ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ތެޅުންތެރިޔާ އަދި މި ގަރުނުގެ މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތު އެޑާސަން އަރަންޓޭޒް ޑޯ ނަސިމެންޓޯ (ޕެލޭ) މަރުވެއްޖެއެވެ. ބްރެޒިލަށް ތިން ފަހަރު ވޯލްޑް ކަޕް ތަށި ހޯދައިދީފައިވާ، ދުނިޔެދުށް އެންމެ ހުނަރުވެރި އެއް ފުޓްބޯޅަ ތަރި ޕެލޭ މަރުވީ އުމުރުން 82 އަހަރުގައެވެ. އޭނާ މަރުވީ ހޮސްޕިޓަލްގައި އެނދުމަތިކުރެވި ފަރުވާ ދެމުންދިޔަ ޕެލޭއަށް ވަނީ ހިތާއި ކިޑްނީގެ މައްސަލަތަކެއް ކުރިމަތިވެފައި ކަމަށް ބައިނަލްއަގްވާމީ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. […]
ޔުމްނާ ޢަލީ
ލ. ގަމުގެ މަގުތަކުގައި ތަާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންގުމަށެވެ. މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކުއެވެ. މި މަޝްރޫއު އާރުޑީސީއާ ހަ...
އަޙްމަދު ވަހީދު
ހއ. އިހަވަންދޫ މިސްކިތެއްގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމަށް 250 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ނަޝީދު މިއަދު ވަނީ ކެމްޕެއިން ދަތުރެއްގައި އިހަވަންދޫ އަށް ވަޑައިގެންފައެވެ. އެއަށްފަހު މިރޭ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިހަވަންދޫގެ މިސްކިތެއްގައި އަތުލިޔުމުން ލިޔެފައިވާ ހަތިމެއް އެބަ އޮތް ކަމަށެވެ. އަދި އެ ހަތިމަށް މިހާރު 250 އަށްވުރެ ގިނަ އަހަރ...
ޔުމްނާ ޢަލީ
ނ. ޅޮހި އާއި ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ. ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 67,020.00 އައު ބަނދަރު ފުން […]
އަޙްމަދު ވަހީދު
ލ. ގަން ތުނޑީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ރޭމްޕް ހެދުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޖެޓީއާއި ބްރިޖް ފޫޓިން ގެ ކާސްޓިން މަސައްކަތްތަކެވެ. މި މަޝްރޫޢުގެ ދަށުން، 360 މީޓަރުގެ ބޭރުތޮށި ލުމާއި، 310 މީޓަރުގެ އެއްގަމުތޮށި […]
އަޙްމަދު ވަހީދު
ތާރީޚަށް މާލީ ރިޕޯޓު ހުށަ ނޭޅި 7 ސިޔާސީ ޕާޓީއެއް ޖޫރިމަނާ ކޮށްފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި މާލީ ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް، ހުށަހަޅަންޖެހޭ ތާރީޚަށް އީސީއަށް ހުށަހަޅާފައި ނުވާތީ ހަތް ޕާޓީއެއް، އެއިން ކޮންމެ ޕާޓީއެއް ވަނީ ޖޫރިމަނާ ކޮށްފައެވެ. ޖޫރިމަނާ ކުރި ޕާޓީތައް ޢަދާލަތު، ޑީއާރުޕީ، އެމްއެންޕީ، އެމްއާރުއެމް، ޕީއެންސީ، އެމްއެސްއެލްޑީޕީ، އެމްޓީޑީ، ތާރީޚަށް މާލީ ރިޕޯޓު ހުށަ ނޭޅި 7 ސިޔާސީ ޕާޓީއެއް ޖޫރިމަނާ […]
ޔުމްނާ ޢަލީ
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެމްޕެއިންގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ފެއްޓެވުމަށް ބޮޑު ތިލަދުންމައްޗަށް މިއަދު ވަޑައިގެންފި އެވެ. މި ދަތުރުފުޅާއި ބެހޭގޮތުން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މިހައިތަނަށް ތިން ރަށަކަށް ވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އެންމެފުރަތަމަ ވަޑައިގެންނެވީ ހޯރަފުއްޓަށް ކަމަށާއި ދެން އިހަވަންދޫ އަދި މި...
މުޙައްމަދު އަފްރާޙް
ތިން ރަށެއްގެ ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފި އެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ ތ. ކިނބިދޫ، ލ. ދަނބިދޫ، މ. މުލަކުގައި ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފަައިވަނީ ލައިކޯ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. މި މަސައްކަތްތައް ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާފައިވާއިރު، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރު އެވެ. ލައިކޯ ކޮންސްޓްރަކްޝަން...
މުޙައްމަދު އަފްރާޙް
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގެ ޝަރީއަތް ސިއްްރުކުރަން ދައުލަތުން ކޯޓުގައި އެދެފި އެވެ. ހެންވޭރު ގެއެއްގެ ތެރޭގައި މިދިޔަ އޮގަސްޓް މަހު ޝިއާއުގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު އޭނާ މަރާލި މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ، އަލީ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން އިއްޔެެ ވަނީ ކޮށްފަ އެވެ. ދެ ދައުވާއެއް ދައުލަތުން ވަނީ ސިއްރުކޮށްފަ އެވެ. އެހެންވެ, މުޅި އެ މައްސަލާގެ ޝަރީއަތް ސިއްރުކުރަން […]
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދިރުންތަކުގެ ތެރޭގައި ހިމެނޭ އެންމެހާ މަޑީގެ ބާވަތްތަކަށް ގެއްލުންލިބޭފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސް ކޮށްފިއެވެ. ދިވެހިރާއްޖޭގެ ކަނޑާއި ފަރުތަކާއި ފަޅުތަކުގައި ދިރިއުޅޭ އެންމެހާ މަޑީގެ ބާވަތްތަކަށް ގެއްލުން ލިބޭފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަން ހާމަކޮށް އެ އެޖެންސީން މިއަދު އާންމު ކޮށްފައިވާ ނޫސް ބަޔާނުގައި ވިދާޅުވެފައި ވަނީ މި ދުވަސްވަރަކީ، ޗުއްޓީ ދުވަސްވަރަށް ވުމ...
