މަނަދޫން ވަދާ ދިޔަ ބަޔަކަށް ފެނުނު ވަރަށް ބޮޑު މާވަހަރު ބޮޑުމަހެކެވެ. އެއީ 1960 ގެ އަހަރުތަކުގެ ކުރީކޮޅެވެ. އެ މަސް މަރުވެގެން ފެންމައްޗަށް އަރާފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ މާފަ (އަޅުގަނޑުގެ މަންމަ ފަރާތު ކާފަ) ނ. މަނަދޫ، މާލްރޯޑް އިބްރާހީމް ޙަސަނަށެވެ. ކާފައާއެކު އެ ދުވަހު ވަދާ ދިޔައީ މަނަދޫ ރައިމާގޭ ޢަލިބެ (ރާގޭ އަލިބެ) އާއި މަނަދޫ ނޫވިލު ޙަސަން އިބްރާހީމް (އަޅުގަނޑުގެ މަންމަ ފަރާތުގެ ބޮޑު ބޭބެ) އެވެ. އޭރު […]
ޢަބްދުﷲ ސަޢީދު
މި ބޯޖަންގަލީގައި ފޮރުވިފައިވަނީ ކޮންކަމެއްބާއެވެ؟ މާސިންގާ މި ވަލުތެރޭގައި ވަންހަނާ ވެގެން ވަނީ ކޮންއެއްޗެއްބާއެވެ؟ މިތާގައި ވަނީ، ހަމައެކަނި ފަޅުކަމާއި، ހަމަހިމޭންކަމާއި، އެކަނިވެރިކަން ބާއެވެ؟ ނާމާންކަން ބާއެވެ؟ ނޫނެކެވެ. މިތަނުގައި އެވަނީ ޤުދުރަތުގެ އަޖައިބުތަކާއި ތިމާވެށީގެ މުއްސަނދިކަމެވެ. މިތަނާމެދު ނިކަން ވިސްނާލައި، ނަޒަރު ހިންގާލަބަލާށެވެ. މިތަނުގެ މުއްސަނދިކަން ނިކަން ދެކިލަބަލާށެވެ. ސަރާސަރު ބޯޖަންގަލީގެ އެންމެ ފުނަށް ޚިޔާލުތައް ދޫކޮށްލަބަލާށެވެ. އެފެންނަނީ، ދިވެހިރާއްޖޭގެ ތާރީޚާއި ތ...
އަޙްމަދު ސާލިމް
ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ފުރަތަމަ އިވިގެން ދިޔައީ 1946 ފެބުރުވަރީ 3 ވަނަ ދުވަހުއެވެ. އެއީ 1 ރަބީޢުލްއައްވަލް 1365 ގައި ދިވެހިރާއްޖޭގައި ފާހަގަކުރި ފުރަތަމަ ޤައުމީ ދުވަހުގެ ޖަލްސާގައެވެ. އިހުޒަމާނުގައި ބެރުދުންމާރި ތާޅަފިލީގައި ރަސްމީ ކަންތައްތަކުގައި ބޭނުންކުރާ “ސަލާމަތީ”އޭ ކިޔާ ލަވައެއް އޮތެވެ. އެކަމަކު ފުރަތަމަ ފާހަގަކުރި ޤައުމީ ދުވަހުގެ ކުރިން ޤައުމީ ސަލާމެއްގެ ގޮތުގައި ކިޔާ ވަކި ޚާއްޞަ ޅެމެއް ނުވަތަ ނަޝީދެއް ނެތެވެ. ދިވެހީންގެ ކީރިތިކަމާއި މޫރިތިކަން ހާމަކޮށްދޭ ތަރާނާއެއް ނެތެވެ. ޤައުމީ...
