މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އަންގާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން މާލޭގެ ބައެއް މިސްކިތްތަކުން ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ނަމާދުކުރަން އަންގާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ދާދި ފަހުން ރިޕޯޓުކޮށްފައެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެފަަދަ އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށާއި، ސާއިކިއުލާއެއް ވެސް ނުނެރޭ ކަމަށެވެ. އަދި […...
ޝިއުނާ އާދަމް
ރާއްޖޭގައި ނޫސްވެރިންނާއި، މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރަން ގާނޫނީ އޮނިގަނޑެއް ނެތްކަން ފާހަގަކޮށް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް އިން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. އައިއެފްޖޭގެ ޓީމެއް ރާއްޖެއަށް ޒިޔާރާތްކޮށް، ނޫސްވެރިންނާއި ކަމާބެހޭ އެހެން އިދާރާތަކާއި ބައްދަލުކުރުމަށް ފަހު ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގެ ނޫސްވެރިކަމަށް ހުރި ގިނަ ގޮންޖެހުންތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކ...
ޝިއުނާ އާދަމް
ނޫސްވެރިންނަށް މައުލޫމާތު ލިބޭ ގޮތުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާބެހޭ ގާނޫނު ފާސްކޮށްފައިވާތީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް (އައިއެފްޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އައިއެފްޖޭގެ ޓީމެއް ރާއްޖެ އައިސް ނޫސްވެރިންނާއި، އެޑިޓަރުންނާ ބައްދަލުކުރުމަށް ފަހު އެ މައުލޫމާތުތަކާއި އެކު ރިޕޯޓެއް ތައްޔާރުކޮށްފައެވެ. އެ ރިޕޯޓުގައި ރާއްޖޭގެ ނޫސްވެރިކަމަށް ދިމާވާ ދަތިތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ފަހިކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވ...
ޝިއުނާ އާދަމް
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް، އިނގިރޭސި ވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަނަކާ ގުޅިގެން ކަނޑުތަކުގެ ބޮޑު ދިރާސާއެއް ކުރަން ނިންމައިފިއެވެ. ރައީސް އޮފީހާއި އިނގިރޭސި ވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން “ނެކްޓަން” ގުޅިގެން ކުރާ މި މަސައްކަތުގެ ތަފްސީލް ހިއްސާކުރައްވައި މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ދިރާސާ ފަށަން ނިންމާފައި ވަނީ އަންނަ މަހު ކަމަށާއި، ދިރާސާ 35 ދުވަހަށް ދެމިގެންދާނެ ކަމަށެވެ. މި ދިރާސާގައި ކަނޑުތަކުގެ […]
ޝިއުނާ އާދަމް
ލ. ގަމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. އެމްޓީސީސީން ބުނީ, އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއ...
އަޙްމަދު ވަހީދު
ރާއްޖޭގައި ބާއްވާ އެންމެ ކުލަ ގަދަ އަދި އެންމެ ބޮޑު އެއް ދުވުމުގެ ހަރަކާތް ކަމަށްވާ “އުރީދޫ ކަލަ ރަން” އަޕްގްރޭޑްކޮށް، “އުރީދޫ ފަން ރަން” އަށް ބަދަލުކޮށްފިއެވެ. މިއަހަރުގެ ދުވުން މިހާރު އުރީދޫއިން ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ޑިސެމްބަރު 23 ގައި އުރީދޫ ފަން ރަން އޮންނާނެކަން އިއުލާންކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އުރީދޫން ޕޯސްޓްކުރި ކުލަގަދަ އަދި އެހާމެ ފޯރިގަދަ ވީޑިއޯ އަކުންނެވެ. އެ ވީޑިއޯގައި ކުރީގެ “ކަލަ ރަން”ގެ ކުލަގަދަ ގިނަ […]
އަޙްމަދު ވަހީދު
ޖަޕަނީޒް ގަރާންޓް އެއިޑް(ޖޭޑީއެސް)ގެ ފަރާތުން އަންނަ އަހަރަށް ދިވެހިރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޮލާޝިޕް އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. އަދި ޖޭޑީއެސްގެ ފަރާތުން ސޮއިކުރެއްވީ، ރެސިޓެންޓް ރެޕްރެޒެންޓޭޓިވް މޮޓޮ ޓަކީއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޙަސަން ވަނީ ޖަޕާނުން ރާއްޖެއަށް ވެމުން ގެ...
ޔުމްނާ ޢަލީ
ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020ގައެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެކުންފުނިން ވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައެވެ. އެ މަޝްރޫއުގެ ދަށުން މިދިޔަ ޖޫން މަހުގެ ތެރޭގައި ބަންޑް ވޯލްގެ މަސައްކަތް ވަނީ ނިންމައިފައެވެ. މި މަޝްރޫއުގެ ދަށުން، 25 […]
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ފަސް ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން މިޢްވާން މުޙައްމަދު މިއަދު ވިދާޅުވީ، ރައީސް ޞާލިޙް މި އޯގަސްޓު 27 އިން 29 އަށް މުލަކަތޮޅުގެ ފަސް ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ފަސް ރަށަކީ، ރަތްމަންދޫ، މަޑުއްވަރީ، ދިއްގަރު، ވޭވަށް އަދި މުއްޔެވެ. މި ދަތުރުފުޅުގައި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިން...
