މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1290 ވަނަ ޞަފްޙާ

އުނގޫފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އުނގޫފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރ. އުނގޫފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދުއެވެ. މި މަޝްރޫއުގެ ދަށުން، 120 މީޓަރުގެ ބޭރުތޮށި ލުމާއި، 110 މީޓަރުގެ ސ...

އަޙްމަދު ވަހީދު
ރާއްޖޭގެ ފުރަތަމަ އޮޓަމެޓިކް ފަޔަ ސިމިއުލޭޓާއާއެކު ރީޖަނަލް އެއާޕޯޓްސްގެ އޭވިއޭޝަން އެކަޑަމީ ހޯރަފުށީގައި އިފްތިތާހު ކޮށްފި

ރާއްޖޭގެ ފުރަތަމަ އޮޓަމެޓިކް ފަޔަ ސިމިއުލޭޓާއާއެކު ރީޖަނަލް އެއާޕޯޓްސްގެ އޭވިއޭޝަން އެކަޑަމީ ހޯރަފުށީގައި އިފްތިތާހު ކޮށްފި

ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަ ސިމިއުލޭޓާ ހިމެނޭގޮތަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން އޭވިއޭޝަން އެކަޑަމީއެއް ހއ. ހޯރަފުށީގައި އިފްތިތާހުކޮށްފި ކޮށްފިއެވެ. މި އެކަޑަމީގެ ފަޔާރ ޓްރެއިނިން ހިންގުމުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ފަޔަ ސިމިއުލޭޓާ ވުޖޫދަށް ގެނައުމަށްޓަކައި، އެ ސިމިއުލޭޓަރުގެ ބޭސަލް މަސައްކަތް އިސްނަންގަވައިދެއްވާފައިވަނީ އާރުއޭސީއެލް ކުރީގެ ފަޔަ އެންޑް ސޭފްޓީ ޑިރެކްޓަރު، އަލްމަރުޙޫމް އަޙްމަދު ފަޔާޒެވެ. މިފަޔަރ ސިމިއުލޭޓާ އުފެއްދުމުގެ އަމަލީ މަސައްކަތްފަށްޓ...

އަޙްމަދު ވަހީދު
އުރީދޫ ސުޕަނެޓް ހިދުމަތް އިތުރު 3 ރަށަކަށް ތައާރަފު ކޮށްފި

އުރީދޫ ސުޕަނެޓް ހިދުމަތް އިތުރު 3 ރަށަކަށް ތައާރަފު ކޮށްފި

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ށ. ކަނޑިތީމު، ޅ. އޮޅުވެލިފުށި އަދި ލ. ދަނބިދުއަށް ތައާރަފު ކޮށްފިއެވެ. 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ހިދުމަތް މި ތިން ރަށް ތައާރަފު ކުރުމާއެކު އެ ރަށްތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އެ ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަ ސުޕަރނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެއެވެ. އުރީދޫގެ ޗީފް […]

އަޙްމަދު ވަހީދު
ރެސްޓް ކުރަނީ ކަމަށްބުނެ ފަރުވާކުޑަކުރި ހޯރަފުށީ ޑޮކްޓަރު ވަޒީފާއިން ވަކިކޮށް، ފޮނުވާލަނީ

ރެސްޓް ކުރަނީ ކަމަށްބުނެ ފަރުވާކުޑަކުރި ހޯރަފުށީ ޑޮކްޓަރު ވަޒީފާއިން ވަކިކޮށް، ފޮނުވާލަނީ

ހުން ގަދަވެގެން ހޯރަފުށީ ސިއްހީ މަރުކަޒަށް ފަރުވާ ހޯދަން ގެންދިޔަ ކުޑަ ކުއްޖަކަށް ފަރުވާ ނުދީ ”ރެސްޓް ކުރަން ކަމަށް ބުނެ” ފަރުވާކުޑަކުރި ޑޮކްޓަރު ވަޒީފާއިން ވަކިކޮށް، ފޮނުވާލުމުގެ މަސައްކަތް ކުރަށްވަމުން އަންނަކަމަށް ހޯރަފުށީ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ. ދަރިފުޅު ހުން އައިސްގެން ޑޮކްޓަރަށް ދައްކަން ރޭ ދިޔަ ހޯރަފުށީ މީހެއް (ކުއްޖާގެ ބައްޕަ) ވަނީ ފޭސް ބުކްގައި އެކަން ހިނގާ ދިޔަ ގޮތް ބަޔާންކޮށް ލިޔެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ހުންގަދަވެފައިވާ އެއް އަހަރުގެ ދަރިފުޅާއިއެކު ދޮޅުގަޑިއިރު […...

