ޔުއެފާ ސުޕަކަޕް ފަސްވަނަ ފަހަރަށް ސްޕެއިންގެ ރިއާލް މެޑްރިޑުން ކާމިޔާބް ކޮށްފިއެވެ. ފިންލެންޑްގެ ހެލްސިންކީ އޮލިމްޕިކް ސްޓޭޑިއަމްގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓްގެ މައްޗަށް ރެއާލް މެޑްރިޑުން ކުރި ހޯދީ 2-0 ގެ ނަތީޖާއިންނެވެ. ރެއާލްގެ މި ކާމިޔާބީއާ އެކު އެޓީމު ވަނީ، ވާދަވެރި ބާސެލޯނާއާ އެއްވަރު ކޮށްފަ އެވެ. މީގެ އިތުރުން މި މުބާރާތް ފަސް ފަހަރަށް ކާމިޔާބު ކޮށްފައިވަނީ އިޓަލީގެ އޭސީ މިލާން އެވެ. މިއީ މި މުބާރާތުގެ އެންމެ […]
އަލީ ރިޔާޟް
ސޯޝަލް މީޑިއާ މެދުވެރިކޮށް އަހަރެއްހާ ދުވަސް ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ހޯދާފައިވާކަން ހާމަކޮށް އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީތަކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކަމުންދާތީ ފުލުހުން ނެރުނު ބަޔާނުގައި ބުނީ 2021 ވަނަ އަހަރުން ފެށިގެން 2022ގެ މިހާތަނަށް ހިންގާފައިވާ މިފަދަ މުއާމަލާތްތަކާ ގުޅޭ 10 މައްސަލައެއް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހަޅާފ...
ޝިއުނާ އާދަމް
ލޮނުމެދަކީ އާންމުގޮތެއްގައިވެސް ބަދިގެތެރެއިން ފެންނަ، ކެއުމުގެ ވައްތަރުތަކަށް ތަފާތު އިތުރު ރަހައެއް ގެނުވައިދޭ ބާވަތެކެވެ. އެތަކެއް ފައިދާއެއް ލިބިގެންދިޔުމުގެ ސަބަބުން ލޮނުމެދުގެ ތެޔޮ ގުޅައަކީވެސް މީހުން ބޭނުންކުރަމުން އަންނަ އެއްޗެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، ލޮނުމެދާއި ގުޅޭ އެކިއެކި އަޑުތަކާއި ވާހަކަތަކާއި ލިޔުންތަށް ކިޔާލުމުންވެސް ލޮނުމެދުގެ ފަތާއި ގުޅޭގޮތުން އަޑުއިވި ފެނުނީ ދެތިންބަހެކެވެ. އަޅުގަނޑަށް ލޮނުމެދުގެ ފަތާއި މެދު ޝައުގުވެރިވީ އެއްދުވަހެއްގައި ގެޔަށް ގަނެވުނު ލޮނުމެދެއްގ...
އަންޖުމް އިސްމާޢީލް މުޙައްމަދް
މާލޭގެ ފިހާރަ އަކުން އޫރު މަސް ހިމެނޭ ޕްރޮޑަކްޓެއް ފެނިއްޖެއެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓުގައި ވަނީ ގްރޭވީ މިކްސް ޕެކެޓެކެވެ. އެ ޕެކެޓުގެ އިންގްރީޑިއަންޓްސްގައު އޫރު މަސް އެކުލެވޭކަން ހިމަނާފައިވެއެވެ. އެ ޕޯސްޓުގައިވާގޮތުން އެއީ ރާއްޖޭގެ މަޝްހޫރު ރީޓެއިލް ފިހާރަ ރެޑްވޭވުން ގަތް އެއްޗެއް ކަމަށެވެ. މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ އެ މައްސަލަ ފާހަގަކުރެވި އެ ޕްރޮޑަކްޓް ނުވިއްކަން އަންގައިފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު މިހާރު އިސްލާމިކް މިނިސްޓްރީއާ ވެސް ހިއްސާކޮށްފައ...