ޔުމްނާ ޢަލީ
ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަޙްމަދު ތަސްމީން ޢަލީ މިއަދު ޢައްޔަނުކުރައްވައި، ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފިއެވެ. ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރިން ކުރެއްވި ތަސްމީނަށް ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އަޙްމަދު ތަސްމީން ޢަލީއަކީ، އިނގިރޭސި ވިލާތުގެ، ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރަ...
ޔުމްނާ ޢަލީ
ދަރިވަރުން ޙާޞިލްކުރާ ޢިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށްޓަކައި ދަރިވަރުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު ދަރިވަރުންނަށް މިކަމަށް ގޮވައިލެއްވީ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.މިޖަލްސާގައި ރައީސުލްޖުމްޙޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައި...
ޝިއުނާ އާދަމް
ށ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ހިންގައި ޚިދުމަތްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ޙަވާލުކުރުމަށް ފުނަދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ. ފެނަކައިން ބުނީ، ފުނަދޫގެ ރައްޔިތުން 36 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ މިއަދު ފެނަކަ އާ ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ރަށްރަށުގައި ފެނަކައިން...
މުޙައްމަދު ވަސީމް
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ޓީޓީއެމް 2022 ގެ އިވެންޓްތަކުގައި ބައިވެރިވެއްޖެވެއެވެ. މިއީ ލޯކަލް އަދި އިންޓަނޭޝަނަލް ޓޫރިޒަމް ސްޓޭކްހޯލްޑަރުންނާ ގުޅުން ބަދަހިކޮށް ރާއްޖެ އިތުރަށް މާކެޓްކުރުމުގެ މަގުސަދުގައި އެމްއެމްޕީއާރުސީން ބައިވެރިވި ހަރަކާތެކެވެ. ޓީޓީއެމް އަކީ ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމާ ބެހޭ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ހަރަކާތުގެ ދަށުން ހައިބްރިޑް އެކްޓިވިޓީތަކާއި ތަފާތު އިވެންޓްތައް ހިންގާއިރު، މީގެތެރޭގައި ޓ...
އަޙްމަދު ވަހީދު
އިންސާފު ހޯދަން ކަމަށް ބުނެ ކުށްތަކުގެ ތުހުމަތުވާ މީހުންނަށް އަނިިޔާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ. ފުލުހުން މިހެން ބުނެފައި މިވަނި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އިއްޔެ ހުޅުމާލޭގައި މީހަކަށް އަނިޔާކޮށްފައި ވަނިކޮށެވެ. އަދި މި ނުނަސް މިހާރު ރާއްޖޭގައި މިފަދަ ކަންކަން ވަރަށް އާންމެވެ. އަދި މިކަމަށް ހިއްވަރުދޭ މީހުން ވެސް ގިނއެވެ. މިކަމާ ގުޅިގެން ފުލުހުން ކުރި ޓިވީޓެއްގައި ބުނީ އިންސާފު ހޯދުމަށްކަމަށް ބުނެ […]
ޝިއުނާ އާދަމް
އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީގެ 4 ހެލްތު ސެންޓަރަކަށް ހެލްތު ކިޓުތައް ހަދިޔާ ކޮށްފިއެވެ. މި ކިޓުތައް އުރީދޫގެ ފަރާތުން ހެލްތު ސެންޓަރުތަކާ ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީއެވެ. އުރީދޫއިން މި ކިޓުތައް ހަދިޔާ ކޮށްފައިވަނީ އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫ އާއި ހުޅުމީދޫ އާއި މަރަދޫ ފޭދޫ ހެލްތު ސެންޓަރުތަކަށެވެ. މިއީ ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އެއްބާރުލުން ދިނުމުގެ […]
އަޙްމަދު ވަހީދު
ށ. ކޮމަންޑޫގައި މިހާރު ޖަހާފައިވާ ރިވެޓްމެންޓް އާކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މިއީ ކޮމަންޑޫގެ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އާއި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނެއެވެ. މީގެ އިތުރުން 1690 މީޓަރުގެ ޝޯ ޕ...
އަޙްމަދު ވަހީދު
ކޮލިޓީ ކަށަވަރުކުރުމުގައި ޔުނިވާސިޓީތަކާއި އިންސްޓިޓިއުޓްތަކުން މުހިއްމު ދައުރެއް އަދާކުރަންޖެހޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ. އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށްދާ 35 ވަނަ ކޮންފަރެންސް މޮޑާން ސްޓްރެޓަޖީސް ފޯ އިންޓަނޭޝަނަލް ރިސާޗާސް ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގިނަ ޢިލްމީ އަދި ޚާއްސަ ދިރާސާވެރިންނަށް، ދިރާސާތަކާއި ކަރުދާސް ޝާއިޢުކުރުމަކީ އެމީހުންގެ ކެރިއަރގެ ކުރިމަގަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށާއި އެކަމުގައި ޔުނިވަރސިޓީތަކާ...
ޝިއުނާ އާދަމް
އޭލެވެލްގައި މިހާރު ކިޔަވައިދޭ އެޑެކްސެލްގެ ސިލަބަހުގެ ބަދަލުގައި ކެމްބްރިޖް އިމްތިހާނު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު އޭލެވެލްގެ އައު ބެޗްގެ އޭއެސް ކިޔަވައިދޭން ފަށާނީ ކެމްބްރިޖް ސިލަބަހުަގައި ކަމަށެވެ. އަދި ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ބުންޏެވެ. ގްރޭޑު 12ގެ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަހަށް ކިޔަވައި...
ޝިއުނާ އާދަމް