މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1292 ވަނަ ޞަފްޙާ

19 ރަށެއްގެ ލޭންޑު ޔޫސް ޕްލޭން ފާސްކޮށްފި

19 ރަށެއްގެ ލޭންޑު ޔޫސް ޕްލޭން ފާސްކޮށްފި

އަތޮޅުތެރޭގެ ރަށްތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް އައި އިރު 19 ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ނިޒާމަށް ގައުމު ހިންގުމުގެ އުސޫލުގެ ދަށުން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި އެކު ކޮންމެ ރަށެއްގެ ވެސް ލޭންޑް ޔޫޒް ޕްލޭން އެ ރަށެއްގެ ކައުންސިލުން ހެދުން ލާޒިމްކުރެއެވެ. މީގެ ކުރިން ކައުންސިލްތަކަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަތޮޅާއި […]

ޝިއުނާ އާދަމް
ނަޝީދު ފެނަކައިގެ ވާހަކަދެއްކެވީ ކުރާ އިތުބާރަކުން: ސައީދު

ނަޝީދު ފެނަކައިގެ ވާހަކަދެއްކެވީ ކުރާ އިތުބާރަކުން: ސައީދު

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ތެރޭގައި ކުންފުނިތަކުން މަޖުބޫރުކޮށްގެން މުވައްޒަފުންގެ ސިޔާސީ ނިންމުންތަކާ ގުޅުވައި ވަޒީފާ ގެއްލުވާލާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެނަކައިން މިސާލު ނެގީ އެ ކުންފުންޏަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. ކޮންގްރެސްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކޮންގްރެސްގައި އަމަލުކުރާ ގޮތަކުން ވަޒީފާއަށް އެއްވެސް ހިޔަންޏެއް ނޭޅޭނެ ކަމުގެ ޔަގީންކަ...

ޝިއުނާ އާދަމް
18 އަހަރަށްފަހު ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވެ އާސެނަލް ތާވަލްގެ އެއްވަނައަށް

18 އަހަރަށްފަހު ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވެ އާސެނަލް ތާވަލްގެ އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމައުތު 3-0 އިން ބަލިކޮށް، ލީގުގައި އާސެނަލުން ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލީގުގެ އެއް ވަނަ އަށް ޖެހިލައިފިއެވެ. މިއީ ފާއިތުވި 18 އަހަރު ތެރޭ އާސެނަލުން ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.މި މޮޅާއެކު އާސެނަލް އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ލީގުގެ […]

އަލީ ރިޔާޟް
އުރީދޫ ޕްރިޕެއިޑް ކަސްޓަމަރުންނަށް “މަގޭ ޕަވަ ޕެކް”

އުރީދޫ ޕްރިޕެއިޑް ކަސްޓަމަރުންނަށް “މަގޭ ޕަވަ ޕެކް”

ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް “މަގޭ ޕަވަ ޕެކް” ޑޭޓާ ޕެކޭޖުތަކެއް އުރީދޫ މޯލްޑިވްސް އިން ތައަރާފްކޮށްފިއެވެ. ކަސްޓަމަރުންގެ ތަޖުރިބާ ފުރިހަމަ ކުރުމަށް އުރީދޫ އިން މިވަނީ ދެ ޕެކޭޖެއް ތައާރަފު ކޮށްފައެވެ. މިއީ ކަސްޓަމަރުންގެ ޑެއިލީ އަދި މަސް ދުވަހުގެ ޕްލޭންތަކަށް ބަލައި ތައްޔާރު ކޮށްފައިވާ ޕެކޭޖުތަކެކެވެ. މި ދެ ޕެކަކީ މަގޭ ޕަވަ ޕެކް 50 އަދި މަގޭ ޕަވަ ޕެކް 500 އެވެ. މަގޭ ޕަވަ ޕެކް 50 އަކީ އެންމެ 50 ރުފިޔާއަށް […]

އަޙްމަދު ވަހީދު
ހަނިމާދޫގައި ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މެދުކަނޑާލި "އާދަމް ސަލީމް ކަޕް" މިއަދު ފަށައިފި

