ޕާކިސްތާނުގައި ޕްލާސްޓިކް ކޮތަޅުގައި ގޭސް ބަނދުކޮށްގެން ވިއްކާ މައްސަލަ ބޮޑުވެއްޖެ އެވެ. ފަހަކަށް އައިސް މި މައްސަލަ އިތުރަށް ގޯސްވެފައިވަނީ ގޭސް ރައްކާކުރުމަށާއި ގެންދިއުމަށް ބޭނުންކުރާ ގޭސް ސިލިންޑަރުތަކުގެ އަގު ބޮޑުވުމެވެ. އެގައުމުގެ ވިޔަފާރިވެރިއެއް ކަމަށްވާ ނަޖީބުالله ޚާން ޑީޑަބްލިއު ނިއުސްއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ގިނަ ފަހަރަށް ކާބަން ސްޓީލް ނުވަތަ ދަގަނޑު އެލޮއިސް އިން ހަދާ ގޭސް ސިލިންޑަރުގެ އަގަކީ ގާތްގަނޑަކަށް 10،000 ޕާކިސްތާން ރުފިޔާ (45 ޑޮލަރު) ކަމަށާއި އެއީ ގިނަ ގޭބިސީތަކާ...
މުޙައްމަދު ވަސީމް
އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް، ނޫނެކޭ ވިދާޅުވެ އިސްރާއީލުން ފްރާންސް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔައެލް ޖާމަން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ބައިނަލް އަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި އިސްތިއުފާގެ ސިޓީ މިހާރުވަނީ ނަތަންޔާހޫ ފޮނުއްވާފަ އެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ، ނަތަންޔާހޫ އެކުލަވާ ލެއްވި އާ ސަރުކާރަކީ ހަރުކަށި ސަރުކާރެއް ކަމަށެވެ. އަދި އެ ސަރުކާރު ތަމްސީލު ކުރެއްވުމަަށް އޭނާގެ ޒަމީރު އެއްވެސް ވަރަކަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމ...
މުޙައްމަދު އަފްރާޙް
ހއ. އިހަވަންދޫގައި ސަރުކާރުން ގާއިމު ކުރަން ނިންމާފައިވާ މަސް ގަންނަ ސެންޓަރު އެޅުމަށް އެރަށުން 1 ހެކްޓަރުގެ ބިން ހިލޭ ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި 22 ވަނަ އަހަރުގެ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 82 ވަނަ ޢާއްމު ޖަލްސާގައެވެ. މިގޮތަށް ފާސްކުރީ އެޖަލްސާގައި ބައިވެރިވި ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ. އިހަވަންދޫގައި ސަރުކާރުން ގާއިމު ކުރަން ނިންމާފައިވާ މަސް ގަންނަ ސެންޓަރު އެޅުމަށް އެރަށުން 1 […]
ޔުމްނާ ޢަލީ
“ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް” ޑިޖިޓަލް ފޮތެއް ޓޫރިޒަމް މިނިސްޓްރީން އިފްތިތާހުކޮށްފި އެވެ. މި ފޮތް އިފްތިތާހު ކޮށްދެއްވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޅަފަތުގައި ރިސޯޓު އަދި ސަފާރީ އުޅަނދު ތަރައްގީ ކުރުމުގެ މަސައްކަތުގައި އުޅުއްވި މައިޒާން އުމަރު މަނިކެވެ. މި ފޮތުގައި ފަތުރުވެރިކަމުގެ ފެށުމާއި އޭގެ މުހިންމު ބައިވެރިން، ފަތުރުވެރިކަން ތަރައްގީވަމުން އައި ގޮތް ބަޔާންކޮށްފައި ވެއެވެ. އަދި ސަރުކާރުގެ ދައުރާއި ރާއްޖޭގެ އިގްތިސާދުގައި ފަތުރުވެރިކަމުގެ ދައުރުގެ މައްޗަށް ވެސް އަލިއަޅުވާލާފ...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް އިއްވާފައިވަނީ ފަނޑިޔާގެއަށް ނުފޫޒު ފޯރުވައިގެން ކަމަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ ޔާމީނަށް، ކްރިމިނަލް ކޯޓުން ކުރި ހުކުމާއި މެދު ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނަށް އިންސާފު ގާއިމުކޮށްދިނުމަށް ގޮވާލާ ނެރުނު ނޫސް ބަޔާނުގަ އެވެ. އެ ބަޔާނުގައި ވިދާޅުވީ އެ ހުކުމަކީ ޔާމީނަށް، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ [...
