ބްރިޖުގައި އެކްސިޑެންޓެއްވެ ކާރެއް ފުރޮޅާލައިފި އެވެ. މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ބުރިޖު މަތިން ދުއްވާފައިދިޔަ ކާރެއް ފުރޮޅާލާފައިވާކަމުގެ މަޢުލޫމާތު މިއަދު 14:47 ހާއިރު ލިބިފައިވާކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި ކާރު ފުރޮޅާލި ވަގުތު ކާރުގައި ތިބީ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތު ދެއްވި އެވެ. މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެސަރަހައްދުގައި ފުލުހުން މިވަގުތު...
އަލީ އާދިލް
ހދ. ކުޅުދުއްފުށި ސިޓީ އައުޓްޑޯ ޖިމް އިތުރަށް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމް އެންޑް އެމް އިންވެސްޓްމަންޓާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ 572،585.50 ( ފަސް ލައްކަ ހަތްދިހަ ދެ ހާސް ފަސް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ ފަންސާސް ލާރި) އަށް، 35 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. […]
އަލީ އާދިލް
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރިކަން ސާބިތުވި (3.4 މިލިއަން ޑޮލަރު) 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި އިސްތިއުނާފް ކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ […]
ހުސައިން ހަބީބް
ހދ. ނޮޅިވަރަމްގައި ވޮލީ ކޯޓެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު ޢިއުލާންކޮށްފިއެވެ. ނޮޅިވަރަމްގައި ވޮލީ ކޯޓެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ކުރި ޢިއުލާންގައިވާ ގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވ...
ޔުމްނާ ޢަލީ
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން ޢިއުލާން ކުރަށްވައި، ކެމްޕޭންގެ ނުރަސްމީ މަސައްކަތްތައް ފައްޓަވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ރިޔާސީ ކެމްޕޭން ޕްލޭން ކުރުމުގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ. އުމަރުގެ ރިޔާސީ ކެމްޕޭން ޕްލޭން ކުރުމުގެ ފުރަތަމަ ބައްދަލުވުން ބޭއްވިކަން ހާމަކުރައްވަމުން އެކަމަށް އިޝާރާތް ކުރަށްވަމުން އުމަރު ވިދާޅުވެފައި ވަނީ، ޑްރަގާއި، ގޭންގް ތަކާއި އަދި ބިދޭސީ ސިފައިންގެ ނުރައްކަލުން މި ޤައުމު ސަލާމަތް ކޮށް، މިރާއްޖެ މުޅިން އާމިސްރާ...
ޔުމްނާ ޢަލީ
ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެޕަލްގެ މާކެޓް ވެލިއު އެއް ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިއްޖެ އެވެ. 2021 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރ އަށް ފަހުން ފުރަތަމަ ފަހަރަށް އެޕަލްގެ މާކެޓް ކެޕިޓަލްގެ އަގުވަނީ ދެ ޓްރިލިއަން ޑޮލަރަށް ވުރެ ދަށަށް ގޮސްފައެވެ. އެއާއި އެކު އެ ކުންފުނީގެ އަގު މިވަނީ ތިން ޓްރިލިއަން ޑޮލަރުގެ ވެއްޓުމެއް ކުރިމަތިވި ފުރަތަމަ ޕަބްލިކް ޓެކް ކުންފުންޏަކަށް ވެގެން ގޮސްފަ އެވެ. މިދިޔަ އަންގާރަ ދުވަހު ނިމުނުއިރު، އެޕަލް […]
އަލީ އާދިލް
ތިލަދުންމަތީ އުތުރުބުރީ ހޯޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރު ކޮށްފި އެވެ. ހޯރަފުށީ ކައުންސިލްގެ އިދާރާ އިން ވިދާޅުވީ 20 ޑިސެމްބަރ 2022 ގައި ކޮށްފައިވާ އިޢުލާނުގެ ބިޑް ހުށަހެޅުން އަދި ބީލަންތައް ހުޅުވުމުގެ ސުންގަޑި އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ބިޑު ހުށަހެޅުމާ ބީލަންތައް ހުޅުވުމުގެ ސުންގަޑިއަކީ 22 ޖެނުއަރީ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 1 ޖަހާއިރު ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ. އެ […]
މުޙައްމަދު އަފްރާޙް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ. އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ އޮންނާނީ މިރޭ 9 ޖަހާއިރު، އެމްޑީޕީ ހަރުގޭގަ އެވެ. ސާލިހުގެ ކެމްޕެއިން ޓީމުން ވަނީ މި ޖަލްސާއަށް ވީހާވެސް ގިނަ އެމްޑީޕީގެ މެމްބަރުންނާއި ތާއީދު ކުރައްވާ ފަރާތްތަކުން ދިއުމަށް ދައުވަތު އަރުވާފަ އެވެ. ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ސ...
މުޙައްމަދު އަފްރާޙް
މިއަހަރު ފެށުނު އިރު ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަކީ ފްރާންސްގެ ބާނާޑް އާނައުލްޓް ކަމަށް ފޯބްސްއިން ބުނެފި އެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހު ފޯބްސްއިން އާންމު ކުރި ރިއަލް ޓައިމް ލިސްޓުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އާނައުލްތްގެ މިލްކިއްޔާތުގައި 181.6 ބިލިއަން އެމެރިކާ ޑޮލަރު އެބަ ހުއްޓެވެ. އެ ލިސްޓުގެ ގަދަ 10 ގައި ހިމެނޭ ފްރާންސްގެ ހަމަ އެކަނި މީހާ އަކީވެސް އާނައުލްޓެވެ. އެންމެ […]
މުޙައްމަދު ވަސީމް
މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ހާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމް ހިންގަނީ ނޭޝަނަލް ޑްރަގް އޭންޖެސީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ނެވެ. މިއީ މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް “ކޮމިޔުނިޓީ ބޭސްޑް ޓްރީޓްމެނ...
