މައި ޚަބަރަށް ދިޔުމަށް

ތާރީޚް

194 ޝާއިޢުކުރެވިފައިވާ ލިޔުން

ތާރީޚް - 4 ވަނަ ޞަފްޙާ

ހެންވޭރުގަނޑުވަރުގެ ނާޗަރަންގީ

ހެންވޭރުގަނޑުވަރުގެ ނާޗަރަންގީ

އެ ނާޗަރަންގީ ފެށުމާއެކު ހެންވޭރުގަނޑުވަރު ވެގެންދިޔައީ ދެޖިންސުގެ ޒުވާނުންގެ ކިއްލާއަކަށެވެ. ގޮތްހުރި މީހުން ވަދެ އުޅޭން ލަދުގަންނަ ތަނަކަށެވެ. އަދި އެ ބައި މީހުންގެ ދަރިން ވެސް ވަދެ އުޅޭން ނުރުހޭ ތަނަކަށެވެ. ކުރިއްސުރެ ދިވެހިންގެ ތެރޭގައި މަނާވެފައި އޮތް އާންމު އަޚްލާޤީ މިންގަނޑާ ޚިލާފު އެތައް ކަމެއް އެތަނުގައި ހުއްދަވެ ހިނގާން ފަށައިފިއެވެ. އެ ނާޗަރަންގީގެ އިސް ބޭފުޅަކީ ރާއްޖޭގެ ރަސްކަމުގެ އޭރުގެ ވާރުތަވެރިޔާ، ޕްރިންސް ޙަސަން ޢިއްޒުއްދީނެވެ. އޭރު ދިވެހި ތަޚްތުގައި އިންނެވި އައްސުލްޠާން […]

ޢަބްދުﷲ ސަޢީދު
ބޮޑުތިލަދުންމަތި އެދި ގޮވަނީ ކާކަށް ހެއްޔެވެ؟

ބޮޑުތިލަދުންމަތި އެދި ގޮވަނީ ކާކަށް ހެއްޔެވެ؟

ބޮޑުތިލަދުންމައްޗަކީ ކޮބައިކަން މިހާރުގެ ފަހުގެ ޖީލަށް ފަހަރުގައި ނުއެނގިދާނެއެވެ. ބޮޑުތިލަދުންމައްޗަކީ ހއ، ހދ، ށ، ނ. މި ހަތަރު އަތޮޅު ކަމުގައި ބެލެވޭ ޤުދުރަތީ އަތޮޅަށް އިހުއްސުރެ ދިވެހިން ކިޔާ އުޅޭ ނަމެކެވެ. ބޮޑު ތިލަދުންމައްޗަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑުއެއް ގުދުރަތީ އަތޮޅެވެ. ހަތްވަނައަށް ދުނިޔޭގެ އެންމެ ބޮޑު އަތޮޅެވެ. އެހެންކަމުން ދުނިޔޭގެ ތާރީޚުގައި ވެސް ބޮޑު ތިލަދުންމައްޗަށް ޚާއްސަ އަހަންމިއްޔަތެއް ލިއްބައިދެއެވެ. މީގެ އިތުރުން ބޮޑު ތިލަދުންމައްޗަށް ޚާއްސަ އަހަންމިއްޔަތެއް ދިވެ...

ސަނިއްޔާ އަބޫބަކުރު
ކުޅުދުއްފުށީ ދަމު ހިނގާ ލަވައާއި އޭގެ މާނަ

ކުޅުދުއްފުށީ ދަމު ހިނގާ ލަވައާއި އޭގެ މާނަ

މިއީ ކުޅުދުއްފުށްޓަށް ޚާއްޞަ ކުޅިވަރެކެވެ. އަމިއްލަވަންތަ ސަގާފަތަކާއި އާދަކާދައެކެވެ. ދިވެހިވަންތަ ރީތި ކުޅިވަރެކެވެ. ކުޅުދުއްފުށީގައި ދަމުހިނގުމުގެ ކުޅިވަރު ކުޅެމުން އައީ ބޮޑު ޢީދުގެ ފަހުރޭގައެވެ. ކުރީ ޒަމާނުގައި މި ކުޅިވަރު ކުޅެއުޅޭ ގޮތާއި މި ޒަމާނުގައި ކުޅޭ ގޮތުގައި ކުދިކުދި ތަފާތުތައް ހުއްޓަސް ދަމުހިނގުމުގެ އަސްލަކަށް ބަދަލެއް ނާދެއެވެ. ބަދަލު އައީ މި ކުޅިވަރުގައި ބޭނުންކުރާ މާލިތަކަށާއި އެ މާލިތަކުގެ ހަރަކާތްތަކަށެވެ. ކުޅުދުއްފުށީގެ މަސައްކަތްތެރިންގެ މަސައްކަތްތައް ދައްކައިދޭގޮތާއި ވައްޓަ...

