މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1295 ވަނަ ޞަފްޙާ

މަކުނުދޫ އަންހެނުންގެ ކޮމެޓީގެ ސިއްކައާއި ދިދަ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

މަކުނުދޫ އަންހެނުންގެ ކޮމެޓީގެ ސިއްކައާއި ދިދަ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ސިއްކަ (ލޯގޯ) އާއި ދިދަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައިވަނީ ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބޭނުން ކުރުމަށް ހޮވާ ލޯގޯއާއި ދިދަ ފަރުމާކުރާ ފަރާތަކަށް 2000.00 (ދެހާސްރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ކޮމިޓީގެ ލޯގޯއާއި ދިދަ ފ...

އިބްރާހިމް ޚަލީލް
މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ރ. މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 73 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 45،024 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ބޭރުތޮށި ލުމާއި، 129 މީޓަރުގެ އެއްގަމުތޮށި ލުމާއި، 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، […]

އަޙްމަދު ވަހީދު
ގާސިމް ވެސް ތާއީދު ކުރަށްވަނީ ރިޔާސީ ނިޒާމަށް

ގާސިމް ވެސް ތާއީދު ކުރަށްވަނީ ރިޔާސީ ނިޒާމަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ތާއީދު ކުރައްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމެއްގެ ގޮތުގައި އޮތުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައްޓަވާފައެވެ. އަންނަ ހުކުރު ދުވަހު އޮންނަ އެ ޕާޓީގެ ކޮންގްރެސްއަށް މިކަމާބެހޭ ގަރާރެއް ހުށަހަޅުއްވައި، އެމްޑީ...

އަލީ އާދިލް
އިސްޖަހައި ހިތްމަރައި ނުލާށެވެ. އިސްއުފުލައިލާ ހިނގައިގަންނާށެވެ.

އިސްޖަހައި ހިތްމަރައި ނުލާށެވެ. އިސްއުފުލައިލާ ހިނގައިގަންނާށެވެ.

ހާލަތާ ކުރިމަތިލުމުގައި އިންސާނުން ބެހެނީ ދެބަޔަކަށެވެ. އެއްބަޔަކީ މުސީބާތުގެ ވަޤުތު މޮޅީގެ ސާލު ލައިގެން މާޔޫސް ވެރިކަމާއެކު އިސްޖަހައިލާ މީހުނެވެ. ދެވަނަ ބަޔަކީ ހިތްވަރުގަދަ މީހުނެވެ. މިދެންނެވި ދެވަނަ ބާވަތުގެ މީހުން މުސީބާތުގެ ވަޤުތުގައި މާޔޫސްނުވެ އިސްއުފުލާލައި އެކަމާ ކެރިގެން ކުރިމަތި ލައެވެ. ފަސްބެލުމެއްނެތި ކާމިޔާބު ހާސިލު ކުރަން ހަށިފޮޅައިލާ މި ފަދަ މީހުން ތެދުވެއެވެ. އަދި ހަމަ ކާމިޔާބީއަށް ވާސިލުވެއެވެ. މިފަދަ މީހުން އަބަދުވެސް މަސައްކަތް ކުރާނީ އެއްދަރަޖަ ކުރިއަށް ބަލައިގެންނެވެ. މިސ...

އަލީ ރިޔާޟް
ޝާހިދުވެސް ހުންނެވީ ތިން ބާރު ވަކިކޮށް އޮންނަ ރިޔާސީ ނިޒާމްގެ ދިފާއުގައި

ޝާހިދުވެސް ހުންނެވީ ތިން ބާރު ވަކިކޮށް އޮންނަ ރިޔާސީ ނިޒާމްގެ ދިފާއުގައި

އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ތާއިދު އޮތީ ރިޔާސީ ނިޒާމަށްކަން ހާމަ ކުރައްވާ ރިޔާސީ ނިޒާމުގެ ދިފާއުގައި އެމަނިކުފާނު މިއަދު ނިކުންނަވައިފި އެވެ. ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާމަކުރައްވާފައިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމ...

