ގިނަ މީހުންގެ އީމެއިލް އިންބޮކްސްގައި ގިނައީ ނުކިޔާހުރި އީމެއިލްތަކެވެ. ފޭސްބުކާއި އެކި އެކި ވެބްސައިޓް ތަކުގައި ސަބްސްކުރައިބް ކުރެފައިވުމުން، ފޮނުވާ އެކި އެކި ނިއުސް ލެޓާތަކާއި އިސްތިހާރުތަކުން ޖީމެއިލް އޮންނަނީ ފުރި ބާރުވެފަ އެވެ. ނުކިޔޭ އީމެއިލްތައް ގިނަވެ ހައްދުން ނެއްޓުމުން ނޮޓިފިކޭޝަން އޮފްކޮށްލާ މެއިލް އަންނާނެވަރަކަށް އައިސް އިންބޮކްސް ފުރެންދެން މެއިލްތައް ފުނިޖެހެން ފަށައެއެވެ. އަވަދި ނެތި އުޅެމުން އިންބޮކްސް ތަރުތީބުކޮށް ހަމައަކަށް އަޅުވަން އުޅެން ހަނދާންވަނީ ސްޕޭސް ހުސްވާކަމުގެ އިން...
އަލީ އާދިލް
….. Thiladhun Online · Audio Vaahaka: Tsunami ge Biya Raalhun, Mulhi Dhiriulhun Indhiraas! …..
ތިލަދުން
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މެދުކަނޑާލުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފެށި މެޗުގައި ޓޮޓެންހަމްއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށްކުޅެ ގިނަ ހަމަލާ އުފެއްދީ ޓޮޓެންހަމުންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ދެ ލަނޑު ވެސް ކާމިޔާބު ކޮށްފައި ވަނީ ބްރެންޓްފޯޑެވެ. ފުރަތަމަ ލަނޑު 15 […]
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވައިލާ އިދިކޮޅުން ވެރިރަށް މާލޭގައި މިރޭ ވެސް މުޒާހަރާ ފަށައިފިއެވެ. ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު […]
ޔުމްނާ ޢަލީ
މ. އަތޮޅު މަދަރުސާގައި އެޅި 8 ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލް ބޭނުން ކުރަން ފަށައިފިއެވެ. ތައުލީމާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މ. އަތޮޅު ކޮޅުފުށީ ގައި ހުންނަ އެ އަތޮޅު މަދަރުސާގައި މި ސަރުކާރުން ޢިމާރާތްކުރި 8 ކިލާސް ރޫމާއި، މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ނިމި ވަނީ ބޭނުން ކުރަން ފަށާފައެވެ. މި އިމާރާތްތަކާއެކު ދެން އެ މަދަރުސާ ވެގެން ދާނީ އެއް ދަންފަޅިއަކަށް ކިޔަވައިދޭ ތަނަކަށް ކަމަށް ތައުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. […]
ޔުމްނާ ޢަލީ
ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ބޭރުތޮށި ލުމާއި، 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ....
އަޙްމަދު ވަހީދު
ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވީ ނުހައްގު އަދި ސިޔާސީ ނުފޫޒުގެ ތެރެއިން ކޮށްފައިވާ ހުކުމެއް ކަމަށާއި، އެއީ ދިވެހިންނަށް ލިބުނު ނިކަމެތި ކަމެއްކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ މި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އެކައުންސިލުން […]
މުޙައްމަދު އަފްރާޙް
ހއ. ހޯރަފުށީ މަގުތަކުގައި އަނބު ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މި ހަރަކާތުގެ ދަށުން 77 އަނބު ގަސް އެރަށުގެ މަގުތަކުގައި ވަނީ އިންދާފައެވެ. މީގެ އިތުރުން ހޯރަފުށި ފެހި ކުރުމުގެ ފުރަތަމަ ހަރަކާތުގެ ތެރެއިން 44 އަނބު ގަސް އިންދާފައިވާކަން އެ ކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ. ހޯރަފުށީގެ މަގުތަކުގައި އަނބު ގަސް އިންދުމަށް މިފަހަރު ހިންގި މި ހަރަކާތަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) [...
ޔުމްނާ ޢަލީ
ސްޓެލްކޯގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިއަދު ވަނީ ބާއްވައިފިއެވެ. މި ޖަލްސާގައި ސްޓެލްކޯއިން ވަނީ މިދިޔަ އަހަރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި، ކުންފުނީގެ މާލީ ހިސާބުތައް އަދި ކުންފުނީގެ ކުރިމަގަށް އަލިއަޅުވާލެވިފައެވެ. އެގޮތުން، ދުނިޔެއަށް ދިމާވި، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އައި އިރު، އަދި ދުނިޔެއާއި، ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި، ދިމާވި އެކި ގޮންޖެހުންތަކާއި އެކުވެސް، ކުންފުނީގެ މާލީ ހާލަތު ދެމެހެއްޓިފައިކަން ފާހަގަ ކޮށްފައިވެއެވެ...
އަޙްމަދު ވަހީދު
މޫސުން ގޯސްވެދާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެ ކައުންސިލުން މިފަދައިން އެދިފައި މިވަނީ ކޮޅިގަނޑެއްގެ އަސަރުކޮށް، މިރެއާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ނުސީދާ އަސަރު އެ ސިޓީއަށް ވ...