ތިލަދުން
ދިއްދޫގައި ހޭންޑް ބޯޅަ ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް

ދިއްދޫގައި ހޭންޑް ބޯޅަ ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑް ބޯޅަ ކޯޗުން ތަމްރީންކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ދިއްދޫ ކައުންސިލާއި ހޭންޑް ބޯލް މޯލްޑިވްސް ގުޅިގެން 10 ދުވަހުގެ މުއްދަތަށް ދިއްދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެލައްވަން ޝައުޤުވެރިވާ ފަރާތްތަކުން 28 އޯގަސްޓް 2022 އާދީއްތަ ދުވަހުގެ 14:00  ގެ ކުރިން ދިއްދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ އެ ދިދާރާގެ ފޯނު 6500019 އަށް ގ...

އިބްރާހިމް ޚަލީލް
ޓްރާންސްޕޭރެންސީ "ފުނަރަ ޕްރޮގްރާމް"ގެ ދަށުން ހިންގާ އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯސް، މެޕްސް ކޮލެޖުން ކާމިޔާބުކަމާއެކު ފަށައިފި

ޓްރާންސްޕޭރެންސީ "ފުނަރަ ޕްރޮގްރާމް"ގެ ދަށުން ހިންގާ އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯސް، މެޕްސް ކޮލެޖުން ކާމިޔާބުކަމާއެކު ފަށައިފި

ޓްރާންސްޕޭރެންސީ “ފުނަރަ ޕްރޮގްރާމް”ގެ ދަށުން ހިނގާ ކޯސް، މެޕްސް ކޮލެޖުން ފަށައިފިޓްރާންސްޕޭރެންސީ މޯލްޑިވްސްގެ “ފުނަރަ ޕްރޮގްރާމް”ގެ ދަށުން އާއްމުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލި މެޕްސް ކޮލެޖްގެ ކޯސް ސެޓްފިކެޓް 3އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސް ކާމިޔާބުކަމާއެކު ފަށައިފިއެވެ. “ފުނަރަ ޕްރޮގްރާމް”އަކީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެހީގެ ދަށުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހިންގަމުންދާ “ޕްރޮމޯޓިންގ ރެޒީލިއެންސް އިން މޯލްޑިވްސް (ޕްރައ...

އަލީ އާދިލް
ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

އިނގިރޭސި ލީގުގައި ހޯމަދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލްގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދާ ޔުނައިޓެޑުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މިއީ 2018 ވަނަ އަހަރު ފަހުންލިވަޕޫލުކައިރިން ލީގުގައި ޔުނައިޓެޑަށް ލިބުނު ފުރަތަމަ މޮޅެވެ. އަދި 2022 ވަނަ އަހަރު ލީގުގައި ލިވަޕޫލްގެ ފުރަތަމަ ބައްޔެވެ. މިހާތަނަށް މިފަހަރުގެ ލީގުގައި އަދި ލިވަޕޫލަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޔުނައިޓެޑް ކާމިޔާބު ކުރީ މެޗުގެ 16 ވަނަ މިނެޓުގައި […]

އަލީ ރިޔާޟް
އަލީ ސޯލިހަށް ހަމަލާދިން މީހާއާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖޭޕީން ގޮވާލައިފި

އަލީ ސޯލިހަށް ހަމަލާދިން މީހާއާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖޭޕީން ގޮވާލައިފި

މިއަދު މެންދުރު ހުޅުމާލެ މަގުމަތިން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން އަދި އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހަށް ހަމަލާދިން މީހާއާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފިއެވެ. މެންދުރު 1:30 ހާއިރު މަގުމަތިން އަލީ ސާލިހަށް ހަމަލާ ދިނީ ކަޓަރަކުންނެވެ. އެ ހާދިސާގައި ލިބުނު ޒަހަމުތަކަށް އަލީ ވަނީ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ. އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެފަދަ މީހުން މުޖުތަމައުއަށް ދޫވެފައި […]

