ބީވެއަތުން ދިޔަ ހީރާމުތުރަނުކުލަވާ، މުޖުރާއޭފުޅުނަޔާ ކިޔަމޭ މި ފަރިހި ގެންފަށާ، ލިޔެއަނާކޮށް ރީފުތައު ތިޔަމަނުކުލަރަން ދިއަވީދުއަގީ، ނިޔަނެތިވީފުޅު މުޖުރާ ފަރިއްސަކީ ޅެންބަހުރުވައިން ދިވެހިން ކިޔައި އުޅުނުތަކެތީގެ ތެރެއިން މިއަދާ ހަމައަށް އައިސްފައިވާ މައުނަވީ މުހިންމު ތަރިކައެކެވެ. އެއާއި މެދު އަދަބީ، ސަގާފީ ވިސްނުމަކުން ދިރާސާކޮށް ބެލެވިފައި ނެތް އެއްޗެކެވެ. ހަރުދަނާގޮތެއްގައި އެކުލަވާލެވިފައި ހުރި ފަރިހިތަކުން ބުނެދެނީ ހިތުގައި އުފެދުނު އިހުސާސްތަކާއި، ދުށްތަނާއި ހިނގި ހާދިސާތަކާއި، އަސްލެއްގ...
ލޫކަސް ޖަލީލް
ހއ.ދިއްދޫއަކީ އުތީމު މަހާރަދުންނާ ގުޅިގެން ރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވޭ ރަށެކެވެ. މިހާރުގެ ދިއްދުއަކީ އެރަށު ފަޅުގައި އޮތް “ތިލަދޫ” އޭކިޔާރަށުން ބަޔަކާއެކު އުފެދިފައި އޮތް ރަށެކެވެ. ދިއްދުއާއި ތިލަދޫގެ ދެކުނުގައި ގުޅި އެއްރަށަކަށްވެ ދިއްދޫގެނަމުން މަޝްހޫރުވީ ކަމުގައިވިޔަސް ދިއްދޫގައި ހިމެނޭ ތިލަދޫގެބައި މިހާރުވެސް ފާހަގަކުރެވެ އެވެ. ތިލަދޫގެބައިގެ ފެންބަރުވެފައި ސާބަކަށް ލޮނު ރަހައެއް ހުރެއެވެ. ނަމަވެސް ދިއްދޫގެ ބައިގެ ފެންލުއިވެފައި މީރު މެއެވެ. ރަށުގެ ބޮޑުބަޔަކި ތިލަދޫގެ ބައެވެ. މިދެރަ ގުޅ...
ތިލަދުން
ހދ. ހަނިމާދޫގެ ކްލަބެއް ކަމަށްވާ، ސާއްބަ އެކުވެރި ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދާ، ސާއްބަ އެނިވާސަރީ ކަޕް 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް މާދަމާއަށް ފަސްކޮށްފިއެވެ. މިއަދު ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗް މާދަމާއަށް ފަސްކުރީ، އެ މެޗް ކުޅުމަށް މިއަދުގެ މޫސުން ތަން ނުދޭތީއެވެ. މި މެޗް މާދަމާއަށް ފަސްކުރިކަން ސާއްބަ އެކުވެރި ކްލަބްގެ އިސް އޮފިޝަލެއް ކަމަށްވާ ދާއޫދު ރަޝީދު ”ތިލަދުން”އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ. ”ފައިނަލް މެޗް ކުޅެން […]
ޔުމްނާ ޢަލީ
“ހުދުދޯނި ފުރިއިރު އަތިރިމަތީގައި އަހަރެން ހުރީމެވެ. ދޯންޏަށް ހަތަރު ވަރަކަށް ރުނބާ އެރުވި ހަނދާން ރަނގަޅަށް އެބަހުއްޓެވެ.” ޢަބްދުލްޣަފޫރު ޢަލީ (އައްޔަބޭ ތުއްތުބޭ) އޭނާގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން ހުދުދޯނު ގެއްލުނު ހާދިސާ ކިޔައިދިނެވެ. އެއީ 1960 ވަނަ އަހަރު ހިނގާފައިވާ ހާދިސާއަކަށް ވާތީ އެ ހާދިސާ ހަނދާންހުރި ގިނަ ބަޔަކު މަނަދޫގައި އެބަތިއްބެވެ. މަނަދޫ ދިލްބަހާރުގޭ ހާރޫނު ހާޖީ ކަލޭފާނުގެ ހުދުދޯނީގެ އެންމެ ފަހު ދަތުރަށް މަނަދޫން ފުރީ މަނަދޫ ކާޑުގެއާ ދިމާއިންނެވެ. އެ ދަތުރަކީ […]
