މައި ޚަބަރަށް ދިޔުމަށް

ތާރީޚް

194 ޝާއިޢުކުރެވިފައިވާ ލިޔުން

ތާރީޚް - 3 ވަނަ ޞަފްޙާ

ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ (2)

ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ (2)

ކުރީ އަދަދާއި ގުޅޭ:  މިހާލުކޮޅުގައި ކަތީބު ކަލޭފާނު އުޅުއްވިއިރު ވެސް ނަމާދަށް ޖަމާޢަތަށް ވަޑައިގަންނަވައެވެ. އެއްދުވަހަކު މެންދުރު ނަމާދަށް މިސްކިތަށް ވަޑައިގެންނެވުމަށް ގެއިން ނުކުންނަވާފައި ހިތްޕުޅަށް އަރާވަޑައިގަތެވެ. މިއަދު މެންދުރު ނަމާދަށް ވަޑައިގަންނަވާނީ ކުޑަ މިސްކިތަށެވެ. އެ މިސްކިތާ ވަރަށް ކައިރިއަށް ވަޑައިގެންނެވިތަނުން ގެއެއްގެ ގިފިލިތެރެއިން މީހަކު ހަނޑޫ ދޮންނަ އަޑުއިވިވަޑައިގެންފިއެވެ. އެ އަޑު ޖެހުމާއެކު ހީވީ ކަތީބު ކަލޭފާނުގެ ދެފައި ބިމުގައި ހައްޔަރު ވީ ހެންނެވެ. ދެކޮޅުންކުރެ ކޮޅ...

ޢަބްދުﷲ ސަޢީދު
ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ (1)

ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ (1)

ފިނޭ ފަގީރު ކޮއި ނުވަތަ ލަންކާ ކަލޭފާނާ ބެހޭގޮތުން ކިޔާ އުޅެނީ އެއީ ހދ. ފިނޭއަށް އުރުނު ކަސަބުލަންކާގެ ނަވަކުން ވަޑައިގެންނެވި ވަލީވެރި ބޭކަލެއްކަމަށެވެ. ކަސަބުލަންކާއަކީ ދިވެހިރާއްޖެ އިސްލާމް ކުރެއްވި ކަމަށްބުނެވޭ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީ ނިސްބަތްވެ ވަޑައިގަންނަވާ މަޣުރިބުކަރަ (މޮރޮކޯ) ގެ އައްސޭރިފަށުގައި އޮންނަ ބޮޑު ސިޓީއެކެވެ. ލަންކާ ކަލޭފާނު ނުވަތަ ފިނޭ ފަގީރުކޮޔަކީ ކަނޑުމަތީގައި ކަޅުހިލަދައިގައި ދަތުރުކުރައްވައި، މަގުމަތީގައި ހެދިފައި ހުންނަ ވާރޭފެންކޯރުން ކަޅުބިލަ މަސްބޭނުންފަދަ...

ޢަބްދުﷲ ސަޢީދު
ބޮޑުތަކުރުފާނުގެ ޖިހާދު - އަސްކަރީ ވިސްނުމަކުން (ދެވަނަ ބައި)

ބޮޑުތަކުރުފާނުގެ ޖިހާދު - އަސްކަރީ ވިސްނުމަކުން (ދެވަނަ ބައި)

ކުރީގެ އަދަދާއި ގުޅޭ ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވި އައްސުލްޠާން ޢަލީ ހަވަނަ (ޢަލީ ރަސްގެފާނު) ޕޯޗްގީޒުން ޝަހީދުކޮށް، ރާއްޖެ ހިފީ ސޮލީބީ ހަނގުރާމައެއްގައެވެ. ޔޫރަޕްގެ އެންމެ ދެކުނުގައި އޮންނަ ޕޯޗްގީޒުން ފުރައިގެން އިންޑިއާ ކަނޑައަށް އައިސް ބާރު ހިންގަމުންދިޔަ ޕޯޗްގީޒުންގެ ލަޝްކަރުގެ މައިގަނޑު އެއް މަޤްޞަދަކީ މި ސަރަޙައްދުގައި ނަސޯރާދީން ފެތުރުމެވެ. ޚާއްޞަ ގޮތެއްގައި އެ ދުވަސްވަރު މުސްލިމުންނާ މެދު ޕޯޗްގީޒުންގެ ހިތުގައި އޮތް ރުޅިވެރިކަން އެ މީހުން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ...

