ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއަރ ގައި ރާއްޖެއަށް “ރަން މެޑެލް” ލިބިއްޖެ އެވެ. މި މުބާރާތުގައި ރާއްޖެއަށް ރަން މެޑެލް ހޯދައިދިނީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ އިން ނެވެ. ސަރަހައްދީ މުބާރާތަކުން ރާއްޖެއަށް ވޮލީބޯޅައި ގައި ލިބުނު ފުރަތަމަ ރަން މެޑެލް ލިބުނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ބީޗް ވޮލީ ކޯޓުގައި މިއަދު ކުޅުނު ފައިނަލް މެޗު ކާމިޔާބު ކޮށްގެން ނެވެ. މި މެޗުގައި […]
މުޙައްމަދު އަފްރާޙް
މޮޅުކަމާއި ބޮޑާކަން ދެއްކުމަށް، ރައީސަކު އަމިއްލަ ގައުމުގައި އިނގިރޭސިބަހުން ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް، މީޑިއާ ބްރީފިންއެއް ނުބާއްވަވާތާ ހައެއްކަ މަސް ވޭތުވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި އިނގިރޭސިބަހުން ހިންގާ ނޫހެއްގެ ދިވެހި ނޫސް ވެރިއަކު ވަނީ ރައ...
ޔުމްނާ ޢަލީ
ބައެއްގެ އަތުން ވައްކަމެއް ނުކުރަން ކަމަށާއި ދޮގު އިލްޒާމު އަޅުވާ އަބުރު ކަތިލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްޙާން ފަހުމީ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރައީސް ޞާލިޙަށް ތާއީދުކޮށް އެމަނިކުފާނުގެ ދިފާއުގައި ވާހަކަދައްކައި އެމަނިކުފާނުގެ ވާދަވެރިންނަށް ބަހުގެ ހަމަލާތައް ދޭތީ ޕޮންޒީ ސުކީމެއް ހިންގައި އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދިު ކަމަށް ރާއްޖޭގެ އޮންލައިން ނޫހެއްގައި ޖަހާފައިވާތީ، އެކަމަށް ރައްދު ދެއްވާ ކުރެއްވި […...
މުޙައްމަދު އަފްރާޙް
ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސް (އެފްއޭއައިއެމް) އިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ފަށައިފި އެވެ. މި ހަރަކާތާއި ގުޅިގެން އެ ޖަމިއްޔާގެ ރައީސް އަހްމަދު އަމްޖަދު ‘ތިލަދުން’ އަށް ވިދާޅުވީ މިއީ އެ ޖަމިއްޔާއިން މި ހަރަކާތް ކުރިއަށް ގެންދާ 13 ވަނަ އަހަރު ކަމަށެވެ. މޯލްޑިވްސް ބްލަޑް ސަރވިސް ގައި މިއަދު މެންދުރުފަހު 2 ޖެހިއިރު ފެށި މި ހަރަކާތް ފައްޓަވައިދެއްވީ ޑިޕިއުޓީ ހައިކޮމިޝަނަރ އޮފް އިންޑިއާ، މިސް. ޕޫޖާ އެވެ. އަމްޖަދު ވިދާޅުވީ […]
މުޙައްމަދު އަފްރާޙް
ކިޔަވާ ކުދިންނާއި އެކަނި އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ހުޅުމާލޭގައި 14 ބުރީގެ އިމާރާތެއް އެޅުމުގެ މަޝްރޫއު ފެށުމުގެ ގޮތުން އިއްޔެ ދުވަހު ބިންގާ އަޅައިފިއެވެ. މިއީ ހުޅުމާލޭގައި މުޅިން އާ ކޮންސެޕްޓަކަށް ރޯޓައިމް އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ އާއި ހަވާލުކޮށްގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ” ކޯލިވިން ހައުސިން” ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން “ކޯ ޝެއާ” ނުވަތަ އެހެން މީހުންނާއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ […]
އަޙްމަދު ވަހީދު
އިންޑިއާ އާއި ދިވެހިރާއްޖެ ގުޅާލާ “ޕަވަރ ޓްރާންސްމިޝަން ގްރިޑް” އެއް އެޅުމަށް ދިރާސާއެއް ކޮށްފި އެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން “ތިލަދުން” އަށް ވަނީ މިދިރާސާ ކުރުމަށް އިންޑިޔާގެ ޓީމެއް މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރިކަން ކަށަވަރުކޮށްދެއްވާފަ އެވެ. އިންޑިއާގެ ޔޫނިއަން މިނިސްޓްރީ އޮފް ޕަވަރ އިން ނެރުނު ރަސްމީ ބަޔާނެއްގައި އަންގާރަދުވަހު ބުނެފައިވަނީ އިންޑިއާގެ ޓެކްނިކަލް ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް ދެގައުމުގެ ދެމެދުގައި ކަރަންޓް ޓްރާންސްމިޝަން ގްރިޑްއަކުން ގުޅާލުމަށް ޓެކްނ...
