މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1163 ވަނަ ޞަފްޙާ

ސްޓްރާސްބޯގާ އަތުން ޕީއެސްޖީއަށް އުނދަގޫ މޮޅެއް

ސްޓްރާސްބޯގާ އަތުން ޕީއެސްޖީއަށް އުނދަގޫ މޮޅެއް

ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ސްޓްރާސްބޯގާ ބައްދަލުކުރި މެޗު ޕީއެސްޖީ ކާމިޔާބު ކޮށްފިއެވެ. ވޯލްޑް ކަޕް ބްރޭކަށް ފަހު ފްރާންސް ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ މޮޅުވެފައި ވަނީ 2-1  ގެ ނަތީޖާއިންނެވެ. ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި މެސީ ވޯލްޑް ކަޕަށް ފަހު މިހާތަނަށް އަދި ޓީމާއި ގުޅިފައިނުވާތީ ރޭގެ މެޗުގައި އޭނާ  ނުކުޅެއެވެ.  ނަމވެސް އެ ޓީމްގެ ތަރިން ކަމަށްވާ އެމްބާޕޭއާއި ނޭމާ ވަނީ ކުޅެފައެވެ. […]

އިބްރާހިމް ޚަލީލް
ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމަށް އިދިކޮޅު ކޯލިޝަނުން ވައުދު ވެއްޖެ

ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމަށް އިދިކޮޅު ކޯލިޝަނުން ވައުދު ވެއްޖެ

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންކޮށް އަލުން ރައީސް ކަމަށް ގެނައުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ސެނެޓުން ވައުދު ވެއްޖެއެވެ. މިގޮތަށް ވައުދުވެފައިވަނީ މީރުމާ ހޮޓެލްގައި ރޭ ބޭއްވި ޕީޕީއެމް / ޕީއެންސީ ސެނެޓަރުންގެ ކުއްލި ބައްދަލުވުމަށް ހުށަހެޅި ގަރާރަކުން ނެވެ. މި ގަރާރު، ފާސްކުރީ 89 ސެނެޓަރުންގެ ތާއީދާ އެކުގަ އެވެ. ރައީސް ޔާމީނަށް […]

މުޙައްމަދު އަފްރާޙް
ކުނބުރުދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމު ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ކުނބުރުދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމު ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ހދ. ކުނބުރުދޫ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެކްސަސް ނެރު ފުންކުރުމުގެ މަސައްކަތާއި، އެކްސަސް މަގު ސާފު ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން، ޑީޕް ސްޓްރިޕް ފައުންޑޭޝަން މަސައްކަތާއި، ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، ސްޓޯރޭޖް ޝެޑެއް […]

އަޙްމަދު ވަހީދު
ހޯރަފުށީގައި ދެ މީހަކަށް އެއް ގޯއްޗެއް ދޫކޮށްފައިވާ މައްސަލައަކަށް ހައްލު ހޯދައިދޭން ނިންމައިފި

ހޯރަފުށީގައި ދެ މީހަކަށް އެއް ގޯއްޗެއް ދޫކޮށްފައިވާ މައްސަލައަކަށް ހައްލު ހޯދައިދޭން ނިންމައިފި

ހއ. ހޯރަފުށީގައި ދެ މީހަކަށް އެއް ގޯއްޗެއް ދޫކޮށްފައިވާ މައްސަލާގައި އެ ދެ މީހުންނަށް ވަކި ދެ ގޯތި ދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. ހޯރަފުށީ ކައުންސިލުން މި ގޮތަށް ނިންމީ އެކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 52 ވަނަ ޢާންމު ބައްދަލުވުމުގައެވެ. ހޯރަފުށީގެ ދެ ރައްޔިތަކަށް އެއް ގޯއްޗެއް ދޫކުރެވިފައިވުމުން ހޯރަފުށީ ކައުންސިލުން ވަނީ އެ ދެ ރައްޔިތުންނަށް ވަކި ދެ ގޯތި ދިނުމަށް ޕްލޭނިން މިނިސްޓްރީގެ ލަފަޔަކަށް އެދިފައެވެ. އެކަމަށް […]

ޔުމްނާ ޢަލީ
ސިޙްރު ޖެހުމުގެ ކުރިން، އެކަމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ 11 ކަމެއް!

ސިޙްރު ޖެހުމުގެ ކުރިން، އެކަމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ 11 ކަމެއް!

