ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ޝިއާއުގެ މަރާއި ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާއުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. މި ބައްދަލު...
މުޙައްމަދު ވަސީމް
ހ. ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ރޭ ހިނގާދިޔަ މި ރަޙްމުކުޑަ ޢަމަލާއި ގުޅިގެން މައުލޫމާތު ހާމަކުރުމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެން...
އަލީ އާދިލް
އދ. ދަނގެތީގައި މަރާލި މަހްމޫދު އަބޫބަކުރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ޝާހް އަލޮމް މިއާ (ސާލިމް) ގެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ފައިސާގެ ބޭނުމުގައި މަހްމޫދު މަރާލި މައްސަލާގައި ސާލިމް މެރުމަށް ހުކުމްކުރި މައްސަލަ ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެއީ ސާލިމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ނުކުރުމުން ގާނޫނުގައިވާ ގޮތުގެ މަތިން، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ. އެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް […]
ހުސައިން ހަބީބް
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ހުށަހެޅި ހެއްކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. މަސްތުވާތަކެތި ވިޔަފާރިކުރުމާއި ޑްރަގް ވިޔަފާރިން ލިބުނު ފައިސާ ގެންގުޅުނު ކަމަށް ބުނެ ޕެސްޓާއި އިތުރު ބަޔަކު ބަންދުކޮށް، އެ މީހުންގެ މައްޗަށް ކުރާ ދައުވާގައި ޕެސްޓާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތަކެކެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައިވ...
ހުސައިން ހަބީބް
ޅ. ފެލިވަރު ބިންހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްގޮސްފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިވަގުތު ކުރެވެމުންދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކައި، 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ...
އަޙްމަދު ވަހީދު
ޔޯގާ ހަމަނުޖެހުމާގުޅިގެން ފުލުހުންގެ ބަންދުގައި ހުންނެވި ޝައިހް އާދަމް ނިޝާން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން މިއަދު ޝައިހް އާދަމް ނިޝާން ދޫކޮށްލީ ޝަރުތުތަކަކާއެކު އެވެ. ޝައިޚް ނިޝާން ދޫކޮށްލީ ތިން ޝަރުތެއް ކުރުމަށް ފަހު އެވެ. އެއީ ފޯނު ނަންބަރާއި އެޑްރެސް ކޯޓަށް އެންގުމަށާއި ފުރައިގެން ދާން ޖެހިއްޖެނަމަ ލިޔުމުން އެކަން އެންގުން އަދި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށެވެ. މީގެ ކުރިން ސައިޚް ނިޝާންގެ ބަންދުގެ މައްސަލަ […]
އަލީ އާދިލް
މި ހަފްތާ ތެރޭގައި ލޮލުގެ ޑޮކްޓަރުގެ ޚިދުމަތް އަލުން ފެށޭނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުން މި ވަގުތު ލޮލުގެ ޑަކްޓަރުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކެނޑިފައި ވަނީ، އެ ހޮސްޕިޓަލްގެ ލޮލުގެ ޑިޕާރޓްމެންޓްގައި މަސައްކަތް ކުރައްވަމުން ގެންދެވި އެއް ޑަކްޓަރު ހޮސްޕިޓަލާއި ވަކިވެފައިވަނިކޮށް، ދެން ހުންނެވި ޑަކްޓަރު އެމަރޖެންސީ ކަމެއްގައި ޗުއްޓީ ނަންގަވަން ޖެހުމުން ކަމަށެވެ. އެހެންވެ އެކަން އެންމެހާ ކަސްޓަމަރުނ...
ޔުމްނާ ޢަލީ
ދަރިވަރުންނާ މުއާމަލާތްކުރާ މީހުންދެނެގަނެ، ގެއްލުމެއް ކުރިމަތިވިޔަ ނުދިނުމަށް ސަމާލުވާންޖެހޭކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން މިނިސްޓަރު ޑރ.އައިޝަތު ޢަލީ ދެއްވި ޚިތާބުގައި ވިދާޅުވީ، އައު އަހަރެއްގެ ކިޔެވުން ފެށިގެންދާއިރު ލިބޭ އެންމެ ބޮޑު އުފަލަކީ ކޯވިޑްގެ ބަލިމަޑުކަމުން އާންމު ހާލަތަކަށް ބަދަލުވެ، ކިޔަވައިދިނިމުގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ހެޔޮ ނަސީބު ލިބިފައިވުން ކަމަށެވެ. ދީނީ، އަދަބީ އަދި އިޖުތިމާއީ ހަރ...