އަލީ އާދިލް
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މުޅި ރާއްޖޭގައި ބާއްވާ ފަށައިފިއެވެ. އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ރަސްމީ ޓްވީޓާގައި ބުނެފައިވާ ގޮތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅިގެން އެ ކޯލިޝަނުން މިއަދު މުޅި ރާއްޖޭގައި ކުރަން ނިންމި މުޒާހަރާ މިހާރު ވަނީ ފަށާފައެވެ. މާލޭގައި މި މުޒާހަރާ ފަށާފައި […]
ޔުމްނާ ޢަލީ
ހދ. ފިނޭ ސްކޫލުގެ މަލްޓިޕާޕަސް ހޯލް ހިމެނޭހެން އިތުރު ދެ ސްކޫލެއްގައި އިމާރާތްތަކެއް އަޅަން ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވިގޮތުގައި ފިނޭ ސްކޫލް ހޯލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 12,567,225.89 ރުފިޔާއެވެ. މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބ. ފުޅަދޫ ސްކޫލާއި، ސ. ހިތަދޫ ނޫރާނީ ސްކޫލްގައި އިމާރާތްތަކެއް އަޅަން ވެސް ހަވާލުކޮށްފައެވެ. މި...
ޔުމްނާ ޢަލީ
ކަމާބެހޭ ހުރިހާ ފަރާތްތަކަކުން ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ހޯދައިދިނުމަށް ހއ. ކެލާ ކައުންސިލުން ގޮވާލައިފިއެވެ. ކެލާ ކައުންސިލުން މިފަދައިން ގޮވައިލީ، ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ. ވ. އާރަށް މައްސަލާގައި […]
ޔުމްނާ ޢަލީ
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މަރުތަކަށް އިންސާފު ހޯދައިދީ، ކުރިން ޖަލުގައި ހިންގާފައިވަ ޖަރީމާތަކަށް އިންސާފު ހޯދައިދޭން ވައުދުވި ކަމަށާއި، ނަމަވެސް އެއިން އެއްވެސް ކަމަށްކަށް ”ރިއެކްޓް” ނުކުރަށްވާ ދެއްވީ މަޤާމުން އިސްތިއުފާކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް މާލޭ ސަލްޓަންޕާކުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ރައީސް ޞާލިޙަށް ނިސްބަތްކުރައްވާ، ރައީސް ޞާލި...
ޔުމްނާ ޢަލީ
ހޭދަކުރުމުގައި އިސްރާފު ނުކުރުމަށާއި ލިބޭ މިންވަރަށް ބަލައިގެން އިގްތިސާދު ކުރުމަށް އިސްލާމް ދީން ބާރުއަޅާކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށް ދީފި އެވެ. މިއަދުގެ ހުތުބާގައި ވިދާޅުވީ މާތްﷲ، އަހަރެމެން އިންސާނުންނަށް ވަނީ އަދަދު ނުކުރެވޭހައި ގިނަ ނިއުމަތްތަކެއް ދެއްވާފައި ކަމަށެވެ. އަދި ހާއްސަކޮށް މުދަލާއި ފައިސާ އަކީ އެކަލާނގެ އިންސާނުންނަށް ދެއްވި ނިއުމަތްތަކުގެ ތެރެއިން ވަރަށް މަތިވެރި ދެ ނިއުމަތް ކަމަށެވެ. އެކަލާނގެ އަންގަވާފައިވާ ގޮތަށް މުދަލައި ފައިސާ ހޯދުމާއި އެކަލާނގެ އަންގަވާފައިވ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްް (އެމްޑީއޭ)ގެ ވެރިކަމެއްގައި ދަނޑުވެރިންގެ ޖީބަށް ސީދާ ޑޮލަރު ވަންނަގޮތް ހަދާދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާ ސިޔާމްގެ ނުސީދާ ކެމްޕެއިން މިހާރު ފައްޓަވާފައިވާއިރު، ސިޔާމްގެ އެމްޑީއޭ އަކީ އެންމެ ފުރަތަމަ ދުރާލާ ރިޔާސީ އިންތިހާބަށް ތައްޔާރުވާން ފެށި ޕާޓީއެވެ. އެ ޕާޓީން ދަނީ ޕާޓީގެ މެންބަރުން...