މުޙައްމަދު އަފްރާޙް
ތ. ގާދިއްފުށީ ފެނާއި ނަރުދަމާ މަޝްރޫއުގެ މަސައްކަތތް ނިމުމަކާ ގާތް ވެއްޖެއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 91 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ފެނުގެ ނެޓްވޯކުގެ މަސައްކަތްތަކުގެ 85 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، އިދާރީ މަރުކަޒެއް އިމާރާތްކުރުމާއި، އާރްއޯ ޕްލާންޓެއް ގާއިމްކުރުމާއި، 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް […]
އަޙްމަދު ވަހީދު
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މެދު ކަނޑާލި، އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިއަދު އަލުން ފަށާނެއެވެ. މިދިޔަ މަހު ޕްރިމިއާ ލީގުގެ ކުޅުން މެދު ކަނޑާލިއިރު ބައެއް ޓީމްތައް ވަނީ 14 މެޗު އަނެއްބައި ޓީމްތައް ވަނީ 15 މެޗު ކުޅެފައެވެ. ލީގުގެ ފަހުބައި މިއަދު އަލުން ފަށާއިރު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ އާސެނަލްއެވެ. އާސެނަލް އެއްވަނާގައި އޮތީ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއަށްވުރެ 5 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އާސެނަލްއަށް […]
އިބްރާހިމް ޚަލީލް
އެއްބައިވަންތަކަން ގާއިމްކުރެވޭނީ، ހިދުމަތް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް ހަމަހަމަކަން ގާއިމުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މ. އަތޮޅު މަދަރުސާގައި ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މިސަރުކާރުން ފެށި ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ވެ...
މުޙައްމަދު އަފްރާޙް
“މިހާރުވެސް ގޮނޑުދޮށަށް ބޮޑެތި ރާޅު ބިންދާ އަޑުއިވުނީމަ އެހަނދާންތައް އާވޭ! އެއީ ދުވަހަކުވެސް ހަނދާންނެތޭނެ ދުވަހެއް ނޫން! އެއީ އަހަރެންގެ ޙަޔާތުގައި ކުރިމަތިވި އެންމެ ބިރުވެރި ދުވަސް! ” އެއީ މީގެ 18 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގެ ބިރުވެރިކަން ތަޙައްމަލް ކޮށްފައިވާ ތ. ވިލުފުށީ މުޙައްމަދު ޝިޔާހު ( އަސްލުނަމެއްނޫން ) އެދުވަސް ސިފަކޮށްދިން ގޮތެވެ. ހެނދުނު 9 ޖަހާކަންހާއިރު ޝިޔާހު އޭނާގެ މަންމަ އަދި ކޮއްކޮއާއިއެކު އަތިރިމައްޗަށް ދިޔައީ ބައްޕަ ފުރުވާށެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 57 އިންސައްތަ ނިންމާލައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އައު ހާބަ ބޭސިންއާއި ނެރު ފުންކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރު...
އަޙްމަދު ވަހީދު
ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑރިން ދައުވާގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އިއްޔެ އިއްވި ހުކުމަށްފަހު، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނުވާތީ، އެ ރިޕޯޓު ހޯދުމަށް އިދިކޮޅު ކޯލިޝަނުން ކްރިމިނަލް ކޯޓަށް ހިނގައްޖެ އެވެ. ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއްް އިއްވާފަ އެވެ. އިދިކޮޅު ކޯލިޝަނުން ވިދާޅުވީ މިއަދާއި ހަމައަށް ކޯޓުން […]
މުޙައްމަދު އަފްރާޙް
ކުޑަކުދިންގެ ނަޒަރުގައި 2045 ވަނަ އަހަރު ދުނިޔެ އޮންނާނެ ގޮތުގެ ތަސައްވަރާއި ކުރާ އުއްމީދު ދައްކުވައިދޭ ފޮތް “ދަ އިޔާ 2045′ ނެރެފިއެވެ. މި ފޮތް ނެރެދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފުއެވެ. މިއީ އުގައިލް ފައުންޑޭޝަނާއި އެޗްޑީސީގެ ފަރާތުން ހިންގާ “ދަ ސާކަލް” ގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ މަސައްކަތް ހިމެނޭ ފޮތެކެވެ. މިފަދަ ފޮތެއް ނެރުމުގެ ބޭނުމަކީ، ކުޑަކުދިން ދުނިޔެއަށް ލޯހުޅުވާ، އެކުދިންގެ ޚިޔާލާއި ވިސްނުން […]
އަޙްމަދު ވަހީދު
އަންނަ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވާދަކުރެއްވިނަމަ ވެސް އެ އިންތިޚާބުގައި ވޯޓުލާ މީހުންގެ 20 ޕަސެންޓް ވޯޓުވެސް އެމަނިކުފާނަށް ނުލިބޭނެކަމަށް އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި އުތީމު ކައުންސިލް ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ރަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙަށް އެމަނިކުފާނު ”ބެސްޓް ފްރެންޑް” ރަ...
ޔުމްނާ ޢަލީ