ސޯޅަ މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިގެން ސިފައިން އެހީތެރިވަމުން އެބަދެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ފަރަށް އެރި މުދާ އުފުލާ ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ބޯޓަކީ 16 މީހުންނާއެކު ފުރައިގެން މާލެއިން އައްޑޫއަށް ދަތުރުކުރަމުންދިޔަ “ނިއުލައިން” ކިޔާ މުދާ އުފުލާ ބޯޓެކެވެ. މި ބޯޓު އުރިފައި ވަނީ ލ.މާމެންދޫގެ އުތުރު ފަރާތު ފަރަށެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއަށ...
ޔުމްނާ ޢަލީ
މިސުވާލަކީ ވަރަށް ގިނަ މުލްޙިދުން (އެތީސްޓުން) އުފައްދާ ސުވާލެކެވެ. އަދި މިޒަމާނުގެ ލާދީނީ (ސެކިއުލަރ) އޮއިވަރުތަކުގައި ޖެހިފައިވާ މީހުންވެސް މިސުވާލު އުފައްދައެވެ. އަދި މިފަދަ ލާދީނީ މީހުން އުފައްދާ ޝުބުހަ ތަކުގެ ސަބަބުން ރަނގަޅަށް އުޅޭ، ދީނަށް ލޯބި ކުރާ ﷲ އަށް އީމާންވާ ބައެއް މުސްލިމުންގެ ހިތުގައި ވެސް ޝައިޠާނާ މިސުވާލުގެ އޮށް އިންދައި، މީހާ ދީނާ މެދު ޝައްކު ކުރުވުމަށް މަސައްކަތް ކުރެއެވެ. އެހެނަސް ޙަޤީޤަތުގައި ހުޅުވާލެވިފައިވާ ސިކުނޑިއަކުން ވިސްނައި ފިކުރު ކޮށްފި މީހަކަށް […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
މާލޭ ގެއެއްގައި އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަަންފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ، މާލޭ ގެއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ. ފުލުހުންވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަންފެށިއިރު، މި ހަފްތާތެރޭގައި ވަނީ މާލޭ ގެއެއްގައި ވަރަށް އަ...
ޔުމްނާ ޢަލީ
ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ރޭޑިއޮގްރަފީ ކޯހާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މާދަމާ ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފިއެވެ. މާދަމާ ބާއްވާ މި ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ސެޝަން ކުރިއަށްދާނީ އަފީފުއްދީން ސްކޫލްގައި ހަވީރު 4:00 އިން 6:00 އަށެވެ. އެސްޓީއޯއިން ވަނީ މި ކޯހުގެ މައުލޫމާތު ސެޝަނެއް އެ ކުންފުނީގެ ޓްރޭޑް ސެންޓަރުގައާއި އޮންލައިން ކޮށްވެސް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް […]
އަޙްމަދު ވަހީދު
ރާއްޖޭގައި ޖެހިލުމެއްނެތި ބޮޑެތި ކުށްތަކަށް އަރައިގަތުން އާންމުވެފައިވާއިރު، އެކަން ހުއްޓުވައި މުޖުތަމައު އަމާންކުރުމަށް އޮތް ހައްލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝިޔާމް މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރާއްޖޭގައި މިފަހުން ވަނީ ސިހުން ގެނުވި ބޮޑު ދެ މައްސަލައެއް ފެންމަތިވެފައެވެ. އެއް މައްސަލައަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަ...
އަލީ އާދިލް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ހުންނަ ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފްސީއެސްސީ)އަށް ޒިޔާރަތްކޮށް އެ ސެންޓަރަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި އެ ކައުންސިލްގެ ފަރާތުން އިއްޔެ ވަނީ ހދ. ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރ އަށް ޒިޔާރަތްކޮށް އެތަނުގެ މުވައްޒަފުންނާއި ބައްދަލުކޮށްފައެވެ. މި ޒިޔާރަތުގައި އެ ސެންޓަރުގެ މަސައްކަތްތައް ކުރިއަށްދާގޮތާއި، ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި އަދި ހިދ...
