މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1299 ވަނަ ޞަފްޙާ

އެއް ޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތުވާ މީހުން ދޫކޮށްލަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި

އެއް ޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތުވާ މީހުން ދޫކޮށްލަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި

އެއް ޖިންސުން ގުޅުން ހިންގި ބައެއްގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެ އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފިއެވެ. އަލަމް ގިރި ނަމަކަށް ކިޔާ ބިދޭސީ އަކާއި އެކު އެއް ޖިންސުން ގުޅުން ހިންގި ބައެއްގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، އޭގެ ފަހުން އެ ނޫން ވެސް ބައެއް މީހުންގެ ވީޑިއޯ އާންމުވެފައިވާއިރު، މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ […]

ޝިއުނާ އާދަމް
ސެންސަރެއް ނެތި ބަދުއަހުލާގީ ކަންކަން ރިޕޯޓު ކުރާތީ އެޑިޓާސް ގިލްޑުގެ ކަންބޮޑުވުން

ސެންސަރެއް ނެތި ބަދުއަހުލާގީ ކަންކަން ރިޕޯޓު ކުރާތީ އެޑިޓާސް ގިލްޑުގެ ކަންބޮޑުވުން

ބަދުއަހުލާގީ ވީޑިއޯތަކާއި، ބައެއް މަރުތަކުގެ ރިޕޯޓުތައް ގެންނައިރު، އެއްވެސް ސެންސަރެއް ނެތި އެކަން ކުރާތީ އެޑިޓަރސް ގިލްޑުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެޑިޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީއަކު ގިނަ ބަޔަކާ އެކު އެއްޖިއްސުން ގުޅުން ހިނގި ކަމަށް ބުނެ ލީކްވެފައިވާ ވީޑިއޯތައް ބައެއް މީޑިއާތަކުން ރިޕޯޓުކުރާއިރު އެ މަންޒަރުތައް ލޮލަށް ސާފުވާހެން ވެސް ބޭނުންކުރަމުން އަންނަ ކަމަށެވެ. އެއްޖިއްސުން ގުޅުން ހިންގުމަކީ މާތްالله ނަކީ ކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށް ވާއިރު އެ ފާހިޝް...

ޝިއުނާ އާދަމް
ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީ ކުރުމުގެކުރިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީ ކުރުމުގެކުރިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ސިޔާސީ ޕާޓީތަކުން މީޙުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކަކީ ސައްހަ ފޯމުތަކެއްތޯ ޔަގީންކުރުމަށް ލިސްޓު އާންމުކޮށްފިއެވެ. އެއް ޕާޓީގައި ހުންނަ މީހާ އަނެއް ޕާޓީއަށް ރަޖިސްޓްރީ ކުރުމާއި، ނޭނގި ޕާޓީތަކުގައި މީހުން ރަޖިސްޓްރީކޮށްފައި ހުންނަ މައްސަލަތައް ފެންމަތިވާވަރު ބޮޑުވެ އެކަން ހައްލުކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ވަނީ އައު އުސޫލުތަކެއް ހަދާފައެވެ. އެގޮތުން މިހާރު ޕާޓީތަކުން ހުށަހަޅާ ފޯމުތައް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން އެ ފޯމުތަކުގެ ލިސްޓު އާންމު...

ޝިއުނާ އާދަމް
ފިލްމީތަރި މަލްގެ މައްޗަށް ޑްރަގްގެ ބޮޑު ދައުވާ ސާބިތެއްނުވި

ފިލްމީތަރި މަލްގެ މައްޗަށް ޑްރަގްގެ ބޮޑު ދައުވާ ސާބިތެއްނުވި

ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް ކުރި މަސްތުވާތަކެތީގެ ބޮޑު ދައުވާ އޭނާގެ މައްޗަށް ސާބިތުނުވެ، ކްރިމިނަލް ކޯޓުގައި މިއަދު އޭނާ ސަލާމަތްވެއްޖެ އެވެ. ކުށް ސާބިތުވި ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު، އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ ފަދަ ބޮޑު ދައުވާ މަލްގެ މައްޗަށް އުފުލީ އޭނާ 2019 ވަނަ އަހަރު މާމިގިއްޔަށް ދިޔައިރު އޭނާގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ. މަލްގެ އިތުރުން އިތުރު އަންހެނަކަށް ވެސް […]