ޝިއުނާ އާދަމް
ދަރިވަރުންނަށް ދޫކޮށްފައިވާ ފޮތްތަކުގެ ތެރެއިން ދީނާ ހިލާފު ވާހަކަ ހިމެނާފައި ވަނީ ކުރީގެ ޗާޕެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ދީނާ ހިލާފު ވާހަކަތަކެއް ހުރި ކަމަށް ފާހަގަވެފައި ވަނީ ގްރޭޑް 8ގެ ދަރިވަރުންގެ އިނގިރޭސި ފޮތްތަކުގައެވެ. އެކަމާ ގުޅިގެން މިނިސްްޓްރީން ބުނީ މައްސަލަ ހުރި ޗާޕަކީ 2014 ވަނަ އަހަރުގެ ޗާޕެއް ކަމަށެވެ. އޭރުވެސް އެ މައްސަލަ ފާހަގަވެ އެކަން އިސްލާހުކޮށްފައިވާ ކަމަށާއި، އައު ޗާޕުގައި އެ މައްސަލަ ނުހުންނާނެ ކަމަށެވެ. މިނިސްޓްރީން ބުނީ މައްސަލަ […]
ޝިއުނާ އާދަމް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބުކުރި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއަށް މަޝްރޫއު އެވޯޑުކޮށް އެ މަޝްރޫގެ 2 ބިލިއަން ރުފިޔާ ކުންފުންޏާ ހަވާލުކޮށްފިއެވެ. މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބެންކާއި ރާއްޖެއާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް ދޫކޮށްފައި ވަނީ އޭގެ ތެރެއިން 137 މިލިއަން ޑޮލަރެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް […]
ޝިއުނާ އާދަމް
އުރީދޫ މޯލްޑިވްސްގެ އާ ލޯގޯ ދައްކާލައިފިއެވެ. އެ ކުންފުނީގެ އާ ލޯގޯ ތައާރަފު ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޚާލިދު ހަސަން އަލް ހަމާދީއެވެ. މި ލޯގޯ އުރީދޫއިން އެންމެ ފުރަތަމަ ދައްކާލާފައިވަނީ ކަނޑު އަޑިންނެވެ. ރާއްޖޭގައި ލޯގޯ ދައްކާލަން އެއަށްވުރެ ރީތި ގޮތެއް ނޯންނާނެ ކަމަށް އިރީދޫއިން ބުނެއެވެ. އުރީދޫއިން އާއްމު ކުރި ވީޑިއޯގައި ފެންނަނީ ޚާލިދު އާއި އިތުރު ބޭފުޅަކު ފީނުމަށް ދާ މަންޒަރެވެ. އޭނާ ފީނުމަށްފަހު އުރީދޫޔެ އާ […]
އަޙްމަދު ވަހީދު
އޮޑިޓަ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އޮޑިޓަ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ އޮފް ކޯޕަރޭޓް ސާވިސަސް، ނިޝްފާ ފިރާޤްއެވެ. މި އިމާރާތަކީ، 40.426,17 އަކަ ފޫޓުގެ ސަރަހައްދެއްގައި 10.718,77 އަކަ ފޫޓުގެ ޖާގަ ލިބޭ ގޮތަށް ތަރައްޤީކުރެވޭ އިމާރާތެކެވެ. ހަ ފ...
އަޙްމަދު ވަހީދު
އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢު މިއަދު ފަށައިފިއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ވިދާޅުވިގޮތުގައި މިއީ އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބިޔަ މަޝްރޫޢުއެވެ. އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކޮށް ފުރިހަމަ ކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމި...
އަލީ އާދިލް
ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 276 މީޓަރުގެ އެއްގަމުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 378 މީޓަރުގެ ބޭރުތޮށި ލުމާއި، 1380 އަކ...
އަޙްމަދު ވަހީދު
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް އަޅަން މިއަދު ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަޝްރޫޢަށް 120،405،400.00 ރުފިޔާ ހޭދަވާއިރު، މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވިގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަނާއެކު އެ މިނިސްޓްރީން މިއަދުވި އެއްބަސްވުމުގެ ދަށުން ދިއްދޫގައި 700 އަކަފޫޓު...
ޔުމްނާ ޢަލީ
ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަގްވާމީ ޓްރެވަލް ޓްރޭޑް ޝޯ “ޓީޓީއެމް މޯލްޑިވްސް 2022” ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ. ޓީޓީއެމް މޯލްޑިވްސްގެ އެ ހަރަކާތް އިންތިޒާމުކުރާ އޯކާ މީޑިއާ ގްރޫޕުން ބުނީ، އެ ހަރަކާތުގެ ބައިވެރިން “އެކްސްކްލޫސިވް” ކޮށް ޓީޓީއެމް ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ރަޖިސްޓްރީ ކުރާ އެގްޒިބިޓަރުންނަށް “ކަނެކްޓް” ސޮފްޓުވެއާ މެދުވެރިކޮށް، ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް، ވިޔަފާރީގެ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުންޏެ...