ހަނިމާދޫގައި ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މެދުކަނޑާލި "އާދަމް ސަލީމް ކަޕް" މިއަދު ފަށައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ފާއިތުވި އަހަރުގެ ފަހުކޮޅު ފެށި “އާދަމް ސަލީމް ކަޕް 2021” ފުޓްބޯޅަ މުބާރާތް، އެ ދުވަސްވަރު ހަނިމާދޫގައި ކޯވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން މެދުކަނޑާލުމަށްފަހު މުބާރާތުގެ ބާކީ އޮތްބައިގެ ކުޅުން މިއަދު ފަށައިފިއެވެ. ފާއިތުވި އަހަރު ޖުމްލަ ހަތް ޓީމާއިއެކު މި މުބާރާތް ފަށާފައި ވަނީ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. ހަނިމާދޫގައި އެ ދުވަސްވަރު ކޯވިޑްގެ ބަލިމަޑުކަން ފެތުރި ގިނަ ޓީމްތަކެއްގެ ކުޅުންތެރިން ވެސް ކޯވިޑަށް […]

އިބްރާހިމް ޚަލީލް
ވަރަށް "ކެރި ހުރެ" އަސްލަމް ނެންގެވީ ހިޔާ ފްލެޓުތަކުގެ ކްރެޑިޓް!

ވަރަށް "ކެރި ހުރެ" އަސްލަމް ނެންގެވީ ހިޔާ ފްލެޓުތަކުގެ ކްރެޑިޓް!

މިދިޔަ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ގޮތުގައި ފެށި ހިޔާ މަޝްރޫއުގެ ބޮޑު ބައި ނިންމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވުމަށް ފަހު މި ސަރުކާރުން ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ހިޔާ މަޝްރޫއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައިގެން އެތަނުގައި ފެށި ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. އެ މަޝްރޫއު ނުނިމެނީސް ވެރިކަން ބަދަލުވެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ނިންމީ މި ސަރުކާރުންނެވެ. އެކަމަކު ރަ...

ޝިއުނާ އާދަމް
ދިއްދޫ ރަންތަރި ޤްރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިއްދޫ ރަންތަރި ޤްރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ދިއްދޫ އުދަރެސް އަލްމަރްޙޫމާ ހަދީޖާ މުޙައްމަދާއި އަލްމަރްޙޫމް އިސްމާއީލް މުހައްމަދުގެ ހަނދާނުގައި އެ ރަށު އުދަރެސް އިބްރާހީމް ރަޝީދު ބާއްވާ “ރަންތަރި” ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާއިން ހިންގުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި، ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫ ރައްޔިތަކަށް ވުން ނުވަތަ ދިއްދޫގައި ދިރިއުޅޭ ފަރާތަކަށް ވުމެވެ. މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫ ރައްޔިތުން...

އިބްރާހިމް ޚަލީލް
އެސްޓީއޯގެ ރޭޑިއޮލޮޖީ ކޯހުގެ މައުލޫމާތު ސެޝަނެއް ގއ. ވިލިނގިލީގައި މާދަމާ

އެސްޓީއޯގެ ރޭޑިއޮލޮޖީ ކޯހުގެ މައުލޫމާތު ސެޝަނެއް ގއ. ވިލިނގިލީގައި މާދަމާ

ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ރޭޑިއޮގްރަފީ ކޯހާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ ގއ. ވިލިނގިލީގައި ބާއްވަން ނިންމައިފިއެވެ. މާދަމާ ބާއްވާ މި ސެޝަން އޮންނާނީ އެ ރަށު ކައުންސިލް ހޯލުގައި ހެނދުނު 10 އިން 11 އަށް އަދި މެންދުރު 2 އިން 4 އަށެވެ. އެސްޓީއޯއިން ވަނީ މި ކޯހުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ މުއްދަތު ވެސް މިހާރު އިތުރުކޮށްފައެވެ. އެގޮތުން މި ފުރުސަތު މިހާރު މި މަހުގެ ނިޔަލަށް ވަނީ އިތުރު […]

އަޙްމަދު ވަހީދު
ބާ އިމްތިޙާނުގެ ފީ 6،500 ރ. އަށް ކުޑަކޮށްފި

ބާ އިމްތިޙާނުގެ ފީ 6،500 ރ. އަށް ކުޑަކޮށްފި

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ 6،500 ރުފިޔާއަށް ކުޑަކޮށްފިއެވެ. ނިމުނު ދައުރުގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މި އިމްތިޙާންގެ ފީ އެއް ކަމުގައި ކަނޑައަޅާފައި ވަނީ 10،000 ރުފިޔާއެވެ. ނަމަވެސް އަލަށް ހޮވުނު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ވަނީ މި ޢަދަދު ކުޑަކޮށް އެކަން މިއަދު ޢިއުލާން ކޮށްފައެވެ. ބާ އިމްތިހާނު މިހާރު ބޭއްވުމަށް […]