މުޙައްމަދު އަފްރާޙް
ގއ. ދެއްވަދޫން މަހަށް ނުކުތް ދޯންޏަކުން އެންދަމަން މޫދަށް ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ދެއްވަދޫން މަހަށް ނުކުތް ދޯންޏަކުން އެންދަމަން މޫދަށް ފޭބި މީހެއްގެ ޚަބަރެއްނުވެގެން އެމީހާ ގެއްލިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވާ ކަމަށެވެ. މިކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ. އެމީހާ ހޯދަނިކޮށް ފެނިފައި ވަނީ ދެއްވަދޫއާއި 1.5 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި އެމީހާ ދެއްވަދޫ […]
ޔުމްނާ ޢަލީ
މުޅި އިސްލާމީ ޝަރީޢަތް ބިނާވެފައި ވަނީ ފަސް މަޤްޞަދެއް ޙާސިލު ކުރުމުގެ މައްޗަށެވެ. ފަސް ކަމެއް ހިމާޔަތް ކުރުމަށެވެ. އެ ގޮތުން، ނަފްސާއި މުދަލާއި ބުއްދިއާއި ދީނާއި އަބުރު ރައްކައުތެރި ކުރުމަކީ އިސްލާމީ ޝަރީޢަތުގެ ފަސް ޟަރޫރިއްޔާތުގެ ތެރޭގައި ހިމެނޭ ފަސް ކަންތަކެވެ. މި ފަސްކަންތަކަށް ބަލާއިރު، އަބުރާއި ޢިއްޒަތް ހިމާޔަތް ކުރުމަށް އިސްލާމްދީނުގައި ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. އަނެކާގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމަކީ ބޮޑު ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ޖަރީމާއެކެވެ. އެއީ ބޮޑެތި […]
ޝެއިޚް ޝަފީއު އަބްދުﷲ
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނަށް އެންމެ ގިނަ ފުރުސަތުތައް ހޯއްދަވައިދެއްވައި، އެންމެ ގިނަ ވަޢުދު ފުއްދަވައިދެއްވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމަށް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ. މޫކޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ޞާލިޙަކީ ނުހަނު މަޑުމައިތިރި ވެރިއެއް ކަމަށެވެ. އަދި ރައީސް ޞާލިޙް އެމްޑީޕީގެ މެންބަރުން ލަދުގަންނަ ޒާތުގެ ބޭކާރު އަނގަތަޅުއްވައި ނޫޅުއްވާ ކަމަށް ވ...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވައިލާ އިދިކޮޅުން ވެރިރަށް މާލޭގައި މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްދު މުޢިއްޒު ހައްޔަރު ހައްޔަރުކޮށްފިއެވެ. ޕީޕީއެމްގެ ނައިބު ރައީސެއްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުއިއްޒު މިރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާކަން އެ ޕާޓީން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. މާލޭ މޭޔަރު ހައްޔަރު ކުރިތާ […]
ޔުމްނާ ޢަލީ
މިދިޔަ ޑިސެމްބަރު މަހު 184،051 ފަތުރުވެރިން ރާއްޖެ އައި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއީ ނޮވެމްބަރު މަހުގެ އައި އަދަދާ އަޅާ ބަލާއިރު 25.3 އިންސައްތައިގެ އިތުރުވުމެކެވެ. ނޮވެމްނަރު މަހު އައީ 146،886 ފަތުރުވެރިންނެވެ. ޑިސެމްބަރު މަހު އެވްރެޖުކޮށް ދުވާލަކު 5،937 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ. އަދި އެންމެ ގިނައިން އެއް ދުވަހެއްގެ ތެރޭގައި 7،669 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރު މ...
އަޙްމަދު ވަހީދު
މާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓުތައް އަނެއްކާވެސް ނަގަން ފަށައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ މާލެ ތެރޭގައި މަގުމަތީގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް އެ ކައުންސިލުން ފަށާފައިވާ ކަމަށެވެ. މީގެ ކުރިން ވެސް އެ މަސައްކަތް ފެށުމަށްފަހު، ވަނީ ހުއްޓާލާފަ އެވެ. އެކަމާއި ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެގޮތަށް ޕެލެޓު ބަހައްޓާފައި ހުންނަނީ ގޭގެއަށް ވަނުމަށް ފަސޭހައަކަށް ކަމަށާއި އެ ދަތިތަކަށް ހައްލެއް ހޯދައިދި...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އެ ޕާޓީން އާންމުކޮށްފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މިހިނގާ ޖެނުއަރީ މަހުގެ 28 ވާ ހޮނިހިރު ދުވަހުއެވެ. އެމްޑީޕީން މިއަދު އާންމުކުރި ލިސްޓުގައިވާ ގޮތުން ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ދަފްތަރުގައި އޮތް 57،255 މީހަކަށް ވޯޓު ލެވޭނެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލާފައި ވަނީ އެ […]
ޔުމްނާ ޢަލީ
ދިވެހި ރާއްޖެއަށް މި އަހަރުގެ އިރުވައި މޫސުން ފެށިފައި ވަނީ ނިމުނު ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައި ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވިގޮތުގައި ރާއްޖޭގައި އޮންނަ ދެ މޫސުންކުރެ އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތް ގަނޑަކަށް ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުމަކީ ކޮންމެ އަހަރެއްގެ މޭ މަހުން ފެށިގެން […]
ޔުމްނާ ޢަލީ