100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހއ. ބާރަށަށް ތައާރަފްކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު ބާރަށުގެ ރައްޔިތުންނަށް ހިދުމަތަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެއެވެ. މީގެ އިތުރުން، އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް […]
އަޙްމަދު ވަހީދު
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު އާތިފް ހަމަޖައްސައިފިއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި ސުހައިލް އަހުމަދު މިދިޔަ ހަފުތާގައި ރިޓަޔާ ކުރެއްވުމުންނެވެ. އެގޮތުން، އާތިފް މި މަގާމަށް އައްޔަންކޮށްފައިވަނީ މިއަދުއެވެ. ސުހައިލް ސަރުކާރުގެ ވަޒީފާ އިން ރިޓަޔާ ކުރައްވަން ނިންމެވީ އުމުރުން 55 އަހަރު ވުމުން، އެޗްޑީސީގައި އޮންނަ ރިޓަޔާމެންޓް އުސޫލުގެ ތެރެއިންނެވެ. އެޗް...
އަޙްމަދު ވަހީދު
ބޯކޮށް ވާރޭ ވެހި ވައިގަދަވެ ކަނޑު ގަދަވާނެކަމަށް ނިމުތުކޮށް، މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހއ. އަތޮޅުން ތ. އަތޮޅަށް ރީނދޫ އިންޒާރު ނެރެފި އެވެ. ރީންދޫ އިންޒާރު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެއިންޒާރު ނެރެފައި ވަނީ މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭ 21:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 […]
އިބްރާހިމް އަސްވާޤް
ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާރސް ލެވެލްއާއި ހަމައަށް އެކި ދާއިރާތަކުން ކިޔެވުމުގެ ތަފާތު ފުރުޞަތުތަކާއިއެކު، މެޕްސް ކޮލެޖްގެ ޖަނަވަރީ 2023 އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މެޕްސް ކޮލެޖުން މަޢުލޫމާތުދޭ ގޮތުގައި މިއިންޓޭކްގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ބިޒްނަސް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް އެންޑް ސަޕްލައ...
އިބްރާހިމް އަސްވާޤް
އިމްލާޤަކީ އާއިލާއެއް ބިނާކުރުމަށް މަސައްކަތް ކުރަމުން ދިޔަ، ޒުވާނެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުންނެކޭ އެއްގޮތަށް ރައްޓެހިންނާއި އެކު ވަގުތު ހޭދަކޮށް، މާ ބޮޑު ހާސްކަމެއް ނެތި އުޅެމުން ދިޔަ ޒުވާނެކެވެ. ފުލުހުންގެ އިދާރާގެ ޒިންމާދާގު މަގާމެއްގައި މަސައްކަތް ކުރައްވަމުން ދިޔަ ފުލުސް އޮފިސަރެއްވެސް މެއެވެ. ސާދާ ދިރިއުޅުމެއްގައި ދުވަސްތައް ގުނަމުން ދަނިކޮށް އިމްލާޤުގެ މުޅި ހަޔާތް ބަދަލުކޮށްލީ އޭނާގެ ދެފައި ދުޅަވެ ނިޝާންތަކެއް ފެންނަން ފެށުމާއެކު ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓުތަކުން ކިޑްނީ...
ތިލަދުން
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ނެރުނު ހުދު ސަމާލުގެ ވަގުތު ދަންމާލައިފިއެވެ. މިގޮތުން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ހުދު ސަމާލު އިތުރުކޮށްފައި ވަނީ މިރޭ 20:00 އާއި ހަމައަށެވެ. މި ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، މި ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ […]
ޔުމްނާ ޢަލީ
ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅުގައެވެ. އާބާދީގައި 1،385 މީހުން ދިރިއުޅޭ ރަތަފަންދޫއަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާ އެތައް އަހަރެއްވެފައިވާ އިރު، ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުގެ އެތެރޭގެ ބޮޑު...
