މާލޭގެ ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީ އާއި ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މާލޭގެ ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީ އާއި ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފަ ހުރިކަމުގެ މަޢުލޫމާތު އެ އިދާރާގެ އެމްއާރުސީސީއަށް ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ސަރަހައްދަށް ކަޅުތެޔޮ އެޅިފައިވާ ކަމުގެ ރިޕޯޓު […]
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ބަނދަރު މަގުގައި އިންދުމަށް ބޭނުންވާ ކަދުރު ރުއް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 9 ވަނަ ދުވަހު 11:00 ގައި ހޯރަފުށީ ކައުންސިލް އިދާރާގައި ބޭއްވުމަށް ތާވަލު ކޮށްފައިވާއިރު، މިބައްދަލު ވުމުގައި އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކިރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި ޙަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު...
އިބްރާހިމް ޚަލީލް
މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ އެވެ. ރާއްޖެއަށް މިއަހަރު އެންމެފުރަތަމަ އައީ ރަޝިޔާގެ ފަތުރުވެރިއެއް ކަމަށްވާ ކޮލައި ސްޓްރޭޓިކަކް އެވެ. އޭނާ އަށް ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ އެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި އެމްއޭސީލްއެލް އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އަންނަނީ ހާއްސަ ހަރަކާތެއް ބާއްވަމުން ނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔ...
މުޙައްމަދު އަފްރާޙް
ދިވެހި މުޖްތަމަޢުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުމަކީ ނިމިދިޔަ 2022 ވަނަ އަހަރު ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މީލާދީ ގޮތުން މި ފެށުނު 2023 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވެފައި ވަނީ، ނިމިގެން ދިޔަ އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖްތަމަޢުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުން ކަމަށެވެ....
ޔުމްނާ ޢަލީ
ގޮންޖެހުންތަކާ އެކުވެސް ނިމިދިޔަ 2022 ވަނަ އަހަރު ކާމިޔާބީތަކެއް ހޯދުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި ފެށުނު މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވުމަށް ކުރެއްވި ޓްވީޓުގަ އެވެ. މި ޓްވީޓުގައި ވިދާޅުވެފައިވަނީ މިފެށުނު އައު އަހަރަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު އަހަރެއް ކަމުގައިވުމަށް އެދިވަޑައިގަންވާ ކަމަށެވެ. އަދި މިއަހަރު އިތުރު ފުރުސަތުތަކެއް ތަނަވަސްވެ، ފަހި ގޮތްތަކެއް މެދުވެރިވާނ...
މުޙައްމަދު އަފްރާޙް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ބްރައިޓަން ބައްދލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް ހަމަޖެހިލައިފިއެވެ. ތާވަލުގެ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި އެވަޓަން ރޭ ބައްދަލުކުރި މެޗު އެއްވަރުވުމުން މިހާރު ސިޓީއާއި އާސެނަލްއާއި ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އެއްވަނާގައި އާސެނަލް އޮތީ ކުޅުނު 16 މެޗުން ލިބުނު 43 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ސިޓީއަށް ލިބިފައި ވަނީ 16 މެޗުން 36 ޕޮއިންޓެވެ. ބްރައިޓަންގެ […]
އިބްރާހިމް ޚަލީލް
ކުރީގެ ޢަދަދާއިގުޅޭ، ” އަހަންނަށް މަޢާފްކުރޭ ޝެރީން! ” ޝާމިން އަވަސް އަވަހަށް ބުންޏެވެ. އޭރުވެސް ޝެރީންއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. ” ނުދޭ! ޕްލީޒް….” ޝާމިންއަށް ބުނެވުނެވެ. އެއާއިއެކު ކަރުނައިން ފުރިގެންވާ ލޮލަކުން ޝެރިން ހިނިތުންވެލިއެވެ. ” ޝާމިން؟ އަހަންނަށް މި ފެންނަނީ ޙަޤީޤަތެއްތަ؟ ” ޝެރީންގެ ޖުމްލައަށް ޝާމިން ބޯޖަހާލިއެވެ. އެއާއެކު ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު ޝާމިންގެ ގައިގައި ބާރުބާރަށް ބައްދައިގަތެވެ. ޝެރީންގެ އެ ބަރަކާތުން ޝާމިންއަށް ލިބު...
ސަލާމާ ޢަބްދުލް ޢަލީމް
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ވޮލީކޯޓުގެ ރޮސްޓްރަމްގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީވުމަށް މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓަރީގެ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމެވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މި މަސައްކަތާއި ގުޅޭގޮ...
އިބްރާހިމް ޚަލީލް
ވިލިމާލެއިން، ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހުން ތެޔޮ ބޯޓެއްގައި ފުރާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ، މުޙައްމަދު ނިޡާމް (45އ)، ގދ. ތިނަދޫ / މަނާރު، އަދި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ. […]
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު އެއްވަރުވެ، ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަރަގު ބޮޑުކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފިއެވެ. މިރޭ ބާސާގެ އަމިއްލަ ދަނޑުގައި އެސްޕަނިޔޯލްއާއި ބައްދަލުކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކްރިސްޓެސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ […]
އިބްރާހިމް ޚަލީލް
އައު އަހަރާ ގުޅުވައިގެން މިރޭ މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބަހާއި ފެރީ ދަތުރުތައް ކުރާ ވަގުތު އިތުރުކުރުމަށް ނިންމައިފިއެވެ. އެ ކުންފުނިން ބުނީ މިރޭ ހުޅުމާލެއިން މާލެއަށް 00:30ގައާއި 1:00ގައި އިތުރު ފެރީ ދަތުރުތަކެއް ތަވާލު ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މިރޭ ދަންވަރު 2:00އާ ހަމައަށް އެކި ރޫޓުތަކުގެ ބަސް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބު...