އަލީ އާދިލް
އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ރޭޑިއޮގްރަފީ ކޯހުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ. އެ ކުންފުނިން މިއަދު ބުނީ މި ފުރުސަތު މިހާރު މި މަހުގެ ނިޔަލަށް ލިބޭނެ ކަމަށެވެ. އެސްޓީއޯއިން ވަނީ މި ކޯހުގެ މައުލޫމާތު ސެޝަންތަކެއް ވެސް މާލެއާއި ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންގޮސްފައެވެ. މި ސެޝަންތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެސްޓީއޯއިން ބުންޏެވެ. އެސްޓީއޯގެ ރޭޑިއޮގްރަފީ ކޯސް ފަށާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯ...

އަޙްމަދު ވަހީދު
އެންމެ ބޮޑު ހީލަތުގެ މައްސަލަ: ހައިކޯޓުގައި ބީއެމްއެލް ހޫނުފެނަށް!

އެންމެ ބޮޑު ހީލަތުގެ މައްސަލަ: ހައިކޯޓުގައި ބީއެމްއެލް ހޫނުފެނަށް!

ރާއްޖޭގައި މިހާތަނަށް ހިންގި މަކަރާއި ހީލަތުގެ އެންމެ ބޮޑު މައްސަލާގައި ބީއެމްއެލްގެ އެކައުންޓަކަށް ފައިސާ ޖަމާވެފައިވެ، ބޭންކުން އަމަލުކުރި ގޮތުން ހައިކޯޓުގައި ބީއެމްއެލްއަށް ހޫނު ސުވާލުތަކެއް އަމާޒުވެއްޖެ އެވެ. ޝީޝާގެ ތިން ހިއްސާދާރުންގެ ނަމުގައި އެސްބީއައިގައި އޮތް ޖޮއިންޓް އެކައުންޓަކުން 2011 ވަނަ އަހަރު، 18 މިލިއަން ރުފިޔާގެ ފޯޖް ލިޔުންތަކެއް ބޭނުންކޮށްގެން ޓްރާންސްފާކުރީ ބ. ތުޅާދޫ މާފަރިވާގޭ، އިބްރާހިމް ޝާހިދާއި އިތުރު މީހެއްގެ ނަމުގައި ބީއެމްއެލްގައި އޮތް ޖޮއިންޓް އެކައުންޓަކަށެވެ. ޝާހިދު...

ޙުސައިން ޘަޤީފް
ބްރިޖު ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ތިން މީހަކަށް އަނިޔާވެއްޖެ

ބްރިޖު ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ތިން މީހަކަށް އަނިޔާވެއްޖެ

މާލެއާއެކު ތިލަފުށި، ގުޅީފަޅު އަދި ވިލިމާލެ ގުޅުވާލުމަށް އަޅާ ތިލަމާލެ ބްރިޖުގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް މިއަދު އަރައިފި އެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާފައިވާ ކަމަށް ވިލިމާލޭގައި ތިއްބަވާ ފުލުހުންނަށް ފާހަގަ ކުރެވިގެން އެތަނަށް ގޮސް އެކަން ބައްލަވާފައިވާ ކަމަށެވެ. މި ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާއަށް ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އެއިން އެއްވެސް މީހަ...

ޔުމްނާ ޢަލީ
ޢަދުލު އިންސާފު އަދި ޤާނޫނީ ދާއިރާގެ އިޞްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރަން ފަށައިފި

ޢަދުލު އިންސާފު އަދި ޤާނޫނީ ދާއިރާގެ އިޞްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރަން ފަށައިފި

ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާ އާއި ޤާނޫނީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި، ޢަދުލު އިންސާފު އަދި ޤާނޫނީ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ އިޞްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރުމުގެ މަސައްކަތް އެެޓާރނީ ޖެނެރަލް (އޭޖީ) އޮފީހުން ފަށައިފިއެވެ. އެ އޮފީހުން ބުނީ މި މަސައްކަތުގެ މަޤްޞަދަކީ، ޢަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި މިހާތަނަށް ހުށަހަޅާފައިވާ ކަންކަން ދިރާސާކޮށް، މި ދާއިރާގައ...