ޢަބްދުﷲ ސަޢީދު
“ޤައުމަށް އައި މިނިވަން ނޫރާނީ”ގެ އަޑެވެ. “ޖޯޝޭ ގެނައި މީ ޤައުމީ އުފާ” ގެ އަޑެވެ. އެއީ “އޯ ވަޒަނެ މީ ލޯބީ”ގެ އަޑެވެ. “ފަޚުރުވެރި ދިވެހީންގެ ޤައުމީ ރޫޙު އާލާކޮށްލަމާ”ހޭ ވިދާޅުވި ހިތްގައިމު ރަން އަޑުގެ ވެރިޔާއެވެ. އެއީ ނ. ހޮޅުދޫއަށް އުފަން މަޝްހޫރު ޢަބްދުﷲ ޙަސަނެވެ. ހޮޅުދޫ ޢަބްދުﷲއެވެ. މިއަދު މި ޤައުމީ ޚިދުމަތްތެރިޔާ އޮންނެވީ އާލާސްކަންފުޅާއެވެ. އެދެނީ ﷲގެ ރަޙުމަތުން ލުއި ފަސޭހަކަމާއި އަވަސް ޝިފާއަކަށެވެ. އާދޭހެވެ. އެ ހާލުކޮޅުގައި އޮންނަވާތާ އެތައް […]
ޢަބްދުﷲ ސަޢީދު
މިއީ، ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ރާއްޖޭގައި ކުރެއްވި ވަޒީރުކަމުގެ ވާހަކައެވެ. ބައެއް މީހުން ބުނާ އަޑު އިވެއެވެ. ޣާޒީ ރަދުން ރާއްޖޭގައި ރަސްކަމެއް ނުކުރައްވައެވެ. ކުރެއްވީ ވަޒީރުކަމެކެވެ. ތެދެކެވެ. އުތީމު މަހާރަދުން ވަޒީރުކަން ކުރެއްވި ކަމަށް ދެންނެވިދާނެއެވެ. އެކަމަކު އެރަދުން ޚަޠީބުކަމާއި ރަސްކަން ވެސް ކުރެއްވިއެވެ. އެއީ ނުކުރައްވާ ކަންތައްތައް ކަމަކަށް ނުހެދޭނެއެވެ. އުތީމު ޚަތީބު މުޙައްމަދު ތަކުރުފާނާއި އެ މަނިކުފާނުގެ...
ޢަބްދުﷲ ސަޢީދު
އުތީމު ބޮޑުމައުލޫދަކީ ރާއްޖެތެރޭގެ އެހެން ރަށްރަށެކޭވެސް އެއްފަދައިން އަހަރަކު އެއްފަހަރުކިޔާ މައުލޫދެކެވެ. ޢާންމު ގޮތެއްގައި މައުލޫދުކިޔުމުގެ ކަންތައްތައް ހުންނަނީ އެހެނިހެން ރަށް ރަށެކޭވެސް ދާދިއެއްގޮތަކަށެވެ. ނަމަވެސް ބައެއް ޚާއްޞަ ކަންތައްތައްވެސް ހުރެއެވެ. މިފަދަ ގިނަކަންތައްތަކާ ގަނޑުވަރާގުޅުމެއް ހުރިކަމަށް ދަންނަވަންޖެހެއެވެ. އެހެންވީމާ މިދެބައި ވަކިކޮށްނުލާ އުތީމު ބޮޑުމައުލޫދުގެ ކަންތައްތައް މީގެ ސާޅީހަކަށް އަހަރުގެ ކުރިންފެށިގެން އޮންނަގޮތް ދަންނަވާލާނަމެވެ. ތިޔައިން ކޮންމެ ބޭފުޅަކު އެއ...
އުތީމު އާދަމް ޢަބްދުއްރަޙްމާން
ހާބުބޭ ޓީޗަރަކީ ނ. އަތޮޅު މަދަރުސާގެ ސްކައުޓް އުފެއްދެވި “ބާނީ”އެވެ. ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން 12 ވަނައަށް ނ. އަތޮޅު މަދަރުސާގައި ސްކައުޓް އުފައްދަވައި ރާއްޖޭގައި ފުރަތަމަ ބޭއްވި ސްކައުޓް ޖަމްބޮރީގައި ނ. އަތޮޅު މަދަރުސާ ތަމްސީލު ކުރެއްވިއެވެ. އެއީ 1986 ވަނަ އަހަރެވެ. ހާބުބެއަށް ފަހު އަދިއަދަށް ދާން ދެން ވެސް އެ ހަރަކާތް އެ ސްކޫލުގައި ހިންގިފައެއް ނުވެއެވެ. އެތައްއެތައް ސަބަބެއް ވާނެއެވެ. އެ ހުރިހާ ސަބަބެއް، މީހުންނާއި ވަސީލަތްތައް މާ މަދު ދުވަސްވަރެއްގައި […]
ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައީ 1887 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއަށް އިނގިރޭސިންގެ އަތްދަށުން ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެދެމެދުގައި ވަރަށް މުހިންމު ހާދިސާތަކެއްވަނީ ހިނގާފައެވެ. ކުރުގޮތަކަށް އޭގެތެރެއިން ބައެއް މުހިންމު ކަންތައްތަކަށް ބަލާލާނަމެވެ. 16 ޑިސެމްބަރު 1887: އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިއުން އިނގިރޭސިންގެ ބާރުގެ ދަށަށް ރާއްޖެ ދިޔަ “ހިމާޔަތުގެ” ސިޓީގައި ރާއްޖޭގެ ފ...
