މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1293 ވަނަ ޞަފްޙާ

ރައީސް އާއި ފިނޭންސް މިނިސްޓަރާއި ބައްދަލުނުވެ، މާފަރު ކައުންސިލްގެ ރަސްމީ ދަތުރު ނިންމާލައިފި

ރައީސް އާއި ފިނޭންސް މިނިސްޓަރާއި ބައްދަލުނުވެ، މާފަރު ކައުންސިލްގެ ރަސްމީ ދަތުރު ނިންމާލައިފި

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ބައްދަލުނުވެ، މާފަރު ކައުންސިލުން މާލެއަށް ކުރި ފުރަތަމަ ރަސްމީ ދަތުރު ނިންމާލަން ޖެހިއްޖެއެވެ. މިކަމާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ޙިއްސާ ކުރައްވަމުން، މާފަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އާމިރު ވިދާޅުވީ، ރަސްމީ ދަތުރުގައި މާލެ ދިއުމުގެ ކުރިން، ރައީސްއާއިއެކު ބައްދަލުވުން ހަމަޖައްސައިދެއްވުމަށް އެދި ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާ ކަމަށާއި، ނަމަވެސް މިއަދާއި ހަމައަށް އައިއިރު އެ ސިޓީގެ ޖަވާބުވެސް ލިބިފަ...

އަލީ އާދިލް
ބާރަށު ކައުންސިލް އިދާރާގެ ލޯގޯއާއި ދިދަ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ބާރަށު ކައުންސިލް އިދާރާގެ ލޯގޯއާއި ދިދަ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގެ ލޯގޯއާއި ދިދަ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ އިދާރާގައި ރަސްމީކޮށް ބޭނުންކުރާނެ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާރޓްނާޝިޕްތަކާއި، ކުލަބުޖަމިއްޔާ ޖަމާޢަތްތަކަށާއި، ކުޅިވަރު ޓީމްތަކަށާއި ގްރޫޕްތަކަށާއި އަދި އަމިއްލަ ފަރުދުންނަށް ހުޅުވާލާފައިވާއިރު، ލޯގޯއާއި ދިދަ ފަރުމާކުރުމުގައި ވިސްނަންވީ ކަންކަމުގެ ތަފްސީލް ވެސް އެ...

އިބްރާހިމް ޚަލީލް
ލައިގެން ހުރި ހެދުމަކީ ރޭޕަށް ''ދައުވަތުދޭ'' ހެދުމެއް ކަމަށް ބުނެ، އަންހެނަކާ ބެހުނު މައްސަލައެއް ނުބަލަން އިންޑިއާ ކޯޓަކުން ނިންމައިފި

ލައިގެން ހުރި ހެދުމަކީ ރޭޕަށް ''ދައުވަތުދޭ'' ހެދުމެއް ކަމަށް ބުނެ، އަންހެނަކާ ބެހުނު މައްސަލައެއް ނުބަލަން އިންޑިއާ ކޯޓަކުން ނިންމައިފި

ޖިންސީ އަނިޔާ ކުރި ކަމަށް އަންހެނަކު ހުށަހެޅި މައްސަލައެއް، އޭނާ ލައިގެން ހުރި ހެދުމަކީ ރޭޕަށް ”ދައުވަތުދޭ” ހެދުމެއް ކަމަށް ބުނެ އެ މައްސަލަ ނުބަލަން އިންޑިއާގެ ކޯޓަކުން ނިންމައިފިއެވެ. މި ނިންމުން ނިންމީ އިންޑިއާގެ ކެރެލާ ސްޓޭޓްގެ ޑިސްޓްރިކްޓް ކޯޓުންނެވެ. އެ ކޯޓުގެ ޖަޖު ވަނީ އަންހެން މީހާގެ ހެދުމުގެ މައްސަލެއް ކަމަށް ނިންމައި އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ 74 އަހަރުގެ ފިރިހެން މީހާ ދޫކޮށްލައިފައެވެ. އެ ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އަންހެން މީހާ […]

އަޙްމަދު ވަހީދު
ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވަނީ

ކަސެމީރޯ ޔުނައިޓެޑަށް ބަދަލުވަނީ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރ ކަސެމީރޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ތައްޔާރުވަމުން އަންނަ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މީޑީއާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އުމުރުން 30 އަހަރުގެ ކަސެމީރޯ ޔުނައިޓެ ބަދަލުވަނީ 60 މިލިއަން ޔުރޯއަށެވެ. އަދި ކަސެމީރޯ ޔުނައިޓެޑްގައި ދައްކާ ކުޅުމަށް ބަލާފައި އިތުރު ދިހަ މިލިއަން ޔޫރޯ ދޭން ވެސް ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ. ކަސެމީރޯ ޔުނައިޓެޑަށް ގެންދިޔުމަށް ރިއާލާއިއެކު ޔުނައިޓެޑުން ކުރަމުން އަންނަ މަސްވަރާގެ ދަށ...