ޢަބްދުﷲ ސަޢީދު
ރަސްގެފާނާއި ބޮޑުވަޒީރަށްވުރެ މަތިން ހިންގި ދައުލަތް

ރަސްގެފާނާއި ބޮޑުވަޒީރަށްވުރެ މަތިން ހިންގި ދައުލަތް

ދިވެހިރާއްޖޭގެ ތަޚުތުގައި ރަސްކަލަކު އިންނެވިއެވެ. ބޮޑު ވަޒީރުގެ މަޤާމުގައިވެސް ބޭފުޅަކު ހުންނެވިއެވެ. އެ ދެ ބޭފުޅުން ތިއްބެވިޔަސް ދިވެހި ދައުލަތް ހިންގެވުމުގެ ވެރިޔަކީ ވަޒީރެކެވެ. ވަޒީރުއްދާޚިލިއްޔާއެވެ. އެއީ މިހާރުގެ ގޮތުން ނަމަ ހޯމް މިނިސްޓަރެވެ. ރަސްކަމުގެ ތަޚުތުގައި އިންނެވީ އައްސުލްޠާން ޙަސަން ނޫރައްދީން (2ވަނަ) އެވެ. ވަޒީރުލްއައުޡަމް (ބޮޑު ވަޒީރު) އަކީ އަލްއަމީރު މުޙައްމަދު ފަރީދު ދީދީއެވެ. ރަދުންނާއި ބޮޑުވަޒީރަށްވުރެ މަތިން ދިވެހި ދައުލަތް ހިންގެވީ ވަޒީރުލްދާޚިލިއްޔާ އަލްއަމީރު ޙަސަން ފަ...

ޢަބްދުﷲ ސަޢީދު
ދިވެހި ތާރީޚުން މަރުގެ ފިލާވަޅެއް

ދިވެހި ތާރީޚުން މަރުގެ ފިލާވަޅެއް

އަޅުގަނޑުމެން އެންމެން މިއުޅެނީ މަރަށް ބިރުންނެވެ. އެކަމަކު އެއީ ޔަގީން ކަމެކެވެ. ޙަޤީޤަތެކެވެ. ނުފިލޭ ދަތުރެކެވެ. ސަލާމަތް ނުވާނެ އިމްތިހާނެކެވެ. ޕޯޗުގީޒުންގެ ވަރުގަދަ ބިޔަ ލަޝްކަރު މާލެއަށް ފައިބަނީއެވެ. އޭރަށް ބަލާއިރު ޒަމާނީ ހަތިޔާރާއި ވަސީލަތްތަކާ އެކުގައެވެ. އެއީ އޭރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރެވެ. ޔޫރަޕް ފަހަނައަޅައި އިންޑިއާ ކަނޑަށް އައި ޔޫރަޕުގެ ފުރަތަމަ ބާރެވެ. އިންޑިއާގެ ގޯވާގައި ޤާއިމުވެގެން ތިބެ މުޅި ސަރަހައްދަށް ދިޔައީ ހަންފަތުރަމުންނެވެ. ޕޯޗްގީޒުން ރާއްޖެ ހިފަން އައީ ގޯވާއި...

ޢަބްދުﷲ ސަޢީދު
ޞަލާޙުއްދީން ލިޔުއްވި ސިޔަރަތުގެ ރީތި ތާރީޚީ ދިވެހި ބަސްމަގު

ޞަލާޙުއްދީން ލިޔުއްވި ސިޔަރަތުގެ ރީތި ތާރީޚީ ދިވެހި ބަސްމަގު

ޙަމްޒަތުގެފާނާއި ޢަބްދުاللهِ ބިން ޖުދްޢާނު މިނިވަންކުޅަ ޖާރިޔާ އާއިދެމެދު ދެކެވުނު ވާހަކަތައް ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ރަޙިމަހުﷲ ލިޔުއްވި “ކީރިތި ރަސޫލާގެ ސިޔަރަތު” ފޮތަކީ، ދިވެހީން މޮށެއުޅުނު ރީތި ބަސްމަގެއްގެ އާދަޔާ ޚިލާފު ތާރީޚީ ބަޔާނެއްވެސް މެއެވެ. މިފޮތް ލިޔުއްވައި ނިންމެވިތާ މިއަހަރަށް 87 އަހަރު ފުރޭ އިރު، އަޅުގަނޑުމެންގެ ޅައިރުގައި ތިބި އަޅުގަނޑުމެންގެ މުސްކުޅި ކާފައިންނާއި، މާމައިންނާއި، ބޭބެއިންނާއި، ދައިތައިން، އެބައިމީހުންގެ އާންމު ދިރިއުޅުމުގައި މިކަހަލަ ރީތި، ސާދާ ބަސ...