ސިޙްރު ޖެހުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެގޮތުން މިލިއުމުގައި މި ހިއްސާކޮށްލަނީ “ސިޙްރު ޖެހުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ 11 ކަމެއް” ތިރީގައި ހިއްސާކޮށްލާނަމެވެ. 1- ﷲ އަށް ވަކީލުކުރުން: ފަހެ، މުއުމިނުމީހާގެ ހިތް އަބަދުވެސް ގުޅިފައިވަނީ އޭނާ ހައްދަވާ ގެންގުޅުއްވާ އިލާހާއެވެ. އަދި އޭނާގެ ހުރިހާކަމެއް ބަރޯސާކުރާނީ ﷲ އަށެވެ. އަދި ހަމަކަށަވަރުން ﷲގެ އިޛްނަފުޅާ ލައިގެން މެނުވީ އޭނާއަށް އެއްވެސް ގެއްލުމެއް ނުވާނޭކަން...

ތިލަދުން
ސިލްސިލާ ވާހަކަ: ޙައްޤުގައި (12)

ސިލްސިލާ ވާހަކަ: ޙައްޤުގައި (12)

ކުރީގެ ޢަދަދާއިގުޅޭ، ” އެ ކަޅު ހިޔަންޏަކީ ކާކު؟” އަވަސް އަވަހަށް ޝާމިން ސުވާލުކުރީ އެނގެން ބޭނުންވާފަދަ ގޮތަކަށެވެ. ” ތިބުނީވެސް ހިޔަންޏެކޭ އެއްނު! އާނ އެއީ އަހަރެންގެ ޙަޔާތުގައިވާ ކަޅު ހިޔަންޏެއް! ކުލަވާނެ ކަމުގެ އެއްވެސް އުއްމީދެއްނެތް! ” ފަސްއެނބުރި ދަމުން ޝެރީން ބަލާލިގޮތުން ޝާމިންގެ ހިތަށް އުނދަގޫވިއެވެ. ޝެރީން ނުކުމެގެން ދަންދެންވެސް ޝާމިންއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޝާމިންގެ ބޮލުގައި ރިއްސާލިއެވެ. އެކިފަހަރު މަތިން ޝެރިން ދައްކާފައިހުރި ވާހަކަތައް ހަނދާނަށް އަންނަން ފެށިއެވެ. އެކި...

ސަލާމާ ޢަބްދުލް ޢަލީމް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ވޯޓާސް ލިސްޓް އާންމުކޮށްފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ވޯޓާސް ލިސްޓް އާންމުކޮށްފި

ވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އެ ޕާޓީން އާންމުކޮށްފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވާ ހޮނިހިރު ދުވަހުއެވެ. ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށް ކުރުމަށް އެމްޑީޕީން ރޭ ކުރި ޢިއުލާނެއްގައި ބުނީ އެ ލިސްޓާއި މެދު ޝަކުވާ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް 1 ޖެނުއަރީ 2023 […]

ޔުމްނާ ޢަލީ
ޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސްއަށް އަނެއްކާ ވެސް އަނިޔާވެއްޖެ

ޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސްއަށް އަނެއްކާ ވެސް އަނިޔާވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރ ރީސް ޖޭމްސްއަށް އަނެއްކާ ވެސް އަނިޔާ ވެއްޖެއެވެ. މިދިޔަ އޮކްޓޯބަރ މަހު ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާއި ދެކޮޅަށް އެ ޓީމް ކުޅުނު މެޗުގައި ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާއަށް ފަހު، އެ އަނިޔާއިން ރަނގަޅުވެ އޭނާ އެނބުރި ދަނޑަށް ކުޅެން ނުކުމެފައި ވަނީ އަންގާރަ ދުވަހުގެ ރޭ ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗުގައެވެ. ނަމަވެސް ކުރިން އަނިޔާވި ކަކުލަށް އަނިޔާވެ އޭނާ ވަނީ މެޗުގެ […]

އިބްރާހިމް ޚަލީލް
''އިގްތިސޯދު ކޯވިޑްގެ ކުރިން އޮތް ހިސާބަށް ގާތްގަނޑަކަށް ވާސިލް ވެވިއްޖެ''

''އިގްތިސޯދު ކޯވިޑްގެ ކުރިން އޮތް ހިސާބަށް ގާތްގަނޑަކަށް ވާސިލް ވެވިއްޖެ''

ރާއްޖޭގެ އިގްތިސާދު ކޯވިޑް ނަވާރައިގެ ކުރިން އޮތް ހިސާބަށް އަލުން އަނބުރާ ގާތްގަނޑަކަށް މިހާރު ވާސިލް ވެވިއްޖެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސަރުކާރަށް ހަތަރު އަހަރު ފުރި ފަސް ވަނަ އަހަރު ގުނެމުންދާއިރު، އެމަނިކުފާނު ވެވަޑައިގަތް ވައުދުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިގެންމިދާ 2022 ވަނަ އަހަރަކީ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާ...