ޢަބްދުﷲ ސަޢީދު
ބޭފުޅިޒަމަކީ ކޮބާ؟

ބޭފުޅިޒަމަކީ ކޮބާ؟

“ބޭފުޅިޒަމް” އަކީ ރޭސިޒަމް ނުވަތަ ނަސްލީ ތަފާތުކުރުމާ އެއްފަދަ ތަފާތުކުރުމެކެވެ. ހަގީގީ ބޭފުޅިޒަމް އޮތީ ރާއްޖޭގައި ކުރިން އޮތް ރަސްކަމާއި ރަސްކަމުގެ ކޮއިލުތެރެއާ ގުޅިފައެވެ. ބޭފުޅިޒަމަކީ ބޭފުޅުންގެ ދަރަޖައިގައި ގިންތިކުރެވޭ ބައެއް ބޭފުޅުންގެ ފަރާތުން ފެންނަ އަބުއިކަމާއި، ޢާއިލީ ދަރިކޮޅާއި ނަސަބާއި ހަސަބަށް ފަޚުރުވެރިވެވަޑައިގެންވުމާއި އެހެން މީހުންނަކީ މާދެރަ ބައެއްގެ ގޮތުގައި ދެކެވަޑައިގެން، ކުޑައިމިސް ކުރައްވައި ނިކަމެތިކޮށްލުމެވެ. ބޭފުޅުންނޭ ކިޔައިގެން މިޒަމާނުގައި ވާހަކަދައްކާ ބޭފުޅުންނާއި ރ...

ޢަބްދުﷲ ސަޢީދު
ބޮޑުތަކުރުފާނުގެ ޖިހާދު: އަސްކަރީ ވިސްނުމަކުން (އެއްވަނަ ބައި)

ބޮޑުތަކުރުފާނުގެ ޖިހާދު: އަސްކަރީ ވިސްނުމަކުން (އެއްވަނަ ބައި)

ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ޤައުމީ ބަޠަލެވެ. މި ސަރަޙައްދުގެ ގިނަ ރަށްތަކަކާއި ޤައުމުތަކެއް ޕޯޗްގީޒުން އޭރު ތިބީ އަޅުވެތިކޮށްގެންނެވެ. ރާއްޖެއަށް ޕޯޗްގީޒުންގެ ލަޝްކަރު އައީ އިންޑިއާގެ ގޯވާއިންނެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ ހިފީ ޢަލީ ރަސްގެފާނު ޝަހީދުކުރުމަށްފަހު މީލާދީން 1558 ވަނަ އަހަރުއެވެ. ބޮޑުތަކުރުފާނު ދިވެހިރާއްޖެ މިނިވަން ކުރެއްވީ 1573 ވަނަ އަހަރުއެވެ. ބޮޑުތ...

ޢަބްދުﷲ ސަޢީދު
ބަޑިހެލުމަކީ ކޮބާ؟

ބަޑިހެލުމަކީ ކޮބާ؟

ބަޑިހެލުމަކީ ކުރީ ޒަމާނުގައި ބޭރުގެ ދުޝްމަނުންގެ ކިބައިން މާލެ ދިފާޢުކޮށް ހަނގުރާމައަށް ތައްޔާރުވުގެ ގޮތުން ކޮންމެ އަހަރަކު ކުރެވޭ މަސައްކަތްތައް ފެށުމުގެ ރަސްމިއްޔާތަށް ދީފައިވާ ނަމެވެ. ބަލިހެލުމަކީ އިރުވައި މޫސުމަށް ފެށުމުން ބޭރުގެ ދުޝްމަނުންގެ ފަރާތުން ރާއްޖެ ސަލާމަތްކުރުމަށް ޓަކައި ދިފާޢީގޮތުން ތައްޔާރުވާން ފެށުމުގެ ގޮތުން ކުރާ ރަސްމީ ކަމެކެވެ. މިކަން ކުރާގޮތަކީ ކޮންމެ އަހަރަކު މުލަ ނަކަތް ލައިގަތުމުން ދެ ދޮރޯށި ދޭތެރެއަށް ރަދުންގެ އަރިހުގައި ލަޝްކަރީން ހާޒިރުވެ ހެޔޮ ދުޢާކުރައްވައި، ފުރޮޅުމަ...