އަޙްމަދު ވަހީދު
ގަވާއިދާ ޚިލާފަށް މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ހުއްޓުވައި، މާލެ އަށް ވައްދާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިހުން ވިދާޅުވެއްޖެއެވެ. މެރިން ޕޮލިހުން ވިދާޅުވި ގޮތުގައި މިއަދު މާލެއިން ފުރައިގެން ދަތުރުކުރި ”ސައުތު ލައިން” ބޯޓު ވަނީ ހިފަހައްޓައި މާލެ ވައްދާފަ އެވެ. އެ ބޯޓު ހުއްޓުވައި މާލެ ވެއްދީ، ގަވާއިދާ ޚިލާފަށް މުދާ ބަރުކޮށްފައިވާތީ ކަމަށް މެރިން ޕޮލިހުން ވިދާޅުވެއެވެ. ”ގަވާއިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫނީ ދަތުރު ނުކުރުމަށް ވާނީ އެންގިފައި” މެރިން […]
ޔުމްނާ ޢަލީ
ރިވެތި އަޚްލާޤަށް ވުރެ މުހިއްމު އެއްވެސް ކަމެއް ނޯންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ، ހުޅުމާލެ ފޭސް ދެއެއްގައި ހުޅުވި ފުރަތަމަ ސްކޫލް، ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސް ވިދާޅުވީ، ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަނީ ވަރަށް ފޮނިއުއްމީދަކާއި ޔަޤީންކަމަކާއިއެކުގައި ކަމަށެވެ. އަދި އެކުދިންނާއި މެދު ޤައުމުވެސް ފޮނިއުއްމީދުތަކެއް ކުރާ ކަމަށެވެ. މުދައްރިސުންނ...
ޔުމްނާ ޢަލީ
ހދ.އަތޮޅާއި މެދު ސަރުކާރުން ފަހަތުފަޔައް ބުރަވާތަން ފެންނަކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. އަމީން މިފަދައިން ވިދާޅުވީ، “ޔާސިރު އުންމީދުކުރެއްވި ގޮތަށް އޮގަސްޓްމަހުގެ ނިޔަލަށް އެއާޕޯޓް ރަންވޭގައި ލައިޓެއް ނުޖެހުނު!” މިސުރުހީގެ ދަށުން ގެނެސްފައިވާ ހަބަރެއް ހިއްސާ ކުރައްވާ މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި އަމީން އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރުގެ 4 އަހަރު ނިމިދިޔައިރު ކުޅުދުއްފުށީ އެއާރޕޯޓް ލައިޓް ނުޖެހި ހުރުމަކީ މުޅި ބޮޑު...
އަލީ އާދިލް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރި “އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް” މިއަދު ހުޅުވައިފިއެވެ. މި ސްކޫލް ހުޅުއްވައި ދެއްވީ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ސްކޫލަކީ 824 ކުދިންނަށް ޖާގައިގެ ސްކޫލެކެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވޭ ފުރަތަމަ ސްކޫލްގެ ގޮތުގައި އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް މިއަދު ހުޅުވިއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް އިތުރު ދެ ސްކޫލެއް އެޅުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. އަންނަ މަހުގެ ތެރޭގައި ހުޅުމާލޭގެ...
