މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1285 ވަނަ ޞަފްޙާ

ކަވާނީ ސްޕެއިންގެ ވެލެންސިއާއަށް

ކަވާނީ ސްޕެއިންގެ ވެލެންސިއާއަށް

އުމުރުން 35 އަހަރުގެ އުރުގުއޭ ފޯވާޑް އެޑިޝަން ކަވާނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ސްޕެއިންގެ ވެލެންސިއާއަށް ސޮއި ކޮށްފިއެވެ. ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ކަވާނީ ވެލެންސިއާއަށް ސޮއިކޮށްފައިވާއިރު، މިއީ އޭނާ ސްޕެނިޝް ލީގުގެ ޓީމަކާއި ގުޅުނު ފުރަތަމަ ފަހަރެވެ. ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ކަވާނީ އެންމެ ފަހުން ކުޅެފައި ވަނީ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށެވެ. މިދިޔަ ސީޒަން ނިމުމަށް ފަހު ޔުނައިޓެޑުން ކަވާނީގެ ކޮންޓްރެކްޓް އައުކޮށްފައި ނުވުމާއިއެކު […]

އިބްރާހިމް ޚަލީލް
އަލަމްގީރަށް ހަތް މަހުގެ ޖަލު ހުކުމެއް

އަލަމްގީރަށް ހަތް މަހުގެ ޖަލު ހުކުމެއް

އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އަލަމްގީރު ހަތް މަހާއި ހަތް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އަލަމްގީރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާ އުފުލައި އަޑުއެހުންތައް އިއްޔެ ފަށާފައިވާއިރު، އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފައެވެ. އެހެންކަމުން އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ކުރ...

ޔުމްނާ ޢަލީ
ހަރުކަށި ފިކުރު ހުއްޓުވަން ހާއްސަ ފައުޖެއް އުފައްދަން މައްސަލައެއް

ހަރުކަށި ފިކުރު ހުއްޓުވަން ހާއްސަ ފައުޖެއް އުފައްދަން މައްސަލައެއް

ހަރުކަށި ފިކުރު ހުއްޓުވުމަށް، ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް، ހާއްސަ ފައުޖެއް އުފައްދައި ދީނީ ތައުލީމް ދޭ ތަންތަނާއި މިސްކިތްތައް ބަލަހައްޓަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަޅުއްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ. ވައްޑޭ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ، ހަރުކަށި ފިކުރުގެ އަމަލުތައް ފުޅާކުރުމުގެ މަސައްކަތް ވަކި ހާއްސަ އިންތިޒާމުތަކެއްގެ ތެރ...

އަލީ އާދިލް
އަޑިއަށް ދިޔަ ލަންދޫ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ ސަމާލުވާން އެދިއްޖެ

އަޑިއަށް ދިޔަ ލަންދޫ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ ސަމާލުވާން އެދިއްޖެ

އަޑިއަށް ދިޔަ ލަންދޫ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ނ. އަތޮޅާއި، މާލެއާއި ދެމެދު ދަތުރުކުރާ، ލަންދޫ ބޯޓު ގާފަރު ކައިރިއަށް ދިޔައީ މިއަދު ހެނދުނުއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގާފަރު ފަރުގެ އުތުރުން ދަތުރުކުރަމުން ދިޔަ ލަންދޫ ބޯޓު، އަޑިއަށް ގޮސް އެ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ. […]

ޔުމްނާ ޢަލީ
މިލާން އެއްވަރުވިއިރު، ރޯމާއާއި އިންޓަ މޮޅުވެއްޖެ

މިލާން އެއްވަރުވިއިރު، ރޯމާއާއި އިންޓަ މޮޅުވެއްޖެ

އިޓާލިއަން ސީރިއާ އޭގައި އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން ކުޅުން މެޗުން އެ ޓީމް އެއްވަރުވީއިރު، އިންޓަ މިލާނާއި ރޯމާއިން ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ. ރޭ މިލާނާއި ސަސުއޯލޯ ބައްދަލުކުރި މެޗު ނިމިފައި ވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުޞަތު ވަނީ ލިބިފައެވެ. މެޗުގައި އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ ސަސުއޯލޯއަށެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ޕެނަލްޓީއެއް ލިބިފައިވާއިރު، […]

އިބްރާހިމް ޚަލީލް
ލަންދޫ ބޯޓު ގާފަރު ފަރަށް އަރައިފި

ލަންދޫ ބޯޓު ގާފަރު ފަރަށް އަރައިފި

ނ. އަތޮޅާއި، މާލެއާއި ދެމެދު ދަތުރުކުރާ، ލަންދޫ ބޯޓު ގާފަރު ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ “ލަންދޫ ބޯޓު” ވަނީ ދިޔަވެ ކ. ގާފަރު ފަރަށް އަރާފައި ކަމަށެވެ. މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު މީހުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައް ވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ. ”ކޯސްޓްގާޑުން މިހާރު ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުން. މި ހާދިސާގެ މަޢުލޫމާތ...

ޔުމްނާ ޢަލީ
ޚިޔާލު ތަފާތުވުން ހުއްޓަސް މާލޭގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި އެއްބާރުލުން ދޭނަން: މުޢިއްޒު

ޚިޔާލު ތަފާތުވުން ހުއްޓަސް މާލޭގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި އެއްބާރުލުން ދޭނަން: މުޢިއްޒު

ޚިޔާލު ތަފާތުވުން ހުރިނަމަވެސް މާލޭ ސިޓީގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި އުފަލާއެކީ އެއްބާރުން ދެއްވާނެކަމަށް  މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މުޢިއްޒު މިހެން ވިދާޅުވީ، މާލޭގެ އަމީނީމަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށްފަހު ދެއްވި ވީޑިއޯ މެސެޖެއްގައެވެ. މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ޤާނޫނީ ހަ...

