ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމަށް ށ. އަތޮޅުގައި ފެށި ދަތުރުތައް ކުރިއަށް ދާއިރު ފުރަތަމަ ހަތަރު ދުވަހު 646 މީހުން ދަތުރުކޮށްފައިވާ ކަމަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ. އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފެށީ ނިމުނު އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން ވިދާޅުވީ، އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފަށައިގެން ޝެޑިއުލ...
މުޙައްމަދު ވަސީމް
އެމްއެންޑީއެފުން ހދ. ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުން އެރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި މަހުގެ 1 ވަނަ ދުވަހާއި 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ނޮޅިވަރަންފަރު ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ 62 ދަރިވަރުންނާއި އެ ރަށުގެ 70 އަންހެން ބޭކަނބަލުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގައި ވަނީ އަލިފާންނިވި އަދި އަލިފާން ބްލޭންކެޓު ބޭނުން...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް 1444 ނިންމާލައި، އެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. ހދ. އަތޮޅު ކައުންސިލުން ބާއްވާ އަތޮޅު ޤުރްއާން މުބާރާތުގައި ނޮޅިވަރަމް ތަމްސީލްކުރާނެ ދަރިވަރުން ހޮވުމަށް ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި ވަނީ މިއަދުއެވެ. ނޮޅިވަރަމް ކައުންސިލް މެންބަރު އަދި މީޑިއާ އޮޕިޝަލް މުޙައްމަދު މުސްތަފާ ”ތިލަދުން” އަށް ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދިޔައީ ތިން ގޮތްޕަކަށް ބަހާލައިގެން ކަމަށެވެ. އެ ގޮފިތަކަކީ، ބަލައިގެން ކިޔުމުގެ ގޮތްޕާއި، ނުބަލާ ކިޔުމުގެ […]
ޔުމްނާ ޢަލީ
ނ. ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ރަށްތަކަށް ދަތުރު ކުރި ބޯޓެއް އަޑިއަށް ދިއުމާ ގުޅިގެން އޭގައި ހުރި ކާޑުގެ ބާވަތްތަކަށް ގެއްލުންވުމުންނެވެ. މުދާ ހިފައިގެން ދިޔަ ބޯޓު އަޑިއަށްގޮސް އޭގައި ހުރި ގިނަ އަދަދެއްގެ މުދާ ވަނީ އޮޔާ ގޮސްފައެވެ. މި ހާދިސާއާ ގުޅިގެން ލަންދޫ އާއި މާޅެންދޫ ކައުންސިލުން ވަނީ އެ ރަށްތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭން ފަށާފައެވެ. އެސްޓީއޯއިން […]
އަޙްމަދު ވަހީދު
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “އާދަމް ސަލީމް ކަޕް 2021” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޝީލްޑުން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މުބާރާތުގެ ފައިނަލު މެޗުގައި ޝީލްޑާއި އަހުލީ ބައްދަލު ކޮށްފައިވާއިރު، ޝީލްޑުން ފައިނަލް މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިން އަހުލީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އަހުލީންނެވެ. މި ލަނޑު މެޗުގެ […]
އިބްރާހިމް ޚަލީލް
ކުޑަކުދިންގެ ފިހާރަ “މޫމޫ” މާލޭ ސިޓީގައި ހުޅުވައިފި އެވެ. ކުޑަކުދިންގެ ކުޅޭ ސާމާނާއި ކުޑަކުދިންނަށް ބޭނުންވާ ތަފާތު ވައްތަރުގެ ސާމާނު އެއްތަނަކުން ފޯރުކޮށްދެމުން އައި އޮންލައިން ފިހާރަ “މޫމޫ” ގެ އައުޓްލެޓް އެއް ހުޅުވާފައިމިވަނީ ޗާންދަނީ މަގު ރެޑްބީ ކުރިމަތީ އޮންނަ ގުމްރީ ގޯޅިީގައި އެވެ. އިއްޔެ ހަވީރު އެ ގޯޅީގައި ރޯބޯމޭންގެ ހަރަކާތްތަކާއި އެކު “މޫމޫ” ގެ ފިހާރަ ރަސްމީކޮށް ހުޅުވާފައިވަނީ ކުލަގަދަ ރަސްމިއްޔާތަކާއި އެކު އެވެ. އެސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުޑަކުދިން މި […]
އަލީ އާދިލް
އަޅުގަނޑުމެން ދިވެހިންގެ ސަގާފަތަށް ބަލާއިރު މުރަނގަފަތް އެންމެ ގިނައިން ބޭނުންކުރަނީ ތެލުލައިގެން އެކިއެކި ކާނާއާއި އެކުއެވެ. ނުވަތަ މުރަނގަފަތުގެ ބަތް ކައްކައިގެންނެވެ. ބައެއްމީހުން އެ ފަތުގައި ބިސްގަނޑު އަޅައިގެން ނުވަތަ ބަތާއި ގަރުދިޔަ މޮޑެގެން ކާއިރު އެކީގައި ކައި އުޅެއެވެ. ނަމަވެސް މުރަނގަފަތު ސައި ވެގެން މިދިޔައީ ހަމަގައިމުވެސް އަޅުގަނޑަށް އައު އެއްޗަކަށެވެ. އެހެންކަމުން މުރަނގަފަތު ސަޔާއި ބެހޭގޮތުން ހޯދި ހޯދުންތައް ތިރީގައި ހިއްސާކޮށްލާނަމެވެ. މުރަނގަފަތަކީ ދަގަނޑުގެ މިންވަރު ގިނަ ކަމަށް...
