މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1164 ވަނަ ޞަފްޙާ

ބީސާދަ ސްޕޯޓްސް ފެސްޓިވަލް: ސިވިކް އާއި ވީކޭ ސެމީފައިނަލަށް

ބީސާދަ ސްޕޯޓްސް ފެސްޓިވަލް: ސިވިކް އާއި ވީކޭ ސެމީފައިނަލަށް

ހދ. ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ބީސާދަ ސްޕޯރޓްސް ފެސްޓިވަލް 2022 ގައި ކުރިޔަށްދާ ފުޓްސަލް މުބާރާތުގެ ސެމީއަށް ސިވިކް އަދި ވީކޭ ދަތުރު ކޮށްފިއެވެ. ސިވިކް ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދި އިރު ވައިކަރަދޫ (ވީކޭ) ސެމީއަށް ދިޔައީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަންގާރަދުވަހު ކުޅުނު މެޗުން ސިވިކް މޮޅުވީ ސެނޯންއާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައިފައިވަނީ ސިވިކް އިންނެވެ. […]

އަލީ ރިޔާޟް
7 ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި

7 ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި

ހަތް ރަށެއްގައި އިމާރާތްކުރަން ނިންމާފައިވާ ހޮސްޕިޓަލްތައް އަޅައިދޭނެ ފަރާތްތައް ހޯދަން އަނެއްކާވެސް ޢިއުލާންކޮށްފިއެވެ. މި ހޮސްޕިޓަލްތައް އަޅާނެ ފަރާތްތައް ހޯދަން މީގެ ކުރިން ވެސް ދެ ފަހަރަކު ވަނީ ޢިއުލާންކޮށްފައެވެ. މިގޮތުން އެންމެފަހުން ޢިއުލާން ކުރީ މިދިޔަ ނޮވެމްބަރ މަހުގެ ކުރީ ކޮޅުއެވެ. މި ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ރަށްތަކަކީި ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ އާއި ކ. ތުލުސްދޫ އެވެ. އަދި އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުއްޓެވެ. މިރަށްތަކުގައި […]

ޔުމްނާ ޢަލީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި އެވެ. އެޕާޓީން ވިދާޅުވީ ރިޔާސީ ޕްރައިމަރީ ގުލޭގޮތުން ހުށައެޅޭ ޝަކުވާތައް ބެލުމަށް ޝަކުވާބަލާ ކޮމެޓީއެއް އެކުލާލައި، ރިޔާސީ ޕްރައިމަރީ އާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެކޮމިޓީއަށް ހުށައެޅުމުގެ ފުރުޞަތު ހުލުވާލާފައިވާ ކަމަށެވެ. އެގޮތުން ޝަކުވާ ބަލާ ކޮމެޓީގައި ހިމެނެނީ އަޙްމަދު އަބްދުﷲ އަފީފް އާއި އަފްޝަން ލަތީފް އަދި މުހައްމަދު ހާޝިމް ކަމަށް އެ ޕާޓީން ވިދާޅުވެ އެވެ. […]

މުޙައްމަދު އަފްރާޙް
ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓުން ރާއްޖެ ގެނައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ. ކަސްޓަމްސް އިން މިއަދު ވިދާޅުވީ މިތަކެތި އަތުލައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. މި ތަކެތި ފެނިފައި ވަނީ ބެލްޖިއަމުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާފާސްކުރުމުގެ ތެރޭގައެވެ. މި ޕެކޭޖް ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ދެ ޕެކެޓް […]

ޔުމްނާ ޢަލީ
ފުވައްމުލަކުގައި ގާއިމުކުރާ ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީގެ ބިންގާ އަޅައިފި

ފުވައްމުލަކުގައި ގާއިމުކުރާ ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީގެ ބިންގާ އަޅައިފި

ފުވައްމުލަކު ސިޓީގައި ގާއިމުކުރާ ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީގެ ބިންގާ މިއަދު އަަޅައިފިއެވެ. މި ލެބޯޓްރީ ފެސިލިޓީގެ އިމާރާތް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ، ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ދިވެހި ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި ގުޅިގެން ނެވެ. މިއީ ޔޫ.އެން.ޑީ.ޕީ އިން ތަންފީޒުކުރާ ‘ޕްރޮޖެކްޓް ފޯރ ޑިވެލޮޕިންގ ސަސްޓެއިނަބްލް އެގްރިކަލްޗަރަލް އިކޮނޮމީ’ މަސްރޫއުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ލެބުން ކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައ...

