މި މަހު ބާއްވާ މޯލްޑިވްސް ހާފް މެރަތަންގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. މި އިވެންޓު ބޭއްވުމަށް ނިންމާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 9 އަދިި 10 ވަނަ ދުވަހު ހުޅުމާލޭގައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ދުވުމުގެ މި އިވެންޓުގައި ހާފް މެރެތަން (21 ކިލޯމީޓަރު) އާއި 15 ކިލޯމީޓަރާއި، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ފަން ރަން ހިމެނެއެވެ. މީގެ އިތުރުން އިންލައިން ސްކޭޓިން އާއި ވީލްޗެއާ ރޭސް ވެސް ކުރިއަށް […]
އަޙްމަދު ވަހީދު
ކަންނެތްކަމެވެ. ލަސްކުރުމެވެ. ފަރުވާލެއް ނެތުމެވެ. ފިލްމާއި ޑްރާމާ ބެލުމެވެ. ބޭކާރު ވާހަކަތައް ދެއްކުމެވެ. ބޭނުމެއް ނެތް ގޮތުގައި ރޭހަތަރުދަން ހޭލާ ހުރުމެވެ. މާނައެއް ނެތް އެތައް ވަގުތެއް މީސްމީޑިއާގައި ހޭދަކުރުމެވެ. މިހިރީ މުޅީން ވެސް މީސްތަކުންގެ ވަގުތު ބޭކާރުވެގެންދާ ކަންކަމެވެ. މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައި މިވާ ވަގުތަކީ އަޅުގަނޑުމެންގެ ޙަޔާތެވެ. ޙަޔާތުން އުނިވެގެންދާ ކޮންމެ ދުވަހަކީ އަޅުގަނޑުމެންގެ މަރާ ކައިރި ކުރަމުންދާ ދުވަހެކެވެ. އެހެންކަމުން، ޢަރަބި ބަހެއްގައި ވެއެވެ. ” يَا إِنْسا...
ޝެއިޚް ޝަފީއު އަބްދުﷲ
މާލެތެރޭގައި މިނީ ބަހުގެ ޚިދުމަތ ފެށި ފުރަތަމަ ދުވަހު ނައިބުރައީސް ފައިސަލް ނަސީމް ވެސް ބަދް ދަތުރުކުރައްވައިފިއެވެ. 11 އަހަރަށް ފަހު މާލޭގައި މިނީ ބަހުގެ ޚިދމަތް ފެށީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ އާރްޓީއެލް ޕްރޮޖެކްޓުގެ ދަށުންނެވެ. މާލޭގައި ބަސް ދުއްވާނެ ތިން ރޫޓެއް ކަނޑައަޅާފައި އޮންނައިރު، ނައިބުރައީސް މިއަދު ދަތުރުކުރެވީ އޯކިޑް ރޫޓުގެ ބަހުން ހިލާލީ ގެއިން ޖުމްހޫރީ މައިދާނާ ހަމައަށެވެ. އެމަނިކުފާނު ބަސް ދަތުރުކުރެއްވީވެސް އާންމުންނާއި އެކު އެއް ބަހަކުންނެވެ. https://twitter.c...
ޝިއުނާ އާދަމް
ކުރިއަށް އޮތް ތަނުގައި މިނީބަހުގެ ޚިދުމަތް އިތުރަށް ތަރައްގީވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުުހު ވިދާޅުވެއްޖެއެވެ. މާލެ ތެރޭގައި ދުއްވާ މިނީ ބަހުގެ ޚިދުމަތް މިއަދު ފަށާފައިވާއިރު، އެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީބަހުގެ ޚިދުމަތް ފެށުމަކީ އެ ނިޒާމު ފުރިހަމަކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި،...
ޝިއުނާ އާދަމް
ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ދެނެގަތުމަށް އަމާޒުކޮށްގެން ހާއްސަ ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފި އެވެ. މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ތައްޔާރުވެފައިވާ މި މުބާރާތަކީ ޓުރައިޒަމް މިނިސްޓްރީ އާއި އޯޝަން ޖިއޮގްރަފިކް ސޮސައިޓީ ގުޅިގެން ގެންދާ މުބާރާތެކެވެ. މި މުބާރާތަކީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިއަދު ރަސްމީކޮށް އިފުތިތާހުކުރި “މޯލްޑިވްސް 50 ބެސްޓް ސައިޓްސް” ވެބްސައިޓާއެކު، ފޮޓޯ މުބާރާތުގައި ރަޖިސްޓަރީ ވުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ....