ޔުމްނާ ޢަލީ
ހާލަންޑްގެ ލަނޑުތަކުން މޮޅުވެ ސިޓީ ދެވަނައަށް

ހާލަންޑްގެ ލަނޑުތަކުން މޮޅުވެ ސިޓީ ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވީ ނަމަވެސް އެ ޓީމަށް ލީޑްސްގެ ގޯލު ހުޅުވާލެވޭ ވަރުވީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރީއެވެ. އޭނާ […]

އިބްރާހިމް ޚަލީލް
އިމަގުން ބާއްވާ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ޓީމަކުން

އިމަގުން ބާއްވާ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ޓީމަކުން

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ އިހަވަނަދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ “ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތް 2023” ގައި ހަ ޓީމެއް ބައިވެރި ވެއްޖެއެވެ. މި މުބާރާތުގައި ބައިވެރި ވެފައިވާ ޓީމްތަކަކީ ފިއުޗަރ އެފްސީ، އެންވީކޭ، އެފްސީ ބޮޑުމަގު، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީއެވެ. މި މުބާރާތަކީ އިމަގު ޖަމިއްޔާއިން އިސްނަގައިގެން އިހަވަންދޫ ޕޮލިސްޓޭޝަނާއި ގުޅިގެން، އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދި...

އިބްރާހިމް ޚަލީލް
އުރީދޫ އެމްފައިސާ ކަސްޓަމަރުންނަށް ޖާޒިއާއިން ޑިސްކުންޓް

އުރީދޫ އެމްފައިސާ ކަސްޓަމަރުންނަށް ޖާޒިއާއިން ޑިސްކުންޓް

އުރީދޫ މޯލްޑިވްސްގެ އެމްފައިސާ ކަސްޓަމަރުންނަށް ޖާޒިއާއިން ޑިސްކުންޓް ލިވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން ޖާޒިއާއިން ގަންނަ ތަކެއްޗަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކައިގެން 5 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ. މިއީ ލިމިޓެޑް ޓައިމް އޮފާއެކެވެ. މި އޮފާ ކުރިއަށްދާނީ ޖެނުއަރީ މަހުގެ ނިޔަލަށެވެ. ޖާޒިއާ އަކީ ކަސްޓަމް މޭޑް ނުވަތަ ބޭނުން ގޮތަކަށް ޖާޒީ ޑިޒައިން ކުރާ ކުންފުންޏެކެވެ. އެމްފައިސާ ބޭނުން ކުރަން ބޭނުންވާ ކަސްޓަމަރުންނަށް މައި އުރީދޫ އެޕްލިކޭޝަން ބޭނުންކޮށްގެން ރަޖ...

އަޙްމަދު ވަހީދު
އެމްއެމްޕީއާރުސީގެ ހިޔާނާތް: 7 މީހަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި، 53 މައްސަލައެއް އޭސީސީގައި

އެމްއެމްޕީއާރުސީގެ ހިޔާނާތް: 7 މީހަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި، 53 މައްސަލައެއް އޭސީސީގައި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތާއި ގުޅިގެން 7 މީހަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި މިހާރުވެސް ކުރިއަށްދާ ކަމަށާއި، 53 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހްގީގު ކުރަމުން އެބަދާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސަރުކާރަށް ހަތަރު އަހަރު ފުރި ފަސް ވަނަ އަހަރު ގުނެމުންދާއިރު، އެމަނިކުފާނު ވެވަޑައިގަތ...