ހުސައިން ހަބީބް
ގައުމީ ބޭންކުން މާއުނގޫދޫއަށް 25 ސޯލާ ބައްތި ހަދިޔާކޮށްފި

ގައުމީ ބޭންކުން މާއުނގޫދޫއަށް 25 ސޯލާ ބައްތި ހަދިޔާކޮށްފި

ގައުމީ ބޭންކް، ބީއެމްއެލް އިން ށ. މާއުނގޫދޫއަށް 25 ސޯލާ ބައްތި ހަދިޔާ ކޮށްފިއެވެ. މާއުނގޫދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފައިވަނީ، ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ‘ބީއެމްއެލް ކޮމިއުނިޓީ ފަންޑު’ ގެ ދަށުންނެވެ. އެ ޕްރޮޖެކްޓު ހިންގާފައި ވަނީ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖުންނެވެ. މި ޕްރޮޖެކްޓަކީ މީގެ ކުރިން މަގުތަކުގައި އަލިކަން ނެތި ރައްޔިތުން ބޮޑެތި ދަތިތަކެއް […]

އަޙްމަދު ވަހީދު
ކޮންޓޭނަރަކުން ދުން އަރާތީ ބެލިއިރު ކެމިކަލް ލީކުވަނީ

ކޮންޓޭނަރަކުން ދުން އަރާތީ ބެލިއިރު ކެމިކަލް ލީކުވަނީ

އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓޭނަރަކުން ކެމިކަލް ލީކުވަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ. މިކަމާއި ގުޅޭގޮތުން އެމްޕީއެލް ސްޕޯކްޕާރސަން ދާނިޝް ނިޒާމް މީޑިޔާތަކަށް މަޢުލޫމާތު ހިއްސާކުރަމުން ބުނީ، މާލެ ކޮމާރޝަލް ހާބަރުގައި ހުރި ކޮންޓެއިނަރެއްގެ ތެރޭގައި ހުރި ކްލީނިންގ އައިޓަމް ތަކެއް ލީކްވެގެން ދުންއަރާތީ އެމްއެންޑީއެފުން އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ކެމިކަލް ރިލޭޓެޑް ހާލަތްތަކުގައި އެކުންފުނީގައި އަމަލުކުރުމުނ...

އަލީ އާދިލް
މަންދޫ އާއި ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

މަންދޫ އާއި ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

އދ. މަންދޫ އާއި އެ އަތޮޅުގެ ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 79 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް […]

އަޙްމަދު ވަހީދު
ހުޅުމާލޭ ޕިއްޒާ ކިޗަން އިން މާލެއަށް ޑެލިވަރީގެ ޚިދުމަތް ފަށައިފި

ހުޅުމާލޭ ޕިއްޒާ ކިޗަން އިން މާލެއަށް ޑެލިވަރީގެ ޚިދުމަތް ފަށައިފި

ހުޅުމާލޭގައި ހުންނަ ޕިއްޒާ ކިޗަން ރެސްޓޯރެންޓުން މާލެއަށް ޕިއްޒާ ޑެލިވަރީގެ ޚިދުމަތް ދޭންފަށައިފިއެވެ. ތަފާތު އެކި ރަހަތަކުގެ ޕިއްޒާ އާއި އެނޫންވެސް މީރު ބުއިންތައް ލިބެން ހުންނަ ޕިއްޒާ ކިޗަން އިން ހުޅުމާލެއާއި މާލެއަށްވެސް ޑެލިވަރީގެ ޚިދުމަތް މިހާރު ފަށާފައިވާކަމަަށް އެ ރެސްޓޯރަންޓުން ބުނެފައިވާއިރު، މިއީ ޒުވާނުންނާއި އާއިލާތަކުގެ މެދުގައި މަޤުބޫލު ޕިއްޒާއެއްކަން އެ ރެސްޓޯރަންޓުން މައުލޫމާތު ދެއްވައެވެ. މާލެއަށް ކުރިން ޑެލިވަރީ ކުރިނަމަވެސް، ކޮވިޑްގެ ހާލަތާއެކު މާލެ ޑެލިވަރީ ކުރުން މެދުކަނޑަލެވ...

ޔުމްނާ ޢަލީ
ހއ. އަތޮޅު ކައުންސިލްގެ ހަރަދުގައި، އެއަތޮޅުގެ ރަށުކައުންސިލްތަކަށް އެޗް.އާރު ސޮފްޓްވެއަރ ގަނެދީފި

ހއ. އަތޮޅު ކައުންސިލްގެ ހަރަދުގައި، އެއަތޮޅުގެ ރަށުކައުންސިލްތަކަށް އެޗް.އާރު ސޮފްޓްވެއަރ ގަނެދީފި

ހއ. އަތޮޅު ކައުންސިލްގެ ހަރަދުގައި، އެއަތޮޅުގެ ރަށުކައުންސިލްތަކަށް ހިއުމަން ރިސޯރސް (އެޗް.އާރު) ސޮފްޓްވެއަރ ގަނެދީފި އެވެ. ހއ. އަތޮޅު ކައުންސިލުން ބުނީ މިއީ، އެ އަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލްތައް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކައުންސިލްތަކުގެ އިދާރީ ގިނަ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީ އެހީގައި ކުރެވޭނެގޮތް ހަމަޖެއްސުމަށް ފަށައިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަމަށެވެ. މި ޕްރޮގްރާމްގެ ތެރެއިން މުޅިން އަލަށް ތަޢާރަފުކުރެވޭ އެޗް.އާރު ސޮފްޓްވެއަރއަށް އަހ...

