އެމްޑީޕީން މާދަމާ ފަށަން ތައްޔާރުވެފައިވާ އެ ޕާޓީގެ ކޮންގްރެސް ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކޮންގްރެސްގައި ބައިވެރިވާ ބައެއް މަންދޫބުން މިއަދު މާލެ އައުމާ އެކު އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ޕާޓީގެ ކޮންގްރެސްއާ ގުޅިގެން ބައެއް މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

ކޮންގްރެސް ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ދެން ފަހަރެއްގައި އަޅުގަނޑުމެން އެއޮތީ އަސާސީ ގަވާއިދަށް ބަދަލުތަކެއް ހުށަހަޅާފައި. އަޅުގަނޑުމެން ކުރިއަށް ޕާޓީ ގެންދަން ގެންނަން ޖެހޭ ބަދަލުތަކެއް. މިސާލަކަށް އަޅުގަނޑުމެން އޭތި ފާސްނުވެދާނެހެން ހީވެގެން ކޮންގްރެސް ލަސްކުރަން އުޅުން އެއީ އެހެން ކަމެއް

ގާތްގަނޑަކަށް 1،100 އެއްހާ މެމްބަރުންނާ އެކު، ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން ހުށަހެޅީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

ފައްޔާޒަށް ފޮނުއްވި ސިޓީގައި އާޒިމް ވިދާޅުވީ، ޕާޓީގެ އެންމެ އިސްގުނަންގެ ގޮތުގައި އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮންގްރެސްގައި ގޮފިތަކުގެ ރައީސުންނަށް ބައިވެރިވެ، ވޯޓު ދިނުމުގެ ފުރުސަތު ދީފައި އޮންނަ ކަމަށެވެ. މި ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހެނީ ގޮފި ގަވައިދުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އިންތިހާބެއް ބޭއްވުމަށް ފަހު ކަމަށާއި ކޮންގްރެސްގައި ބައިވެރިވާ ގޮފީގެ ރައީސާއި ނައިބު ރައީސް ވާން ޖެހޭނީ، އެ އުސޫލުން އިންތިހާބުވެފައިވާ މީހުންނަށް ކަމަށެވެ.