ޔުމްނާ ޢަލީ
އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން “ޕެކެޓަކަށް ތައްޓެއް” ގެ ނަމުގައި އެ ކުންފުނީގެ “ބެކް ޓު ސްކޫލް” ޕްރޮމޯޝަންގެ ތެރެއިން ޕްރޮމޯޝަނެއް ފަށައިފިއެވެ. އެ ކުންފުނިން ބުނީ މިއީ ޑެވަންޑޭލް ކިރަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަން ގައި އެސްޓީއޯއިން ވިއްކާ ޑެވަންޑޭލް ހިކި ކިރު ޕެކެޓެއް ނުވަތަ އެއް ލީޓަރުގެ ފުލް ކްރީމް ކިރު ޕެކެޓަށް ގަތުމުން ހިލޭ ތައްޓެއް ލިބޭނެއެވެ. އެސްޓީއޯ އިން ބުނީ ‘ބެކް ޓު ސޫކޫލް ޕްރޮމޯޝަން’ […]
އަޙްމަދު ވަހީދު
އޯލެވެލް އިމްތިޙާނު ނިންމާލުމަށްފަހު މަތީ ތަޢުލީމު ފެށުމަށް ތައްޔާރުވުމުގައި ޚިޔާރުކުރަންވީ ކޮން ދާއިރާއެއްތޯ ވިސްނަނީ އަޅުގަޑުމެންގެތެރެއިން ކިތައް ކުދިންތޯއެވެ؟ މިކަމާ ގުޅޭގޮތުން މަޢުލޫމާތު އެނގެނީ ކިހާވަރަކަށްތޯއެވެ؟ ދަރިވަރުންގެ ކުރިމަގު ބައްޓަންކުރުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މެޕްސް ކޮލެޖުން ކެރިއަރ ގައިޑެންސް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ތައްޔާރުވެފައެވެ. އޯލެވެލް ނިންމާ ދަރިވަރުން އެދަރިވަރަކު ކުރިޔަށްދާން ބޭނުންވާ ދާއިރާ ޚިޔާރުކުރުމުގައި ވިސްނުން ބަހައްޓަންވީ...
އިބްރާހިމް އަސްވާޤް
މި މަހުގެ ފަހުކޮޅު ވަޓްސް އެޕްއަށް ތައާރަފް ކުރަން ނިންމާފައިވާ ޕްރައިވެސީ ފީޗާސްތައް އިޢުލާންކޮށްފި އެވެ. މިއަދު އިޢުލާންކުރި މުހިންމު ބައެއް ޕްރައިވެސީ ފީޗާސްތަކުގެ ތެރޭގައި ދާދި ފަހުން ބީޓާގައި ޓެސްޓުކުރި އޮންލައިން ސްޓޭޓަސް ބްލޮކިން އޮޕްޝަން ވެސް ހިމެނެއެވެ. އާ “އޮންލައިން ޕްރެޒެންސް ކޮންޓްރޯލް” ފީޗާގެ ސަބަބުން އޮފްލައިން ކަމަށް ފެންނަ ގޮތަށް މެސެޖުތައް ފޮނުވޭނެ އެވެ. އެއީ ވަކި ކޮންޓެކްޓްތަކުން “އެންމެ ފަހުން ފެނުނު” ސްޓޭޓަސް ފޮރުވުމުގެ ގާބިލްކަމަށް ވުރެ އިތުރު ޕްރައިވެސީއެއް ލިބިގެންދާ […]
މުޙައްމަދު ވަސީމް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ލޮލުގެ ޑޮކްޓަރުގެ ޚިދުމަތް އަލުން މިއަދު ފަށައިފިއެވެ. އެ ހޮސްޕިޓަލުން ދެމުންދިޔަ ލޮލުގެ ޑަކްޓަރުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކެނޑުނީ އެ ހޮސްޕިޓަލްގެ ލޮލުގެ ޑިޕާރޓްމެންޓްގައި މަސައްކަތް ކުރައްވަމުން ގެންދެވި އެއް ޑަކްޓަރު ހޮސްޕިޓަލާއި ވަކިވެފައިވަނިކޮށް، ދެން ހުންނެވި ޑަކްޓަރު އެމަރޖެންސީ ކަމެއްގައި ޗުއްޓީ ނަންގަވަން ޖެހުމުންނެވެ. ކޭއާރުއެޗުން މިއަދު ވިދާޅުވީ، ލޮލުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލުމަށްފަހު، މިއަދު އަލުން އޯ.ޕީ.ޑީ ފ...
ޔުމްނާ ޢަލީ
ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކުރަން ނިންމައިފި ށ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ހިންގައި ޚިދުމަތްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރަން ފުނަދޫ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ މިއަދު ކުރިއަށް ދިޔަ ކައުންސިލް ބައްދަލުވުމުގައެވެ. މި ނިންމުން ނިންމުމުގެ ކުރިން އެ ކައުންސިލް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ މަޝްވަރާ ހޯދާފައެވެ. އަދި އެ ބައްދަލުވުމުގައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދ...
ޙުސައިން ޝަހުދީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ހުނަރުވެރި، ފަންނީ މީހުން ބިނާކުރުމުގެ އެއްބަސްވުމެއްގައި ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ. މިއަދު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީއެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ. މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ފަންނީ މުވައްޒަފުން ބިނާކުރުމަށް ދޭ 7 ސްކޮލާޝިޕެއް މެނޭޖްކުރުމުގެ މަސައްކަތް ކުރާނީ މި...