މުޙައްމަދު އަފްރާޙް
އުރީދޫ ނޭޝަންގެ ގޭމުތައް ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން މުޅިން އާ ގޭމް ޕެކެއް ތައާރަފު ކޮށްފިއެވެ. އެ ކުންފުނިން ތައާރަފު ކުރި މި ޕެކުގައި އެންމެ 100 ރުފިޔާއަށް 100 ޖީބީގެ ޑޭޓާ ލިބޭނެއެވެ. މިއީ ގޭމް ކުޅޭ ފަރާތްތަކާއި ލައިވް ސްޓްރީމް ކުރާ ފަރާތްތަކަށް އެއްވެސް ހުއްޓުމެއް އަދި ދަތިކަމެއް ނެތި އެކަން ކުރެވޭގޮތަށް ތައާރަފު ކުރި ހިދުމަތެއް ކަމަށް އުރީދޫ އިން ބުނެއެވެ. އުރީދޫ މޯލްޑިވްސްގެ މި “ގޭމް އޮން” ޕެކް މައި އުރީދޫ […]
އަޙްމަދު ވަހީދު
ހއ. އިހަވަންދޫ ހިރިގަލު މިސްކިތުގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމު އޮތީ އިހަވަންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ކައުންސިލް އިދާރާކަމަށް އެކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ހަތިމު ކުރިން އޮތީ އިހަވަންދޫގައި ހުންނަ އާސާރީ މިސްކިތެއް ކަމަށްވާ ހިރިގަލު މިސްކިތުގައެވެ. ނަމަވެސް އިއްޔެ އިންފެށިގެން އެ މިސްކިތުގައި އެ ހަތިމު ނެތްކަމުގެ މައުލޫމާތު ލިބުމުން ”ތިލަދުން” އިން ކުރި ސުވާލެއްގެ ޖަވާބުގައި އިހަވަންދޫ ކައުންސިލުން ވިދާޅުވީ، އެ ހަތިމު މިހާރު އޮތީ ކައުންސިލް އިދާރާގައި ކަމަށެވެ. ”މިވަގުތަ...
ޔުމްނާ ޢަލީ
އިޝްތިހާރުގައި ކުށް ލިޔެވިފައިވަނީ އިޝްތިހާރުނަކަލު ކުރުމުގައި އޮޅުމަކުން ކަމަށާއި ޝާއިއު ކުރިއިރު، އެކަން ފާހަގަކުރެވިފައި ނުވާތީ، އެވިޑް ކޮލެޖުން މައާފަށް އެދިއްޖެ އެވެ. އެ ކޮލެޖުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އޭސީސީއޭ އެޕްލައިޑް ނޮލެޖު އަދި އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް ޕްރޮގްރާމް އެ ކޮލެޖުގެ އިންސްޓަގްރާމުގައި އިޝްތިހާރުކުރިއިރު، އެ ދެ ކޯހުގެ މުއްދަތާއި ލެވެލް ބަޔާން ކުރުމުގައި ކުށް ލިޔެވިފައިވާ ކަމަށެވެ. އެގޮތުން ރަނގަޅު ގޮތަކީ އޭސީސީއޭ އެޕްލައިޑް ނޮލެޖް ޕްރޮގްރާމުގެ މުއްދަކީ 1...
