އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއްކަމަށް ވާ ޗެލްސީ ފުޓްބޯޅަ ކުލަބްގެ ކޯޗު މަޤާމުގައި ހުރި ތޯމަސް ޓުޗެލް ކުއްލި ގޮތަކަށް އެ މަޤާމުން ވަކިކޮށްފިއެވެ. ޓުޗެލް ޗެލްސީގެ ކޯޗުކަމުން ވަކިކުރިކަން އެ ކުލަބުން ހާމަކޮށްފައި ވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައު ބުނެފައިވަނީ ޓުޗެލް އެ ޓީމްގެ ކޯޗެއްގެ ގޮތުގައި ހުރެ ކޮށްދީފައިވާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށާއި، ޓުޗެލްއަކީ ޗެލްސީގެ ތާރީޚުގައި ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތަކެއް އެ ކުލަބަށް ހޯދައިދީފައިވާ ކޯޗެއް ކަމަށެވެ. […]
އިބްރާހިމް ޚަލީލް
ސައޫދީއަރަބިއްޔާގެ މައްކާގައި އޮންނަ ކިންގ ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާންގައި ރާއްޖެ ތަމްސީލުކުރާ ދެ ބައިވެރިން އަންނަ ހުކުރު ދުވަހު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިފަހަރު ރާއްޖެ ތަމްސީލުކުރަނީ އަޙްމަދު ނަބީޙް ޢަބްދުލް ޤާދިރުއާއި މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމްއެވެ. މި ބައިވެރިންނާއިއެކު ބައިވެރިންގެ ބެލެނިވެރިން ވެސް ސަޢުދީޢަރަބިއްޔާއަށް ފުރާނެއެވެ. ސެޕްޓެންބަރު މަހުގެ 10 އަކުން 21 އަށް ބާއްވަން ހަމ...
ޔުމްނާ ޢަލީ
ރ. މާކުރަތު ސްކޫލްގައި ދެ ބުރީގެ ޢިމާރާތެއް އަޅަން މިއަދު ހަވާލުކޮށްފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރީ ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި ރަސްމިއްޔާތުގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވެސް ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތުގެ އެއްބަސްވުމުގައިވާ ގޮތުން މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަޝްރޫޢުގެ އަގަކީ 8,056,265.49 ރުފިޔާއެވެ. އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ ތައު...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް ބިލުތަކަށް ފައިސާ ދައްކައިގެން އަނބުރާ ފައިސާ ހޯދުމުގެ ފުރުސަތާއި ވޯލްޑްކަޕް ބަލާލަން ދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ހުޅުވާލި މި ފުރުސަތުގެ ދަށުން ކޭޝްބެކް ޕްރޮމޯޝަނުގައި އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންނަށް އެމްފައިސާއިން ބިލުތައް ދެއްކުމުން އެ ދައްކާ ބިލެއްގެ 5 އިންސައްތަ އަނބުރާ އެކައުންޓަށް ޖަމާވާނެއެވެ. މިއީ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުޅުވާލާފައިވާ އޮފާއެކެވެ. އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ބިލްތަކުގެ ތެރޭގައި އުރީދޫ ބިލ...
އަޙްމަދު ވަހީދު
އަނިޔާ ލިބިގެންވާ މީހާގެ ދުއާއަކީ ވަރަށް ނުރައްކާތެރި އެއްޗެއްކަމަށާއި, އެއްވެސް ޖަލު އޮފިސަރަކު އެއްވެސް ހައިސިއްޔަތަކުން ޤައިދީއަކަށް އަނިޔާކޮށްގެން ނުވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 51 އަހަރު ފުރުން ފާހަގަކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ޖަލުތަކުގައި ނުރައްކާތެރި ޤައިދީން ބެލެހެއްޓުމަކީ ބިރުވެރި, ދަތި އުނދަގޫ, ގޮންޖެހުން ބޮޑުކަމެއްކަމަށެވ...
އަލީ އާދިލް
މިނީ ބަހުގެ ޚިދުމަތަކީ އާއްމު ދަތުރުފަތުރުގެ ނިޒާމަށް އައި އިންޤިލާބީ ބަދަލެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް އިއްޔެ ފަށާފައިވާއިރު ފުރަތަމަ ދުވަހު ވެސް 2000 އަށް ވުރެ ގިނަ މީހުން ވަނީ އެ ޚިދުމަތް ހޯދާފައެވެ. އެގާރަ އަހަރަށް ފަހު މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ އާރްޓީއެލް ޕްރޮޖެކްޓުގެ ދަށުންނެވެ. މާލޭގައި ތިން ރޫޓަކުން ބަސް ދަތުރުތައް ކުރަމުން އަންނައިރު، މި […]
ޔުމްނާ ޢަލީ
ތިން ފުޅި ބަނގުރަލާ އެކު ނ. ވެލިދޫން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މީހާ ހައްޔަރުކުރީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ ވެލިދުއަށް ދަތުރުކުރަމުންދާ ބޯޓަކުން އެ ރަށަށް ބަނގުރާ އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހިނގާ ސެޕްޓެމްބަރު ފަސް ވަނަ...