ޔުމްނާ ޢަލީ
އުލިގަމުގެ އާ އިންޖީނުގެ ހުޅުވައި ޚިދުމަތް ދޭން ފަށައިފި

އުލިގަމުގެ އާ އިންޖީނުގެ ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ހއ. އުލިގަމުގެ އާ އިންޖީނުގެ ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ އާ އިންޖީނުގެއެއް އުލިގަމުގައި ތަރައްގީކޮށްފައި މިވަނީ އެ ރަށުގައި 26 އަހަރުވަންދެން ޙިދުމަތް ދެމުން އައި އިންޖީނުގެ ބާވެ، އެ އިންޖީނުގޭގެ ސަބަބުން އާންމުންނަށް ދަތިތަކަކާ ދިމާވާތީއެވެ. އެ ކުންފުނިން ބުނީ 26 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށީ މި މަހުގެ 14 ވަނަ […]

އަޙްމަދު ވަހީދު
ޗެލްސީން ޓުޗެލްގެ ކޮންޓްރެކްޓް އައު ކުރުމަށް މަސައްކަތްކުރަނީ

ޗެލްސީން ޓުޗެލްގެ ކޮންޓްރެކްޓް އައު ކުރުމަށް މަސައްކަތްކުރަނީ

ޗެލްސީގެ ކޯޗުކަމުގައި މިވަގުތު ހުރި ތޯމަސް ޓުޗެލް އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކުރުމުގެ މަޝްވަރާތަށް ކުރެވެމުން އަންނަ ކަމުގައި އޭނާ ހާމަކޮށްފިއެވެ. ޓުޗެލް ޗެލްސީއާއި ހަވާލުވެފައި ވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ޗެލްސީން އޭނާއަށް ފުރަތަމަ ދީފައި ވަނީ 18 މަސްދުވަހުގެ ކޮންޓްރެކްޓެކެވެ. ޓުޗެލް ޗެލްސީއާއި ހަވާލުވިތާ ހަތަރު މަސްދުވަހުގެ ތެރޭ އެ ޓީމަށް އެ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމާއި ގުޅިގެން، ޗެލްސީން ވަނީ އޭނާއާއި އެކު ހަދާފައިވާ އެއްބަސްވުމުގެ […]

އިބްރާހިމް ޚަލީލް
ނަޝީދުގެ މުޅި ވާހަކަ ރިޔާސީ ނިޒާމު "މަޖުބޫރު" ވި ގޮތަށް

ނަޝީދުގެ މުޅި ވާހަކަ ރިޔާސީ ނިޒާމު "މަޖުބޫރު" ވި ގޮތަށް

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ބަރުލަމާނީ ނިޒާމަށް ވަކާލާތު ކުރައްވައި، ރިޔާސީ ނިޒާމަކީ މަޖުބޫރުވި ނިޒާމެއް ކަމަށް ވިދާޅުވެއްޖެއެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތްކުރައްވާ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ކޮންގްރެސް އަށް އެމަނިކުފާނު ގަރާރެއް ހުށަހަޅާފައިވާއިރު، އެމަނިކުފާނު އަންނަނީ އެފަދަ ވޯޓަކަށް އެއްވެސް ބަޔަކަށް ނޫނެކޭ ނުބުނެވޭނެ ކަމަށް ވިދާޅުވަމުންނެވެ. 2008 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތ...

ޝިއުނާ އާދަމް
"ނޫއިގުތިސޯދު އޮތީ ނޫފައިގެންފައި" ޔާމީން މިސާލު ޖެއްސެވީ ތިލަދުންމަތީގެ މަސްވެރިކަމުގެ ހާލަތުން

"ނޫއިގުތިސޯދު އޮތީ ނޫފައިގެންފައި" ޔާމީން މިސާލު ޖެއްސެވީ ތިލަދުންމަތީގެ މަސްވެރިކަމުގެ ހާލަތުން

މި ސަރުކާރު ނޫއިގުތިސޯދު މިއޮތީ ހަގީގަތުގައި ވެސް ނޫފައިގެންފައިކަމަށް ވިދާޅުވެ މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެ އެވެ. މި ސަރުކާރުން ރާއްޖޭގެ ދަރަނި ރެކޯޑު މިންވަރަކަށް އުފުލާލިއިރު އިގުތިސޯދު ދުޅަހެޔޮކޮށް އާރާސްތުކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތަށް ފާޑު ވިދާޅުވެފައިވަނީ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ދެ...

