މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1157 ވަނަ ޞަފްޙާ

ލިވަޕޫލުގެ ތަރި ސަލާހު ސޮއިކޮށްފައިވާ ޖާރޒީއެއް ރައީސް މައުމޫނަށް

ލިވަޕޫލުގެ ތަރި ސަލާހު ސޮއިކޮށްފައިވާ ޖާރޒީއެއް ރައީސް މައުމޫނަށް

އިނގިރޭސި ޕްރެމިއަރ ލީގުގައި ކުޅެމުން އަންނަ ކުޅަދާނަ ފޯވަރޑް، މިސްރުގެ މުހައްމަދު ސަލާހް، ސޮއި ކޮށްފައިވާ ލިވަޕޫލުގެ ޖާރޒީއެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފި އެވެ. މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަލާހު ސޮއިކޮށްފައިވާ ޖާރޒީއެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ސަލާހަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މީގެ އިތުރުން ސަލާހަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. މި ޖާޒީ މައުމޫނަށް ހަވާލުކޮށްދެއްވީ ލިވަޕ...

މުޙައްމަދު އަފްރާޙް
"ތިލަދެކުނު ސިނަމާ" ބެލެނިވެރި ފަރާތެއް ނެތި، ވީރާނާ ވަނީ

"ތިލަދެކުނު ސިނަމާ" ބެލެނިވެރި ފަރާތެއް ނެތި، ވީރާނާ ވަނީ

ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ “ތިލަދެކުނު ސިނަމާ” ވީރާނާވެ، ހަލާކުވަމުން ދާތީ އެރަށުގެ ޒުވާނުން ކަންބޮޑުވުން ފާޅުކުރަންފަށައިފި އެވެ. “ތިލަދުން” އަށް މައުލޫމާތު ދެމުން އެ ސިޓީގެ ޒުވާނަކު ބުނީ އެތަނަކީ ވަަރަށް ގިނަ ބޭނުންތައް ކުރަމުން އައި ތަނެއް ކަމަށާއި އެގޮތުން ފިލްމު އެޅުވުމާއި ތަފާތު އެކި ހަރަކާތްތައް ބޭއްވުމަށް ބޭނުން ކުރަމުން އައި ތަނެއް ކަމަށެވެ. ނަމަވެސް އެތަން ހަލާކުވާން ދޫކޮށްލާފައި ހުންނަތާ އެތައް އަހަރުތަކެއް ވެއްޖެ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އޭނާ […]

މުޙައްމަދު އަފްރާޙް
ކުއްޖެއްގެ ޖިންސީ ގުނަވަނަށް ގަލަން ވައްދައި، ގޯނާކުރި މައްސަލަ ސާބިތެއް ނުވި

ކުއްޖެއްގެ ޖިންސީ ގުނަވަނަށް ގަލަން ވައްދައި، ގޯނާކުރި މައްސަލަ ސާބިތެއް ނުވި

ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނަށް ގަލަން ފަދަ ތަކެތި ވައްދައި، ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހަކު ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެވެ. ދިވެހި ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާގެ ދިރިއުޅޭ ގޭގައި އުޅުނު ކުޑަކުއްޖަކަށް ޑިސެމްބަރު، 2020 އިން ފެށިގެން ފެބްރުއަރީ 2021 ގެ ނިޔަލަށް ޖިންސީ ގޯނާ އެކި ގޮތްގޮތުން ކުރި ކަމަށް ބުނެ އެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުން އެ ކުއްޖާގެ ޖިންސީ ގުނަވަނަށް ގަލަން ފަދަ ތަކެތި އެ މީހާ ވެއްދި […]

ހުސައިން ހަބީބް
ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް ބާރަށް ކުރިއަށް

ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ފައުންޑޭޝަން ބީމާއި ކޮލަމް މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން ބުނީ, އެ މަޝްރޫއުގެ ދަށުން ފުރާޅުގެ ބީމްގެ 81 އިންސައްތަ މަސައްކަވެސް ނިމިފައިވާ ކަމަށެވެ. މި އިމާރާތަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ […]

އަޙްމަދު ވަހީދު
މަރުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަރުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަރުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަރުގެ މައްސަލައެއްގެ ތުހުމަތުގައި ގދ. ތިނަދޫ/މަނާރު، މުހައްމަދު ނިޒާމް، (އ45) ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ”އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަރުގެ މައްސަލައަކާއި ގުޅިގެން” ފުލުހުން ވިދާޅުވެފަވެއެވެ. މުހައްމަދު ނިޒާމް އަކީ ތެޔޮ ބޯޓެއްގައި ފުރައިގެން ގޮސްފައިވަނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ފެނުނިފައިވާ މީހަކެވެ....