ޔުމްނާ ޢަލީ
ޝިއާއުގެ މަރު: ސާހިލްގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ފޮނުވައިފި

ޝިއާއުގެ މަރު: ސާހިލްގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ފޮނުވައިފި

ހ. ޝީރީންވިލާގޭގައި ތޫނުއެއްޗަކުން ޙަމަލާދީ ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ ފ. ނިލަންދޫ, ފިނިފެންމާގެ, އަލީ ސާހިލްގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ފޮނުވާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެ އެވެ. އެ އޮފީހުން ވިދާޅުވީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއެކު ޖުމްލަ ފަސް ދައުވާ ސާހިލްގެ މައްޗަށް އުފުލާފަ...

މުޙައްމަދު އަފްރާޙް
މިގެންނަ ތަރައްޤީ އާއި އެކު، ތިލަދުންމަތީގައި ފަތުރުވެރިކަން ތަރައްޤީކުރަން ވިޔަފާރިވެރިންގެ ޝައުގުވެރިކަން އިތުރުވާނެ: ރައީސް

މިގެންނަ ތަރައްޤީ އާއި އެކު، ތިލަދުންމަތީގައި ފަތުރުވެރިކަން ތަރައްޤީކުރަން ވިޔަފާރިވެރިންގެ ޝައުގުވެރިކަން އިތުރުވާނެ: ރައީސް

މި ސަރުކާރުން ބޮޑު ތިލަދުންމައްޗަށް މިގެންނަ ތަރައްޤީ އާއި އެކު، ތިލަދުންމަތީގައި ފަތުރުވެރިކަން ތަރައްޤީކުރަން ވިޔަފާރިވެރިންގެ ޝައުގުވެރިކަން އިތުރުވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަ “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަމަކީ މިހާތަނަށް އައިއިރު މާބޮޑު ކުރިއެރުމެއް ނެތް ސަރަހައްދެއްކަމަށާއި، އެކަން...

އަލީ އާދިލް
ށ. އަތޮޅު ކައުންސިލުން މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ކޯސްތަކެއް ހިންގަނީ

ށ. އަތޮޅު ކައުންސިލުން މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ކޯސްތަކެއް ހިންގަނީ

މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ކޯސްތަކެއް ށ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދަން ނިންމައިފި އެވެ. އެ ކައުންސިލުން ވިދާޅުވީ، މިއީ އެ އަތޮޅުގެ މުވައްސަސާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ފެންވަރުމަތިކުރުމަށް ކުރިއަށް ގެންދާ ކޯސްތަކެކެވެ. ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން 2023 ވަނަ އަހަރު މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހެއް އަދި ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްއެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. މިކަމާއި ގުޅިގެން...

މުޙައްމަދު އަފްރާޙް
''މާލޭގައި 8700 ފްލެޓް، އަތޮޅުތެރޭގައި 4436 ފްލެޓާއި ރޯހައުސް އެޅުމުގެ މަސައްކަތްކުރިއަށް އެބަދޭ''

''މާލޭގައި 8700 ފްލެޓް، އަތޮޅުތެރޭގައި 4436 ފްލެޓާއި ރޯހައުސް އެޅުމުގެ މަސައްކަތްކުރިއަށް އެބަދޭ''

މާލެއާއި އަތޮޅުތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންދާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސަރުކާރަށް ހަތަރު އަހަރު ފުރި ފަސް ވަނަ އަހަރު ގުނެމުންދާއިރު، އެމަނިކުފާނު ވެވަޑައިގަތް ވައުދުތައް ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަން ފާހަގަކުރައްވަމުން ރައީސް ވަނީ ކުރުކޮށް އެކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައް...

ޔުމްނާ ޢަލީ
އާރުޓީއެލް މެދުވެރިކޮށް ލައްކަ އަކަށްވުރެ ގިނަ މީހުން ދަތުރުކޮށްފި

އާރުޓީއެލް މެދުވެރިކޮށް ލައްކަ އަކަށްވުރެ ގިނަ މީހުން ދަތުރުކޮށްފި

ބޮޑު ތިލަދުންމައްޗާއި ޅ. އަތޮޅުގައި ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މެދުވެރިކޮށް ލައްކަ އަކަށްވުރެ ގިނަ މީހުން މިހާތަނަށް ދަތުރުކޮށްފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރަށް ހަތަރު އަހަރު ފުރި ފަސް ވަނަ އަހަރު ގުނެމުންދާއިރު، އެމަނިކުފާނު ވެވަޑައިގަތް ވައުދުތައް ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށެވެ. ރ...

ޔުމްނާ ޢަލީ