މުޙައްމަދު އަފްރާޙް
ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނޫސްވެރިންނާ ބައްދަލުކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް، ނޫސްވެރިންނާއި ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:30 ޖަހާއިރު ރައީސް އޮފީހުގައި ކަމަށެވެ. މި ބައްދަލުވުން ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް މިއީ ކޮން ކަމަކާއި ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްކަމެއް ހާމައެއް ނުކުރައްވަ އެވެ.

މުޙައްމަދު އަފްރާޙް
ސްޕޯޓްސް މެނޭޖްމަންޓް ދާއިރާގެ ޑިޕްލޮމާ ފެންވަރުގެ ކޯހެއްގައި ހިލޭ ކިޔެވުމުގެ ފުރުސަތު

ސްޕޯޓްސް މެނޭޖްމަންޓް ދާއިރާގެ ޑިޕްލޮމާ ފެންވަރުގެ ކޯހެއްގައި ހިލޭ ކިޔެވުމުގެ ފުރުސަތު

ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް ކޯހެއް ހިންގުމަށް ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ޔޫތް މިނިސްޓްރީން ހުޅުވާލައިފި އެވެ. އެ މިނިސްޓްރީން ވިދާޅުވީ މިއީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ގުޅިގެން ހިންގާ ކޯހެއް ކަމަށާއި މިކޯސް ފެށުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި މިއީ އެމްކިއުއޭ ލެވެލް 5 ގެ ކޯހެއް ކަމަށެވެ. އެއް އަހަރުގެ މުއްދަތަށް ދެ ސެމިސްޓަރއަކަށް ކުރިއަށް ގެންދާ […]

މުޙައްމަދު އަފްރާޙް
މާލެއިން މީހަކު ގެއްލިގެން ހޯދަންފަށައިފި

މާލެއިން މީހަކު ގެއްލިގެން ހޯދަންފަށައިފި

މާލެއިން މީހަކު ގެއްލިގެން ހޯދަންފަށައިފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ. މާވަށް / ކުންނާރުމާގެ، މޫސާ އަނީސް (32އ) ކަމަށެވެ. އޭނާ މާލެއިން ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދ ކުރަމުން އަންނައިރު، މި މަހު 24 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ ޚަބަރެއްނުވެ، ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މޫސާ އަނީސްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައ...

ޔުމްނާ ޢަލީ
މިއާއިލާގައި "ގްރިޒްމަން އެމްބާޕޭ" އާއި "ނޭމާ ރޮނާލްޑޯ" އަދިވެސް އިތުރު ތަރިން!

މިއާއިލާގައި "ގްރިޒްމަން އެމްބާޕޭ" އާއި "ނޭމާ ރޮނާލްޑޯ" އަދިވެސް އިތުރު ތަރިން!

ފުޓްބޯޅައަށާއި ފުޓްބޯޅަ ކުޅުންތެރިންނަށް އޮންނަ ލޯތްބާއި އިޙްތިރާމް ފާޅުކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކަންތައް ކޮށްއުޅެއެވެ. އެގޮތުން މިއީ ފުޓްބޯޅަ ކުޅުންތެރިންނަށް އޮންނަ ލޯބި ތަފާތު ގޮތަކަށް ދައްކަމުން އަންނަ އާއިލާއެކެވެ. ނިމިދިޔަ ވޯލްޑް ކަޕަކީ ޗިލީ ގެ ޕަކާޗޭ މިއާއިލާއަށް ވަރަށް ފޯރިގަދަ މުބާރާތަކަށް ވެގެން ދާނެކަން ޔަގީނެވެ. އެއާއިލާގައި ފުޓްބޯޅައިގައި މަޝްހޫރު ތަރިންގެ ނަމުން ނަން ދީފައިވާ އެތައް ކުދިންނެއް އެބައުޅެއެވެ. މިއަހަރު މި އާއިލާއަށް އުފަންވި ކުއްޖަކަށް ފްރ...