ޔުމްނާ ޢަލީ
ސަރުކާރުން މަސައްކަތް ކުރައްވަމުން ދަނީ ދަރިވަރުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިރާސީ އަހަރެއް ފެށޭ ދުވަހަކީ، ކުރިއެރުމާއި ތަރައްޤީގެ ވިސްނުމުގައި ދުވަސް ގުނާ ބަޔަކާ، އަހަރެއްގެ ތެރޭގައި ބައްދަލުކުރާނެ އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ. މިއަދު ދަރި...
ޔުމްނާ ޢަލީ
އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މާތް، މަތިވެރި ޝަޚުޞިއްޔަތަކީ މިޒަމާނުގެ ކާފަރުންނާއި، ލާދީނީ-ސެކިއުލާ އޮއިވަރުތަކުގެހަމަލާތައް އެއްމެ ބޮޑަށް އަމާޒުވެފައިވާ އެއް އަމާޒެވެ. އެހެންކަމުން މިބައިމީހުންގެ މިނުބައި ރޭވުމުން އަހަރެމެންގެ ޅަދަރިން ސަލާމަތްކޮށް، އެކުދިންނަކީ އެކަލޭގެފާނަށް އީމާންވާ އަދި އެކަލޭގެފާނު ދެކެ ލޯބިވާ އަދި އެކަލޭގެފާނަކީ ނަމޫނާއެއް ކަމުގައި ބަލާނެ ކުދިބަޔަކު ކަމުގައި ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން އެބަ ޖެހެއެވެ. އެގޮތުން ދަރިންގެ ހި...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އައު ސީޒަންގައި ޗެލްސީ އިން ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފިއެވެ. އެވަޓަންގެ ގޫޑިސަން ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗް ޗެލްސީއިން ކާމިޔާބްކުރީ 1-0 ގެ ނަތީޖާއިންނެވެ. މެޗްގައި ފެނުނު ހަމަ އެކަނި ގޯލް ޖަހާފައިވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އެވެ. މެޗްގައި ގިނަވަގުތު ބޯޅަ ގެން ގުޅެ މޮޅަށް ކުޅުނު ޗެލްސީ އިން މި މެޗްގައި ގޯލާ އަމާޒުކޮށް ވަނީ 7 ހަމަލާއެއް ފޮނުވައިލާފައެވެ. އެވަޓަންއަށް ޗެލްސީގެ ގޯލާ […]
އަލީ ރިޔާޟް
ފްރާންސްލީގުގައި ހޮނިހިރުދުވަުުގެރޭ ކުޅުނު މެޗު ޕީއެސްޖީ ފަސޭހަކަމާއެކު ކާމިޔާބް ކޮށްފިއެވެ. ކުލެމޮންޓް ފޫޓް އާއި ބައްދަލުކޮށް ޕީއެސްޖީ މޮޅުވީ 5-0 ގެ ނަތީޖާއިންނެވެ. ކުލެމޮންޓް ފޫޓް ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްޖީއިން ވަނީ 13 ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވައިލާފައެވެ. ކުލެމޮންޓް ފޫޓް އަށް ޕީއެސްޖީ ގޯލާ އަމާޒްކޮށް ފޮނުވައިލެވުނީ އެންމެ ހަމަލާއެކެވެ. މި މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލް 9 ވަނަ މިމެޓްގައި ނޭމާ ޖަހއިދިނީ މެސީގެ އެހީތެރިކަމާއެކުގައެވެ. ދެވަނަ ގޯލް ނޭމާގެ އެހީތެރިކަމާއެކު މެޗްގެ...