ޢަބްދުﷲ ސަޢީދު
މިލަދުންމަޑުލު މިލައުތުރު ރީތި ނަލަނަލަ ނަލަންދޫ އެވެ. ޤުދުރަތީ ޗާލުކަމާއި ތިމާވެށީގެ މުއްސަނދިކަމާއި ރީތިކަމުގެ އަޖައިބު ކުރުވަނިވި ރަށަކީއެވެ. ދިވެހި ޤައުމީ ޖިހާދުގެ މުހިންމު “ސްޓެޓެޖިކް” ބަނދަރަކީއެވެ. ދިވެހި ނިޔަމިކަމާއި، ދަތުރުފަތުރާއި، ތާރީޚުގެ ޚާއްޞަ އާސާރަކީއެވެ. މީގެ 75 ވަރަކަށް އަހަރު ކުރީން، ދިވެހިރާއްޖޭގެ ޤަދީމީ އާސާރާ ބެހޭ ކޮމެޓީގެ ފަރާތުން މަލިން މުހައްމައިދީ (މަލިން މަނިއްޕުޅުގެ މުހައްމައިދީ ނުވަތަ މަލިމް މުޙައްމަދު ދީދީ) ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށާއި މީހުންދިރިނޫޅޭ ރަށ...
އަޙްމަދު ސާލިމް
އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ސިރީ ކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުން ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވަނީސް، ހިޖުރައިން 1116 ވަނަ އަހަރުގެ ރަމަޟާންމަހު (ޖަނަވަރީ 1705)،ގެ ތެރޭގައި އޭގެކުރީގައި ރަސްކަންކުރައްވާފައިވާ އިސްދޫ ދަރިކޮޅުގެ އައްސުލްޠާން ޙަސަން (ދިހަވަނަ) އާއި އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނާ ދެ ބޭފުޅުން ނަވެއްގައި އިންޑިއާގެ ސޫރަތުން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް ވަޑައިގެންނެވިއެވެ. އެ ދެ ބޭފުުޅުން މަސައްކަތް ކ...
ޢަބްދުﷲ ސަޢީދު
ހދ. ކުރިނބީ ބޮޑު ރަނިކަ ގަހަކީ އެތައްޒަމާނެއް ވަންދެން އެރަށުގައި، އެންމެ ބޮޑުގަހުގެ ގޮތުގައި، ގަސްކަރަ މަތިން ގުއްބެއް ގޮތަށް އުސްކޮށް ފެންނަން ހުރި ވަރަށް ބޮޑު ބިޔަ ގަހެކެވެ. ބުނެވޭ ގޮތުގައި މިގަހަކީ އެ އަތޮޅުގެ ރަށްރަށުގެ މަލަމަތިން ފެންނަ ގަސްތަކުގެ ތެރެއިންވެސް އެންމެ އުސްކޮށް ފެންނަން ހުންނަ އެއްގަހެވެ. އެގަހަށް ކުރިނބީ ބޮޑު ރަނިކަގަހޭ ކިޔެނީ ގަހުގެ ބޮޑުކަމުންނާއި ރަށުގެ މަލަމަތިން ރަށުގެ ހައިބަތު ދައްކުވައިދިން ގަހަކަށް ވީތީއެވެ. 100 ފޫޓަށް ވުރެ ދިގު […]
ތިލަދުން
ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު، 02 ޖުލައި 1948 (24 ޝައުބާން 1367) ވީ ހުކުރު ދުވަހު އދ. ހަންޏާމީދޫއަށް ވަޑައިގަތެވެ. ފުރަތަމަ ވެސް ވަޑައިގަތީ އެރަށުގައި ހުންނަ ކަލާފާނުގެ ޒިޔާރަތަށެވެ. އެ ޒިޔާރަތް ބައްލަވާލެއްވުމަށްފަހު ދެން ވަޑައިގަތީ އެ ޒިޔާރަތާ އިންވެގެންހުރި އެ ރަށުގެ ހުކުރު މިސްކިތަށެވެ. އެ މިސްކިތުން މުޙައްމަދު އަމީންނަށް ފުރަތަމަ ވެސް ފެނިވަޑައިގަތީ މިސްކިތުގެ އެތެރޭގައި ނުހަނު ރީތިކޮށް ތަރުތީބުން ބަހައްޓާފައި ހުރި ހަތްކޮޅުތަކެވެ. އެއީ އެހާތަނަށް އެންމެ ފަހުން މާލޭގަ...