ޔުމްނާ ޢަލީ
ފުއްގިރި މައްސަލާގައި ޕެންޑޯރާއިން ލީކުކުރި ލިޔުންތައް ހެކީގެ ގޮތުގައި ކޯޓަށް

ފުއްގިރި މައްސަލާގައި ޕެންޑޯރާއިން ލީކުކުރި ލިޔުންތައް ހެކީގެ ގޮތުގައި ކޯޓަށް

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ދައުވާގައި، މިދިޔަ އަހަރު ލީކުވި ޕެންޑޯރާސް ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް ދައުލަތުން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި އިއްވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 […]

ހުސައިން ހަބީބް
ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު، މަސް ފިހުމުގެ ހަރަކާތަށް 42 އަހަރު!

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު، މަސް ފިހުމުގެ ހަރަކާތަށް 42 އަހަރު!

އައު އަހަރު ފެށުނު ދުވަސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރުމަށް އެ ކަންކޮޅުތަކުގެ އަހުލުވެރިން އެކިއެކި ހަރަކާތްތައް ހިންގަމުންދިޔައިރު، ރާއްޖޭގެ އެންމެ އުތުރު ބިތުގައި އޮންނަ އެއް ރަށްކަމަށްވާ ހއ. އުލިގަމުގެ ރައްޔިތުން އެ ދުވަހު ބޮޑު ފަތިހާއެކު އެއްވީ އެރަށުގެ ތާރީޚުން ޖާގަ ހޯދާފައިވާ މަސް ފިހުމުގެ ހަރަކާތުގެ ކަންކަން ފެށުމަށެވެ. އުލިގަމު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އުލިގަމު މަސްފިހުމުގެ ހަރަކާތަކީ 1980 ގެ ކުރީކޮޅުގައި ފެށިގެން އައި ހަރަކާތެކެވެ. އެދުވަސްވަރު ރިޒޯޓުތަކުގައި ވަޒީ...

ޙުސައިން ޝަހުދީ
ތެޔޮ ބޯޓުން ގެއްލުނު ދިވެހި މީހާ ފެނިއްޖެ

ތެޔޮ ބޯޓުން ގެއްލުނު ދިވެހި މީހާ ފެނިއްޖެ

ވިލިމާލެއިން، ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެ މީހުން ހޯދަމުން އަންނައިރު، އެ ދެ މީހުންގެ ތެރޭގައި ހިމެނޭ ދިވެހި މީހާ ފެނިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ވިލިމާލެއިން، ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެ މީހުން ހޯދަމުން އަންނަކަމަށް ފުލުހުން ވިދާޅުވީ މިދިޔަ މަހު 31 ވަނަ ދުވަހުގެ ރެއެވެ. ގެއްލިގެން ހޯދަމުން ދިޔައީ މުޙައްމަދު ނިޡާމް (45އ)، ގދ. ތިނަދޫ / މަނާރު، އަދި ބަނގްލަދޭޝް […]

ޔުމްނާ ޢަލީ
ބައެއް ރަށްރަށުގެ ގޮނޑުދޮށަށް ގޮތް ނޭނގޭ ފަތްތަކެއް ލައްގަނީ

ބައެއް ރަށްރަށުގެ ގޮނޑުދޮށަށް ގޮތް ނޭނގޭ ފަތްތަކެއް ލައްގަނީ

ތ. އަތޮޅު އޮޅުފުށި ފިނޮޅު ގޮނޑުދޮށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މިކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ އިއްޔެއެވެ. އޮޅުފުށި ފިނޮޅު ގޮނޑުދޮށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނިކޮށް އެ އަތޮޅު ކަނޑޫދޫ ގޮނޑުދޮށުން ވެސް މިބާވަތުގެ ފަތްތަކެއް ފެނިގެން މިއަދު ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ”މިކަމާއި ގުޅިގެން ބަލަަންޖެހޭ ކަންކަން ބަލައި، މިތަކެތި ތ...