އަލީ އާދިލް
ކުރުވާހަކަ: ރެދަން

ކުރުވާހަކަ: ރެދަން

ރައްޓެއްސެއްގެ ކައިވެންޏަށް ރ. މީދޫއަށް އަހަރެން ދިޔައީމެވެ. އަހަންނަށް ލިބުނީވެސް އެންމެ ފަސްދުވަހުގެ ކުރު ޗުއްޓީއެކެވެ. އެހެންކަމުން މާބޮޑު ތައްޔާރީއެއް ނުވަމެވެ. މީގެ ކުރިން ރާއްޖެތެރޭ ރަށަކަށް ދަންޏާ އަހަރެން އަބަދުވެސް ވަރަށް ބޮޑަށް ތައްޔާރުވަމެވެ. ފީނަން ގޮސް މަސްބާނާ، ބާބެކިޔު ހެދުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަންތައްތަކެވެ. އެހެނަސް ލިބުނު ދުވަސްކޮޅު މަދުކަމުން އަހަރެން ނިންމީ ޕާޓީ ނިންމާފައި އަވަހަށް މާލެ އައުމަށެވެ. އަހަރެން ހުރީ އެކުވެރިޔާ ފަޒާލްގެ ގޭގައެވެ. އެގޭ ހުރިހާ އެންމެންވެސ...

ސަލާމާ ޢަބްދުލް ޢަލީމް
ދުބާއީއަށް ވަރަށް ވިއްސާރަ، ބުރުޖް ޚަލީފާގައި ބޮޑު ކުޑައެއް!

ދުބާއީއަށް ވަރަށް ވިއްސާރަ، ބުރުޖް ޚަލީފާގައި ބޮޑު ކުޑައެއް!

މިދުވަސްވަރަކީ ދުބާއީއަށް މޫސުން ގޯސްވެ ވަރަށް ވިއްސާރަ ކުރާ ދުވަސް ވަރެކެވެ. ޔޫއޭއީގެ ނޭޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީ (އެންސީއެމް) އިން އިއްޔެވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދުބާއީ އަށް ޔެލޯ އަދި އޮރެންޖް އެލާޓް ނެރެފައެވެ. އެއާއިއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ފަރުވާތެރިކަމާއެކު މަގުމަތީގައި ދުއްވާއެއްޗެހި ދުއްވުމާއި ފެންބޮޑުވާ ސަރަހައްދުތަކުން ދުރުހެލިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ ސެންޓަރުން ބުނީ ފިނިހޫނުމިން އާންމު ދުވަސްތަކަށްވުރެއް ދަ...

އަލީ އާދިލް
އާޖެންޓީނާގެ "3 ތަރި ޖެހި" ޖާޒީ ގަންނަން ސަފު ހަދާފަ، 10 އަކަށް ޑިމާންޑު ބޮޑު

އާޖެންޓީނާގެ "3 ތަރި ޖެހި" ޖާޒީ ގަންނަން ސަފު ހަދާފަ، 10 އަކަށް ޑިމާންޑު ބޮޑު

މިއަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް 2022 ކާމިޔާބުކުރުމަށްފަހު، “3 ތަރި ޖެހި” އާޖެންޓީނާގެ އާ ޖާޒީ އަށް ޑިމާންޑު ބޮޑުވެއްޖެ އެވެ. ކަލީޖްޓައިމްސްގައި ރިޕޯޓުކޮށްފައިވާގޮތުން ގަތަރުގައި ހުރި އެޑިޑާސްގެ ފިހާރަތަކުގެ ކުރިމަތީގައި ސަޕޯޓަރުންވަނީ މި ޖާޒީ ގަތުމަށް ސަފު ހަދައިގެން އެތައް އިރަކު ތިބެން ޖެހިފައިކަމަށެވެ. ވޯލްޑް ކަޕްގެ ތިންވަނަ ތަށި އާޖެންޓީނާއަށް ހޯދައިދިން ތަރި ލިއޮނަލް މެސީގެ ހުވަފެން ފުރިހަމަވެފައިވާއިރު ސަޕޯޓަރުންގެ މެދުގައި އެންމެ ޑިމާންޑު ބޮޑުވެފައިވަނީވެސް މެސީގެ 10 ނަންބަރު...