މުޙައްމަދު އަފްރާޙް
އެ ސިޓީއެއްގައި އެންމެ ގިނަ މަހުޖަނުން އުޅޭނީ ކޮން ސިޓީއެއްގައި ބާ އެވެ. އެންމެ އަގު ބޮޑު ސިޓީ އަކީ ކޮބާ ބާ އެވެ. ދާދި ފަހުން، ހެންލޭ އެންޑް ޕާޓްނާސް ކުންފުނިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ވަނީ މި ދެ ސުވާލަށް ޖަވާބު ދީފަ އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީ އަކީ ސިންގަޕޫރު ނުވަތަ ހޮންގް ކޮންގެ އުސް އަގުބޮޑު އިމާރާތްތައް ބިނާކޮޮށްފައި ހުރި މަލަމަތި ރީތި ސިޓީތަކުގެ ތެރެއިނަ ތަނެއް ނޫނެނެވެ. އަދި ދުބާއީއެއްވެސް […]
މުޙައްމަދު ވަސީމް
އެއްވެސް މާލީ މަންފާއަކާއިނުލައި މުޖުތަމަޢަށް ޚިދުމަތް ކުރުމުގައި ވަރުބަލިކަމެއް ފޫހިމަކެއްނެތި އެތައް ހަކަތައަކާއި އެތައް ވަގުތެއް ހޭދަ ކުރަމުން އަންނަ ދިވެހި ދަރިން އަދިވެސް މި މުޖުތަމަޢުގައި އުޅެމުންދާކަމީ އުފާކުރުން ހައްޤު ކަމެކެވެ. މިގޮތުން ހއ. އިހަވަންދޫއަށް އުފަން އެ ރަށު ހަނދުވަރީނާޒް، މުޙައްމަދު ސުޖާޢުއަކީ އިޖުތިމާޢީ ޚިދުމަތުގައި ނަމޫނާއެކެވެ. ސުޖާގެ އިޖުތިމާޢީ ހަޔާތް ފެށިފައިވަނީ ސްކޫލުގައި ތަޢުލީމް ހާސިލްކުރަމުން އައި ދުވަސްވަރުއެވެ. މިގޮތުން އިޖުތިމާޢީ ހަޔާތް ފެށުނުގޮތް ހިއްސާކުރަމުނ...
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ހުކުމްގެ ސަބަބުން ގައުމު ވެއްޓިފައި ވަނީ ފުން އަނދަވަޅަކަށް ހއ. އުތީމު ކައުންސިލުން ވިދާޅުވެއްޖެއެވެ. ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމާއިގުޅިގެން އުތީމު ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމަކީ މުޅި ދިވެހި އުއްމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެއް ކަމަށެވެ. އެ ހުކުމްގެ ސަބަބުން ގައުމު ވެއްޓިފައި ވަނީ ފުން […]
މުޙައްމަދު އަފްރާޙް
މުޅި ދުނިޔެއަަށް ކުރިމަތިވި އާލަމީ ވަބާ، ކޯވިޑް-19 އަށް ފަހު ޖަޕާނުގެ ކްރޫޒް ލައިނާއެއް ފުރަތަމަ ފަހަރަށް ރާއްޖެ އަތުވެއްޖެ އެވެ. މި ކްރޫޒް ލައިނާ ގައި 220 ފަތުރުވެރިން ރާއްޖެ އައިއިރު، މިއީ ކޯވިޑަށްފަހު ޖަޕާނުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ފަހަރުވެސް މެއެވެ. ގާތްގަޑަކަށް 500 މީހުންގެ ޖާގައިގެ މި އުޅަނދުގައި މުޅިންވެސް ތިބީ ޖަޕާނުގެ ފަތުރުވެރިން ނެވެ. “ނިޕޯން މަރޫ” ނަމަކަށް ކިޔާ މި އުޅަނދު މާލެ އަށް އައުމުން ފަތުރުވެރިކަމާއިބެހޭ ވުޒާރާ އިން […]
މުޙައްމަދު އަފްރާޙް
ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ “ސާއްބަ އެނިވާސަރީ ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޔޫތު ފްރެންޑްސްއާއި ރިއަލް ސްޓާސް އަދި އަހުލީއާއި ފަލްކަން ބައްދަލުކުރަން ޖެހިއްޖެއެވެ. ޖުމްލަ ހަތް ޓީމަކުން ބައިވެރިވި މި މުބާރާތް ރާވާލާފައި ވަނީ ދެ ގްރޫޕަކަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ […]
އިބްރާހިމް ޚަލީލް
ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާގެ އެދިވަޑައިގަތުމަކަށް، މާލޭގެ މަގުތަކުގައި ހުރި ކުނިތައް ނަގައި، ސާފުކުރަން ފަށައިފި އެވެ. އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހު ވިދާޅުވީ މިނިސްޓަރގެ ހާއްސަ އެދިވަޑައިގަތުމަކަށް އެ މަސައްކަތް މިހާރު ވެމްކޯއިން ފަށާފައިވާ ކަމަށެވެ. “ބައެއްގެ އީގޯއަށް ބެލުމަށްވުރެ، މާލޭ ރައްޔިތުންގެ އާންމު ސިއްހަތު މުހިންމު.” އަލީ ސާލިހު މީޑިއާ އަށް ވިދާޅުވި އެވެ. މި މަސައްކަތް ފެށުމަށްފަހު، ވެމްކޯ އިން ނެރުނު ބަޔާނެއްގައިވަނީ ފާއިތުވި ދެތިން ދުވަހުގެތެރޭގައި މާލޭގެ [...