ޔުމްނާ ޢަލީ
ތިލަމާލެ ބުރިޖުގެ މަސައްކަތަށް އެޅި ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުމުގެ ސަރވޭ ކުރަންފަށައިފިއެވެ. އީޕީއޭއިން ބުނިގޮތުގައި އެ މަޝްރޫޢު ހިންގާ އެފްކޮންސްއާ ގުޅިގެން ވިލިމާލެ ފަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ އެސެސްމަންޓެއް ހަދަން ފަށާފައިވާ ކަމަށެވެ. ތިލަމާލެ ބުރިޖު އަޅަން ހެދި ޕްލެޓްފޯމު ވިލިމާލޭގެ ފަރަށް އަރައި އެތަނަށް އެޅުނު ކުނި ނަގާ ސާފުކޮށްފައިވާ ކަމަށް، އެ މަސައްކަތްކުރާ ކުންފުނި އެފްކޮންސް ޕްރައިވެޓް ލިމިޓެޑުން ބުނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. ބުރިޖުގެ […]
ޔުމްނާ ޢަލީ
ޔުއެފާ ޗެމްޕިއަންސް ލީގްގެ ކުޅުން ރޭ ފަށާފައިވާއިރު، ގްރޫޕް އެފްގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ސެލްޓިކް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ސެލްޓިކްގެ ދަނޑުގައި އެ ޓީމާއި ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ބޯޅަ ހިފަހައްޓައިގެން ރެއާލުން ރަނގަޅަށް ކުޅުނު ނަމަވެސް ސެލްޓިކުން ވަނީ ރެއާލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ ހަމަލާއެއް ފޮނުވާލާފައި ވަނީ […]
އިބްރާހިމް ޚަލީލް
އެކި ކުށްތަކުގައި ޖަލަށް ލާފައި ތިބޭ ގައިދީން އެހެން ކުށްތަކަށް ދެވިހިފުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ގައިދީންނަށް އިސްލާހުވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖްތަމައުއަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިންމު މަސައްކަތެއ...
ޝިއުނާ އާދަމް
ޔުއެފާ ޗެމްޕިއަންސް ލީގް ރޭ ފަށާފައިވާއިރު ގްރޫޕް ޖީގައި މެންޗެސްޓާ ސިޓީއާއި ސެވިއްޔާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފައިވާއިރު، ގްރޫޕް އެޗްގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއި އިޓަލީގެ ޔުވެންޓަސް ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާއިރު، ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ޑިބްރޭނާ […]
އިބްރާހިމް ޚަލީލް
އިންޑިއާގެ ބެންގަލޫރަށް ބޯކޮށް ވިއްސާރަކުރަމުންދާތީ އެތަނުގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. ބެންގަލޫރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް ފެންބޮޑުވެ އެކުވަރުގެ ގެއްލުން އަންނަނީ ވަމުންނެވެ. އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ބެންގަލޫރުގެ ބައެއް ހިސާބުތަކުގައި މިހާރު ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށާއި މާދަމާ ވެސް ބެންގަލޫރަށް ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދ...
ޝިއުނާ އާދަމް
ކުޅުދުއްފުށި ސިޓީގެ ކުނިކޮށި ތަރައްގީކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސް ބީއާ ކުންފުންނާއެވެ. މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތަކީ ކުނިކޮށީގެ ވަށާ ފާރު ރޭނުމެވެ. އެގޮތުން ފާރުރާނާ ސިމެންތިޖަހާ ކުލަލުން، ސެކިއުރިޓީ ހަޓް، ފާހާނާ، 2 ގޭޓް، ކެމެރާ ޕޯލް އަދި ލައިޓް ޕޯލްތައް ހެދުމާއި ލައިޓް ހަރުކޮށް ކަރަންޓް ވަޔަރުއެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. 97 ދުވަސް ތެރޭގައި ނިންމާގޮ...
ޝިއުނާ އާދަމް
މ. ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެދަށުން މިހާތަނަށް ހިއްކާފައިވާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދުއެވެ. މި މަޝްރޫއުގެ ދަށުން 1470 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓި...
އަޙްމަދު ވަހީދު
ގއ. ދާންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން،52،099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުމާއި، 4953 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 30 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކު...
އަޙްމަދު ވަހީދު
މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށި ފުރަތަމަ ދުވަހު 2000ށްވުރެ ގިނަ މީހުން ޚިދުމަތް ހޯދައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެގޮތުން، ފުރަތަަމަ ދުވަހު އެކަނިވެސް 2257 މީހުން ޙިދުމަތް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމް ވަނީ މި ހިދުމަތް ފޯރުކޮށްދިނުމުގައި އާއްމުންގެ ފަރާތުން ލިބޭ […]
އަޙްމަދު ވަހީދު
އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު އެކަން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ކްލިކް ނުކުރުމަށް ވެސް ފުލުހުން އެދިވަޑައިގަންނަވައެވެ. ”މިފަދަ މައްސަލަތައް ރިޕޯޓު ކުރައްވަން އަޅު...
ޔުމްނާ ޢަލީ
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ށ. އަތޮޅުގައި ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ މިދިޔަ މަހުގެ 30 ގައި މި ހިދުމަތް ށ އަތޮޅުގައި ފަށާފައެވެ. ނަމަވެސް އިއްޔެގެ ނިޔަލަށް މި ޚިދުމަތް ދެމުން އައީ ޓެސްޓް ދަތުރުތަކުގެ ގޮތުގައެވެ. މިއީ އެމްޓީސީސީން ހިލޭ ކުރި ދަތުރުތަކެވެ. ނަމަވެސް ރަސްމީކޮށް ދަތުރު ފެށުމާއެކު އަގު ނަގާނެއެވެ. އެ ކުންފުނިން އާރްޓީއެލްގެ ހުރިހާ ޚިދުމަތެއްވެސް […]
އަޙްމަދު ވަހީދު