އިބްރާހިމް ޚަލީލް
ފޭދޫ ޒުވާނުންގެ އުންމީދުތަކުގައި ކުލަޖައްސައިދެއްވާނެ ރައީސަކީ ރައީސް ޞާލިޙް: ރައިސަމް

ފޭދޫ ޒުވާނުންގެ އުންމީދުތަކުގައި ކުލަޖައްސައިދެއްވާނެ ރައީސަކީ ރައީސް ޞާލިޙް: ރައިސަމް

ށ. ފޭދޫ ޒުވާނުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސައިދެއްވާނެ ރައީސަކީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމަށް އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް ވިދާޅުވެއްޖެއެވެ. ފޭދޫ ފުޓް ބޯޅަ ދަނޑުގައި ޓާފް އަޅައިދިނުމަކީ ރައީސް ޞާލިޙް އެ ރަށުގެ ޒުވާނުންނަށް ވެ ވަޑައިގެންފައިވާ ވަޢުދު ފުޅެކެވެ. އެކަން ފާހަގަ ކުރައްވައި ރައިސަމް ”ތިލަދުން” އަށް ވިދާޅުވީ، އެ މަސައްކަތް ފެށުމަށް ދަނޑުގެ ސަބް ބޭސް ހަދަން މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. ކައުންސިލްގެ ބައެއް މެންބަރުންނާއި، އެރަށު […]

ޔުމްނާ ޢަލީ
ސަރުކާރު ޖަވާބުދާރީ ކުރުވަން ދެން މާބޮޑު މަސައްކަތެއް ނުކުރެވޭނެ: އާދަމް ޝަރީފް

ސަރުކާރު ޖަވާބުދާރީ ކުރުވަން ދެން މާބޮޑު މަސައްކަތެއް ނުކުރެވޭނެ: އާދަމް ޝަރީފް

ސަރުކާރު ޖަވާބުދާރީ ކުރުވަން ދެން ރައްޔިތުންގެ މަޖިލީހަށް މާބޮޑު މަސައްކަތެއް ކުރެވިދާނެކަމަށް ގަބޫލުފުޅު ނުކުރަށްވާ ކަމަށް އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ތިން ވަނަ ދައުރަކަށް ހުޅުވުމަށް އިއްޔެ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އާ ދައުރަކަށް ހުޅުވިގެން ދިޔަ ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރ...

އަލީ އާދިލް
ކުޑަފަރީގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށްފި

ކުޑަފަރީގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށްފި

ނ. ކުޑަފަރި ޕޮލިސް ޕޯސްޓެއް ގާއިމުކޮށް، ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. ކުޑަފަރި ޕޮލިސް ޕޯސްޓު ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕޮލިސް ޕޯސްޓް ހުޅުވައިދެއްވީ މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރާއި ނ. އަތޮޅު ކޮމާންޑަރުގެ އިތުރުން […]

ޔުމްނާ ޢަލީ
އަންހެނެއްގެ ކަރުން ފަށް ފޭރިގަތް މީހާ ހައްޔަރުކޮށްފި

އަންހެނެއްގެ ކަރުން ފަށް ފޭރިގަތް މީހާ ހައްޔަރުކޮށްފި

މާލެ މަގުމަތިން ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އަޅާފައި އޮތް ފަށް ފޭރިގަތް މީހާ ހައްޔަރުކޮށްފިއެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަގޮތުގައި މާލޭގެ މަގުމަތިން ދިޔަ އެ އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރިގަތީ ސައިކަލެއްގައި ދިޔަ ދެ ފިރިހެނެކެވެ. އޭގެ ތެރެއިން ފަށް ޖަހައިގަތީ ފަހަތުގައި އިން މީހާއެވެ. އެ ވީޑިއޯއިން ދެމީހުންގެ މޫނު ވެސް ސާފުކޮށް ފެނެއެވެ. މި މައްސަލާގައި ސައިކަލު ދުށްވަން އިން މީހާ ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ. […]