ޢަބްދުﷲ ސަޢީދު
ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒު - މުސްލިމުންގެ ނަމޫނާ ލީޑަރެއް

ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒު - މުސްލިމުންގެ ނަމޫނާ ލީޑަރެއް

ޢުމަރު ބިން ޢަބްދުލްޢަޒީޒަކީ އުމަވީ ދައުލަތުގެ ޚަލީފާ ޢަބްދުލް މަލިކު (685-705) ގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ޢަބްދުލްޢަޒީޒުގެ ދަރިކަލެކެވެ. އަދި އެއީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން ޚައްޠާބަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ. އިސްލާމީ ތާރީޚުގައި ނަން އަރާހުރި ނަމޫނާ ޝަޚްޞިއްޔަތެކެވެ. ތަޤްވާވެރި، ޢަދުލްވެރި ވެރިއެކެވެ. ހަދީސްތައް ޖަމާކުރުމަށް ރަސްމީކޮށް ޢަމުރުކުރައްވައި ޢިލްމަށް ހިތްވަރު ދެއްވި ޢިލުމްވެރިއެކެވެ. ބައެއް ތާރީޚު ޢިލްމުވެރިން އެމަނިކުފާނުގެ ޢަދުލުވެރިކަމާއި ޢިލްމީ ޤާބިލުކަމާއ...

ޢަބްދުﷲ ސަޢީދު
ސުން ޒޫ އާއި ޚާލިދު ބިން ވަލީދުގެ ހަނގުރާމައިގެ އިސްތިރާޖީތައް

ސުން ޒޫ އާއި ޚާލިދު ބިން ވަލީދުގެ ހަނގުރާމައިގެ އިސްތިރާޖީތައް

ސުން ޒޫއަކީ ޗައިނާއަށް އުފަން ހަނގުރާމައިގެ އިސްތިރާޖީ މާހިރެކެވެ. އޭނާގެ “ދި އާރޓް އޮފް ދަ ވޯރ” އަކީ މި ޒަމާނުގައި ވެސް ހަނގުރާމައިގެ ފަންނު ކިޔަވައިދިނުމާއި ދިރާސާކުރުމުގައި ބޭނުންކުރާ މުހިންމު މަސްދަރަކެވެ. ޚާލިދު ބިން ވަލީދަކީ މީލާދީން ހަތްވަނަ ޤަރުނުގައި އުޅުއްވި ކީރިތި ރަސޫލާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަހާބީ ބޭކަލެކެވެ. ހަނގުރާމައަށް ކުޅަދާނަ ފަހުލަވާނެކެވެ. ވަރުގަދަ މޮޅު ކޮމާންޑަރެކެވެ. އެތައް ހަނގުރާމައަކުން ނަޞްރާއި ކާމިޔާބު ހޯއްދަވާފައިވާ ފާތިޙެކެވެ. ޚާލިދު ބިން ވަލީދަކ...

ޢަބްދުﷲ ސަޢީދު
ދިވެހި ތާރީޚު: ކޭލަކުނު ފަޅުވުމާއި ޤައުމުގެ އަދުގެ ހާލަތު!

ދިވެހި ތާރީޚު: ކޭލަކުނު ފަޅުވުމާއި ޤައުމުގެ އަދުގެ ހާލަތު!

ކޭލަކުނު ތާރީޚީ ދިރާސާގެ ފުރަތަމަބައި ވާނީ ފައިބެއަހަރު  ޑިސެންބަރު 9 ގައި ޝާއިޢުކުރެވިފައެވެ. އަދި މި ދިރާސާގެ މައްޗަށް އެކުލަވައިލެވުނު ތާރީޚީ ވީޑިއޯ ޑޮކިއުމެންޓްރީއެއް ވެސް ވާނީ އެދުވަހު ނެރެވިފައެވެ. ދިރާސާގެ މައުލޫއަކީ “ތާރީޚީ ދިރާސާ: ޢިބްރަތުގެ އިންޒާރަށް ދެ ގަރުނު – ކޭލަކުނާއި އެކޭލަކުނު ތަޅާލި ވިއްސާރަ (1)” މިއެވެ. ކޭލަކުނު ތަޅާލި ވަރުގަދަ ތޫފާނަށް 200 އަހަރާއި 1 އަހަރު މިއަދަށް ފުރޭ ހިނދު ތާރީޚަށްޓަކައި އެ ދިރާސާއާއި ޑޮކިއުމެންޓްރީ އަލުން ހުށަހަޅައިލަމެވެ. ތާރީޚީ […]

އަޙްމަދު ސާލިމް
 48 އަހަރު ކުރިން "ވީނުވީއެއް ނޭނގި" މާލެއިން ގެއްލުނު ވައިކަރަދޫ ސައީދުގެ ވާހަކަ!