އިބްރާހިމް އަސްވާޤް
ދިއްދޫގައި ނުގަވާއިދުން ގާ އެޅުމުގެ މަސައްކަތް ކުރަމުން އައި މީހެއް ޖޫރިމަނާކޮށް ކުއްޔަށް ބިމެއް ދީފި

ދިއްދޫގައި ނުގަވާއިދުން ގާ އެޅުމުގެ މަސައްކަތް ކުރަމުން އައި މީހެއް ޖޫރިމަނާކޮށް ކުއްޔަށް ބިމެއް ދީފި

ހއ. ދިއްދޫގައި އެޅިގާ އެޅުމުގެ މަސައްކަތް ކުރުމުގައި އެ މަސައްކަތްކުރާ ބިން ޤަވާޢިދާ ޚިލާފަށް ބޭނުންކުރަމުންދާތީ އެ މަސައްކަތްކުރާ ފަރާތް ޖޫރިމަނާކޮށް، އެފަރާތަށް އެ މަސައްކަތް ކުރުމަށް ބިމެއް ދިނުމަށް ދިއްދޫ ކައުންސިލުން ނިންމައިފިއެވެ. ދިއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 73 ވަނަ ބައްދަލުވުމުން ނިންމާފައި ވަނީ އެ ފަރާތް އެޅިގާ އެޅުމަށް ގަވާއިދާ ޚިލާފަށް ބިން ބޭނުން ކުރަމުންދާތީ 1500 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. މީގެ އިތުރުން އެ ފަރާތުން ގާ އެޅުމުގެ މަސައްކަތަށް ބިމެއް […]

އަލީ އާދިލް
ޖަޕާނުން، ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ހޯދުމަށް މަޝްވަރާކޮށްފި

ޖަޕާނުން، ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ހޯދުމަށް މަޝްވަރާކޮށްފި

ދިވެހި ނޫސްވެރިންނަށް އިތުރު ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގައިހުންނަ ޖަޕާންގެ އެމްބަސީގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގަ އެވެ. މި މަޝްވަރާ ތަކުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝަފާޢު ހަސަން، މެންބަރު އަލީ ހުސައިން، މެންބަރު އިބްރާހިމް ފައުޒީ އަދި ކައުންސިލުގެ ސެކް...

ޔުމްނާ ޢަލީ
ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި

ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި

ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު  ޕޯސްޓްމޯޓަމް މިއަދު ފޮނުވައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު މިއަދު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ފޮނުވީ ކޮން ޤައުމަކަށް ކަމެއް ވިދާޅެއްނުވެއެވެ. ރަޙުމްކުޑަ، އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މި އޯގަސްޓްމަހުގެ 6 ވަނަ ދުވަހުގެ ރެއެވެ. މި ހާދިސާ ހިނގި ކަމުގެ...

އަލީ އާދިލް
އެމްޑީޕީ ކޮންގްރެސް: ބަރުލަމާނީއަށް ބަދަލުކުރަން ނަޝީދުގެ ގަރާރެއް

އެމްޑީޕީ ކޮންގްރެސް: ބަރުލަމާނީއަށް ބަދަލުކުރަން ނަޝީދުގެ ގަރާރެއް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރުމުގެ މަސައްކަތް ހިންގުމަށް، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޤަރާރެއް ހުށަހަޅުއްވައިފި އެވެ. އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒް (ޝިއްޕެ)ގެ ތާއީދާއެކު ނަޝީދު މިއަދު ހުށަހެޅުއްވި މި ޤަރާރުގައި ވިދާޅުވެފައި ވަނީ، ޤާނޫނުއަސާސީގައި ރާއް...