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޔުނައިޓެޑްގެ ފޯވާޑް ރަޝްފޯޑް މި މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވަނީ ޑިސިޕްލިނަރީ މައްސަލައަކާއި ގުޅިގެންނެވެ. ރަޝްފޯޑްގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދީފައި ވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ގަނާޗޯއަށެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފަށް ރަޝްފޯޑް...
އިބްރާހިމް ޚަލީލް
އައު އަހަރަށް މަރުހަބާ ކިޔުމަށް ހުޅުމާލޭގައި މިރޭ ހަވާ އަރުވާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވިދާޅުވި ގޮތުގައި މިރޭ 00:00 ގައި، ހުޅުމާލޭގައި ހަވާ އަރުވާނީ ސިންތެޓިކް ޓްރެކްގައެވެ. އައު އަހަރަށް މަރުހަބާ ކިޔުމަށް ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ނިންމާފައިވާއިރު، އައު އަހަރު ފާހަގަ ކުރުމަށް މިރޭ ހުޅުމާލޭގައި އަންނަނީ މިއުޒިކް ޝޯ އެއް ވެސް ދެމުންނެވެ. “މޯލްޑިވްސް ވާއު ފެސްޓް” ގެ ނަމުގައި ޔޫތް އެންޑް ސްޕޯޓްސް […]
ޔުމްނާ ޢަލީ
މިއަދު މީސް މިޑިއާއިން އެންމެ ގިނައިން ފެންނަނީ އާއަހަރުގައި ގިނަބަޔަކު ކުރުމަށް އަޒުމް ކަނޑައަޅާ ކަންކަމުގެ ވާހަކަތަކެވެ. ތަފާތު އެތައް ކަމެއް ކުރުމަށް ކޮންމެ އައު އަހަރެއް ބައްދަލުކުރާހިނދު ގިނަބަޔަކު އަޒުމް ކަނޑައަޅައެވެ. ދިވެހިންގެ ތެރެއިން ގިނަބަޔަކު މިއަޒުމް ހާސިލްވެސް ކުރެއެވެ. އަނެއްބަޔަކު ކަނޑައަޅާ އަޒުމެއް ހާސިލްވޭތޯ ވަރަށް މަސައްކަތްވެސް ކުރެއެވެ. “ދުވާލަކު ސިނގިރޭޓް ފޮއްޓެއް ހުސްކުރާ މީހަކު އޭނާ ސިނގިރޭޓަށް ކުރާ ހޭދަ، މަހަކު 3000 ރުފިޔާ، ރައްކާކޮށްގެން، ދިހަމަސް ދުވަހުން، 15 ދުވަހުގެ...
އިބްރާހިމް އަސްވާޤް
އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އާ އަހަރުގެ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ކޮކޯ ޓްރީސް، މީޓް ސްޓްރީޓް، ސެންޓްރަލް ޕާކް ކެފޭ އަދި ކްރޭޕް ރަނާ އިން ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ހާއްސަ ޑިސްކައުންޓް އޮފާއެއް ތައާރަފްކޮށްފި އެވެ. އުރީދޫ މޯލްޑިވްސް އިން ބުނީ މި އައުޓްލެޓްތަކަށް ޒިޔާރަތްކުރާ ކްލަބް ޕްރިމިއާގެ ހުރިހާ މެންބަރުންނަށް މިއަދުން ފެށިގެން މާދަމާ ގެ ނިޔަލަށް 23 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. މި އޮފާ އަކީ ކްލަބް ޕްރިމިއާ މެމްބަރުން […]
އަޙްމަދު ވަހީދު
ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ ގޮތް ހަދަން މާދަމާއިން ފެށިގެން ޓެސްޓުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެ ކުންފުނިން ބުނީ، އާރްޓީއެލް ބަހުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެ ހިދުމަތް ޓެސްޓުކުރުމުގެ ފުރުސަތު މާލޭގެ ތިން ރޫޓުންވެސް ލިބޭނެ ކަމަށެވެ. މި ހިދުމަތް ޓެސްޓުކުރުން އޮންނާނީ މާދަމާ އާއި އޭގެ އަނެއް ދުވަހުއެވެ. މި ޓެސްޓުތަކަށް ފަހަު […]
އަޙްމަދު ވަހީދު
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޕްރައިމަރީ ކެމްޕޭން އޮފީހެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި އެވެ. މި އޮފީސް ހުޅުވާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެއްޓެވުމަށް ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނެވެ. އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު “ތިލަދުން” އަށް ވިދާޅުވީ މި އޮފީސް ހުންނާނީ ކުޅުުދުއްފުށި ސިޓީގެ ބޮޑުފެންވަޅުގޭގައި ކަމަށެވެ. ނަޝީދުގެ މި ދަތުރުފުޅުގައި ހޯރަފުށި، އިހަވަންދޫ، ކެލާ އަދި ދިއްދޫގައި ތިބި އެޕާ...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލުގެ އަހަރީ ހަފްލާ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށު ޕްރީސްކޫލުގައި ބާއްވާފައިވާއިރު، އެ ހަފްލާގައި ވަނީ އެ ކައުންސިލުގެ ލޯގޯއާއި ސްޓާފް ކާޑުގެ އިތުރުން ރަސްމީ ޔުނީފޯމް ވެސް އިފްތިތާހް ކޮށްފައެވެ. މީގެ އިތުރުން އެ ކައުންސިލަށް ޚިދުމަތްކޮށް ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށާއި، ސަރުކާރަށް ޚިދުމަތް ކުރައްވާ ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކުގެ އިތުރުން އެ ކައުންސިލަށް ވިހި އަހަރަށްވ...
އިބްރާހިމް ޚަލީލް