އަލީ އާދިލް
ކުޅުދުއްފުށީގެ އިތުރުން ހދ. އަތޮޅުގެ ފަސް ރަށަކަށް ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީގެ އިތުރުން ހދ. އަތޮޅުގެ ފަސް ރަށަކަށް ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. އަތޮޅުގެ ފަސް ރަށަކަށް ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފަށައިފިއެވެ. އެ މިނިސްޓްރީން ވިދާޅުވާގޮތުގައި މިއީ ފުޑް ސެކިއުރިޓީ ޕްރޮޤްރާމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން މިއަހަރު ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. އަތޮޅުގެ ފަސް ރަށަކަށް މުޑުވައް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ކުޅުދުއްފުށީގެ އިތުރުން މި އަހަރު މުޑުވައް ދޭން ނިންމާފައިވާ […]

ޔުމްނާ ޢަލީ
ޗެލްސީއާއި ޔުނައިޓެޑަށް ވެސް މޮޅެއް

ޗެލްސީއާއި ޔުނައިޓެޑަށް ވެސް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކުރިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު، އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މެޗުގައި ޗެލްސީން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ސްޓާލިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކައި […]

އިބްރާހިމް ޚަލީލް
ހަނިމާދޫން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ ހަތް ބިން ދޫކުރަނީ

ހަނިމާދޫން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ ހަތް ބިން ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ޓޫރިޒަމަށް ފަސްހާސް އަކަފޫޓުގެ ހަތް ބިން ދޫކުރުމަށް ނިންމައި އެކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލް ހަނިމާދޫ ކައުންސިލުން ފާސްކޮށްފިއެވެ. މި އުސޫލުގެ ދަށުން ހަނިމާދޫ ކައުންސިލުން ޓޫރިޒަމަށް ދޫކުރާ ހަތް ބިން، ދޫކުރުމަށް ހަމަޖެހިފައި ވަނީ، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ޓްއަރިޒަމް ބިމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެއާޕޯޓް ސަރަހައްދުގެ އުތުރުން އޮންނަ ބީޗް ސަރަހައްދެވެ. ލޭންޑް ޔޫސް ޕްލޭނުގައި އެތަން ފާހަގަކޮށްފައި ވަނީ ޓްއަރިސްޓް ގެސްޓް ހައުސްތައް ހިންގުމަށާއި...

އިބްރާހިމް ޚަލީލް
އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދަނީ

އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އިހަވަންދޫގައި ޓާފް އަޅައިގެން ތަރައްޤީ ކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. އަންދާ...

އިބްރާހިމް ޚަލީލް
ޔާމީނަށް ހުކުމް ކުރީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުވައިލަން: ވަށަފަރު ކައުންސިލް

ޔާމީނަށް ހުކުމް ކުރީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުވައިލަން: ވަށަފަރު ކައުންސިލް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި ހުކުމަކީ، އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވައިލަން ކުރި ޙުކުމެއް ކަމަށް ހއ. ވަށަފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި […]

ޔުމްނާ ޢަލީ
ވަށަފަރު ކައުންސިލުން ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި

ވަށަފަރު ކައުންސިލުން ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި

ހއ. ވަށަފަރު ކައުންސިލުން އެރަށުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި އެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލުން ވިދާޅުވީ މި ޕާކު ތަރައްގީކޮށްފައިވަނީ 3،25،000 ރުފިޔާ ހަރަދުކޮށްގެން ކަމަށެވެ. އެއީ ކައުންސިލުގެ ބަޖެޓުން ކުރި ހަރަދެއް ކަމަށެވެ. މި ޕާކުގައި ބަހައްޓާފައިވާ ސާމާނަކީ ޔޫތް މިނިސްޓްރީން ހަދިޔާކޮށްފައިވާ ތަކެތި ކަމަށާއި އެ ކައުންސިލަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބުނު ތަކެތި ކަމަށް ވެސް ވިދާޅުވި އެވެ. […]

މުޙައްމަދު އަފްރާޙް