ޝިއުނާ އާދަމް
ށ. ފޭދޫ ކައުންސިލުން ބޭއްވި ”ށ. ފޭދޫ ކައުންސިލް ޤުރްއާން މުބާރާތް 1444” އިން މުޅި މިބާރާތުން އެއް ވަނައަށް ސާރާ ހުސައިން ޞަލާޙް ހޮވިއްޖެއެވެ. ސެޕްޓެމްބަރު 2 އިން 3 އަށް ކުރިއަށް ގެންދިޔަ މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ އެރަށުގައި ކީރި ޤުރްއާންގެ ހަމަތަކުގެ މަތިން އުނގެނުމާއި، އުނގަންނައި ދިނުމުގައި ތަރްތީލުކޮށް ކިޔެވުމުގެ ޤާބިލުކަން އުފެއްދޭނެ ފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި، ފޭދޫގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ […]
ޔުމްނާ ޢަލީ
ނ. ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދު އަލީގެ ސުލޫކީ މައްސަލައެއް ބަލަން އުޅޭތީ އޭނާ މަގާމުން އިސްތިއުފާދެއްވައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނިގޮތުގައި އެ ކޮމިޝަނުން ބަލަން ނިންމާފައި ވަނީ އަޙްމަދު ސަޢީދު ޢަލީ، އެ ކޯޓުގެ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަގާކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށް ނިންމައި ތަހުގީގީ ކޮމިޓީއެއް އެކުލަވާލާފައިވާ ކަން އެ ކޮމިޝަނުން ހާމަކުރީ މިއަދުއެވެ. މައްސަލަ ބަލަން ނިންމުމާއި އެކު ސައީދު ވަނީ […]
ޝިއުނާ އާދަމް
މަންޓާ އެއާއިން ހއ. ހޯރަފުއްޓަށް ޗާޓަޑް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ. އެ އެއާލައިނުން މި ދަތުރުތައް ފެށީ މިއަދުއެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުގެ ބީޗް ކްރާފްޓް 1900ޑީ ކަމަށް މަންޓާއިން ބުންޏެވެ. މަންޓާ އިން ހޯރަފުއްޓަށް ދަތުރުތައް ފަށާފައިވަނީ ޖޭއޭ މަނަފަރާއި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އަދި މަންޓާ އެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މަންޓާ އެއާއިން ހޯރަފުއްޓަށް ދުވާލަކު ދެ ފްލައިޓް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މަންޓާއިން […]
އަޙްމަދު ވަހީދު
ރެޕިސްކޭންގެ އޮތޮރައިޒްޑް ސާވިސް ޕްރޮވައިޑަރާއެކު ރީޖަނަލް އެއާޕޯޓްސްތައް، ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ސްޓޭންޑަޑަށް ގެނެސްފިއެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަނޑައަޅުއްވާފައިވާ ސިޔާސަތާއެއްގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ބެއްލެވުމުގެ ދަށުން ޑިފެންސް މިނިސްޓްރީގެ ޑާސާއިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ގެނައޮ ބަދަލެކެވެ. އެގޮތުން ރީޖަނަލް އެއަރޕޯޓްސ...
އަޙްމަދު ވަހީދު
ބައިނަލްއަޤްވާމީ ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. އެ އިން ޤައުމަކީ ޕެނަމާ އާއި، ގާނާ އާއި އަދި ގެމްބިއާ އެވެ. މީގެ ތެރެއިން މިއީ ޕެނަމާ އިން ރާއްޖެއަށް ސަފީރަކު ކަނޑައެޅި ފުރަތަމަ ފަހަރެވެ. ޕެނަމާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު އިޓްސެލް ޕަތީނޯ ދޭ ވިލްޔާރެއާލް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީ...
ޔުމްނާ ޢަލީ
މާލޭގައި މިނީ ބަހުގެ ހިދުމަތް މިއަދު ފަށައިފިއެވެ. މި ދަތުރުތައް ފެށީ މިއަދު ފަތިހު ދަރުމަވަންތަ ހޮސްޕިޓަލުގެ ކައިރިންނެވެ. އެގޮތުން ފުރަތަމަ ދަތުރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް އާއި ސީއޯއޯ ޝާހިދު އަލީ އާއި މޯލްޑިވިއަން އެއާލައިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވަނީ ބަހުގެ ޙިދުމަތުގެ އަޖުމަ ބައްލަވާލައްވައިފައެވެ. މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45 އިން ދަންވަރު 12:15 އަށް ބަސް […]
އަޙްމަދު ވަހީދު
ހދ.ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ހިމެނެނީ ދެ ކުޅިވަރެކެވެ. އެއީ ފުޓްސަލްއާއި ހޭންޑްބޯޅައެވެ. ނޭކުރެންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ފުޓްސަލް މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކޮށް...
އިބްރާހިމް ޚަލީލް
2033 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެ ދައުރުގައި ރައީސްކަން ކުރަށްވާނީ އަދާލަތު ޕާޓީ (އޭޕީ) އަށް ނިސްބަތްވާ ބޭފުޅެއްކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އަދާލަތު ޕާޓީގެ ސިޔާސީ ޚަރަކާތްތައް ފުޅާކުރަމުން އަންނައިރު، އެ ޕާޓީގެ ކުރިމަގުގެ ޕްލޭނެއް ވެސް މިހާރު ވަނީ އެކުލަވާލައި ފާސްކޮށްފައެވެ. އަދި އަތޮޅުތަކަށް ދަތުރުފަށައި، މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދ...