ޢަބްދުﷲ ސަޢީދު
އެހެލާފައިހުރި ބޮޑު މަސްދޯންޏެއް ބާލައިގެން ޒުވާން ކުދިންކޮޅެއް ފުރަން ތައްޔާރުވަނީއެވެ. އެއީ މަނަދޫ ޤާސިމް ހާރޫނު ހާޖީގެ “ދިލާވަރު” ކިޔާ މަސް ދޯންޏެވެ. އެ މަސައްކަތުގައި ހުރިހާ ކުދިން އުޅުނީ ވަރަށް ފޯރިއާއި ޖޯޝުގައެވެ. ނަމަވެސް ދަތުރަށް ނުފުރެނީސް އެ ފޯރިގަނޑުގައި ކުންޏެއް ޖެހުނެވެ. ދަތުރުގެ ދެ ބައިވެރިއަކަށް އެ ދޯނިން ނުދެވޭނެކަމަށް އޮޑިވެރި ފަރާތުން އެންގެވީއެވެ. އެއީ މުޙައްމަދު ޙަމީދާއި ޢަބްދުލްޣަފޫރު ޢަލީއެވެ. ވީކީއްތޯ އަހާލަން ކެރޭ މީހަކު ވެސް އެ ޒަމާނަކު ނުހުންނާނެއެވެ. އެ […]
ޢަބްދުﷲ ސަޢީދު
ރާއްޖޭގެ ރައްޔިތުންނަށް ކާބޯތަކެތި ހަމަހަމަކަމާއިއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، 80 އަހަރު ކުރިން ދިވެހި ދައުލަތުން ވަނީ، ރަށްފުށުގައި ކާޑުގެތަކެއް އިމާރާތްކޮށްފަ އެވެ. އެގޮތުން އިމާރާތްކުރެވުނު ކާޑުގެތަކުގެ ތެރެއިން ހދ. ނެއްލައިދޫ ކާޑުގެ އިމާރާތްކުރެވިފައިވަނީ ރަށްވެހި މަގުގެ ރަށްވެހި އަސަރު އިމާރާތުގެ ކުރިމަތިން ފެންނަންހުރި އުވަ ތަޅުންގަނޑު އޮތް ބިމުގައެވެ. އެދުވަސްވަރުގެ ޅަފުރާގެ ކުދިން، ނަމަވެސް މިއަދުގެ އުމުރުން ދުވަސްވެފައިވާ ފަރާތްތަކުން މަޢުލޫމާތު ދެއްވިގޮތުގައި، ނެއްލައިދޫ ކާޑުގެއި...
ތިލަދުން
މަނަދޫއަށް ފުޓްބޯޅަ ތަޢާރަފުވީ އަލްފާޟިލް ވެލިދޫގޭ މޫސާ ދީދީގެ އަތޮޅުވެރިކަމުގައެވެ. އެ ދުވަސްވަރަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީންގެ ވެރިކަމުގެ ދުވަސްވަރެވެ. އެ ދުވަސްވަރު މޫސާ ދީދީގެ އިތުރުން މާލޭގެ ކަމުވޮށިވެގެންވާ އެހެން ދެ ބޭފުޅަކު ވެސް މަނަދޫގައި އުޅުއްވިއެވެ. އެއީ ނ. އަތޮޅުގެ ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު ނ.ތ ޙަސަން ދީދީ އާއި މުޙައްމަދު އަމީން 1950 ވަނަ އަހަރު އުފެއްދެވި ކުޅިވަރު މުންތަޒިމްގެ ގަލޮޅު ކުލަބުގެ ވަކީލު އަލްފާޟިލް އަޙްމަދު ޢަލީ ދީދީ […]
ޢަބްދުﷲ ސަޢީދު
ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސްކަމާ ގުޅުންއޮތް ރަށެކެވެ. އެހެނަސް އެއީ މިހާރު ފަޅުރަށެކެވެ. ކުރެދިވަރަކީ ދިވެހިންގެ ތެރެއިން ދިވެހި ތާރީޚު ފުރަތަމަ ލިޔުއްވި އަލްޤާޒީ ޙަސަން ތާޖުއްދީންގެ އަނބިކަބަލުންގެ ރަށެކެވެ. ނަމަވެސް އެއީ ކޮން ނަމެއްކިޔާ އަނބިކަނބަލެއް ކަމެއް ނޭނގެއެވެ. ތާޖުއްދީންގެ ކާފަ ދަރިކަލުން އަލްޤާޒީ އިބްރާހިމް ސިރާޖުއްދީން ނިޔާވެ ވަޅުލެވިފައި އޮތީ އެރަށުގައެވެ. މާހާނަ ގަލުގައި އޮތީ “…ނިޔ...
