މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1297 ވަނަ ޞަފްޙާ

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން، އޮކްޓޫބަރު މަހުގެ 3 ސަރުކާރު ބަންދު

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން، އޮކްޓޫބަރު މަހުގެ 3 ސަރުކާރު ބަންދު

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރުމަށް، އަންނަ އޮކްޓޫބަރުމަހުގެ 3 ވަނަދުވަސް ސަރުކާރު ބަންދުކުރުމަށް ނިންމަވައިފި އެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ، މި އަހަރު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން 2022 އޮކްޓޫބަރު 3 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށެވެ....

އިބްރާހިމް އަސްވާޤް
ވައްކަމުގެ އަދަބަށްވުރެ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަދަބު ކުޑަ!

ވައްކަމުގެ އަދަބަށްވުރެ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަދަބު ކުޑަ!

އިސްލާމްދީނަށް ފުރައްސާރަކޮށްގެން މީހެއްގެ މައްޗަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ކޯޓަކުން އަދަބު ކަނޑައެޅީ އެވެ. އޭނާގެ މައްޗަށް ސާބިތުވި ދެ ކުށަށް އިއްވީ އެންމެ ހަތަރު މަހުގެ ޖަލު ހުކުމެކެވެ. ބަންދުގައި ހަ މަސް ހޭދަކޮށްފައިވާތީ އޭނާ މިއަދު މިނިވަންވާނެ އެވެ. ގދ. ތިނަދޫއަށް ނިސްބަތްވާ މުހައްމަދު ރުސްތުމް މުޖްތަބާ ފާޅުގައި މާތްﷲ އާއި ކީރިތި ރަސޫލަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް އިއްވި އެ ހުކުމާ ގުޅިގެން ގިނަ […]

ޙުސައިން ޘަޤީފް
ސީޒަންގެ ފުރަތަމަ މެޗުން ބާސާއަށް ޕޮއިންޓެއް

ސީޒަންގެ ފުރަތަމަ މެޗުން ބާސާއަށް ޕޮއިންޓެއް

މި ހަފްތާގެ ހުކުރު ދުވަހުގެ ރޭ ސްޕެނިޝް ލަލީގާގެ ކުޅުން ފަށާފައިވާއިރު، ބާސެލޯނާއިން ސީޒަންގެ ފުރަތަމަ މެޗުގައި ރޭ ރަޔޯ ވަޔެކާނޯއާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ. ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއަކުންނެވެ. އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ހޯދުމުގައި އެންމެ ބުރަ މަސައްކަތްތަކެއް ކުރި އެއް ކުލަބަކީ ބާސާއެވެ. މި ގޮތުން އެ ޓީމުން ވަނީ މުހިންމު ފަސް ކުޅުންތެރިއެއްގެ […]

އިބްރާހިމް ޚަލީލް
އެމްޓީސީސީގެ އެހީތެރިކަމާއެކު ހަނިމާދޫ ޕްރީސްކޫލްގެ މަގުމަތި ފާރު ރީތިކޮށްލަނީ

އެމްޓީސީސީގެ އެހީތެރިކަމާއެކު ހަނިމާދޫ ޕްރީސްކޫލްގެ މަގުމަތި ފާރު ރީތިކޮށްލަނީ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން އެރަށުގައި ހިންގަމުން އަންނަ ޕްރީސްކޫލްގެ މަގުމަތީ ފާރު ރާނައި، ރީތިކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އެހީތެރިކަމާއެކު ނިމުމަކަށް ގޮސްފައިވާ ކަމަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ބުނެފިއެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ހުސައިން ވަޙީދު ”ތިލަދުން”އަށް ވިދާޅުވީ، އެ ޖަމިއްޔާއިން ހިންގާ ޕްރީސްކޫލްގެ މަގުމަތީ ފާރު ރާނައި، ރީތިކުރުމަށް ބޭނުންވާ ތަކެތި، އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން އެ ޖަމިއްޔ...