ޝިއުނާ އާދަމް
ފެންނަ ނުފެންނަ ވޯޓަކަށް ދެކޮޅެއް ނުހެދޭނެ: ނަޝީދު

ފެންނަ ނުފެންނަ ވޯޓަކަށް ދެކޮޅެއް ނުހެދޭނެ: ނަޝީދު

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި މެދު ދެކޮޅު ނުހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިހާރު ވެރިކަން ހިންގަމުން އަންނަ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައީސް ނަޝީދު އަންނަނީ މަސައްކަތްކުރައްވަމުންނެވެ. ރިޔާސީ ނިޒާމެއްގައި ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ރައީސް ނަޝީދަކީ އެންމެ ފުރަތަމަ 2008 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓު ނެގި އިރު ވެސް ބަރުލަމާނީ އަށް ތާއިދުކުރެއްވި ބޭ...

ޝިއުނާ އާދަމް
އުލިގަމު "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު 2023" ސްޕޮންސަރ ކުރުމަށް ހުޅުވާލައިފި

އުލިގަމު "ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު 2023" ސްޕޮންސަރ ކުރުމަށް ހުޅުވާލައިފި

ހއ.އުލިގަމުގައި ބާއްވާ “ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު 2023” ސްޕޮންސަރ ކުރުމުގެ ފުރުޞަތު އުލިގަމު ކައުންސިލުން ހުޅުވާލައިފިއެވެ. އުލިގަމުގައި ބާއްވަމުން އަންނަ މަސްފިހުމުގެ ހަރަކާތަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު މަސްފިހުމުގެ ހަރަކާތެވެ. އުލިގަމުގެ ސަޤާފަތެއްގެ ގޮތުގައި ބާއްވަމުން އަންނަ މަސްފިހުމުގެ ހަރަކާތް ފެށިގެންއައި ގޮތް ސީދާ އެނގެން ނެތްނަމަވެސް އެ ހަރަކާތް ކުރިން ބާއްވަމުން އައިސްފައިވަނީ ޝައްވާލު މަހުގެ ހަ ރޯދަ ނިންމުން ފާހަގަ ކުރުމުގެ ގޮތުންނެވެ. ޒަމާން ބަދަލުވެ މަސްފިހުމު...

އިބްރާހިމް ޚަލީލް
ކޮންގްރެސް ފަސްކުރަންޖެހޭ ސަބަބެއް ނެތް: ފައްޔާޒް

ކޮންގްރެސް ފަސްކުރަންޖެހޭ ސަބަބެއް ނެތް: ފައްޔާޒް

އެމްޑީޕީން މާދަމާ ފަށަން ތައްޔާރުވެފައިވާ އެ ޕާޓީގެ ކޮންގްރެސް ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. ކޮންގްރެސްގައި ބައިވެރިވާ ބައެއް މަންދޫބުން މިއަދު މާލެ އައުމާ އެކު އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ޕާޓީގެ ކޮންގްރެސްއާ ގުޅިގެން ބައެއް މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. ކޮންގްރެސް ފަސްކުރަން ޖެހޭ...

ޝިއުނާ އާދަމް
ދާންދޫ ބަނދަރުގެ އެއްގަމުތޮށިލާން ބޭނުންބާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ދާންދޫ ބަނދަރުގެ އެއްގަމުތޮށިލާން ބޭނުންބާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ގއ. ދާންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މި މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން،52،099 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 4953 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 30 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 333 މީޓ...

އަޙްމަދު ވަހީދު
މީޑިއާނެޓު އޮފީހަށް މީހަކު ވަދެ މާރާމާރީ ހިންގައިފި

މީޑިއާނެޓު އޮފީހަށް މީހަކު ވަދެ މާރާމާރީ ހިންގައިފި

މާލޭގައި ހުންނަ މީޑިއާނެޓްގެ މައި އޮފީހުގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި އޯކިޑުމަގުގައި ހުންނަ އެ އޮފީހަށް މީހަކު ވަދެ މާރާމާރީ ހިންގާފައިވަނީ މިއަދު ހަވީރު 5:48 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ނަމަވެސް އަނިޔާވި މީހާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ޝިއުނާ އާދަމް
ހުކުރު ދުވަހުގެ ހެނދުނު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކޮށްގެން ހަދިޔާއެއް