އަންޖުމް އިސްމާޢީލް މުޙައްމަދް
މާލެ ސިޓީ ކައުންސިލުން، މާލެ ސިޓީގައި އިތުރު ޕާކިން ޒޯނެއް ހަދައިފިއެވެ. މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ޕާކިން ޒޯނަކީ، މާލޭގައި މިނީ ބަހުގެ އޮޕަރޭޝަންތައް ހިންގުމަށް މަގުތަކުން ޖާގަ އުފެއްދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ. މި ޕާކިން ޒޯނު ހަދާފައި ވަނީ އަމީނީ މަގު މާފަންނު ދަނޑުތައް ހުންނަ ސަރަހައްދުގައެވެ. އަދި އަލަށް ހެދި މި ޕާކިން ޒޯނުގައި 335 ސައިކަލު ޕާކް ކުރެވޭނެ ޖާގަ […]
އަލީ އާދިލް
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މާދަމާ ހެނދުނު 8:00 އާއި ހަމައަށެވެ. މެޓް އޮފީހުގެ […]
ޙުސައިން ޝަހުދީ
ހދ. އަތޮޅުގެ އިމާމުންނާއި ޚަތީބުންނަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައި، ބައިވެރިވެެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވާފައިއެވެ. މިއީ މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒު، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި ހދ. އަތޮޅު ކައުންސިލްގެ އިދާރާ ގުޅިގެން ބާއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މިރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑޮކްޓަރު އަޙްމަދު ޒާހިރު ޢަލީއެވެ. މި ރަސްމިއްޔާތު...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތު ޤަވާއިދު، ވިޔަ މޮޑިއުލް އަދި ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމަށް އަހުލުވެރި ކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ހއ. އަތޮޅު ދިއްދޫގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރ...
ޔުމްނާ ޢަލީ
މާލޭގައި މިނީ ބަހުގެ ޚިދުމަތް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް އާޒިމް ވިދާޅުވީ ފުރަތަމަ ދެ ހަފްތާގައި ކުރިއަށްދާނީ ޓެސްޓް ދަތުރުތަކެއް ކަމަށެވެ. މި ދަތުރުތަކަށް އެއްވެސް ފީ އެއް ނުނަގާނެ ކަމަަސް އޭނާ ވިދާޅުވިއެވެ. މިއީ އާރުޓީއެލްގެ ހުރިހާ ހިދުމަތެއް ވެސް ދެމުން އަންނަ ގޮތެވެ. މިނީ ބަހުގެ އަގުގެ ގޮތުގައި އެމްޓީސީސީން ކަނޑައަޅާފައިވަނީ 7 ރުފިޔާއެވެ. މާލޭގައި […]
އަޙްމަދު ވަހީދު
ހއ. އިހަވަންދޫގެ ގެއެއްގައި ވަކިން ހަދާފައިވާ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އެތަނަށް ގެއްލުން ވެއްޖެއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ”ތިލަދުން” އަށް ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު އެގާރަ ޖަހާކަށް ހާއިރުކަމަށެވެ. އަދި އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ މެންދުރުފަހު އެކެއްޖަހާކަށް ހާއިރުކަމަށް އޭނާ ވިދާޅުވިއެވެ. މި ހާދިސާގައި ރޯވެފައި ވަނީ، އެރަށު ނަލަ އައްސޭރި ގޭގައި ވަކިން ހަދާފައިވާ ތިން […]