ޔުމްނާ ޢަލީ
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ. މިގޮތުން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 8:15 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށެވެ. މި ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، މި ވަގުތުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު […]
ޙުސައިން ޝަހުދީ
އަހަރެންގެ އުމުރުން އެކާވީސް އަހަރު ވީ އިރު އަހަރެން ވީ ޑަކްޓަރީ ދާއިރާއިން ކިޔަވާ ދަރިވަރެއްކަމުގައެވެ. ނޫސްތަކާއި އެނޫންވެސް ޚަބަރުފަތުރާ ވަސީލަތް ތަކުން ޚަބަރުތައް ބަލަމުންދާ އިރު، އިސްލާމްދީނާ ގުޅޭ ޚަބަރެއް ވާނަމަ މުޅިންވެސް ފެންނަނީ ނެގެޓިވް ޚަބަރުތަކެވެ. އަދި އިސްލާމް ދީނާއި އަންހެނުންނާ ގުުވައި ވަރަށް ނެގެޓިވްކޮށް ޚަބަރުތައް ފަތުރާކަން އަހަންނަށް ފާހަގަވިއެވެ. އެގޮތުން، މުސްލިމު އަންހެނުން ތަޢުލީމު އުނގެނުމުން މަޙުރޫމު ކުރުވާ ވާހަކައާއި، އެސިޑު ފަދަތަކެތި މުސްލިމު އަންހެނުންގެ މޫނަށް އަޅަ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ސިޓީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ. މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑު ނެގީ ސިޓީއިންނެވެ. ޑިބްރޭއިނާގެ އެހީތެރިކަމާއެކު މިގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 50 ވަނަ މިނެޓް ގައި އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ ލީގުގެ ކުޅުނު 6 މެޗުން ހާލަންޑް ޖެހި 10 ވަނަ ގޯލެވެ. މެޗުގެ 74 ވަނަ މިނިޓުގައި އެސްޓަން ވިލާގެ ޖެމެއިކާ ފޯވަޑް ލެއޮން […]
އަލީ ރިޔާޟް
ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށްފިއެވެ. މިރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި ސީޒަންގައި ލީގުގައި ރެއާލުން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، އެ ހަތަރު މެޗުން ވެސް އެ ޓީމް ވަނީ މޮޅުވެފައެވެ. ވުމާއެކު 12 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ރެއާލެވެ. ދެވަނާގައި އޮތީ މިރޭ ރެއާލް އަތުން […]
އިބްރާހިމް ޚަލީލް
އަތްބެލުމާއި، ފާލުބެލުމާއި، ސިޙުރު ހެދުމަށް ފާޅުގައި ހިތްވަރުދީ، އިޝްތިޙާރުކޮށް ފަތުރަމުންދާ މައްސަލަ ބަލައިދިނުމަށް ދި އިސްލާމިކް އެކްސޮސިޒަމް އިން ކަމާބެހޭ މުވައްސަސާތަކަށް ގޮވާލައިފި އެވެ. އެޖަމިއްޔާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިފަހަކަށް އައިސް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި، އަތްބެލުމާއި، ފާލުބެލުމާއި ސިޙުރު ހެދުމާއި އަދި މި ނޫނަސް މިފަދަ ޝިރުކުގެ ޢަމަލުތައް ބޭނުންކޮށްގެން އެކި ކަހަލަ ބަލިތަކަށް ފަރުވާކުރުމުގެ ނަމުގައި ބަޔަކު ހަރަކާތްތެރިވަމުންދާ ކަމަށް ސޯޝަލް މީޑިއާގެ...
އަލީ އާދިލް
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހިންގާ ކޮމިޓީ އާ ދައުރަކަށް މިއަދު އިންތިޚާބު ކޮށްފިއެވެ. އެމްޖޭއޭގެ ހިންގާ ކޮމެޓީ އާ ދައުރަކަށް އިންތިޚާބުކޮށްފައި ވަނީ އެކަމަށް މިއަދު ބޭއްވި ކޮންގްރެސްގައެވެ. މިއަދު ހަވީރު 16:00 ގައި ސްޓެލްކޯ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ކޮންގްރެސްގައި އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ ހަތް މަގާމަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. މި ކޮމެޓީއަށް އަލަށް ހަތަރު މެންބަރުން އިންތިހާބުވެފައިވާއިރު، ދެން އިންތިހާބުވީ ކުރިން ވެސް ތިބި ތިން މެންބަރުންނެވެ. މިއަދުގެ...
ޔުމްނާ ޢަލީ
ސެމްސަންގުން މިއަހަރު ދުނިޔޭގެ ބާޒާރަށް ނެރުނު “ޒީ ފޯލްޑް 4” އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، “މޫލީ” ގައި ވިއްކަން ފަށައިފިއެވެ. އެ ކުންފުނިން މިއަދު ބުނީ، ހުރިހާ ކަސްޓަމަރުންނަށް ވެސް ފަތް ޖެހޭ މި ފޯނު މޫލީ އާއި އެކުންފުނީގެ އެކްޕީރިއެންސް ސެންޓަރުތައް މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކު ވިޔަސް އެ މީހެއްގެ ގެ އަށް އެ ފޯނު ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ސެމްސަންގް ޒީ […]
އަޙްމަދު ވަހީދު