ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގެ ލޯގޯއާއި ދިދަ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ އިދާރާގައި ރަސްމީކޮށް ބޭނުންކުރާނެ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާރޓްނާޝިޕްތަކާއި، ކުލަބުޖަމިއްޔާ ޖަމާޢަތްތަކަށާއި، ކުޅިވަރު ޓީމްތަކަށާއި ގްރޫޕްތަކަށާއި އަދި އަމިއްލަ ފަރުދުންނަށް ހުޅުވާލާފައިވާއިރު، ލޯގޯއާއި ދިދަ ފަރުމާކުރުމުގައި ވިސްނަންވީ ކަންކަމުގެ ތަފްސީލް ވެސް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ލޯގޯއާއި ދިދަ ހުށަހެޅުމުގެ ޝަރުތުތަކަށް
- ހުށަހަޅާ ޑިޒައިން އޮރިޖިނަލް ޑިޒައިނަކަށް ވުން.
- ލޯގޯއެއްގެ ކޮޕީއަކަށް ނުވަތަ ލޯގޯއިން ބައެއްގެ ކޮޕީއެއް ނުހިމެނުން.
- މީގެކުރިން އެހެން ފަރާތަކަށް ކޮށްދީފައިވާ ޑިޒައިންއެއް ނުވަތަ އެހެން ފަރާތަކަށް ހުށަހަޅާފައި ޑިޒައިނަކަށް ނުވުން.
- ހުށަހަޅާ ލޯގޯއާއި ދިދައިގެ ވެކްޓަފައިލް ހުށަހެޅުން.
- ހުށަހަޅާ ލޯގޯއާއި ދިދައިގައި ބޭނުންކުރާ އެންމެހާ އާރޓްވޯރކްތަކަކާއި ކޮންސެޕްޓްތައް ވާން ހުށަހަޅާ ފަރާތުގެ އަމިއްލަ ތަކެތިކަމުގައި ވުން.
- ހުށަހަޅާ ލޯގޯއިން ބާރަށް ރަމްޒުކޮށްދިނުމާއި، ބާރަށަށް ޚާއްޞަ ކަމެއް، ކަންތައްތަކެއް، ރަށުގެ ސަގާފަތް، ރަށުގެ ދިރިއުޅުން، ރަށުގެ ތާރީޚް ނުވަތަ ރަށުގެ މުޖްތަމަޢު ތަޞައްވުރު ކޮށްދިނުން.
- ހުށަހަޅާ ލޯގޯއާއި ދިދަ ރެސޮލިއުޝަން 300dpi އަށް ވުރެ ދަށް ނުވުން.
- ލޯގޯ ރީސައިޒްކޮށް ކުޑަ ކުރުމުން ނުވަތަ ބޮޑުކުރުމުން ލޯގޯގެ އަސްލު ނުގެއްލުން.
- ހުށަހަޅާ ލޯގޯ ފޮތީގައި ނުވަތަ އެހެނިހެން ތަކެތީގައި ޕްރިންޓްކުރެވޭފަދަ ލޯގޯ ޑިޒައިނަކަށްވުން.
- ލޯގޯގެ އޮރިޖިނަލް ކުލަތަކާއިއެކު ކުލަ ވާރޝަންއަކާއ، އަދި ކަޅާއި ހުދުން ބެލެކް އެންޑް ވައިޓް ވަރޝަންގެ ކޮޕީއެއް ހުށަހެޅުން.
- ލޯގޯގައި ބޭނުންކުރި ފޮންޓާއި، ފޮންޓްގެ ސައިޒް އެނގޭނެގޮތަށް ހުށަހެޅުން.
- ލޯގޯގައި އަމިއްލަ ފޮންޓެއް ބޭނުންކޮށްފައިވާނަމަ، އެފޮންޓެއް ހުށަހެޅުން އަދ އެ ފޮންޓް ބޭނުން ކުރުމުގެ ހުއްދަ ކައުންސިލަށް ދިނުން.
- ލޯގޯގައި ބަހެއް، ލަފްޒެއް ނުވަތަ ނަމެއް ލިޔާނަމަ ލޯގޯގެ 2 ވާޝަން ހުށަހެޅުން.
- ލޯގޯ އާއި ދިދައިން ރަމްޒުކޮށްދޭ ކަންތައް ލިޔުމުން ހުށަހެޅުން.
- ލޯގޯ އާއިއެކު ބްރޭންޑިންގ (މޮކަޕް) ހުށަހަޅާ، ލޯގޯ ލެޓަރ ހެޑްގައާއި، ބިޒްނަސް ކާރޑްގައާއި، އީމެއިލް ސިގްނޭޗަރގައާއި، ސެޓްފިކެޓްތަކުގައިއާއި އަދި ޓީޝާރޓާއި ތޮފި ފަދަ ތަކެތީގައި ބޭނުންކުރުމުން ފެންނަން ހުންނާނޭ ގޮތް ހުށަހެޅުން.
ހުށަހަޅާ ލޯގޯއާއި ދިދަތަކުގެ ތެރެއިން އެންމެ ރަނގަޅު ޑިޒައިނެއް ހުށަހަޅާ ފަރާތަކަށް 5000.00 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.
މިކަމަށްއެދި ހުށަހަޅާ ޕްރޮޕޯސަލްތައް މި ހިނގާ އޮގަސްޓް މަހުގެ 29 ގެ ކުރިން ބާރަށު ކައުންސިލް އިދާރާގެ އީމެއިލްއަށް ފޮނުވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
ބާރަށު ކައުންސިލް އީމެއިލް އެޑްރެސް: info@baarah.gov.mv
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި އެ އިދާރާގެ ނަމްބަރު 6500016 ނުވަތަ 6500172 ފޯނާ ގުޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!