އަލީ ރިޔާޟް
މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ މިކަން ވަނީ މިޑިޔާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުން ހައްޔަރުކޮށްފައިވަނީ ޒުވާން ދިވެހި ފިރިހެނެކެވެ. މަރާލާފައި އޮއްވާ ފެނިފަ...
އަލީ އާދިލް
އިނގިރޭސި ޕްރިމިއާ ލީގުގެ އައު (2022/23) ސީޒަންގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެއެވެ. މިރޭ ފުލަމްގެ ދަނޑުގައި ލިވަޕޫލާއި ފުލަމް ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. ހީކުރެވުނު ގޮތާއި ޚިލާފަށް މެޗުގައި ދެ ފަހަރު ވެސް ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ފުލަމުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި ލިވަޕޫލްގެ އޭރިއާތެރެއަށް ފުލަމްގެ ކެނީ ޓެޓޭ ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ […]
އިބްރާހިމް ޚަލީލް
މައްކާގެ ހެޔޮ އެދޭ ފަރާތަކުން ކޮއްކޮމެން ޕްރީ ސްކޫލްގެ ހުރިހާ ޓީޗަރުންނަށް ޢުމްރާގެ ދަތުރެއް ދެއްވައިފިއެވެ. އެސުކޫލުން ބުނީ މި ދަތުރުގައި ޢުމްރާ ކުރުމުގެ އިތުރުން ތަރުބަވީ ޕްރޮގްރާމެއްގައި ބައިވެރިވުމާއި މަސްޖިދުއްނަބަވީ އަށް ޒިޔާރަތްކުރުމާއި އިސްލާމީ ތާރީޚާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކުރުން ހިމެނޭކަމަށެވެ. މީގެ އިތުރުން ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ދެ ޙަރަމްފުޅަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ބައްލައިލުންވެސް ހިމެނިފައިވާނެ ކަމަށް އެސުކޫލުން ބުންޏެވެ. “މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެ...
އަލީ އާދިލް
އުރީދޫ ނޭޝަން އިން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 1 ގައި ބައިވެރިވުމަށް އޮންލައިން ރަޖިސްޓްރޭޝަން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 1 އަކީ 100،000ރ. ގެ ބޮޑު ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ މި ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތެވެ. އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި […]
އަޙްމަދު ވަހީދު
ދިރާސީ އާ އަހަރުގެ ކިޔެވުމަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އެ އެހީތެރިކަން ފޯރުކޮށްދެނީ އެޑިއުކޭޝަން މިނިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ. މި ޓްވީޓާއެކު އެމްޓީސީސީން ހިއްސާ ކޮށްފައިވާ ފޮޓޯތަކުގައި ފެންނަނީ އެ ކުންފުނީގެ މުވައްޒަފުން ފޮތްތައް ފޮށިގަނޑުތަކުގައި ރަނގަޅަށް ބަނދުކޮށް އެ ގެންދިއުމަށް ތައްޔާރު ކުރާ މަންޒަރެވެ. On the request of...
އަޙްމަދު ވަހީދު
ހދ. ކުޅުދުއްފުށި ސިޓީގައި އުޅޭ ބަންގުލަދޭސް ރައްޔިތަކު، ޔުނީފޯމު ފަހައިދޭނެކަމަށް ބުނެ ގިނަބައެއްގެ އަތުން ފައިސާނަގައި ލަނޑު ދީފި އެވެ. މިކަމާއި ގުޅޭ ގޮތުން ފުލުހުން “ތިލަދުން” އަށް ބުނީ މިފަދަ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅިފައިވާ ކަމަށެވެ. މިމައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުންޏެވެ. ޔުނީފޯމު ފަހައިދޭނެކަމަށް ބުނެ ގިނަބައެއްގެ އަތުން ފައިސާ ނަގައި ގިނަބަޔަކަށް ލަނޑުދީފައިވާތީ އެބިދޭސީ މީހާ މަސައްކަތް ކުރާ ތަނަށް ދޭތެރެއަކުން މީހުން އެއްވެ ނުރުހުން ފާޅުކުރަ...
އަލީ އާދިލް