ޔުމްނާ ޢަލީ
އުލިގަމުގެ ފެރީ ސްޓޮޕުގެ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

އުލިގަމުގެ ފެރީ ސްޓޮޕުގެ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ހއ. އުލިގަމު ފެރީ ސްޓޮޕްގައި ގާއިމުކުރެވޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ. މިއީ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ފެރީ ނިޒާމުގެ ބޭނުމަށް ޒޯން 1 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގާއިމުކުރާ ފެރީ ސްޓޮޕެކެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިންގ އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓް ގާއިމުކުރާނެއެވެ. އާރުޓީއެލްގެ ދަށުން ހއ. އަދި ހދ. ގައި މިހާރު ވަނީ ފެރީ ދަތުރުތައް ފަށައިފައެވެ. މިއީ ހައިސްޕީޑް ލޯންޗް ފެރީގެ ހިދުމަތެކެވެ. އެމްޓީސީސީން […]

އަޙްމަދު ވަހީދު
މަނަދޫގައި 40 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

މަނަދޫގައި 40 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

ނ. މަނަދޫގައި 40 ހައުސިން ޔުނިޓް އަޅަން މިއަދު ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން މަނަދޫގައި 40 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާއެވެ. ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން، އެ ކުންފުންޏަށް މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ 40،315،837.96 ރުފިޔާ އަށެވެ. އަދި މި މަސައްކަތް ހަވާލުކުރީ 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ 700 އަކަފޫޓުގެ ހައުސިނ...

އަލީ އާދިލް
ދީނަށް ފުރައްސާރަކުރި މީހާއަށް ހަތަރު މަހުގެ ޖަލު ހުކުމެއް، އެކަމަކު މިނިވަންވެއްޖެ

ދީނަށް ފުރައްސާރަކުރި މީހާއަށް ހަތަރު މަހުގެ ޖަލު ހުކުމެއް، އެކަމަކު މިނިވަންވެއްޖެ

ސޯޝަލް މީޑިއާގައި މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މުހައްމަދު ރުސްތުމް މުޖްތަބާއަށް ހަތަރު މަހުގެ ޖަލު ހުކުމެއް މިއަދު އިއްވިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ މިއަދު މިިނިވަންވެއްޖެ އެވެ. ރުސްތުމްގެ މައްޗަށް ދައުލަތުން ކުރި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެފަ އެވެ. ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. […]

ހުސައިން ހަބީބް
ސަވާދީއްތަ ދަތުރުން ފަތުރުވެރިންނަށް "އަސްލު ދިވެހިރާއްޖެ" އެނގިގެންދޭ: ރާއިދު

ސަވާދީއްތަ ދަތުރުން ފަތުރުވެރިންނަށް "އަސްލު ދިވެހިރާއްޖެ" އެނގިގެންދޭ: ރާއިދު

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިސްތިހާރުކުރުމަށް ކުރިއަށް ގެންދާ ޔޮޓް ރެލީ، ”ސަވާދީއްތަ ދަތުރު”ގެ ސަބަބުން ފަތުރުވެރިންނަށް “އަސްލު ދިވެހިރާއްޖެ” އެނގިގެންދާކަމަށް އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވެއްޖެއެވެ. މި ދަތުރުގެ ފުރަތަމަ ބުރު ފަށާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ހއ. ހޯރަފުށިންނެވެ. މި ބުރުގައި ކުރިއަށް ގެންދިޔަ ދަތުރުގައި 12 ޔޮޓެއް ބައިވެރިވެފައި ވެއެވެ. މީގެ ތެރ...

މުޙައްމަދު ވަސީމް
އެމްސީއެސްއިން ހިންގި ''އިންސްޓްރަކްޓާ ޓްރެއިނިން ކޯސް'' ނިންމާލައިފި

އެމްސީއެސްއިން ހިންގި ''އިންސްޓްރަކްޓާ ޓްރެއިނިން ކޯސް'' ނިންމާލައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ހިންގި ”އިންސްޓްރަކްޓަރ ޓްރޭނިންގ ކޯސް” ނިމުމުގެ ރަސްމިއްޔާތު އިއްޔެ މާފުށީ ޖަލުގައި ބާއްވައިފިއެވެ. މި ކޯހަކީ އެމްސީއެސްގެ މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން އެކި ދާއިރާތަކުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ މުދައްރިބުންނަށް އެ ފަރާތްތަކުގެ ކިޔަވައިދިނުމުގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން ހިންގި ކޯހެކެވެ. އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން ރާވާ އަދި ކުރިއަށްގެންދިޔަ  15 ދުވަހުގެ މި ކޯހުގެ މިއީ ފުރަތަމަ ބެޗުކަމަށް އެމްސީ...