ޢަބްދުﷲ ސަޢީދު
ތަނަކީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއެވެ. ދުވަސްވަރަކީ ޖަޕާނު މީހުން ޖައްވުގައި ޓޫރިސްޓު ހޮޓަލެއް އަޅަން އުޅޭކަމުގެ ޚަބަރުތައް ރޭޑިޔޯ މެދުވެރިކޮށް ފެތުރިގެން ދިޔަ ދުވަސްވަރެކެވެ. ޖައްވުގައި 64 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް އަޅައި، އެތަނަށް ޓޫރިސްޓުން ގެންގޮސް ހެދުމަކީ ޖަޕާނުގެ ކޮންސްޓްރަކްޝަން ކޮމްޕެނީ، ޝިމީޒޫގެ ވަރަށް ބޮޑު ތަސައްވަރެކެވެ. ތަނަކީ ދިވެހިރާއްޖޭގެ ތިލަދުންމަތި ތަކަންދޫގެ މާރަންމަގު އަތިރިމައްޗެވެ. އަތިރިމަތި ޖޯލީގައި ތިބި ހަރުފުރައިގެ މީހުންނަކަށް ޖަޕާނު މީހުންގެ މިޚިޔާލެއް ކަމަކު ނުދިޔައެ...
އަޙްމަދު ސާލިމް
އާދަކާދައާ ޘަޤާފަތު ބަދަލުވަމުން ދެއެވެ. ކަންކަމުގެ މައްޗަށް ލޯހުޅުވި އެކަންކަމާބެހޭ ގިނަގޮތްތައް ފެންނަމުންދާ ވަރަކުންނެވެ. ތަރައްޤީގެ ފާލަމުގައި ކުރިޔަށް ފިޔަވަޅު އެޅޭ މިންވަރަކުންނެވެ. ތިމާމެންކުރާ މަސައްކަތެއް ކަމަށްވިޔަސް އެކަމެއް އެހެންމީހުން ކޮށްއުޅޭގޮތް ފެނި ތަޢާރަފްވެ އެކަމެއްގެ ތެރެއަށް ވަދެވެމުންދާ ނިސްބަތަކުން ނެވެ. ކަމާބެހޭ އައު އުފެއްދުން ތަކާ ވަޞީލަތްތައް ލިބި އަތްމަތިވާ ފެންވަރަކުންވެސް މެއެވެ. ދިވެހިންނަކީ މަސްވެރި ބައެކެވެ. ދިވެހިރާއްޖޭގައި ގިނަވާނީ މަސްވެރިންނެވެ. ޒަމާނުއްސުރެ...
އުތީމު އާދަމް ޢަބްދުއްރަޙްމާން
ރައްޔިތުންގެ މަޖިލިސްގައި މިދިޔަ ހަފުތާއާއި، މިހަފުތާގައިވެސް ވަރަށް ބޮޑަށް ހުވަދޫ، އައްޑޫ ބަހުސެއް ހިނގަމުންދާ ކަމަށާއި، އެއީ ރަނގަޅުކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު، ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމާއި ކުރެއްވި ސުވާލުތ...