ޙުސައިން ޝަހުދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑު އިއްޔެ އެކުލަވައިލައްވައިފިއެވެ. އެ ބޯޑު އެކުލަވައިލައްވައި ރައީސް ވަނީ އެ ބޯޑަށް ހަ މެންބަރަކު ވެސް އިއްޔެ ޢައްޔަންކުރަށްވާފައެވެ. މި ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ މުޙައްމަދު ސާމިޢު އެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑަށް ރައީސް އިއްޔެ ޢައްޔަނުކުރައްވާފައިވާ މެންބަރުންނަކީ، 1. މުޙައްމަދު ސާމިޢު (އެމްޓޭޝަންގެ، ރ.މަޑުއްވަރި) 2. ޑޮކްޓަރ ޙ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް އެންމެ ފަހުން ކުޅުނު ތިން މެޗު ކާމިޔާބުކޮށްފިއެވެ. ރޭ ލެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑުންނެވެ. މި ސީޒަންގެ ލީގުގައި ފުރަތަމަ ޔުނައިޓެޑް ކުޅުނު ދެ މެޗުން ބަލިވުމާއިއެކު ކޯޗަށާއި ކުޅުންތެރިންނަށް ވަނީ ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ތިން މެޗު އެ ޓީމް ކާމިޔާބުކުރުމާއި […]
އިބްރާހިމް ޚަލީލް
ބިދޭސީ މަސައްކަތްތެރިންގެ އާންމު ސިއްހަތާއި ބެހޭ ކަންކަން އަދި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް، ހ. ދ އަތޮޅުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް 22 ފަރާތަކުން ފުރިހަމަކޮށްފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާާޅުވީ، ‘ޓްރެއިނިންގ ފޮރ ހެލްތު ވޯރކާސް އިން މައިގްރެންޓް ހެލްތު އެންޑް ކޮމިއުނިކެބަލް ޑިޒީސަސް’ ގެ ނަމުގައި 31 އޮގަސްޓް 2022 ފެށި ދެ ދުވަހުގެ މި ތަމްރީން ޕްރޮގްރާމްގެ ނިންމު...
ޔުމްނާ ޢަލީ
ބުއްދި އަކީ މާތް ﷲ އިންސާނަކަށް ދެއްވާނެ އެންމެ އަގުހުރި އެއް ނިޢުމަތެވެ. ބަނީއާދަމު ކަރާމާތްތެރިކުރައްވައި، އެހެން މަޚްލޫޤުންތަކުންގެ މައްޗަށް އެ އިލާހު މަތިވެރި ކުރެއްވީ ބުއްދީގެ ނިޢުމަތުންނެވެ. ހެވާއި ނުބައި އިންސާނާއަށް ދެނެގަނެވޭނީ އެ ބުއްދީގެ ބޭނުން ކޮށްގެނެވެ. ކައުނާއި ދުނިޔޭގައި ވާހާ ކަންކަމަށް އެއްވެސް އިސްތިންސާއެއް ނެތި، ނަޒަރު ހިންގައި، ވިސްނައި ބަލައި، ފިކުރުކުރުމަށް އެ އިލާހު އެންގެވީ މި ސަބަބާ ހުރެއެވެ. އެހެނީ، ބެލި ކޮންމެ ދިމާލަކުންވެސް ފެނިގެން ދާނީ އެ އިލާހުގެ […]
ޝެއިޚް ޝަފީއު އަބްދުﷲ
ރާއްޖެ ޓްރާންސްޕޯޓް ލިންކް ބަހުގެ ހިދުމަތުގައި “ކިޔުއާރް ޓިކެޓިން ” ތައާރަފުކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މާލެ ސަރަހައްދާއި، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަމާއި ފޮނަދޫ އަދި ލ. އިސްދޫއާއި ކަލައިދޫގައި ފޯރުކޮށްދެމުން އަންނަ ޚިދުމަތުގައި މާދަމާއޮނ ފެށިގެން “ކިޔުއާރް ޓިކެޓިން” ތަޢާރަފުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަލަށް ތައާރަފުކުރެވޭ ކިޔުއާރު ޓިކެޓާއިއެކު ބަސް ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިިބިގ...
އަޙްމަދު ވަހީދު