެ ސޫތުކުޅި ބަނދަރުގައި އޮތް ރާއްޖޭގެ ބޯޓަކުން ސެޓްލައިޓް ފޯނެއް ބޭނުންކުރި މައްސަލަ އިންޑިއާ ކޯސްޓްގާޑުން ބަލަންފަށައިފި އެވެ. ދަހިންދޫ ނޫހުން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ބޯޓެއްގެ ކެޕްޓަން އިންޑިޔާގެ ސަރަހައްދީ ކަނޑުގެ ތެރޭގައި ސެޓްލައިޓް ފޯނު ބޭނުންކުރުމުން އޭނާގެ އަތުން އެ ސެޓްލައިޓް ފޯނުވަނީ ހިފަހައްޓާފައެވެ. ގައުމީ ސަލާމަތަށް ބަލާ އިންޑިއާގެ ސަރަހައްދުތަކުގެ ތެރޭގައި އެއްވެސް މީހަކު ސެޓެލައިޓް ފޯނު ބޭނުންކުރުން އިންޑިއާ ސަރުކާރުން ވަނީ މަނާކޮށްފައެވެ. އެ މުވާސަލާތީ ގޭ...
އަލީ އާދިލް
މޫސުން ގޯސްވެ 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، ޅ އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެން 10:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭޅާށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް […]
އިބްރާހިމް އަސްވާޤް
އަހަރެމެން ނިދިން ހޭލަނީ ގެނބިދާނެ ކަމުގެ ބިރުވެރިކަން އިޙްސާސް ކުރާ ޙާލުގައި ކަމަށް އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އދ.ގެ ޢާއްމު މަޖިލީހުގެ ރަސްމީ ޓްވިޓަރ ހޭންޑްލްގައި މިއަދު ޢާންމު ކުރެއްވި ވީޑިއޯ އެއްގައި އދ ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހިރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުން ނިދިން ހޭލަނީ ގެނބިދާނެ ކަމުގެ ބިރުވެރިކަން އިޙްސާސް ކުރާ ޙާލުގައި ކަމަށާއި ނިދަން އޮށޯންނަނީވެސް […]
ސަނިއްޔާ އަބޫބަކުރު
އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި މިއަދު މޫދަށް އެރި އުޅުނު ޒުވާނުންތަކެއް ގެނބި ހިނގި ހާދިސާ ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުއްވައިފި އެވެ. ފެންފުށީ ތުނޑި ކައިރީ މޫދަށް އެރިއުޅެނިކޮށް ގެނބިގެން ހާލުދެރަވި ދެޒުވާނުންގެ ތެރެއިން ނިޔާވެފައި ވަނީ ވަނީ އދ. ފެންފުށީގައި މޫދަށް އެރި އުޅެނިކޮށް ނިޔާވީ ތ.ދިޔަމިގިލީ، އީސާ ޖުނާހު، 23، އެވެ. މޫދަށް އެރި އުޅުނު ހަތަރު ޒުވާނުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ފުލުހަށް ރިޕޯޓުކުރީ […]
އަލީ އާދިލް
އދ. އިން ބޭއްވި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މަތީ ފަންތީގެ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ތަގުރީރު ކުރައްވައިފިއެވެ. އދ.ގެ ގްލޯބަލް ރޯޑް ސޭފްޓީއާ ގުޅޭ ހައިލެވަލް ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވީ ރާއްޖޭގައި މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވާ މީހުންނާއި، އަނިޔާލިބޭ މީހުންގެ އަދަދު 2030 ވަނަ އަހަރު އަންނަން ވާއިރަށް ފަންސާސް އިންސައްތަ ދަށްކުރުމަކީ އަމާޒެއް ކަމަށެވ...
ސަނިއްޔާ އަބޫބަކުރު
ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އިލްތިމާސް ކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އޮޑިވެރިންނާއި ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ އާއިލާތަކާއި ރަހްމަތްތެރިން ވެސް ދަތުރު ކުރެވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަގީން ކުރެއްވުމަށް ފަހު ކަނޑުމައްޗަށް އެރުއްވުމަށް އިރުޝާދު ދެއްވާ ކަމަށެވެ. އަދި ދަތުރު ކުރާ އިރު އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅަން އެމްއެންޑީއެފް...
ސަނިއްޔާ އަބޫބަކުރު
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ތިން ވަނަ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއެސްއެސްގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. އަދި ޖަރުމަނުވިލާތުގެ ކެންޑްލަރ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޖީނަސް ކެލާއެވެ. އެއްބަސްވުމާއެކު މިއަދު އެމްއެސްއެސް އިން ގަތް ބޯޓު ވެސް ވަނީ ރާއްޖެއަށް ގެނެސްފައެވެ. މި ބޯޓުގެ […]
އަޙްމަދު ވަހީދު
ކިންގް ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި އަޑުގަދަ ކުރިމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި މީހަކު އަޑުގަދަ ކުރަމުންދާ ކަމުގެ މައުލޫމާތު މިއަދު 12:24 ހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ. މި މައްސަލައާއި ގުޅިގެން 43 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ހުރީ އައިއެސްއައިސްގެ ލޯގޯ ޖެހި ޖުއްބާއެއް ލައިގެންނެވެ. މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ދާ...
ތިލަދުން
ރިބާ އަކީ ޙަރާމް އެއްޗެއްކަން، ޤުރުއާނާއި ސުންނަތުން އަދި އިޖްމާޢުން ސާބިތުވެއެވެ. އަލްއިމާމްނަވަވީ ވިދާޅުވެފައިވަނީ މުސްލިމުންވަނީ ރިބާއަކީ ޙަރާމްއެއްޗެއްކަމަށް އިޖުމާޢުވެފައެވެ. އަދި ރިބާ ކެއުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އެހެންކަމުން އިސްވެބަޔާންކުރެވުނު ދެވައްތަރުގެ ރިބާއަކީވެސް ކަނޑައެޅިގެން ހަރާމް އެއްޗެކެވެ. އިސްމާލްދީނުގައި އިޤުތިޞާދު ބިނާކުރުމުގައި ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށްޓަކައި ދީނުގައި ރިބާވަނީ ކަނޑައެޅިގެން ހަރާމްކުރައްވާފައެވެ. މީއީ އިންސާނީދަ...
ތިލަދުން
ކްރޮސްރޯޑްސްގައި މަރުވި އޮސްޓްރޭލިއާގެ ފަތުރުވެރިޔާގެ ހަށިގަނޑު، ފައިސާ ނެތިގެން ގައުމަށް ނުގެންދެވިފައިވާކަމަށް އާއިލާއިން ހާމަކޮށްފި އެވެ. މިމަހުގެ 25 ވަނަ ދުވަހު ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން ގެއްލުނު ޖަސްޓިން ގްރޭންގާ ނަމަކަށް ކިޔާ ފަތުރުވެރިޔާ މޫދުން ނެގިއިރުވެސް ވަނީ މަރުވެފައިކަމަށް ފުލުހުންގެ ޚިދުމަތުން އެދުވަހު ވަނީ ބުނެފަ އެވެ. އާއިލާ އާއި ހަވާލާދީ ބޭރުގެ ބައެއް ނުސްތަކުގައި ބުނެފައިވަނީ އޭނާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ އަންހެނުން ނާއި 10 އަހަރުގެ އަންހެން ދަ...
އިބްރާހިމް އަސްވާޤް