އަޙްމަދު ވަހީދު
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގެ ދަރަނި ދެއްކުމަށްޓަކައި ކަމަށް އެމަނިކުފާނުގެ ކުރީގެ އަރިސް ބޭފުޅެއް ކަމަށްވާ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީނާ ދެކޮޅަށް ނާޒިމް ހެކިބަސް ދިނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ޔާމީނާ އޮތް ގުޅުން ސާބިތުކޮށް ދިނުމަށްޓަކައި ދައުލަތުގެ ހެކިވެރިއެއްގެ ގޮތުން ހުށަހެޅުމުންނެވެ....
ހުސައިން ހަބީބް
ކޯވިޑް-19 ބަލިން ދިފާއުވުމަށްޖަހާ ވެކްސިން އެމެރިކާ އިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ. އެމެރިކާއިން ހަދިޔާކޮށްފައި ވަނީ 99,450 ޑޯޒް ވެކްސިނެވެ. މި ވެކްސިން ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ ހެލްތު މިނިސްޓްރީގެ އޮތް ރަސްމިއްޔާތެއްގައެވެ. އެމެރިކާގެ ސަރުކާރުގެ އެހީގައި ހިންގާ ޔޫއެސްއެއިޑްގެ ފަރާތުން ގައުމުތަކަށް ކޯވިޑް ވެކްސިން ފޯރުކޮށްދިނުމަށް އދ. އިން ގާއިމްކޮށްފައިވާ “ކޮވެކްސް” ފެސިލިޓީ މެދުވެރިކޮށް ފޯރުކޮށްދިން މި އެހީތެރިކަމުގެ ދަށުން ރާއްޖެއަށް ހަދިޔާކުރި މި ވެކްސިންގެ ތެރޭގައ...
ޔުމްނާ ޢަލީ
ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް މައްސަލަތައް ބަލައި އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް އަތޮޅު ފެންވަރުގައި ގާއިމްކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލް.އާރް.އޭ) ގޮތްޕެއް ނޫނު އަތޮޅުގައި ހުޅުވުމަށް ނިންމައިފި އެވެ. އެލް.އާރް.އޭ ގޮތްޕެއް އެއަތޮޅުގައި ގާއިމްކޮށް އެއޮތޯރިޓީ މުވައްޒަފުން އެއަތޮޅުގައި ބައިތިއްބާ ހިދުމަތް ދިނުމުގެ މަސައްކަތް ކުރުަމަށް ނ އަތޮޅު ކައުންސިލުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ. އެކައުންސިލްގެ އިދާރާގައި އިއްޔެ ބ...
މުޙައްމަދު ވަސީމް
ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޅޭނެ މުހިންމު އިސްލާހީ ފިޔަވަޅުތަކެއްގެ ގޮތުގައި އިންކަމް ޓެކްސް ނަގަން ފަށާ މިންގަނޑު ދަށްކޮށް، އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް މަތިކޮށްގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ވޯލްޑް ބޭންކުން ވެސް ރާއްޖެއަށް ލަފާ ދީފި އެވެ. ވޯލްޑް ބޭންކުން މިގޮތައް ލަފާ ދީފައިވަނީ، މިއަދު ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައެވެ. ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރ...
އަލީ އާދިލް
މާބަނޑުވުމަކީ ފެންނަފެނުމަށް ވަރަށް ފަސޭހަ ކަމެއްކަމަށް ހީވެފައިވީ ނަމަވެސް އެއީ އެކިއެކި ތަފާތު އެތަށް ކަމަކަށް ބަރޯސާވާކަމެކެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކަށް އެތަކެއް ގޮންޖެހުމަކާއި ކުރިމަތިލާންޖެހޭ އެތަކެއް ތަކުލީފުތަކެއްވެސް ތަހަންމަލުކުރަންޖެހޭ ކަމަކަށް މިވަނީ ވެފައެވެ. އާދެ، ބައެއް އަންހެނުންނަށް މާބަޑުވުން ﷲގެ ރަޙްމަތުން ފަސޭހަކަމަކަށްވެފައިވާއިރު، އަނެއްބައި އަންހެނުންނަށް އުނދަގޫކަމަކަށް ވަނީ ކީއްވެބާއެވެ؟ އިންސާނާގެ ހަށިގަނޑުގެ ސައިންސްތަކުން ދައްކާގޮތުގައި، މާބަނޑުވުމަ...
އަންޖުމް އިސްމާޢީލް މުޙައްމަދް
ޕާކިސްތާނު ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރެއް ކަމުގައިވާ “ޕީއެންއެސް އާލަމްގީރް” އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަނުމުން އެގަމުގެ ސިފައިން ނިކުމެ ފައްސާލައިފި އެވެ. ގުޖުރާތުގެ ސަރަހައްދުން އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އާލަމްގީރް ވަދެފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ނަމަވެސް ސިފައިންގެ އިސްވެރިންނާއި ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި މިކަން ރިޕޯޓްކުރަން ފަށާފައިވަނީ އިއްޔެ އެވެ. އާލަމްގީރް އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ ދުވާލުގެ ވަގުތެއްގައެވެ. އިންޑިއާ ސިފައިންނަށް އ...
ޔުމްނާ ޢަލީ