އިބްރާހިމް ޚަލީލް
ޕްރޮގްރެސިވް ކޯލިޝަނުން މާދަމާ ބާއްވާ އިހްތިޖާޖު ކުރިއަށް ގެންދިއުމަށް ފުލުހުން ހުއްދަ ދީފި ކަމަށް އެ ކޯލިޝަނުން ހާމަކޮށްފި އެވެ. އެ ކޯލިޝަނުން މިކަން ހާމަކުރީ އިސްކަންދަރު ކޮށި ކައިރީގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މިއީ ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަން ކުރުމަށް ގޮވައިލާ ބާއްވާ އިހުތިޖާޖެކެވެ. އެ ކޯލިޝަނުން ބޮޑު އިހުތިޖާޖަކަށް ނުކުންނަން ނިންމާފައިވާކަން ހާމަކުރައްވާފައިވަނީ މި […]
މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބަށް އެމްޑީޕީ އެކަނި ނުކުންނަ ނަމަ، ރަނިންމޭޓަކަށް ހުންނާނީ އެމްޑީޕީގެ މެންބަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވިދާޅުވީ ޝަރުތު ހަމަވާ ކޮންމެ ބޭފުޅަކަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ބޭރުގެ ގައުމަކުން ރާއްޖޭގެ ސިޔާސީ ކަންތައްތަކަކާ ނުބެހޭނެ ކަމަށާއި އެފަދަ...
މުޙައްމަދު އަފްރާޙް
އެމްއީއެސް ހިންގި އިމާރާތުގެ މައްސަލާގައި މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ދެކޮޅަށް އިސްތިއުނާފްކުރި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. އެމްއީއެސް އިމާރާތް މާލެ ހައި ކުންފުނި އަތުން 2013 ވަނަ އަހަރު ސަރުކާރުން އެތަން އަތުލީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ މައްސަލާގައި 15 މިލިއަން ރުފިޔާގެ ބަދަލެއް ދައްކަން ސިވިލް ކޯޓުން ހުކުމްކުރި އެވެ. މާލެ ހައި ކުންފުނިން މިނިސްޓަރު އައިޝަތުގެ […]
ހުސައިން ހަބީބް
އެންމެން ބެލްޓް އަޅައިގެން ބާރަށް ކަމަރު ބަނދެ، އެމަނިކުފާނާއި ބައިވެރިވުމަށާއި އަންނަ އަހަރުގެ ނޮވެންބަރު 11 ގައި ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރައްވާފައި ނޫނީ ހުއްޓާ ނުލާނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާލުވެއްޖެ އެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިންގެ ހަރަކާތްތްތައް ފެއްޓުމަށް ބޭއްވި ހަފުލާގައި ރޭ ވާހަކަފުޅު ދައްކަވަމުން ނެވެ. “ފިކުރެއްގެ ދިރުން” […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް، މީޑިއާ ބްރީފިންއެއް ނުބާއްވަވާތާ ހައެއްކަ މަސް ވޭތުވުމަށްފަހު އިއްޔެ ހަވީރު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުން ފައްޓަވަމުން ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން އެ މަނިކުފާނު ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގަތް ވަޢުދުތައް ވެރިކަމުގެ ދައުރުގައި ފާއިތުވި މުއްދަތުގެ ތެރޭގައި ފުއްދިފައިވާ މިންވަރުގެ މައްޗަށް ކުރުކޮށް އަލިއަޅުއްވާލައްވާފައެވެ. ތިރީގައި މި ހިމަނާލަނީ މި މައ...
ޔުމްނާ ޢަލީ
ޖަލަށް ލިޔަސް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަޑު މި ގައުމުން ކަނޑުވައެއް ނުލެވޭނެ ކަމަށް ހއ. އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެ ކައުންސިލުން މިހެން ވިދާޅުވެފައި މިވަނީ ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން […]
މުޙައްމަދު އަފްރާޙް
ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މުޅި މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ އަދި ތާރު އެޅުމުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދު ގާއިމުކުރުމާއި، 11،114 އަަކަ މީޓަރުގެ ސަރަހައްދެއްގައި […]
އަޙްމަދު ވަހީދު
އެލައިޑް އިންޝުއަރަންސްގެ އިޖުތިމާއީ ޒިންމާ “ޕްރިމިއަމް ފޯ ގުޑް”ގެ ދަށުން މި އަހަރު ތައާރަފު ކުރި ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަނަލް ފަންޑު ލިބޭ ފަރާތްތައް އިއުލާނުކޮށްފިއެވެ. މި ކޮމިއުނިޓީ ފަންޑަކީ ހަ ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމައުއަށް މަންފާކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން، އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަމާއި، އިޖުތިމާއީ ހިދުމަތާއި، ތިމާވެށި ރައްކާތެރިކުރުމާއި، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކާއި...
އަޙްމަދު ވަހީދު