އަލީ އާދިލް
އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. ކަސްޓަމްސްއިން ވިދާޅުވީ މިތަކެތި އަތުލައިގަތުމަށްފަހު، މި ތަކެއްޗާއި މި މައްސަލާގައި ޝާމިލްވާކަމަށް ތުހުމަތުކުރެވޭ މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ކަސްޓަމްސްއަށް މަސްތުވާތަކެތި އަތުލައިގަނެވުނީ މިދިޔަ ޖޫން 29 ވަަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕާރުސަލްތައް ބަލަމުން ދަނިކޮށެވެ. އެއީ މެފެޑްރޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ. އަތުލައިގަނެވުނު މަސްތުވާ...

ޔުމްނާ ޢަލީ
ރާފިއު ހޯދަން ފުލުހުން ޢިއުލާންކޮށްފި

ރާފިއު ހޯދަން ފުލުހުން ޢިއުލާންކޮށްފި

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ކުރީގެ މުޝީރު އިބްރާހިމް ރާފިއު (އެމްޑީޕީ ރާއްޕެ) ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ އިދާރާގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށެވެ. އެހެންވ...

އަލީ އާދިލް
ޅައިމަގު ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ގެންގޮސްފި

ޅައިމަގު ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ގެންގޮސްފި

ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ބޭރުތޮށި ލުމާއި، 276 މީޓަރުގެ އެއްގަމުތޮށި ލުމު...

އަޙްމަދު ވަހީދު
ދިއްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ދިއްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 98 އިންސައްތަ ނިމިފައިވާ ކަމަށް ވެސް […]

އަޙްމަދު ވަހީދު
ނެއްލައިދޫގައި ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ނެއްލައިދޫގައި ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ. ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ އެ ކައުންސިލާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އިތުރުން އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އާދީއްތަ ދުވަހު ފެށި މި ޕްރޮގްރާމްގައި އެރަށުގެ ދެ ޖިންސުގެ 41 މީހުން ބައިވެރިވެފައި ވ...

ޔުމްނާ ޢަލީ
ނޮޅިވަރަން ފުޓްސަލް ދަނޑަށް ގެއްލުން ދީފި

ނޮޅިވަރަން ފުޓްސަލް ދަނޑަށް ގެއްލުން ދީފި

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑަށް ރޭ ބަޔަކު ގެއްލުން ދީފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް މުޙައްމަދު މުސްތަފާ ”ތިލަދުން” އަށް ވިދާޅުވީ، ފުޓްސަލް ދަނޑުގައި އަޅާފައި ހުރި މެޓްތައް އުކާލައި، ގެއްލުން ދީފައި ހުރިކަން އިނގުނީ ބަޔަކު ފަތިހު އެ ދަނޑަށް ކުޅެން ދިޔުމުން ކަމަށެވެ. ”ކޮންމެ ރެޔަކު ވެސް ފަތިސް ނަމާދުކޮށްގެން ދަނޑަށް ކުޅެންދާ ސާޅީސް ޕްލަސްގެ ޓީމެއް އުޅޭނެ، އެ މީހުން ކުޅެންދިޔައިރު ދަނޑުގެ މެޓްތައް ހުރީ އުކާލާފައި” މުސްތަފާ ވިދާޅުވިއެވެ. އޭނާ […]

އަލީ އާދިލް
އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފަށައިފި

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި މިއަދު ފަށައިފިއެވެ. ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވީ، އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި މިއަދު ފެށިއިރު ހަތް ރޫޓަކުން މި ދަތުރުތައް ކުރިއަށް ދާނެކަމަށެވެ. އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ށ. އަތޮޅު ވެގެންދާނީ ފުރަތަމަ ފިޔަވަހީގެ ދަށުން އާރުޓީ...

މުޙައްމަދު ވަސީމް
ބާރަށު ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި

ބާރަށު ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހއ. ބާރަށުގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ މިއަދެވެ. މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ […]

މުޙައްމަދު ވަސީމް
އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަހުލީއަށް

އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަހުލީއަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “އާދަމް ސަލީމް ކަޕް 2021” ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަހުލީ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ލީގުބުރުގެ ފަހު މެޗު މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަހުލީއާއި ޔޫތު ފްރެންޑެސްއެވެ. މި މެޗު 3-2 ގެ ނަތީޖާއިން އަހުލީ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި […]

އިބްރާހިމް ޚަލީލް
މޫސުން ގޯސް، ހދ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް

މޫސުން ގޯސް، ހދ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހދ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން […]

ޔުމްނާ ޢަލީ
ފީނަން ގޮސްއުޅުނު މީހަކު ނިޔާވެއްޖެ

ފީނަން ގޮސްއުޅުނު މީހަކު ނިޔާވެއްޖެ

ރ. އުނގޫފާރުގައި ފީނަން ގޮސްއުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ، އުނގޫފާރުން ފީނަންދިޔަ މީހަކު ގެނބިފައިވާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް މިއަދު ލިބުނު ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ދެއްވިކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ، 25 އަހަރުގެ މީހެކެވެ. މިކަމާއިގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެއެވެ.

ޔުމްނާ ޢަލީ