މުޙައްމަދު އަފްރާޙް
ހއ. އިހަވަންދޫ ހިރިގަލު މިސްކިތުގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމު މިހާރު އެ މިސްކިތުގައި ނެތް ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އިހަވަންދޫން ”ތިލަދުން” އަށް ވާހަކަ ދެއްކި މީހަކު ބުނީ އެ ހަތިމު މިހާރު ކުރިން އޮތް އިހަވަންދޫ އާސާރީ މިސްކިތެއް ކަމަށްވާ ހިރިގަލު މިސްކިތުގައި ނެތްކަމަށެވެ. އެ ހަތިމު މިހާރު އޮތް ތަނެއް އިނގޭތޯ ބެލުމަށް އިހަވަންދޫ ކައުންސިލަށް ގުޅުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބު ނުވިނަމަވެސް މައުލޫމާތު އެނގޭ މީހަކު ބުނީ އެ […]
ޔުމްނާ ޢަލީ
ހިޔާ ސަރަހައްދުގެ މޮބައިލް ކަވަރޭޖް ރަނގަޅުކުރުމަށް ޓަވަރުތަކެއް ޖަހަން ދިރާގާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިއްޔެ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ހިޔާ ފްލެޓުގެ ޓަވަރު 2 އަދި 3ގެ އިމާރާތުގެ މަތީގައި ސެލިއުލާ ރޫފްޓޮޕް ޓަވަރުތަކެއް އިންސްޓޯލްކޮށް އޮޕަރޭޓް ކުރާނެއެވެ. މި ޓަވަރުތަކުގެ ސަބަބުން ހިޔާ ސަރަހައްދުގެ މޮބައިލް ކަވަރޭޖް މިހާރަށްވުރެ އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ ކުންފުނިން ބުނީ ހިޔާ ސަރަހައްދުގައި ހު...
އަޙްމަދު ވަހީދު
ހދ. ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ބީސާދަ ސްޕޯރޓްސް ފެސްޓިވަލް 2022 ގައި ކުރިޔަށްދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޑީސީ ފްރެޓާނިޓީ އިން ހޯދައިފިއެވެ. މިއަދު ހަވީރު ކުރިޔަށްދިޔަ ފައިނަލް މެޗު ޑީސީއިން ކާމިޔާބުކުރީ މާޒިންސްއާއި ބައްދަލުކޮށް 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނުނު ހަމައެކަނި ގޯލު ފަހުހާފުގެ ފުރަތަމަ މިނެޓުގައި ޑީސީއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ވިލްފް އެވެ. މެޗުގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ ޑީސީގެ ކީޕަރ އަހުމަދު މާހިން އެވެ. މުބާރާތުގެ ފެއާޕުލޭ ޓީމަކަށް...
އަލީ ރިޔާޟް
އައު އަހަރަށް މަރުހަބާ ކިޔުމަށް ބާއްވާ ޝޯ އަށް އިންޑިއާގެ ލަވަކިޔުންތެރިޔާ ޕައުނީ ޕާންޑޭ ރާއްޖެ އަތުވެއްޖެ އެވެ. ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީން އިންތިޒާމު ކޮށްގެން ބާއްވާ މި ހާއްސަ ޝޯ ގައި ބައިވެރިވުމަށް އޭނާ ރާއްޖެ އައީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. މިއީ ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ޕަވްނީ ރާއްޖެއައި ފުރަތަމަ ފަހަރެވެ. ޕައުނީ އާއްމުންގެ މެދުގައި ބޮޑަށް މަޝްހޫރުވީ 2017 ވަނަ އަހަރު ނެރުނު ފިލްމް “ރައީސް” އަށް އޭނާ ކިޔައިދިން […]
މުޙައްމަދު އަފްރާޙް