ޔުމްނާ ޢަލީ
ރައީސް އަކީ ރަދުންގެ ގޮތުގައި ދެކޭނަމަ އެއީ ތަރައްގީއަށް އެޅޭ ބޮޑު ހުރަހެއް: ނަޝީދު

ރައީސް އަކީ ރަދުންގެ ގޮތުގައި ދެކޭނަމަ އެއީ ތަރައްގީއަށް އެޅޭ ބޮޑު ހުރަހެއް: ނަޝީދު

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ރައީސަކީ ރަދުންގެ ގޮތުގައި ދެކޭނަމަ އެއީ ތަރައްގީއަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ނަޝީދު މިއަދު ވަނީ ކެމްޕެއިން ދަތުރެއްގައި ފުވައްމުލައް ސިޓީ އަށް ވަޑައިގެންފައެވެ. ނަޝީދު އެ ސިޓީއަށް ވަޑައިގެން ބޭއްވި ކެމްޕޭނު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމްޑީޕީގެ ފަލްސަފާތަކު...

ޔުމްނާ ޢަލީ
ހަކުރުބަލީގެ މީހުންނަށް މޭވާ ކެވޭނެތަ؟

ހަކުރުބަލީގެ މީހުންނަށް މޭވާ ކެވޭނެތަ؟

ރާއްޖޭގައި ހަކުރު ބަލީގެ މީހުންނަށް މޭވާގެ ބާވަތްތައް ބޭނުން ކުރެވިދާނެތޯ ނުވަތަ ބޭނުން ކުރާނަމަ، ކުރެވޭނީ ކިހާވަރަކަށްތޯ އެއީ ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. އަދި މޭވާގެ ތެރެއިން ކެވޭނީ ކޮން އެއްޗެއްތޯ އާއި ނުކެވޭނެ މޭވާއެއް ހުރިތޯ ވެސް މިއީ ސުވާލު އުފެދޭ ކަމެކެވެ. މި ސުވާލުތަކަށް ޖަވާބު ބޭނުންވެފައިވާއިރު، ފިޒީޝަން ޑރ. މުހައްމަދު އަލީ މިކަމުގައި ވިދާޅުވަނީ ކީކޭތޯ ބަލައިލަމާ ހެއްޔެވެ. ޓިކްޓޮކް ގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ ހަކުރު ބަލީގެ […]

މުޙައްމަދު އަފްރާޙް
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނަށް ނަޝީދު ފުވައްމުލައް ސިޓީއަށް

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނަށް ނަޝީދު ފުވައްމުލައް ސިޓީއަށް

ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލައް ސިޓީއަށް ވަޑައިގެންފި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަތުރުފުޅެކެވެ. މި ޖެނުއަރީ މަހުގެ 28 ވަނަ ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެމަނިކުފާނާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. ދެ ބޭފުޅުން ވެސް ކެމްޕޭން […...

މުޙައްމަދު އަފްރާޙް
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތު ދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތު ދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތު ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކޮށްފައި ވަނީ ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލީ ފާއިޒު، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއެކު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ. ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ނުވަތަ ސޯސަންވިލާގައި ހުކުރު ކުރުމަށްޓަކައި، އިސްލާމިކް މިނިސްޓްރީން ނެރުއްވާ ޚުތުބާ، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝ...

މުޙައްމަދު އަފްރާޙް
ސާއްބަ އެނިވާސަރީ ކަޕްގެ ފައިނަލަށް ރިއަލް ސްޓާސްއާއި އަހުލީ

ސާއްބަ އެނިވާސަރީ ކަޕްގެ ފައިނަލަށް ރިއަލް ސްޓާސްއާއި އަހުލީ

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ، ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ “ސާއްބަ އެނިވާސަރީ ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ރިއަލް ސްޓާސްއާއި އަހުލީ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެއާއި މިއަދު ކުޅެ ނިމިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ އަހުލީއާއި ފަލްކަންއެވެ. މި މެޗު […]