އަޙްމަދު ސާލިމް
އަންހެނުންގެ ބާރު ގަދަކޮށްއޮތް ރާއްޖޭގެ ރަސްކަމުގެ ނިޒާމު!

އަންހެނުންގެ ބާރު ގަދަކޮށްއޮތް ރާއްޖޭގެ ރަސްކަމުގެ ނިޒާމު!

ދިވެހިރާއްޖެއާ ބެހޭ ގޮތުން ލިޔުއްވި ބޭރުގެ ލިޔުންތެރިން އެންމެ ހައިރާންވި ކަމަކީ އެއީއެވެ. ގިނަ ލިޔުންތެރިންނަށް ދިވެހިރާއްޖޭގެ ޚާއްޞަ ސިފައެއްގެ ގޮތުގައި ފާހަގަ ކުރެވުނު އެއް ކަމަކީ ވެސް އެއީއެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އަންހެނުންގެ ބާރުވެރިކަން އޮތް ގޮތެވެ. ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އަންހެން ބޭފުޅުން ރެދަލިކުރެއްވުމެވެ. އަދި ރަސްކަލަކު ހުންނެވިޔަސް ރަސްކަމުގެ ނިޒާމުގައި އަންހެނުންގެ ބާރާއި ދައުރު އޮތްގޮތާއި މިންވަރެވެ. ރާއްޖޭގެ ތާރީޚުގެ ގަނޑުތައް އަވަސްއަވަހަށް އުކާލުމުން ރެ...

ޢަބްދުﷲ ސަޢީދު
މަނަދޫގައި ކުރެވުނު އަދަބީ ފިނި ހަނގުރާމަ

މަނަދޫގައި ކުރެވުނު އަދަބީ ފިނި ހަނގުރާމަ

އެއީ މަނަދޫގައި ވަރަށް އާދަޔާ ޚިލާފު އަދަބީ ރޫޙެއް އުފެދިގެން އުޅުނު ދުވަސްވަރެކެވެ. އެއްބަޔަކު އަނެއް ބަޔަކަށް ވާދައަށް ޅެމާއި ލަވަޔާއި ރައިވަރާއި ބަންޖާއި ފަރިހި ހަދައި އުޅުނު ދުވަސްވަރެކެވެ. ހެނދުނު އިރު އަރާއިރު އަދަބީ އުފެއްދުންތައް ތަންތަނުގައި ހިއްޕާފައި ހުއްޓާ ފެނިދާނެއެވެ. ނޫނީ ގޭގޭގެ ބޮޑުދޮރު ދޮށުން ނުވަތަ ކުޑަދޮރަކުން ގޭތެރެއަށް އެއްލާފައި އޮއްވައި ފެނިދާނެއެވެ. ލިޔެފައިވާ ޝާއިރުގެ އަސްލުނަމެއް ނޭނގޭނެއެވެ. ހުންނަނީ މުޅިން ވެސް ގަލަމީ ނަމެވެ. އެ ނަންތައް އޭރު ވަރަށް މަޝްހޫރެވެ. […]

ޢަބްދުﷲ ސަޢީދު
ކަބާ ޒިޔާރަތް: ކަބާ ޢައިޝާ ރަނިކިލެގެފާނުގެ މަހާނަގަލާއި ޒިޔާރަތުގެ ބެރީގައިވާ ލިޔުމުގެ ތަފާތު

ކަބާ ޒިޔާރަތް: ކަބާ ޢައިޝާ ރަނިކިލެގެފާނުގެ މަހާނަގަލާއި ޒިޔާރަތުގެ ބެރީގައިވާ ލިޔުމުގެ ތަފާތު

ފާދިއްޕޮޅު މާފިލާފުށީ ޚަތީބު ޢަލީ ކޮށަލި ކިލެގެއާއި މާފިލާފުށީ މުޙައްމަދު ފާށަނާކަލޯގެ ދި ސިއްތި ބޮޑުކަމަނާގެ ދަރިކަނބަލުން ކަބާ ޢައިޝާ ރަނިކިލެގެފާނު އަވަހާރަވީ ހިޖުރައިން 1076 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 9 ވީ އާދިއްތަ ދުވަހުއެވެ. އެއީ މީލާދީން 14 ފެބުރުވަރީ 1666 އެވެ. އިސްކަންދަރު ރަސްގެފާނުގެ މަންމާފުޅު ކަބާ ޢައިޝާ ފަސްދާނު ލެވިފައިވަނީ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުންނަ ކަބާ ޒިޔާރަތުގައެވެ. އެ ޒިޔާރަތުގައި އެ ކަމަނާގެ މަހާނަފުޅުގެ އިތުރުން އިސްކަންދަރު ރަސްގެފާނުގެ އަނބިކަނބަލުން ކަބާ […...