އަލީ އާދިލް
އިނގިރޭސިލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނުމެޗުން 3-1 ގެ ނަތީޖާއިން ޔުނައިޓޑުން އާސެނަލްގެ މައްޗަށް ކުރިހޯދައިފިއެވެ. މިއީ މިސީޒަންގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ. މީގެ ކުރިން ލީގުގައި ކުޅުނު ފަސްމެޗުންވެސް އާސެނަލް ވަނީ މޮޅުވެފައެވެ. ރޭ މެޗްގައި އާސެނަލްގެ ފޯވާޑް މާޓިނެލީ ޖެހިގޯލެއް ވީއޭއާރު ބެލުމަށްފަހު ވަނީ ގޯލެއް ނޫންކަމަށް ނިއްމާފައެވެ. އެއީ ގޯލު ޖެހުމުގެ ކުރިން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ޔުނައިޓެޑްގެ ކްރިސްޓިއަން އެރިކްސަން އަށް ފައުލުކޮށްފައިވާތީ އެވެ. އަޔަކްސް އިން 94 މިލި...
އަލީ ރިޔާޟް
ބޭސްފިހާރަތަކުން ދޫކުރާ ބޭސްތަކުގައި އެއްވެސް މައްސަލައެއް ހުރި ނަމަ އެކަމެއް އާސަންދަ ކުންފުންޏަށް ރިޕޯޓުކުރަން އެ ކުންފުނިން އެިއްޖެއެވެ. އެ ކުންފުނިން މިހެން ބުނެފައި މިވަނީ މުއްދަތް ހަމަވާން ގާތްވެފައިވާ ބޭސްތަކެއް ބައެއް ބޭސްފިހާރަތަކުން ދޫކުރާ މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެފައިވަނިކޮށެވެ. އެކަމާ ގުޅިގެން އާސަންދަ ކުންފުނިން ވަނީ ބޭސް ނަގާއިރު މުއްދަތު ހަމަވާ ތާރީހު ރަނގަޅަށް ބެލުމަށް އިލްތިމާސްކޮށްފައެވެ. އަދި ތާރީހު ފެންނަން ނެތް ނަމަ ބޭސް ނުނެގުމަށް ވެސް އެދިފައިވެއެވެ. މީގެ އ...
ޝިއުނާ އާދަމް
މި އަހަރުގެ ދެވަނަ ވިޔަވަތި ކޮންފަރެންސް މި މަހުގެ 10 ވަނަ ދުވަހު ފަށަން ތާވަލްކޮށްފިއެވެ. ވިޔަވަތި ކޮންފަރެންސް އަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ލ. ގަމުގައެވެ. މި ބައްދަލުވުމުގައި ބާއްވާ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ، […]
ޝިއުނާ އާދަމް
ތިލަމާލެ ބުރިޖު އަޅަން ހެދި ޕްލެޓްފޯމު ވިލިމާލޭގެ ފަރަށް އަރައި އެތަނަށް އެޅުނު ކުނި ނަގާ ސާފުކޮށްފައިވާ ކަމަށް، އެ މަސައްކަތްކުރާ ކުންފުނި އެފްކޮންސް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ. ބުރިޖުގެ މަސައްކަތް ކުރަމުންދަނިކޮށް މޫސުން ގޯސްވެ އެ ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޕްލެޓްފޯމް އެތަނުން ނެގުނީ ވެސް ހަފްތާއަކަށް ވެސް ގިނަ ދުވަސްވީ ފަހުންނެވެ. އެކަމުގައި ގިނަބައެއްގެ ކަންބޮޑުވުން އޮތް އިރު، ޕްލެޓްފޯމް ނެގިފަހުން ވެސް އޭގެއިން ފާބައިފާ […]
ޝިއުނާ އާދަމް
އަޅުކަންކުރުމަށް ބުދު ގެންގުޅު މައްސަލާގައި ތިން ބިދޭސީން ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފެންމަތިވީ ބިލެއްދޫގައި ބަޔަކު ބުދު ގެންގުޅޭ ކަމަށް ބުނެ އެ ރަށު ރައްޔިތުން ނިކުމެ ހަމަނުޖެހުން ހިންގައިގެންނެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި އެ ގޭތެރެއަށް ވަދެ އެމީހުންނާއި ބުދުތައް ވެސް ނެރެފައި ވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މި މައްސަލާގައި އިއްޔެ ތިން ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 27، 37 އަދި 39 އަހަރުގެ މީހުން ކަމަށް ބުނެފައިވެއެވެ. އެ […]
ޝިއުނާ އާދަމް