އިބްރާހިމް ޚަލީލް
ޔާމީންގެ ދެވަނަ ޝަރީއަތް މާދަމާ ބާއްވަނީ

ޔާމީންގެ ދެވަނަ ޝަރީއަތް މާދަމާ ބާއްވަނީ

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި އިއްވި ޔާމީންގެ މައްޗަށް އޮތީ އިއްވައިފަ އެވެ. ފުއްގިރި މައްސަލާގައި ޔާމީނަށް ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު […]

ހުސައިން ހަބީބް
ދިވެހި އިގުތިސާދު ވަނީ ކޯވިޑްގެ ކުރިން އޮތް ހިސާބަށް އިއާދަވެފައި: އަމީރު

ދިވެހި އިގުތިސާދު ވަނީ ކޯވިޑްގެ ކުރިން އޮތް ހިސާބަށް އިއާދަވެފައި: އަމީރު

ދިވެހި އިގުތިސާދު މިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) ގެ ސްޓާފް ވިޒިޓަށްފަހު، ނެރެފައިވާ ޕްރެސް ރިލީޒްއާއި ހަވާލާދީ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި ރާއްޖޭގެ އިގްތިސާދު ބާރަށް ކުރިއަރަމުންދާކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ކޮވިޑް ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސ...

މުޙައްމަދު އަފްރާޙް
ޒަމީލް އާއި އަދުލީ ވަގުތުން ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަނުން ގޮވައިލައިފި

ޒަމީލް އާއި އަދުލީ ވަގުތުން ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަނުން ގޮވައިލައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މައްޗަންގޯޅި މެދު ދާއިރާގެ ރައީސް އިބްރާހީމް ޒަމީލް (ޒަމްޕެ) އާއި ހެންވޭރު ސްޓިއަރިންގ ކޮމިޓީގެ މެންބަރު ޢަބްދުﷲ ޢަދުލީގެ މުއްދަތު ޖަހާފައި ވަނީ، ސިޔާސީ ނުފޫޒުން ކަމަށާއި، މިހާރުން މިހާރަށް އެ ދެ މީހުން ދޫކޮށްލުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވައިލައިފި އެވެ. ޕްރޮގްރެސިވް ކޯލިޝުން ނެރުނު ބަޔާނެއްގައި އިޙުތިޖާޖުތަކުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށް އަނިޔާވެރިވަމުންދާކަމަށް ތުހުމަތުކޮށްފައިވެއެވެ. އެ ބަޔާނުގައި ބުނީ، ސުލްޙަވެރިކަމާއެ...

މުޙައްމަދު އަފްރާޙް
އިންޑިއާގެ 18 ވަނަ ޤައުމީ ސްކައުޓް ޖަމްބޮރީ ގައި ރާއްޖޭގެ 88 ސްކައުޓުން

އިންޑިއާގެ 18 ވަނަ ޤައުމީ ސްކައުޓް ޖަމްބޮރީ ގައި ރާއްޖޭގެ 88 ސްކައުޓުން

އިންޑިއާގެ 18 ވަނަ އުމީ ސްކައުޓް ޖަމްބޮރީގައި ބައިވެރިވުމަށް ރާއްޖޭގެ 88 ސްކައުޓަކު މިއަދު އެ ޤައުމަށް ފުރަން ފަށައިފިއެވެ. އިންޑިއާގެ “ބާރަތް ސްކައުޓްސް އެންޑް ގައިޑްސް”އިން އިންތިޒާމުކޮށްގެން ބާއްވާ މި ޖަމްބޮރީ އަކީ މިމަހުގެ 4 އިން 10 އަށް އިންޑިއާގެ ރާޖަސްތާންގައި ކުރިއަށް ގެންދާ ޖަމްބޮރީ އެކެވެ. މި ޖަމްބޮރީގައި ބައިވެރިވާ ރާއްޖޭގެ ސްކައުޓް ކޮންޓިންޖެންޓް ފަރާތުން ޑެޕިއުޓީ ކޮންޓިންޖެންޓް ލީޑަރ ފާތިހް ޖަލީލް ”ތިލަދުން” އަށް މައުލޫމާތު ދެއްވި ގޮތުގައި މި ޖަމްބޮރީގައި ރާއްޖޭގެ 88 ސްކައުޓުންނާއި...

ޙުސައިން ޝަހުދީ