ޢަބްދުﷲ ސަޢީދު
ނާބަބަޑިއަކީ ރަމަޟާންމަހު އިރު އޮއްސިއްޖެކަން އެންގުމަށް މާލޭގައި ސިފައިން ޖަހައި އުޅުނު ބަޑިއެކެވެ. ހަރޯދައިގެ ދުވަސްތަކުގައިވެސް މި ބަޑިޖަހާ އުޅުނެވެ. ބޮޑު ދެހިތީގައި ނާބަ ފަށަންވީމާ ޖަހައި އުޅުނު ތިން ބަޑިއަށްވެސް ނާބަބަޑި ޖެހުމޭ ކިޔައެވެ. ނާބައަކީ މަޣްރިބު ނަމާދަށް މާލޭ ހުކުރު މިސްކިތު މުންނާރުން ބަންގި ގޮވާ ނިމުމާއި ވިދިގެން ނާބުސްޚާނުން ޖަހައި އުޅުނު ބެރެކެވެ. ރަސްމީ ބެރުޖެހުން އޮންނަ ރޭރެއަށް ނާބަ ޖަހައި އުޅުނީ އެބެރުގެ ފަހުގައެވެ. ބޮޑު ދެހިތީގައި ޖަހާއުޅުނީ ހިތިގެ ދޮށުގައެވެ. […]
ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހަކީ ޝައުބާންމަހުގެ 1 ވަނަ ދުވަހެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނަށެވެ. އެއީ ދިވެހިތާރީޚުގައި މަޝްހޫރު ޢަލީ ރަސްގެފާނެވެ. އެ ރަދުން ރާއްޖޭގައި ރަސްކަން ކުރެއްވީ ހިޖުރައިން 965 ވަނަ އަހަރު، (މީލާދީން 1558 ވަނަ އަހަރު)، 2 މަހާއި 15 ދުވަހުއެވެ. ޝަޢުބާންމަހުގެ 1ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަސްކަމަށް ދިވެހި ދައުލަތުން ކަނޑައެޅުއްވީ ޕޯޗްގީޒުންނާ ދެކޮޅަށް ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދު […]
ޢަބްދުﷲ ސަޢީދު
ކުރީ އަދަދާއި ގުޅޭ: ދިއްދޫއަކީ އުތީމުގެއުތުރުން އުތީމާ އެންމެގާތަށް އޮންނަ ރަށެވެ. އުތީމުޚާންދާނުގެ މެމްބަރުން އުތީމުގައި ވަޒަންވެރިވެލައްވައިގެން އުޅުއްވި ދުވަސްވަރު އުތީމަކީ ރުއްގަސް މަދު ރަށަކަށް ވުމުން އުތީމު ޢާއިލާގެ ފަރާތުން ދިއްދޫގައި ރުއްއަޅުއްވައި އެރަށް، ދިރުވުމަށް މަސައްކަތްކުރެއްވި ކަމުގަ ވިސްނެ އެވެ. ދިއްދޫއަކީ މަހަށް ދިއުމަށް ފަސޭހަ ރަށަކަށް ވާތީ އެދުވަސްވަރުވެސް މަސްވެރިން، އިރުވައި މޫސުމުގައި މަހަށްދާން ދިއްދޫއަށް އައިސް ބަނޑަހަޖަހައިގެން ތިބޭ ރަށަކަށްވެސް ވެދާނެއެވެ. އެހެން ވެއް...
ތިލަދުން