ޢަބްދުﷲ ސަޢީދު
ދިވެހި ރަދުންގެ ގޮވާލެއްވުމަށް މަލާބާރުކަރައިގެ ރަސްގެފާނު އިސްލާމްވުން

ދިވެހި ރަދުންގެ ގޮވާލެއްވުމަށް މަލާބާރުކަރައިގެ ރަސްގެފާނު އިސްލާމްވުން

އިންޑިއާގެ މަލާބާރު ކަރައިގެ ރަސްގެފާނު އިސްލާމްވެވަޑައިގަތީ ދިވެހިރާއްޖޭގެ ރަސްގެފާނު ދީނަށް ގޮވާލައްވައިގެން ކަމަށް ބުނާ ފޯކުލޯރެއް މަލާބާރު ކަރައިގެ މީހުން ކިޔާއުޅެއެވެ. އެ ފޯކުލޯރުގައި ކިޔާއުޅެނީ މަލާބާރު ކަރައިގެ ރަސްގެފާނު ޗާރމަން ޕެރޫމާލް (Cheraman Perumal)އިސްލާމްވެ ވަޑައިގަތީ ދިވެހިރާއްޖޭގެ ރަސްގެފާނު ދީނަށް ގޮވާލެއްވީމާ ކަމަށެވެ. އިންޑިއާގެ މަލާބާރުކަރައިގެ ރަސްގެފާނު އިސްލާމްވެވަޑައިގަތުމަށްފަހު އިސް ވަޒީރު ކްރިޝްނާ ކިޔާ ބޭފުޅަކާއެކު ރާއްޖެއަށް ދަތުރުކުރެއްވި ކަމަށާއި އެއަށްފަހު ތިން...

ޢަބްދުﷲ ސަޢީދު
އަސްލު ޙަޤީޤަތް ނޭނގޭ ލަންދޫ މާބުދުގެއާއި އާސާރީ ސަރަޙައްދު

އަސްލު ޙަޤީޤަތް ނޭނގޭ ލަންދޫ މާބުދުގެއާއި އާސާރީ ސަރަޙައްދު

ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން އެ ތަނެއްގެ އަސްލު ޙަޤީޤަތް ނޭނގޭ އެއް ތަނަކީ ލަންދޫ މާބުދުގެއާއި އެ މާބުދުގެ ހުރި އާސާރީ ސަރަޙައްދެވެ. އެތަން ދިރާސާކުރި ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި އެއީ ބުޑިސްޓް އެކުވެންޏެކެވެ. ފޯކުލޯރުތަކުންނާއި ދިރާސާވެރިންގެ ހޯދުންތަކާއި އެ ސަރަޙައްދުން ފެނިފައިވާ ޤަދީމީ އާސާރީ ތަކެތިން އެ ތަނުގެ ދޮށިކަން ތަސައްވުރު ކުރެވެއެވެ. ފޯކުލޯރުގައި ކިޔާ ވާހަކަގުޅެނީ ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި ކަމަށް ފޯކުލޯރުގައި ކިޔާއުޅޭ އެއް ބައެއް ކަމަށްވާ ރެދ...

ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖޭގެ ރޭޑިއޯގެ ތާރީޚުގައި އޮތް އެންމެ ކަޅު ޞަފުޙާ: ކްރިސްޓިއަންދީނަށް ގޮވާލައި ފޮނުވި ޕްރޮގްރާމް!

ދިވެހިރާއްޖޭގެ ރޭޑިއޯގެ ތާރީޚުގައި އޮތް އެންމެ ކަޅު ޞަފުޙާ: ކްރިސްޓިއަންދީނަށް ގޮވާލައި ފޮނުވި ޕްރޮގްރާމް!