ޔުމްނާ ޢަލީ
ހދ. ހަނިމާދޫ ސްކޫލް ކުރިމަތީގައި ކެންޓީނަކާއި ސްކޭޓް ޕާކެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހަނިމާދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެމްޓީސީސީ ސީއެސްއާރުގެ ދަށުން ހަނިމާދޫ ކައުންސިލާއި ގުޅިގެން ހަނިމާދޫ ސްކޫލުގެ ކުރިމަތީގައި މިހާރު ވަނީ ބެލެނިވެރިންގެ ހިޔާއެއް ވެސް ތަރައްޤީ ކޮށްފައެވެ. އެ ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތުގައި ހިމެނޭ ކެންޓީން ތަރައްޤީ ކުރުމަށް ހަނިމާދޫ ކައުންސިލުން ނިންމާފައި ވަނީ، ދަރިވަރުންނަށް ސްޓަޑީ ކުރުމަށް ބޭނުން ހިފޭނޭ އިންތިޒާމް ތަކާއި އެކ...
އިބްރާހިމް ޚަލީލް
ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓު ހެކްކޮށްފައިވާތީ ސަމާލުވާން އެދިއްޖެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވީ، ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓު ހެކްކޮށް އޭގެ ކޮންޓްރޯލް ގޮތް ނޭނގޭ ފަރާތަކުން ނަގާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ރިޕޯޓުކޮށް އެކަން ހައްލުކުރުމުގެ މަސައްކަތްވަނީ ފަށައިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. ”މި ދަނޑިވަޅުގައި ސްކޫލުގެ ނަމުގައި އެ ފޭސްބުކު އެކައުންޓުން ލިޔާ ޕޯސްޓުތަކާއި ކުރާ ކޮމެންޓުތަކަކީ...
ޔުމްނާ ޢަލީ
ގއ. ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 24.16 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ދެއްވަދޫގެ އުތުރު، އިރ...
އަޙްމަދު ވަހީދު
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އުޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށާއި ކުލަބް ޖަމިއްޔާތަކަށެވެ. ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ ބަރާބަރަށް ޖީއެސްޓީ ދައްކަމުން އަންނަ ފަރާތަކަށް ވާންޖެހޭއިރު، މި މ...
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ހއ. އިހަވަންދޫ ހިރިގަލު މިސްކިތުގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމު ނަންގަވައި، އެ ހަތިމުގެ ފޮޓޯ އާންމު ކުރެއްވުމުން އިހަވަންދޫ ކައުންސިލުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ނަޝީދު އިއްޔެ ވަނީ ކެމްޕެއިން ދަތުރެއްގައި އިހަވަންދޫ އަށް ވަޑައިގެންފައެވެ. މިދަތުރުފުޅުގެ ތެރެއިން ނަޝީދު ވަނީ އިހަވަންދޫގައި ހުންނަ އާސާރީ މިސްކިތެއްކަމަށްވާ ހިރިގަލު މިސްކިތަށް ވަޑައިގެން އެ މިސްކިތުގައި އޮތް އަތު ލިޔުމުން...
ޔުމްނާ ޢަލީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތައް ބަލައި ފާސްކުރުމުގެ ސާވޭއެއް ފަށައިފިއެވެ. އެ ކޯޕަރޭޝަނުން ބުނީ، މި ސާވޭގެ ދަށުން އެ ޔުނިޓުތަކުގައި އެއްބަސްވުމާ ޚިލާފު އެއްވެސް މަސައްކަތެއް ކުރޭތޯ އާއި، ޔުނިޓު ހިންގަމުންދަނީ ދޫކޮށްފައިވާ ބޭނުމަށްތޯ ބަލާނެ ކަމަށެވެ. މި ސާވޭގައި އެންމެ ފުރަތަމަ އެ ކޯޕަރޭޝަނުން ފާސްކޮށްފައިވަނީ ހުޅުމާލޭ ރަށު މާރުކޭޓް ސަރަހައްދާއި ގަރާޖުތައް ހުންނަ ސަރަހައްދެވެ. އެ ކޯޕަރޭޝަނުން ބުނީ މިއީ ސިލްސިލާކޮށް ކުރިއަށް ގެން...
އަޙްމަދު ވަހީދު