އަލީ އާދިލް
އަތޮޅުތެރޭގެ ކޮންސްޓްރަކްޝަން އެޖެންޓުންނަށް ހާއްސަ ޕެއިންޓެއް އެސްޓީއޯއިން ތައާރަފު ކޮށްފި

އަތޮޅުތެރޭގެ ކޮންސްޓްރަކްޝަން އެޖެންޓުންނަށް ހާއްސަ ޕެއިންޓެއް އެސްޓީއޯއިން ތައާރަފު ކޮށްފި

އަތޮޅު ތެރޭގައި ތިބި އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓުންނަށް ހާއްސަ ޕެއިންޓެއް އެސްޓީއޯއިން މިއަދު ތައާރަފު ކޮށްފިއެވެ. “ނިޕޯން މެޓެކްސް” ރޭންޖުގެ މިޕެއިންޓް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދު އާއި ނިޕޮން ޕެއިންޓް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓްސްގެ ސީނިއާ މެނޭޖަރު ހެންރީ އެންގް އެވެ. މި ޕެއިންޓަކާ ބާޒާރުގައި ލިބެން ހުންނަ އެހެން ޕެއިންޓާ އަޅާ ބަލާއިރު ހެޔޮ އަގުގައި ލިބެން ހުންނަ ޕެއިންޓެކެވެ. އަދި ނިޕޯންގެ މިޕެއިންޓް […]

އަޙްމަދު ވަހީދު
އަޕްގްރޭޑްތަކާއެކު އުރީދޫގެ ކްލަބް ޕްރިމިއާ ލައުންޖް ހުޅުވާލައިފި

އަޕްގްރޭޑްތަކާއެކު އުރީދޫގެ ކްލަބް ޕްރިމިއާ ލައުންޖް ހުޅުވާލައިފި

އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިދުމަތްދެމުން އަންނަ ކްލަބް ޕްރިމިއާ ލައުންޖު، އަޕްގްރޭޑްކޮށް ރަސްމީގޮތުން މިއަދު ހުޅުވައިފިއެވެ. އުރީދޫއިން ކްލަބް ޕްރިމިއާ ޕްރޮގްރާމް ތައާރަފް ކުރުނާއެކު އެ ކުންފުނީގެ ޕްރިމިއާ ކަސްޓަމަރުންނަށް ދޭ ހިުދމަތް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކޮށްފައިވެއެެވެ. އެހެންކަމުން، ކްލަބް ޕްރިމިއާ ލައުންޖަށް އަލަށް ގެނެވުނު އަޕްގްރޭޑާއެކު، އުރީދޫގެ އެ ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއްގައި، ބޭނުންތަކާއި އެއްގޮތައް ހާއްސަކޮށް ފަރުމާކުރެވިފައިވާ ހިދުމަތްތަކ...

އަޙްމަދު ވަހީދު
ފިއްލަދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލު އަޅަން ހަވާލުކޮށްފި

ފިއްލަދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލު އަޅަން ހަވާލުކޮށްފި

ހއ. ފިއްލަދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރަން ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ. އަދި ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނައިހްއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ފިއްލަދޫ ތަމްސީލް...

ޔުމްނާ ޢަލީ
މާދަމާ އެއް މިލިއަން ފަތުރުވެރިން ހަމަވާނެ

މާދަމާ އެއް މިލިއަން ފަތުރުވެރިން ހަމަވާނެ

މިއަހަރު ރާއްޖެއަށް އަންނަ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އުފާވެރި މުނާސަބަތާ ގުޅިގެން މާދަމާ ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާނެއެވެ. ކޮންމެ އަހަރަކުވެސް ރާއްހެއަށް އަންނަ ފުރަތަމަ ފަތުރުވެރިޔާ އަދި އެއް މިލިއަން ފަތުރުވެރިޔާ އަށް ކުލަ ގަދަކޮށް މަރުހަބާ ކިޔައެެވެ. އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދު ވަ...

އަޙްމަދު ވަހީދު
ލޯބިވެރިޔާ ބްލެކްމެއިލްކޮށް، ހުތުރު އަމަލު ހިންގުވަން އުޅުނުކަން ސާބިތެއްނުވި

ލޯބިވެރިޔާ ބްލެކްމެއިލްކޮށް، ހުތުރު އަމަލު ހިންގުވަން އުޅުނުކަން ސާބިތެއްނުވި

ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ކުރީގެ ލޯބިވެރިޔާ ބްލެކްމެއިލްކޮށް އަދި ހުތުރުކަން ބޮޑު އަމަލުތަކެއް ހިންގަން މަޖުބޫރުކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހަކު ކުށް ސާބިތުނުވެ، މިނިވަންވެއްޖެ އެވެ. ސ. މަރަދޫ ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2015 ވަނަ އަހަރު އޭނާގެ ކުރީގެ ލޯބިވެރިޔާގެ ބަރަހަނާ މަންޒަރުތަކެއް ރެކޯޑް ކުރުމަށްފަހު ބްލެކްމެއިލް ކުރި މައްސަލާގަ އެވެ. ދައުލަތުން ބުނާގޮތުން ބްލެކްމެއިލް ކުރުމުގެ ގޮތުން އެ މީހާ ވަނީ ކުރީގެ ލޯބިވެރިޔާއަށް އޭނާގެ ބައްޕައާ އެކު ޖިންސީ […...

ހުސައިން ހަބީބް