 48 އަހަރު ކުރިން "ވީނުވީއެއް ނޭނގި" މާލެއިން ގެއްލުނު ވައިކަރަދޫ ސައީދުގެ ވާހަކަ!

އެއީ މީގެ 48 އަހަރު ކުރިއެވެ. 1974 ވަނައަހަރެވެ. ހދ. ވައިކަރަދޫއަށް އުފަން، ނޫރާނީގެ، ޢަބްދުالله ސައީދު ހުސައިން ވީނުވީއެއް ނޭނގި، ގެއްލުނުއިރު އުމުރަކީ 20 އަހަރެވެ. ޢަބްދުالله ސައީދު ބައްޕަ އަކީ ވައިކަރަދޫ ނައިބު ދޮން ހުސައިން އެވެ. މަންމަ އަކީ އެރަށު ފާތުމަތު އަހްމަދެވެ. މިއީ ކުޑަބެ ގެއްލުނު ވާހަކަ އަޅުގަނޑަށް އިވިފައިވާގޮތަށް ބިނާކޮށް ލިއެފައިވާ ލިއުމެކެވެ. އަޅުގަނޑާއި އެއްބަފާ ކުޑަބެ އަށް، އެ ދުވަހުގެ ޑިއުޓީ ނިންމާފައި ގެއަށް އާދެވުނީ ރޭގަނޑު 7 ޖެހި އިރު […]

އިޙްސާން ޙުސައިން
އެންމެ ބޮޑު ޠަބީޢީ އަތޮޅުގެ ބަހުސް: ޙަޤީޤަތަކީ ކޮބާ؟

އެންމެ ބޮޑު ޠަބީޢީ އަތޮޅުގެ ބަހުސް: ޙަޤީޤަތަކީ ކޮބާ؟

ދިވެހިރާއްޖޭގެ އެންމެ ބޮޑު ޠަބީޢީ އަތޮޅަކާ މެދު ކުރެވޭ ބަހުސަކީ ޝަޢުޤުވެރި، ފޯރިގަދަ ބަހުސެކެވެ. އެއްކޮޅުން ވާދަކުރަނީ މާސިންގާ ބޮޑުތިލަދުންމައްޗެވެ. އަނެއްކޮޅުން ވާދަކުރަނީ ބޮޑުސިންގާ ހުވަދު އަތޮޅެވެ. ރާއްޖޭގެ ދެއަތޮޅެއް ކަމަކު ވާދަކުރަނީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައެވެ. އެއްވަނައަށް ދާ ބަޔަކަށް މުޅި ދުނިޔެއާއި ރާއްޖޭގެ އެއްވަނަ ލިބޭއިރު ދެވަނައަށް ދާ ބަޔަކަށް ވެސް މުޅި ދުނިޔެއާއި ރާއްޖޭގެ ދެވަނަ ލިބޭނެއެވެ. މި ދެއަތޮޅަށް ވުރެ އަދި މާބޮޑެތި އަތޮޅުތަކެއް ދުނިޔޭގައި އޮތްނަމަވެސް އެއަތޮޅުތަކަކ...

އަޙްމަދު ސާލިމް
ޤައުމީ ދުވަހުގެ ބަޠަލަކަށް ބޮޑުތަކުރުފާނުވީ ކީއްވެ؟

ޤައުމީ ދުވަހުގެ ބަޠަލަކަށް ބޮޑުތަކުރުފާނުވީ ކީއްވެ؟

ޤައުމީ ދުވަހަކީ ގިނަ ޤައުމުތަކުގައި އެ ޤައުމެއް ނުވަތަ އެ ދައުލަތެއް އުފަންވި ދުވަހެވެ. އެހެން ބައެއްގެ އަތްދަށުން މިނިވަންވެގެން ޤައުމެއްގެ ހައިސިއްޔަތު ލިބި އެ ޤައުމެއްގެ ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންގެ ވެރިކަމެއް ޤާއިމުވެ ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިޢުލާން ކުރާ ދުވަހެވެ. މިގޮތްގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ތަފާތެވެ. ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. އެ ދުވަހަކީ ފުށެތިކާލުން (ޕޯޗްގީ...

