އިނގިރޭސިވިލާތުގައި އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި ރާނީ ކުއީން އެލިޒަބަތު 2 އަވަހާރަވެއްޖެ އެވެ. ރާނީ އަވަހާރަވިކަން ޝާހީ އާއިލާއިން ވަނީ ރަސްމީކޮން އިއުލާންކޮށްފަ އެވެ. ބަކިންހަމް ޕެލަސް އިން ހާމަކޮށްފައިވާ ގޮތުގައި އެކަމަނާ އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. އެކަމަނާ އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި ސްކޮޓްލެންޑުގެ ގަނޑުވަރެއް ކަމަށްވާ ބެލްމޯރަލް ގަނޑުވަރުގައި ހުންނަވަނިކޮށް ހާލުކޮޅު ގޯސްވެ ފަރުވާ ދެމުން ދަނިކޮންނެވެ. އެކަމަނާ އަކީ އިނގިރޭސިވިލާތުގައި 70 އަހަރު ވަންދެނ...
އަލީ އާދިލް
ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރަށްރަށުގެ ޖަގަހަތަކަށް ޓީވީ ދޫކުރަން ފަށައިފި އެވެ. އެޕާޓިގެ ޗެއާޕާސަން ނައިބް، އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ އެމްޑީޕީއިން ރަށްރަށުގެ ޖަގަހަތަކަށް ދޫކުރާ ޓިވީ ތައް ދާއިރާތަކުގެ ރައީސުންނާއި ހަވާލުކުރުން މިހާރު ކުރިއަށް ދާކަމަށެވެ. އެގޮތުން ބައެއް ދާއިރާތަކުގެ ރައީސުން ނާއި ޓީވީ ހަވާލު ކުރައްވާ އެފޮޓޯތައްވެސް ވަނީ އާންމުކުރައްވާފަ އެވެ. ރަށްރަށުގެ ޖަގަހަތައް އަލުން އާބާތުރަ ފިލުވައި ސިޔާސީ […]
އަލީ އާދިލް
ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން، ސިފައިންގެ ޚިދުމަތަށް ބޭނުންވާކަމަށް ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ގޮތުން މިއަދު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިޒަމާނުގެ ޢަސްކަރިއްޔާތަކަކީ ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޢަސްކ...
އިބްރާހިމް އަސްވާޤް
މާލެ އާއި ވިލިމާލޭގެ މަވުތަކާއި އާއްމު ތަންތަން ސާފު ކުރުމަށް ވެމްކޯއާއެކު މާލެ ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުން އާ ނުކޮށް އެ ހިދުމަތް ކައުންސިލުން އަމިއްލައަށް ދޭން ނިންމުމުން ވެމްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ސިޓީ ކައުންސިލުން މިގޮތްށް ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ ކައުންސިލްގެ ރަސްމީ ޖަލްސާގައެވެ. އެގޮތުން ވެމްކޯއާ ހަވާލުކޮށްގެން ކުނި ނަގާނަމަ ހަރަދު ބޮޑުކަމަށާއި އަމިއްލައަށް ކުރުމުން މިހާރު ކުރާ ހަރަދުގެ ދެބައިކުޅަ އެއްބައި ސަލާމަތްވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މި ނިންމ...
އަޙްމަދު ވަހީދު
ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތުގެ 51 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއިގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. Hdh. Nellaidhoo Shore Protection Project is...
އަޙްމަދު ވަހީދު
ހއ. ކެލާ ސަވާރީ ބޯޓް ނޮޅިވަރަންފަރު ފަރުމައްޗަށް އަރައިފިއެވެ. މިކަމާއި ގުޅިގެން އެމްއެންޑިއެފް އިން ވިދާޅުވީ ނޮޅިވަރަންފަރު ނެރުމައްޗަށް “ސަވާރީ” ނަމަކަށް ކިޔާ މުދާއުފުލާ ދޯންޏެއް އަރައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން 19:34 ހާއިރު އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. އެ ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 18:30 ހާއިރުކަމަށް ވެސް ވިދާޅުވި އެވެ. މި ހާދިސާއާއި ގުޅިގެން ތިލަދުން ނޫހަށް މަޢުލޫމާތު ހިއްސާކުރަމުން ނޮޅިވަ...
އިބްރާހިމް ޚަލީލް
ށ. އަތޮޅު ކައުންސިލުން އެ އަތޮޅު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ށ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝިޔާމް (ޝިޔާންޓޭ) ‘’ތިލަދުން’’ އަށް ވިދާޅުވީ، އަތޮޅު ކައުންސިލްގެ ފަރާތުން އަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިގޮތުން ކޮންމެ ކޮމެޓީއަކަށް 10 ހާސް ރުފިޔާގެ އެހީ ދީފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މި އެހީތެރިކަމަކީ އެ ކޮމެޓީތަކުން ރަށްތަކުގެ އިޖުތިމާއީ އަދި އެހެނިހ...