ޝިއުނާ އާދަމް
އުރީދޫގެ ހިތަދޫ އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރިމިއާ އަޕްގްރޭޑް ކޮށްފި

އުރީދޫގެ ހިތަދޫ އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރިމިއާ އަޕްގްރޭޑް ކޮށްފި

އުރީދޫ މޯލްޑިވްސް އިން ސ. ހިތަދޫގައި ގާއިމް ކޮށްފައިވާ އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރީމިއާ ލައުންޖް އަލުން އަޕްގްރޭޑްކޮށް މިއަދު ހުޅުވައިލައިފިއެވެ. އުރީދޫގެ އާ ޓެގްލައިން “އަޕްގްރޭޑް ޔޯ ވޯލްޑް” ގެ ދަށުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް މި ބަދަލު ގެނެވިފައިވަނީ އައްޑު އަތޮޅުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އުރީދޫ ކަސްޓަމަ ބޭސްއަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ކަށަވަރުކޮށްދިނުމުގެ ގޮތުންކަމަށް އެ ކުންފުނިން ބުންޏެވެ. ހިތަދޫ ލިންކް ރޯޑްގައި ގާއިމްކުރެވިފައިވާ އުރީދޫ އެކްސްޕީރިއ...

އަޙްމަދު ވަހީދު
އަންހެނުންގެ ކޮމެޓީތަކުގެ ބައި-އިލެކްޝަން ކައުންސިލާ ހަވާލުކުރަން ހުށަހަޅައިފި

އަންހެނުންގެ ކޮމެޓީތަކުގެ ބައި-އިލެކްޝަން ކައުންސިލާ ހަވާލުކުރަން ހުށަހަޅައިފި

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަންތައް ކައުންސިލްތަކާ ހަވާލުކުރާގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ  އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެވެ. އިސްލާހު ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ މި އިސްލާހު ހުށަހެޅުއްވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރަކު އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ ބައި އިލެކްޝަންތަކަށް ދާ ހަރަދު މިހާރަށްވުރެ ކުޑަކުރެވޭނެ ކަމަށް އިލެކްޝަންސ...

ޝިއުނާ އާދަމް
އޭސީސީ އާއި ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯގެ އިސްވެރިން ބައްދަލުކޮށްފި

އޭސީސީ އާއި ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯގެ އިސްވެރިން ބައްދަލުކޮށްފި

ކޮރަޕްޝާނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ތަޖުރިބާ ހޯދުމާއި، ފަންނީ އެހީތެރިކަން ފޯރުކޯށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިކަމުގެމަޝްވަރާ ކުރެވިފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި، ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯގެ އިސްވެރިންގެ މެދުގައި މިއަދު ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. އޭސީސީން ބުނިގޮތުގައި މި ބައްދަލުކުރުމުގައި ކޮމިޝަނުގެ ރައީސް ޢާދަމް ޝާމިލް ދެއްކެވި ވާހަކ...

ޝިއުނާ އާދަމް
އަލީ ސާލިހަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

އަލީ ސާލިހަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

މިނިސްޓްރީ އޮފް އެންވާރަމަންޓް ކްލައިމެޓް ޗޭންންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހަށް ހުޅުމާލެ މަގުމަތިން ހަމަލާ ދިން މީހާ ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ހުޅުމާލެ މަގުމަތީގައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަގޮތުގައި އެމީހާ އަކީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ހުކުރު ނަމާދު ވަގުތު ސަލްމާން […]

ޝިއުނާ އާދަމް
އައްޑޫ ކައުންސިލް ބައްދަލުވުން: ކައުންސިލްތައް ހިންގުމަށް ހައްލުކުރަންޖެހޭ ކަންކަން ފާހަގަވި

އައްޑޫ ކައުންސިލް ބައްދަލުވުން: ކައުންސިލްތައް ހިންގުމަށް ހައްލުކުރަންޖެހޭ ކަންކަން ފާހަގަވި

އައްޑޫ ސިޓީ ކައުންސިލާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ލާމަރުކަޒީ ޤާނޫނުގެ އިޞްލާޙުތަކާއެކީ ކުރެވުނު ތަޖުރިބާއިން، ކައުންސިލްތައް ހިންގުމުގައި ހައްލުކުރަން ޖެހޭ ކަންތައްތަކެއްހުރިކަން ފާހަގަވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކައުންސިލް ބައްދަލުވުމަށް ފަހު ކުރެއްވި ޓުވީޓެއްގައެވެ. އައްޑޫސިޓީގެ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ހައްލުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވުނު. އަދި ލާމަރުކަޒީ ޤާނޫނު...