ދިވެހިރާއްޖޭގައި 29 ޑިސެންބަރު 1962 ގައި ފެށުނު ރޭޑިއޯގެ ޚިދުމަތުގެ ތާރީޚުގައި އޮތް އެންމެ ކަޅު ޞަފުޙާއަކީ 1960 ގެ އަހަރުތަކުގައި ކްރިސްޓިއަންދީނަށް ގޮވާލައި ފޮނުވި ރޭޑިއޯ ޕްރޮގްރާމެކެވެ. ސައްތައިންސައްތަ އިސްލާމީ މި ޤައުމުގެ ދައުލަތުގެ ރޭޑިއޯ ސްޓޭޝަނުން އެކަން ކުރީ އަގަށެވެ. މަދު ބޭރު ފައިސާ (ޑޮލަރު) ކޮޅެއް ލިބޭތީއެވެ. އިނގިރޭސި ބަހުން ފޮނުވި އެ ރޭޑިއޯ ޕްރޮގްރާމުގެ ނަމަކީ “ދަ ވޯލްޑް ޓްމޯރޯ” (The World Tomorrow) އެވެ. މި ޕްރޮގްރާމް ހުށަހެޅީ ހާބާޓް […]

ޢަބްދުﷲ ސަޢީދު
ޤާނޫނު އަސާސީ ލިޔުމާއި ވީދާލުން

ޤާނޫނު އަސާސީ ލިޔުމާއި ވީދާލުން

ޤާނޫނު އަސާސީއެއް ލިޔެ ދުސްތޫރީ ޙުކޫމަތެއް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އެކަށައެޅިގެން ދިޔައީ ދިވެހީން އެގޮތް ބޭނުންވެގެނެއް ނޫނެވެ. އެކަމަކު އިނގިރޭސީންގެ ބާރުއެޅުމުގެ މަތީންނެވެ. ދުސްތޫރީ ނިޒާމަކަށް ދިވެހީންގެ ވިސްނުމާއި ފިކުރު ޢިލްމީގޮތުން ފުޅާވެ ކުރިއަރައި އެއީ މުހިންމު ކަމެއްކަމަށް ގަބޫލުކުރެވިގެންނެއް ނޫނެވެ. ނަމަވެސް ދައުލަތުގެ އިސް ބައެއް ބޭފުޅުންގެ އަމިއްލަ މަޞްލަޙަތުތަކެއް ކުރިއެރުވިދާނެކަމުގެ އުންމީދެއް އޮވެގެންނެވެ. ދުވަސްވަރަކީ އިނގިރޭސީންގެ އަޅުވެތިކަމާއި ހިމާޔަތުގެ ދަށުގައި އޮ...

ޢަބްދުﷲ ސަޢީދު
ދޮންބަންޑާރައިންނަކީ "ހުރަވީ" އެއްތޯ ކުރެވޭ ބަހުސް

ދޮންބަންޑާރައިންނަކީ "ހުރަވީ" އެއްތޯ ކުރެވޭ ބަހުސް

ހުރަވީ ދުވަސް ނިޞްބަތްވާ ޤައުމީ ބަޠަލަކީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1 ވަނަ) އެވެ. އެއީ “ދޮންބަންޑާރައިން” ނެވެ. ހޮޅީން ނުވަތަ މަލަބާރީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވިއިރު އެއީ “މުލީގޭ ދޮން ޙަސަން މަނިކުފާނު” އެވެ. ސުވާލަކީ އެމަނިކުފާނަށް “ހުރަވީ”ގެ ލަގަބު މަތިކޮށް އެމަނިކުފާނު އިސްވެ ހުންވައި ޤައުމަށް ހޯއްދަވައި ދެއްނި ނަޞްރާއި ފަތަޙައިގެ ޒިކުރާ ފާހަގަކުރާ ދުވަހަކަށް “ހުރަވީ ދުވަސް” ކިޔަނީ ކީއްވެގެންތޯއެވެ؟ ހުރަވީއާއި ދޮންބަންޑާރައިންނާ އޮތީ ކޮން ގުޅުމެއްތޯއެވެ؟ ދޮންބަންޑާރަ...

ޢަބްދުﷲ ސަޢީދު
ދޮންބަންޑާރައިން: ވެރިކަމުގެ އެދުންފުޅުން އެއްކިބާވެ ހަމައެކަނި ޤައުމީ ލޯބީގައި ޖިހާދުކުރެއްވި ބަޠަލެއް!

ދޮންބަންޑާރައިން: ވެރިކަމުގެ އެދުންފުޅުން އެއްކިބާވެ ހަމައެކަނި ޤައުމީ ލޯބީގައި ޖިހާދުކުރެއްވި ބަޠަލެއް!

ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ. 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ […]

ތިލަދުން