އަޙްމަދު ވަހީދު
އިސްލާމްދީނާއި މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގެ ދައުވާލިބޭ ރުސްތުމް މުޖްތަބާގެ މައްޗަށް ތިން ދުވަސް ތެރޭގައި އަދަބު ކަނޑައަޅައި، ހުކުމް އިއްވަން ހަމަޖައްސައިފި އެވެ. ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލާގައި 2020 ވަނަ އަހަރު ރުސްތުމް ހައްޔަރުކޮށް، އޭނާގެ މައްޗަށް ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެއް ކުރެ އެވެ. އެ ދައުވާތަކަށް އޭނާ ކުރިން ވެސް ވަނީ އެއްބަސްވެފަ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި […]
ހުސައިން ހަބީބް
ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާ ގާތް ވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި ކި މަޝަރޫއުގެ 95 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ އެއްގަމުތޮށި ލުމާއި، 284 މީޓަރުގެ ބޭރުތޮށި ލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. […]
އަޙްމަދު ވަހީދު
ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، “މިސްޓަރ މޯލްޑިވްސް 2022 “ގައި ބައިވެރިވުމުގެ ފުރުސަތު، ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މުޅިރާއްޖެއަށް ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމާފައި ވަނީ އަންނަ ޑިިސެމްބަރ މަހުގެ 2 ވަނަ ދުވަހުއެވެ. އެ ޖަމިއްޔާއިން ބުނީ މި މުބާރާތުގައި ބައިވެރި ވެވޭނީ ދިވެހިފަރުދުންނަށް ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅިރާއްޖެއަށް ހުޅުވާލާފައިވާއިރު މުބާރާތުގައި ހަ...
ޔުމްނާ ޢަލީ
އެމެރިކާގެ ވޮޝިންޓަން ޑީސީ ގައި ހުންނަ އެ ގައުމުގެ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ “އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް” ގައި ހިމެނުމުގެ ޝަރަފު, ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް އަރުވައިފިއެވެ. އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ރަންވަނަތައް ހޯދައި، މަތީ ފެންވަރުގައި ދަސްވެނިވުމަށްފަހު އަސްކަރިއްޔާތަކުގެ ޗީފުންގެ މަޤާމަށް ޢައްޔަނުކުރެވޭ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ މިފަދަ އިސް މަޤާމުތަކާއި، އިންޓަރނޭޝަނަލް އޯ...
ޔުމްނާ ޢަލީ
ފަސިންޖަރުންނާއި، ކްރޫންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން ތަހުގީގުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ދީފިއެވެ. ދަތުރުކުރަމުންދިޔަ މޯލްޑިވިއަންގެ ސީޕްލޭނެއްގެ ވާތްފަޅީގެ އިންޖީނު ފްލައިޓުގެ ކެޕްޓަން ނިވާލާ މަންޒުކަމަށްބުނާ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެފައި ވަނިކޮށް އައިއޭއެސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގ...
އަލީ އާދިލް
މެލޭޝިޔާގެ ޔޫ.ސީ.އެސް.އައި ޔުނިވާސިޓީއިން މަތީތައުލީމު ޙާސިލްކުރުމަށް 21 ސްކޮލާޝިޕްގެ ފުރުސަތު، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންއިން ހުޅުވާލައިފި އެވެ. ހަޔާ އެޑިޔުކޭޝަނުން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައިވާގޮތުން މެލޭޝިޔާގެ ޔޫ.ސީ.އެސް.އައި ޔުނިވާސިޓީއިން ތިން ގިންތިއަކުން 21 ފުރުސަތެއް ވަނީ ހުޅުވާލާފައެވެ. އެއީ ޕީ.އެޗް.ޑީއަށް ކިޔެވުމުގެ ދެ ފުރުސަތަކާއި، މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ 13 ފުރުސަތަކާއި އަދި ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ 6 ފުރުސަތެކެވެ. މި ފުރުސަތުތަކަށް ކުރިމަތިލާއިރު ހަމަވާން...
މުޙައްމަދު ވަސީމް