އަލީ އާދިލް
ނައިޓަށް ގެޔަށް ދެވޭ ގޮތް ވެއްޖެ، 700 ޑޮލަރު ގެއަށް ނުގެންދާ އެންމެ ކުއްޖަކުވެސް ރިސޯޓެއްގައި ނެތް: ނަޝީދު

ނައިޓަށް ގެޔަށް ދެވޭ ގޮތް ވެއްޖެ، 700 ޑޮލަރު ގެއަށް ނުގެންދާ އެންމެ ކުއްޖަކުވެސް ރިސޯޓެއްގައި ނެތް: ނަޝީދު

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނައިޓަށް ގެޔަށް ދެވޭ ގޮތް ވެއްޖެކަމަށާއި 700 ޑޮލަރު ގެއަށް ނުގެންދާ އެންމެ ކުއްޖަކުވެސް ރިސޯޓެއްގައި ނެތްކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރޭ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން، މި ސަރުކާރަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ އަދި ރައްޔިތުންގެ އަޑު ވަރަށް ކައިރިން އަހާ ސަރުކާރެއްކަން ހާމަކުރައްވަމު...

އަލީ އާދިލް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކުރިއަށްގެންދާ ކެރިއާ ގައިޑެންސް ޕްރޮގްރާމް ފަށައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކުރިއަށްގެންދާ ކެރިއާ ގައިޑެންސް ޕްރޮގްރާމް ފަށައިފި

ތަޢުލީމީ ޖީލެއްބިނާކުރުމަށް ބައިވެރިވުން ދިނުމުގެ ގޮތުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ކެރިއާ ގައިޑެންސް ޕްރޮގުރާމް މިއަދު ފަށައިފިއެވެ. އޭސިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ކުރިއަށް ގެންދާ މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ހަނިމާދޫ ސްކޫލްގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރާމް ކުރިއަށް ގެންދަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ޓްރެއިން ކިލާސްގައެވެ. މި ޕްރޮގްރާމްގެ ފ...

ޔުމްނާ ޢަލީ
އޮތް ގޮތަކީ ޚިޔާލުތަފާތުވުމާއި އެކު ކުރިއަށްދިއުން: ރައީސް

އޮތް ގޮތަކީ ޚިޔާލުތަފާތުވުމާއި އެކު ކުރިއަށްދިއުން: ރައީސް

އެއްވެސް ބަޔަކަށް ހުރިހާ ކަމެއްގައި އެއްބަސް ނުވެވޭނެ ކަމަށާއި، އެމްޑީޕީގައި އޮތް ގޮތަކީ ޚިޔާލުތަފާތުވުންތަކާއި އެކު ކުރިއަށްދިއުން ކަމަށް އެ ޕާޓީގެ ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީއެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށާއި، ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ ކަމަށެވެ. ”އޮތް ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރ...

ޝިއުނާ އާދަމް
ހިޔާނާތުގެ މައްސަލަ ސިއްރުކުރަން އުޅޭ ކަމަށް ޔާމީންގެ ތުހުމަތު

ހިޔާނާތުގެ މައްސަލަ ސިއްރުކުރަން އުޅޭ ކަމަށް ޔާމީންގެ ތުހުމަތު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ބޮޑު ޚިޔާނާތުގެ މައްސަލަ އޮއްބާލައި އެކަމުގައި ހިމެނޭ ކަންތައްތަކެއް ސިއްރުކުރަން އުޅޭ ކަމަށް އެމަނިކުފާނު ތުހުމަތުކުރައްވައިފިއެވެ. ކުރިއަށް 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބަށް އެޕާޓީން ވާ ތައްޔާރީތަކުގެ ތެރެއިން ރިޔާސީ ޓިކެޓު ރައީސް ޔާމީނާ ހަވާލުކުރުމަށް މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ ތެރޭގައި ވެސް އިންތިހާއަށް ކޮރަޕްޝަން އެބައޮތް ކަމަށެވެ. އަދި އެމްއެމްޕީއާރްސީ މައްސަލަ މިހާ ދިގުލ...

ޝިއުނާ އާދަމް
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި ހަވާލުކޮށްފި

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި ހަވާލުކޮށްފި

އިދިކޮޅު ޕްރޮގްރެސިވްއިދިކޮޅު ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި ހަވާލުކޮށްފައި ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމާއި މިރޭ ހަވާލު ކޮށްފިއެވެ. އިދިކޮޅު ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި ހަވާލުކޮށްފައި ވަނީ އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަމުންދާ ‘ހަވާލޭ ވަތަން’ ޖަލްސާގައެވެ. މާލޭގެ ކާނިވާ ސަރަހައްދުގައި މިރޭ ކުރިއަށްދާ މި ޖަލްސާގައި ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ކޮންމެ ރަށަކުން ރައްޔިތުން ތަމްސީލުކުރާ މަންދޫބެއް ރައީސް ޔާމީނަށް ރިޔާސީ...

ޔުމްނާ ޢަލީ