އަލީ އާދިލް
ބަރުލަމާނީ ނިޒާމަށް ރައީސް ސާލިހު ތާއީދެއް ނުކުރައްވާ، އެދިލެއްވީ ގަރާރު އަނބުރާ ގެންދިއުމަށް

ބަރުލަމާނީ ނިޒާމަށް ރައީސް ސާލިހު ތާއީދެއް ނުކުރައްވާ، އެދިލެއްވީ ގަރާރު އަނބުރާ ގެންދިއުމަށް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ތާއީދު ނުކުރަށްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެންމެ އިސް ލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރުމުގެ މަސައްކަތް ހިންގުމަށް، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މ...

ތިލަދުން
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖަޕާނުގެ އެހީތެރިކަން

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖަޕާނުގެ އެހީތެރިކަން

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ވެހިކަލް ތަކެއް ޖަޕާން ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފިއެވެ. މިގޮތުން ޖަޕާނުން ވަނީ، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާސަންސް ވިތް ފިޒިކަލް ޑިސްއެބިލިޓީޒް (އެމްއޭޕީޑީ) އަށް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ތިން ވެހިކަލެއް ހަދިޔާ ކޮށްފައެވެ. މި ވެހިކަލްތައް އެމްއޭޕީޑީ އަށް ހަވާލުކުރީ ހުޅުމާލޭ އެއް ނަންބަރު ރުއްގަނޑު ސަރަހައްދުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝ...

ޔުމްނާ ޢަލީ
ޝިއާއުގެ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭ: ފުލުހުން

ޝިއާއުގެ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭ: ފުލުހުން

ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތަކެއް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާތީ އެކަމާގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަ...

ޔުމްނާ ޢަލީ
ކަނޑިތީމު ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކަނޑިތީމު ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ. ކަނޑިތީމު ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށު ފެންވަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކަނޑިތީމް ކައުންސިލް ޤުރުއާން މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގެ ކުރިއަށް ގެންދިޔުމުގެ މަޤުސަދަކީ އެ ރަށުގައި ކީރިތި ޤުރުއާނުގެ ހަމަތަކުގެ މަތިން ޤުރުއާން އުނގެނި ކިޔެވުމާއި، އުނގަންނާދިނުމުގައި ތަރުތީލްކޮށް ކިޔެވުމުގެ ޤާބިލްކަން އުފެދޭނެ ފަދަ މާހައުލެއް އުފެއްދުމެވެ. އަދި ރަށުގެ ކުދި ބޮޑު އެންމެންގެ މެދުގައި ކީރި...

އިބްރާހިމް ޚަލީލް
ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް ލިވަޕޫލް އެއްވަރު ވެއްޖެ

ލީގުގައި ކުޅުނު ދެވަނަ މެޗުން ވެސް ލިވަޕޫލް އެއްވަރު ވެއްޖެ

އިނގިރޭސި ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލު އެއްވަރުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކްރިސްޓަލްޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗް 1-1 ގެ ނަތީޖާއިން އެއްވަރުވީއިރު، ލީގުގައި ފުރަތަމަ މެޗް ފުލަމް ދަނޑުގައި ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލްޖަހައި ލީޑްނެގީ ކްރިސްޓަލްޕެލަސްއިންނެވެ. ލިވަޕޫލުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 32 ވަނަ މިނިޓްގައި ޕެލަސްގެ ގޯލު ޖެހިީއެެބާރަ ޗިއެޒާ ދިން ހިތގައިމު ޕާހަކުން ވިލްފްރެޑް ޒަހާ […]

އަލީ ރިޔާޟް
ތަޖުރިބާ ދަތުރެއްގައި ކޮއްކޮމެން ޕްރީ ސްކޫލްގެ ޓީޗަރުންގެ ޓީމެއް ތުރުކީއަށް