ޢަބްދުﷲ ސަޢީދު
ދިވެހީންގެ ނިންމުން ބޮޑުތަކުރުފާނާ އެއްކޮޅަށް

ދިވެހީންގެ ނިންމުން ބޮޑުތަކުރުފާނާ އެއްކޮޅަށް

ދިވެހީންގެ ނިންމުން ބޮޑުތަކުރުފާނާ އެއްކޮޅަށް ނިންމި މައިގަނޑު ސަބަބަކީ ޕޯޗްގީޒުންގެ އަނިޔާވެރި އަޅުވެތިކަމުން މި ލޮބުވެތި ވަޠަން މިނިވަންކޮށްދެއްވުމެވެ. އަދި އެ ހިނދު ޤައުމު ވެއްޓިފައިވާ އަނދިރި އަދި އެހާމެ ނާމާން ފުން ވަޅުގަނޑުން ނަންގަވައި ޤައުމު ބިނާކޮށްދެއްވައި އާރާސްތުކޮށް ދެއްވުމެވެ. ޤައުމުގެ ހަޔާތުގައި އެ ރަދުންގެ ރަސްކަމަށްވުރެ ރައްޔިތުންގެ މެދުގައި އުފާފާތިކަމާއި ސުލުހަ މަސްލަހަތާއި އަމަންއަމާންކަން ވަކިން ބޮޑަށް އޮތް އެހެން ދުވަސްވަރެއް ނެތުމެވެ. އުތީމު މަހާރަދުންނަށްވުރެ ކުރިން ވެސް...

ޢަބްދުﷲ ސަޢީދު
ޤައުމީ ދުވަސް ފާހަގަކުރަނީ ކީއްވެ؟

ޤައުމީ ދުވަސް ފާހަގަކުރަނީ ކީއްވެ؟

ޤައުމީ ދުވަހަކީ ޤައުމެއްގެ ގޮތުގައި އެ ޤައުމެއް ކަނޑައެޅިގެން ގޮސްފައިވާ ދުވަހެވެ. ނުވަތަ ޤައުމެއްގެ ހައިސިއްޔަތު އެ ޤައުމަކަށް ލިބިގެން ގޮސްފައިވާ ދުވަހެވެ. ޤައުމީ ދުވަސް ފާހަގަކުރަނީ އެ ދުވަސް ފާހަގަ ކުރުމަށެވެ. ދިވެހިރާއްޖެފަދަ މިނިވަންކަމުގެ ދިގު ތާރީޚެއް ލިބިފައިވާ ޤައުމަކަށް ޤައުމެއްގެ ގޮތުގައި އެ ޤައުމެއް އުފެދިގެން އައި ދުވަހެއް ނުވަތަ އެ ތާރީޚެއް ނޭނގޭނެއެވެ. އެހެންވީމާ މިފަދަ ޤައުމުތަކުގައި ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެ ޤައުމަކަށް އެންމެ ޚާއްޞަ ދުވަހެވެ. އެ ޤައުމެއްގެ […]

ޢަބްދުﷲ ސަޢީދު
އިޤްތިޞާދީ ހާލަތަށް ޝަމްސުއްދީނު ރަދުންގެ ނަސޭހަތް!

އިޤްތިޞާދީ ހާލަތަށް ޝަމްސުއްދީނު ރަދުންގެ ނަސޭހަތް!

“އަހުރެންނަށް ފެންނަގޮތުގައި ކުރިއަށް މި އަންނާން އޮތް ފަސް އަހަރަކީ ވަރަށް ވިސްނައިގެން ކަންތައް ހިންގާންވީ ފަސް އަހަރެކެވެ. މިހެނީ، ދުނިޔެއަށް އައިސްފައިވާ ދަތިކަމާއި، އޮޅުދޫ ކަރައިގެ ތަދުކަމުން މި ދައުލަތަށް ލިބޭ އާމުދަނީއަށް ލިބެމުންދަނީ އުނިކަމެވެ.” މިއީ މީގެ 90 ވަރަކަށް އަހަރުގެ ކުރީގެ ވާހަކައެވެ. 1932 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 22 ވަނަ ދުވަހު ދިވެހިރާއްޖޭގައި ފުރަތަމަ ތަސްދީގުކުރެވުނު ޤާނޫނު އަސާސީ ތަސްދީގުކުރެއްވުމުގެ ގޮތުން އޭރު ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން މުޙަ...

ޢަބްދުﷲ ސަޢީދު