އަލީ އާދިލް
ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން: އެކިއެކި ސަބަބާހުރެ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ، އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. ދިވެހިރާއްޖޭގައި މިކަން ފެށިފައި ވަނީ، ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމެއް އެއްވެސް މުއައްރިޚަކަށް އެނގޭކަށް ނެތެވެ. ރޯގާ ބަލިމަޑުކަން ކުރިމަތި ވުމުން، ސަލާމަތުން ތިބި މީހުންކޮޅެއް ކައިރީއޮތް އެހެން ރަށަކަށް ބަދަލުވެފައި އެބަހުއްޓެވެ. ތާރީޚީ ގޮތުން ފުރިހަމަ ސާބިތެއް ނެތަސް ތުންތުންމަތީން ކިޔަމުން އަންނަ ބައެއްކަހަލަ ހާދިސާއާ ގުޅ...
ތިލަދުން
ރަށުގެ ދިގު އަތިރިމަތީގައި އޮންނަނީ ހުސް ކުންޏެވެ. ބައެއް ހިސާބުގަނޑުގައި އުސްކޮށް ހެދިފައި ވަނީ ބޮޑު ކުނިގޮނޑެވެ. އަތިރިއަށް ފައިބާ މަގުތަކާއި އޮޑިވަޅުތަކާ ދިމާގައި ކުނިމަދެވެ. އެއީ ގޮނޑުދޮށަށް ކުނިއެޅި ޒަމާނެވެ. ފަޅު ނުކޮނެ އޮތް ޒަމާނެވެ. ދެ މޫސުން ބެދޭ ދުވަސްވަރު ޖަހާ ދަންހަޅައިގެ ތެރޭގައި ބައެއް ފަހަރު ކުނިގޮނޑު މޫދަށް ދަމައިގަނެއެވެ. އަނެއްބައި ފަހަރު އިހުނަށްވުރެ އެއްގަމަށް ކުނިތައް އަރުވައެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާޅާއެކު ބޭރަށް ދަމައިގަންނަ ކުނިތައް ފަޅުގައި އަޅާ ބާރު […]
ޢަބްދުﷲ ސަޢީދު
ހޯރަފުށީގެ އަސްލު ނަމަކީ، ހޯރަފުށި ކަމަށްވެއެވެ. މިނަން ޢަރަބިބަހުން ކިޔެނީ ހުވަރަފުށި ކަމަށްވާތީ، ހުވަރަފުށި ރަސްމީ ނަމެއްގެ ގޮތުގައި ކަނޑައެޅިފަައި އޮތީ ކަމަށްވެއެވެ. މިއިން ދޭހަވަނީ ހޯރަފުށީގެ ޤަދީމީ ތާރީޚާއި ޢަރަބިންނާއި ގުޅުންހުރި ކަމެވެ. މިގޮތަށް 1980ގެ އަހަރުތަކާ ހަމަޔަށް ރަސްމީ ނަމަކީ ހުވަރަފުށި ކަމުގައިވިއެވެ. މީގެ 30 އަހަރުކުރން 1990 ފެށުނުއިރު ރަސްމީ ނަމަކީ ހޯރަފުށި ކަމަށް ސަރުކާރުން ހަމަޖެއްސެވިއެވެ. ހޯރަފުށްޓަކީ ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ގޮތުން މުޅިރާއްޖެއަށް މަޝްހޫރު މަޤްބޫ...
ތިލަދުން
ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލް އިސްލާމް ހުކުރު މިސްކިތުގެ މިންބަރުގައި އެ ހުންނެވީ ހުކުރު ނަމާދުގެ ޚުޠުބާ ދެއްވާށެވެ. އޭރު އެ މިސްކިތުގައި ދިވެހި ދައުލަތް އޭރު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރުލްއަޢުޒަމް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވެސް ހާޒިރުވެވަޑައިގެން އިންނެވިއެވެ. ދައުލަތުގެ ވަޒީރުންނާއި އަމީރުންނާއި ކަމުވޮށިވެގެންވާ ބޭފުޅުން ވެސް ތިއްބެވިއެވެ. އެކި އުމުރުފުރައިގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ހުކުރު ނަމާދަށް ހާޒިރުވެ ތިއްބެވެ....
ޢަބްދުﷲ ސަޢީދު