ޔުމްނާ ޢަލީ
ޗަރުކޭސް ފެސްޓިވަލްގެ ދެވަނަ އެޑިޝަމުގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. ޗަރުކޭސް ފެސްޓިވަލަކީ އާޓް ފެސްޓިވަލެކެވެ. މި ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 15-16 އަށް ސޯޝަލް ސެންޓަރުގައެވެ. މި ދެ ދުވަހު ހަވީރު 4-6 އަށް އަދި ރޭގަނޑު 8-12 އަށް އާއްމުންނަށް މި ފެސްޓިވަލް ހުޅުވާލާނެއެވެ. ޗަރުކޭސް އަކީ ރާއްޖޭގެ ހުރިހާ އާޓިސްޓުންނަށް އެ މީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ޗަރުކޭސްފެ ފައުންޑަ މުޙައްމަދު އަހުނަފް އިބްރާހިމް ބުނީ މިއަހަރުގެ ހަރަކާތް […]
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ ދަމަނަވެށި އިމާރާތް އަޅަން މިއަދު ހަވާލު ކޮށްފިއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތް ހަވާލުކުރީ ނޯތް ކޯސްޓު ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. މި މަސައްކަތުގެ އަގަކީ 26،693،380.23( ސައްބީސް މިލިއަން ހަލައްކަ ނުވަދިހަތިންހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ ތޭވީސް ލާރި) އެވެ. މި މަސައްކަތް ނިންމަން ދީފައި ވަނީ 420 ދުވަހެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގެ ރަސްމިއްޔާތުގައި އެސިޓީ އަށް ނިސްބަތްވާ ދެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިކަމާއި ގުޅިގެން ކުޅުދުއ...
ޔުމްނާ ޢަލީ
ޔުއެފާ ޗެމްޕިއަންސްލީގް: އެންމެ ފަހުގެ ރަނަރަޕް ލިވަޕޫލް އިޓަލީގެ ނަޕޯލީ އަތްދަށުވެ ލަދުވެތި ނަތީޖާއަކުން ބަލި ވެއްޖެއެވެ. ނަޕޯލީ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލްގެ މައްޗަށް ނަޕޯލީ ކުރިހޯދީ 4-1 ގެ ނަތީޖާއިންނެވެ. ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން މެޗުގެ 5 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޒިއެލެންސްކީ އެވެ. މި ގޯލު ޖެހިތާ 10 މިނެޓް ފަހުން ނަޕޯލީއަށް ދެވަނަ ޕެނަލްޓީއެއް ލިބުނެވެ. މިފަހަރުގެޕެނަލްޓީ ވިކްޓާ އޮސިމްހެން ފޮނުވާލުމުން ލިވަޕޫލްގެ ކީޕަރ އެލްސަން ވަނީ […]
އަލީ ރިޔާޟް
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 260 އަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެކި މައްސަލަތަކުގައި 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެެތި މިއަދު ދޫނިދޫގައި ނައްތާލާފައިވާ ކަމަށެވެ. ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ނައްތާލާފައިވަނީ މަސްތުވާތަކެތި ހުރ...
ޔުމްނާ ޢަލީ
ސަރުކާރުން ބާއްވަވަމުން އަންނަ ވިޔަވަތި ރާއްޖެ ކޮންފަރެންސް ހޮނިހިރު ދުވަހު ހައްދުންމަތީ ގަމުގައި ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާރސަން މިޢްވާން މުހައްމަދު ވިދާޅުވެއްޖެއެވެ. މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން، މިޢްވާން ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެ...
ޔުމްނާ ޢަލީ
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން މިމަހުގެ ހަވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ މީހަކާއި، 47 އަހަރުގެ މީހެއްގެ އިތުރުން 49 އަހަރުގެ މީހެކެވެ. މި މީހުންގެ ތެރެއިން 47 އަހަރުގެ މީހާއާއި 49 އަހަރުގެ މީހާގެ ބަންދަށް 14 ދުވަސް އަދި 45 އަހަރުގެ […]
އަލީ އާދިލް
އުރީދޫ މޯލްޑިވްސްއިން 4 ގުނަ އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް އާއިއެކު އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ އޮފަރ އެއް ތައާރަފްކޮށްފިއެވެ. މި އޮފަރ މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 210 ޖީބީ އާއި ހަމައަށް ޑޭޓާ އާއިއެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިން ގެ ދަށުން ސެމީ ފައިނަލް މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތުވެސް […]
އަޙްމަދު ވަހީދު
ހއ. ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްލަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ ކުންފުނިން މި މަސައްކަތް ފެށީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 18،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުމާއި، ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 5.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ހޯރަފުށީ އެއާަޕޯޓުގެ...
އަޙްމަދު ވަހީދު
ރ. އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. އެ ކުންފުންޏާ މި ޚިދުމަތްތައް ހަވާލުކޮށްފައިވަނީ އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ގައި ކަރަންޓުގެ ނިޒާމު ފެނަކައާއި ރަސްމީކޮށް ހަވާލުކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. ރ. އުނގޫފާރު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަބްދުﷲ ރ...
އަޙްމަދު ވަހީދު
ށ. އަތޮޅުގެ ރަށްރަށުގެ ސިއްހީ އިދާރާތަކަށް އެ އަތޮޅު ކައުންސިލުން ދެ ލައްކަ ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުން ތަކުގައި ސޮއި ކޮށްފިއެވެ. ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ސިޔާންޓޭ) ”ތިލަދުން” އަށް ވިދާޅުވީ، އަތޮޅު ސިއްހީ ޙާލަތު ރަނގަޅު ކުރުމަށް އަތޮޅު ކައުންސިލްގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓުން އެ އަތޮޅުގެ 14 ރަށެއްގެ ސިއްހީ އިދާރާތަކަށް އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި އެހީތެރިކަމަކީ އެ އިދާރާތަކުން ހިންގާ ގައިން […]
ޙުސައިން ޝަހުދީ
އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ.ކުޑަރިކިލަށް ތައާރަފްކޮށްފިއެވެ. އުރީދޫ އިން ބުނީ ބާރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މިޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން، އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، އަންނަ މަސް ނިމުމުގެ ކުރިން މިޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް […]
އަޙްމަދު ވަހީދު