ހުކުރު ދުވަހުގެ ހެނދުނު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކޮށްގެން ހަދިޔާއެއް

ހުކުރު ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކޮށްގެން ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. “ޖުމްއާ ސްޕެޝަލް” ގެ ނަމުގައި މި ޕްރޮމޯޝަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 8:30 އިން 10:30 އާ ދެމެދު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހަދިޔާއެއް ލިބޭނެއެވެ. އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ ހަދިޔާ ގުޅުވާލާފައިވަނީ ހުކުރު ދުވަހު އާއްމުކޮށް […]

އަޙްމަދު ވަހީދު
ތިން ޤައުމަކަށް ސަފީރުން އައްޔަނުކުރަން ރުހުން ދީފި

ތިން ޤައުމަކަށް ސަފީރުން އައްޔަނުކުރަން ރުހުން ދީފި

ރާއްޖެ އިން ތިން ޤައުމަކަށް އަލަށް ކަނޑައަޅާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. އެ ތިން ޤައުމަކީ އިންޑިއާ، މެލޭޝިއާ އަދި އެމެރިކާ އެވެ. އެ ޤައުމުތަކަށް ސަފީރުން އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ، ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ދިރާސާކުރި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ ބަހުސް ކުރުން ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު ވޯޓުގެ ގަޑީގައި ވަނީ ރާއްޖެ އިން އެ ތިން ޤައުމަށް […]

އަލީ އާދިލް
ށ. ފޭދޫ އަށް ރައީސް ޞާލިޙް ވެވަޑައިގެން ވައުދުތައް ދަނީ ފުއްދަވައިދެއްވަމުން: ކައުންސިލް

ށ. ފޭދޫ އަށް ރައީސް ޞާލިޙް ވެވަޑައިގެން ވައުދުތައް ދަނީ ފުއްދަވައިދެއްވަމުން: ކައުންސިލް

ށ. ފޭދޫގެ ތަރައްގީއަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވެވަޑައިގެން ވައުދުތައް ދަނީ ފުއްދަވައިދެއްވަމުން ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ފޭދޫ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ރައީސް ޞާލިޙާ މިއަދު ބައްދަލުކުރެއްވުމަށް ފަހު، ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިޝަމް މިއަދު ”ތިލަދުން” އަށް ވިދާޅުވީ، މިއީ ރައީސަކު ފޭދޫގެ ކައުންސިލަކާ މި ގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ރައީސް ޞާލިޙް ފޭދޫގެ ތަރައްގީއަށް ދެއްވާ އިސްކ...

މުޙައްމަދު ވަސީމް
ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި

ނ. އަތޮޅު ކެނދިކުޅުދޫގައި ފުލުހުންގެ މަރުކަޒެއް ރަސްމީކޮށް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުވުމަށް މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެ ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މި ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވުމަށްފަހު މި ދެބޭފުޅުން ވަނީ ޕޮލިސް ސްޓޭޝަންގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަންގަވައި ދެއްވާފައެވެ. އެ ރަސްމިއްޔާތުގައި...

ޔުމްނާ ޢަލީ
އެމްޑީޕީ ކޮންގްރެސް ފަސްކޮށްދެއްވުމަށް އެދިވަޑައިގެން އާޒިމްގެ ސިޓީއެއް

އެމްޑީޕީ ކޮންގްރެސް ފަސްކޮށްދެއްވުމަށް އެދިވަޑައިގެން އާޒިމްގެ ސިޓީއެއް

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް ފަސްކޮށްދެއްވުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް އެދިވަޑައިގެންފިއެވެ. އާޒިމް މި ގޮތަށް އެދިވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލަށް އެޑްރެސްކުރައްވައި މިއަދު ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި އާޒިމް ވިދާޅުވެފައި ވަނީ އެމްޑީޕީގެ އަސާސީގަވާއިދުގައި ބުނާގޮތުގެ މަތިން އެ ޕާޓީގެ އެންމެ އިސް ގުނަވަނަކީ އެ ޕާޓީގެ ކޮންގެރެސް ކަމަށެވެ. އަދި ކޮންގްރެސްގެ ކޮމްޕޮޒ...

އަލީ އާދިލް