ތަޖުރިބާ ދަތުރެއްގައި ކޮއްކޮމެން ޕްރީ ސްކޫލްގެ ޓީޗަރުންގެ ޓީމެއް ތުރުކީއަށް

ތަޖުރިބާ ދަތުރެއްގައި ކޮއްކޮމެން ޕްރީ ސްކޫލްގެ ޓީޗަރުންގެ ޓީމެއް ތުރުކީގެ އިސްތަންބޫލަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެ ސުކޫލުން ހާމަކޮށްފިއެވެ. އެ ސުކޫލުން ބުނީ މިއީ އަންނަ މިޑް ޓާރމް ބްރޭކްގައި ކުރުމަށް ހަމަޖެހިފައިވާ ދަތުރެއްކަމަށެވެ. މި ދަތުރުގައި އިސްތަންބޫލުގެ ޕްރީ ސްކޫލްތަކަށް ޒިޔާރަތްކޮށް ތަޖުރިބާ ލިބިގަތުމާއި އިސްލާމީ ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން މައްކާގެ ހެޔޮ އެދޭ ފަރާތަކުން އެ ސުކޫލުގެ ހުރިހާ ޓީޗަރުންނަށް، އަންނަ...

އަލީ އާދިލް
އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސްއަށް 25،000 ރުފިޔާ

އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސްއަށް 25،000 ރުފިޔާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދޭން ނިންމައިފިއެވެ. އެ ކުންފުނިން ވަނީ މިކަން އިއުލާންކޮށް ހުރިހާ މުވައްޒަފުންނަށް އަންގާފައެވެ. އެ ކުންފުނިން ފޮނުވި ސާކިއުލާގައި ބުނީ ބޯނަސް މި މަހުގެ 18 ގެ ކުރިން ޖަމާ ކުރާނެ ކަމަށެވެ. އެ ކުންފުނިން 2021 ވަނަ އަހަރުގެ ބޯނަސް ދޭނީ މިދިޔަ އަހަރު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ […]

އަޙްމަދު ވަހީދު
އުފާވެރި މީހަކަށްވުމަށް، ނަފްސު ހާނުވާ ތަރުބިއްޔަތުކުރުމަށް ކުރެވިދާނެ ކަންކަން!

އުފާވެރި މީހަކަށްވުމަށް، ނަފްސު ހާނުވާ ތަރުބިއްޔަތުކުރުމަށް ކުރެވިދާނެ ކަންކަން!

އުފާވެރިކަމަކީ އިންސާނީ ފިޠުރަތުގެ ބައެކެވެ. އެއީ އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ހައްގެކެވެ. ބައެއްމީހުން ދެކޭގޮތުގައި އުފާވެރިކަން ތިމާޔަށް ލިބެނީ އެހެންމީހުންގެ ފުށުންނެވެ. އަނެއްބަޔަކު ދެކޭގޮތުގައި އުފާވެރިކަމަކީ މީހާ އަމިއްލަޔަށް ލިބިގަންނަ އިހްސާސެކެވެ. އަޅުގަޑު ގަބޫލު ކުރަނީ ފަހުގޮތެވެ. އުފަލާއި ހިތްހަމަޖެހުމަކީ އިންސާނާ އަމިއްލަޔަށް އެމީހާގެ ސިކުނޑީގައި އުފައްދާ އިހްސާސްތަކެކެވެ. މިކަމުގައި ކާމިޔާބު ލިބެނީ އުފަލާއި ހިތްހަމަޖެހުން ލިބިގަތުމަށް ތިމާގެ ނަފްސު ހާނުވާ ތަރުބިއްޔަތު ކޮށްގެންނެ...

މުޙައްމަދު ޝިހާބް
ބަރުލަމާނީ ނިޒާމުން ރައްޔިތުން ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ: އިމްރާން

ބަރުލަމާނީ ނިޒާމުން ރައްޔިތުން ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ: އިމްރާން

ބަރުލަމާނީ ނިޒާމުން ރައްޔިތުން ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ބޭނުންފުޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްވެ ހުންނަވާ އެ މަސައްކަރް ފައްޓަވާފައިވާއިރު، އެކަމާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓުގައި ވަނީ އޭނާ އެކަމާ ދެކޮޅުކަން ހާމަކުރައްވާފައެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރާއްޖެ އަށް އެކަށޭނެ ނިޒާމެއް ނޫން ކަމަށާއި، ރާއްޖޭގެ މިއަދުގެ...

ޝިއުނާ އާދަމް