ޔުމްނާ ޢަލީ
ހއ. އަތޮޅު ޤުރްއާން މުބާރާތް އަންނަ މަހު

ހއ. އަތޮޅު ޤުރްއާން މުބާރާތް އަންނަ މަހު

ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު)، އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އަތޮޅު ޤްރުއާން މުބާރާތް މިއަހަރުވެސް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިގޮތަށް ނިންމީ ހއ. އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 53 ވަނަ ޢާންމު ބައްދަލުވުމުނެވެ. މިގޮތުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަން އެ ކައުންސިލުން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރ 22 އިން 25 ގެ ނިޔަލަށެވެ. ހއ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މިފަހަރުގެ މުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ […]

ޔުމްނާ ޢަލީ
އަލަތު މައިންނަށް ދެތިން ބަހެއް

އަލަތު މައިންނަށް ދެތިން ބަހެއް

ފުރަތަމަ ފަހަރަށް މަންމައަކަށް ވުމަކީ، އުފަލުން ފޮޅޭ ވަގުތަކަށްވީނަމަވެސް ހަމަ އެހާމެ ބިރުވެރި ކަމަކަށްވެސް ވެދާނެކަމެކެވެ. 9 މަސް ދުވަހު، ދަރިފުޅު އަމިއްލަ ހަށިގަނޑުގައި ރައްކާތެރިކަމުގައި ބެލެހެއްޓީ އެކޮއިގެ ސިއްޙަތާއި ދުޅަހެޔޮކަން ސިކުނޑީގެ ފަހަތުގައި އަބަދުމެ އޮންނަޙާލުއެވެ. ނަމަވެސް، ވިހެއުމަށްފަހު ދަރިފުޅު އަތަށް ލިބިގެންދާ ވަޤުތަކީ ހުވަފެނީ ދުނިޔެއިން ދުނިޔެއަށް ރުޖޫޢަވާން މަޖުބޫރުކުރާ ހިނދުކޮޅެކެވެ. މި ތުއްތު ދަރިފުޅުގެ ހުރިހާ ޒިންމާއެއް ބޮލުގައި އެޅިގެން މިދަނީ، އެކަށްޗެއްވެސް ނޭގުނަސް...

އަންޖުމް އިސްމާޢީލް މުޙައްމަދް
އާސެނަލް އަދި ސިޓީ މޮޅުވިއިރު، ބްރެންޓްފޯޑް އިން ޔުނައިޓެޑް ލަދު ގަންނަވާ ލައިފި

އާސެނަލް އަދި ސިޓީ މޮޅުވިއިރު، ބްރެންޓްފޯޑް އިން ޔުނައިޓެޑް ލަދު ގަންނަވާ ލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗްތަކުން އާސެނަލާއި މެންޗެސްޓާ ސިޓީން ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވިއިރު، ބްރެންޓްފޯޑް އިން ޔުނައިޓެޑް ލަދު ގަންނަވާ ލައިފިއެވެ. ސިޓީ ވަނީ މިރޭ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއިން ބޯންމައުތު ބަލިކޮށްފަ އެވެ. އާސެނަލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލެސްޓާ ސިޓީގެ މައްޗަށް ކުރިހޯދީ 4-2ގެ ނަތީޖާއިންނެވެ. ޔުނައިޓެޑް ރަށުންބޭރުގައި ބްރެންޓްފޯޑް އަތުން ބަލިވީ 4-0 ގެ ނަތީޖާއިންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު […]

އަލީ ރިޔާޟް
އެއްޖިއްސުން ގުޅުން ހިންގަނީ ރުހިގެން ކަމަށްބުނެ މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެ: އިޔާޟް

އެއްޖިއްސުން ގުޅުން ހިންގަނީ ރުހިގެން ކަމަށްބުނެ މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެ: އިޔާޟް

އެއްޖިއްސުން ގުޅުން ހިންގާ މީހުން އެކަން ކުރަނީ އެމީހުން ރުހިގެން ކަމަށްބުނެ، މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެކަމަށް ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ދާދިފަހުން ވަނީ ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރު އާއެކު ރާއްޖޭގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެފައެވެ. އެ ތުހުމަތު ކުރެވުނު ބައެއް މީހުންގެ ވީޑިއޯތައް ވެސް މީސް މީޑިއާގައި ޢާންމު ވިޔެވެ. އެ މައްސަލައިގެ ތުހުމަތުގައި ތިން މީހަކ...