ޝިއުނާ އާދަމް
''ޤައުމެއް ބިނާކުރުމުގައި ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ ޢިލްމީ ދިރާސާތައް''

''ޤައުމެއް ބިނާކުރުމުގައި ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ ޢިލްމީ ދިރާސާތައް''

ޤައުމެއް ބިނާކުރުމުގައި، ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ، ޢިލްމީ ދިރާސާތައް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވާ، “ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2022″ އިފްތިތާޙްކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ މި އޯގަސްޓް 22 އިން 23 އަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގެ ޝިޢާރަކީ، ”ޤައުމު ބިނާކުރުމަށް ދިރާސާކުރުން” އެވެ. މި ކޮންފަރެންސް އި...

ޔުމްނާ ޢަލީ
ނޫސްވެރިކަމުގެ އަސާސީ ތަމްރީން ކޯސް ފަށައިފި

ނޫސްވެރިކަމުގެ އަސާސީ ތަމްރީން ކޯސް ފަށައިފި

މޯލްޑިވެސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ނޫސްވެރިކަމުގެ އަސާސީ ތަމްރީން ކޯސް ފަށައިފިއެވެ. ދެ ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހަކީ ޝަހީބް މީޑިއާއިން ހިލޭ ކުރިއަށްގެންދާ ކޯހެކެވެ އޯގަސްޓް 21އިން ސެޕްޓެމްބަރު 6އަށް ރޭގަނޑު 8 އިން 10:30 އަށް އަހުމަދިއްޔާ އިންޓަނ ޝަނަލް ސްކޫލްގައި ކުރިއަށްދާ މި ކޯހަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވ...

ޝިއުނާ އާދަމް
ކުނި މެނޭޖްކުރުމުގެ ގައުމީ ކެމްޕޭނެއް ފަށައިފި

ކުނި މެނޭޖްކުރުމުގެ ގައުމީ ކެމްޕޭނެއް ފަށައިފި

ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ގައުމީ ކެމްޕޭނެއް ފަށައިފިއެވެ. “ފަސްގަނޑު’ ގެ ނަމުގައި ފެށި މި ކެމްޕޭން އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއެވެ. މިކެމްޕެއިނުގެ ދަށުން މައިގަނޑު ފަސް ދާއިރާއަކުން އާންމުން ހޭލުންތެރި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ސިއްހީ، އިޖުތިމާއީ، ތައުލީމީ، ޖެންޑާގެ އިތުރުން އިގްތިސޯދީ ދާއިރާ އެވެ. އެގޮތުން ފަރުދީ ފެންވަރުން ފެށިގެން ރަށު ފެންވަރުގަޔާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ކުންޏާއި...

ޝިއުނާ އާދަމް
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ޞަފާތު

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ޞަފާތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަޤާމަށް ޞަފާތު އަޙްމަދު ޒާހިރު، މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޞަފާތު އަޙްމަދު ޒާހިރު މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ. ވުމަން އެންޑް ޑިމޮކްރަސީ ޖަމްޢިއްޔާގެ ފައުންޑަރ އަދި ރައީސްގެ މަޤާމުގައި ވެސް ހުންނެވި ޞަފާތަކީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު ފުރުއްވުމާއި ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒް...

ޔުމްނާ ޢަލީ
އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ހުޅުވާލައިފި އެވެ. އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހޯމް މިނިސްޓްރީއިން މި ހުޅުވައިލީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މި ދައުރުގެ 13 މެންބަރުންގެ މުއްދަތު، 14 ޑިސެމްބަރު 2022 ގެ ނިޔަލަށް ހަމަވާތީ އެވެ. ހޯމް މިނިސްޓްރީން އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ، މީޑިއާ ތަމްސީލު...

ޔުމްނާ ޢަލީ