މުޙައްމަދު ވަސީމް
ދިއްގަރާއި ގާދިއްފުށީގެ ބައި-އިލެކްޝަން: ޕީޕީއެމްގެ މައްޗަށް އެމްޑީޕީން ކުރި ހޯދައިފި

ދިއްގަރާއި ގާދިއްފުށީގެ ބައި-އިލެކްޝަން: ޕީޕީއެމްގެ މައްޗަށް އެމްޑީޕީން ކުރި ހޯދައިފި

މ. ދިއްގަރާއި ތ. ގާދިއްފުށީގެ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރުންގެ މަގާމަށް މީހުން އިންތިޚާބު ކުރުމަށް މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުން ކުރި ހޯދައިފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މިރޭ އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން މ. ދިއްގަރު ކައުންސިލަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޢަބުދުﷲ ޢާރިފްއެވެ. އޭނާއަށް 375 ވޯ...

އަލީ އާދިލް
ނޮޅިވަރަމް ތަރައްޤީއަށް އެންމެ މުހިންމުވެފައިވާ ކަންކަން ހިއްސާކޮށްފި

ނޮޅިވަރަމް ތަރައްޤީއަށް އެންމެ މުހިންމުވެފައިވާ ކަންކަން ހިއްސާކޮށްފި

ހދ. ނޮޅިވަރަމްގެ ތަރައްޤީއަށް މިހާރަށް އެންމެ މުހިންމު ކަންކަން އެރަށު ކައުންސިލާއި، އެރަށު މުއައްސަސާތަކުގެ ވެރިން ނައިބު ރައީސް ފައިސަލް ނަސީމަށް ދަންނަވައިފިއެވެ. މި ކަންކަން ނައިބު ރައީސާއި ހިއްސާ ކުރަށްވާފައި ވަނީ، ނައިބު ފައިޞަލް ނަސީމް، ނޮޅިވަރަމް ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައެވެ. މިއަދު ހަވީރު ނޮޅިވަރަމް ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލު...

ޔުމްނާ ޢަލީ
ދެވަނަ ދައުރެއް ލިބުނަސް ވައްކަންނޫން އެހެން ކަމެއް ނުކުރާނެ: ޝިފާޢު

ދެވަނަ ދައުރެއް ލިބުނަސް ވައްކަންނޫން އެހެން ކަމެއް ނުކުރާނެ: ޝިފާޢު

ކުރީގެ ރައީސް، އިދިކޮޅު ލީޑަރު އަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމަށް ދެވަނަ ދައުރަކު ރާއްޖޭގެ ވެރިކަން ކުރާން ފުރުސަތު ލިބުނު ނަމަވެސް ވައްކަންނޫން އެހެން ކަމެއް ނުކުރާނެކަން ޔަގީންވާ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ޚިޔާނާތަކީ ކުރީ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ހިންގާފައިވާ ބޮޑު ޚިޔާނާތުގެ ޢަމަލެވެ. އެ ޚިޔާނާތަށް އިޝާރާތް ކުރައް...

އަލީ އާދިލް
ނައިބު ރައީސް ނޮޅިވަރަމަށް ވަޑައިގެންފި

ނައިބު ރައީސް ނޮޅިވަރަމަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގެންފިއެވެ. އެމަނިކުފާނު މިއަދު އެރަށަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވުމުގައި ނޮޅިވަރަމް ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި އަދި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބައިވެރިވިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނުވަނީ އެރަށު ސިއްހީ މަރުކަޒަށާއި، ސްކޫލަށް ވަޑައިގެން އެ މަރުކަޒުގެ ކަންކަން ބައްލަވާ ލައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ނޮޅިވަރަމް ކައުންސިލާ އަދި އެރަށުގެ މުއައްސަސާތަ...

ޔުމްނާ ޢަލީ
ހޯރަފުއްޓާއި ކުޅުދުއްފުށި އަދި މާވަރުލަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ހޯރަފުއްޓާއި ކުޅުދުއްފުށި އަދި މާވަރުލަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ހއ. ހޯރަފުއްޓާއި ކުޅުދުއްފުށި ސިޓީއާއި ގދ. މާވަރުލު އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފިއެވެ. އެ ކުންފުނީގެ ޑިރެކްޓަރ ސައުދުﷲ އަޙުމަދު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެކުންފުނިން ހިންގަމުން އަންނަ 3 އެއާޕޯޓެއްގައި ފްލައިޓް ނެވިގޭޝަން ލައިޓް ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. ނެވިގޭޝަލް ލައިޓް ހަރުކުރުމަކީ ރޭގަނޑު ދަތުރުތައް ކުރުމަށް ކުރާ ކަމެކެވެ. މިއީ ކޮންމެ އެއާޕ...

އަޙްމަދު ވަހީދު