ތިލަދުންމަތީ އުތުރުބުރީ ދޮނަކުޅި އަކީ ކުރިން އެ އަތޮޅު ދިއްދޫ މީހުން އުޅެމުން އައި ރަށެވެ. ދޮނަކުޅިން މީހުން ފައިބަން ޖެހުނީ ފުރޭތަ އަރާތީ އެވެ. އެރަށަށް އަރަނީ ދެކުނު އިންޑިޔާގައި އުޅޭ މަލާބާރީންގެ ގުރޫޕަކާ ޕޯރޗްގީޒުންނާ ގުޅިފަ އޮތް ކަންނަންނޫރު އަލީ ރާޖާގެ ގުރޫޕެވެ. ރަށަށް އަރާ މީހުންމަރާ ލޭކޯރު ހައްދާ ކުޑަކުދިންގެ ކަރުގައި އަޅާފައި ހުންނަ ރަނުގެ ގިލަފައްޗާ ކަންފަތުލާމުންޖާ އުޅާފަދަ ގަހަނާ ނަގާ މުޅިރަށުން ފޭރުމަށްފަހު ރަށުންދަނީ އެވެ. ފޭރެން އަންނަ މިގުރޫޕު ގުރާބު ތަކުގައި […]
Thiladhun
ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށް އާބާދުވެފައި ވަނީ އެތަކެއް ފަހަރު މަތިންނެވެ. ކޮންމެވެސް ސަބަބަކާ ހުރެ، ރަށުގެ ވަޒަންވެރިން އެހެން ކޮންމެވެސް ހިސާބަކަށް ހިޖުރަކޮށްފައި، އަމިއްލަ ރަށަށް އަނެއްކާވެސް އާދެވޭ ގޮތަށް ކަންތައްތައް ފަހިވުމުން، އެނބުރި އައިސް ރަށް އާބާދުކުރަނީ އެވެ. މި ގޮތަށް އާބާދުވެފައިވާ ރަށްރަށް ދިވެހިރާއްޖޭގައި މަދެއް ނޫނެވެ. އަދި ހަމަ މިފަދައިން، އެކި ޒަމާނުގައި އަލަށް އާބާދުވެފައި ހުރި ރަށްރަށް ވެސް އެބަހުއްޓެވެ. މި ލިޔުމުގައި މިހިމަނާލަނީ އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލ...
Thiladhun
ދިވެހިރާއްޖެއަކީ ޒަމާނުންސުރެވެސް މުއްސަނދި ތަރިކައަކާއި، ސަގާފަތަކާއި އާދަކާދައެއް އޮންނަ ގައުމެކެވެ. މިފަދަ ތަރިކަތަކުގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވޭ ބިނާ އަކީ “މުލިއާގެ” އެވެ. އެވޭލާ ރަސްމަތިފުށުގެ ތާރީޚު ދައްކުވައިދޭ މި އާސާރީ ތަރިކައަކީ އައް ސުލްތާން މުހައްމަދު ޝަމްސުއްދީން، އެމަނިކުފާނުގެ ލޯބިވާ ދަރިކަލުން، އޭރުގެ ވަލީއަހުދު، އަލްއަމީރު ހަސަން އިއްޒުއްދީނުގެ ޝަރަފުގައި ބިނާ ކުރެއްވި ހެންވޭރު ގަނޑުވަރެކެވެ. މިއަދު މި ގަނޑުވަރަށް 100 އަހަރު ފުރުން ފާހަގަ ކުރާއިރު ހަނދުމަކޮށްލަންޖެހޭ...
މަރްޔަމް ސިމާނާ
އެކެއްދޭއްގެ ދަތުރަކީ ރާއްޖެތެރޭގެ އަތޮޅުތަކުގައި މީހުންދިރިއުޅޭ ކޮންމެ ރަށަކުންވެސް މަހަކު އެއްފަހަރު އެއަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށަށް ކުރި ދަތުރެކެވެ. ރާއްޖޭގެ އެކިހިސާބުތަކުގައި މިދަތުރަށް ކިޔާނަން ތަފާތުވެދާނެއެވެ. އަޅުގަނޑު މިދަންނަވަނީ ތިލަދުންމަތީގައި މިދަތުރަށް ކީނަމެވެ. މިދަތުރަށް އެކެއްދޭއްގެ ދަތުރޭ ކިޔަނީ ދަތުރުކުރާ ދުވަހަށް ނިސްބަތްކޮށްގެންނެވެ. އެއީ ކޮންމެ މަހެއްގެ ފުރަތަމަ ދެދުވަހުގެ ތެރޭގައި (އެއްވަނަ ދުވަހާއި ދެވަނަ ދުވަހު) މިދަތުރު ކުރަން ޖެހޭތީއެވެ. މިކަން އަޅުގަނޑަށް ފެ...
އުތީމު އާދަމް ޢަބްދުއްރަޙްމާން
އަންހެންކުދިން އަލަށް ލިބާސް ލެއްވުމަކީ ވަކި ހަމަތަކެއްގެ މަތިން ކުރިން ދިވެހިން ކުރަމުން އައި ކަމެކެވެ. މިޒަމާނުގައި، އެންމެ ޅަފަތުއްސުރެ އެޖިންސަކަށް ޚާއްސަ ކުރެވިފައި ހުންނަ ހެދުން އެޖިންސެއްގެ ކުދިން ލައްވަމުންއައިނަމަވެސް މީގެ ދުވަސްތަކެއް ކުރިން އެކަމަކީ މިގޮތަށް އޮތްކަމެއް ނޫނެވެ. ވަކި އުމުރަކަށް އަންނަންދެން ފިރިހެންކުދިންނެކޭ އެއްފަދައިން އަންހެންކުދިންވެސް އަންދަވަނީ މުންޑުކަމަށް ބުނެއެވެ. މިފަދަ މުންޑުފަހަނީ ފިރިހެނުންގެ މުންޑުން ނަގާ ބާކީ ފޮތިކޮޅު ބޭނުންކޮށްގެންނެވެ. އެންމެ ކުޑައިރު...
އުތީމު އާދަމް ޢަބްދުއްރަޙްމާން
މިއީ ދިވެހި ތާރީޚުގައި، ޚާއްސަކޮށް އުތުރުގެ ރަށްރަށަށް ކުރިމަތިވި އެންމެ ބޮޑު އެއް ގުދުރަތީ ހާދިސާ އެވެ. މީގެ 206 އަހަރު ކުރިން، ޑިސެމްބަރު 30، 1819 ގައި ކުރި މި ވިއްސާރައިގެ އަސަރު ހދ. ގެ އިތުރުން ށ. އަތޮޅުގެ ގިނަ ރަށްރަށަށް ވެސް ކުރި އެވެ. ބައެއް ލިޔުންތަކުގައިވާ ގޮތުގައި މިއީ ކޭލަކުނު ކައިރިއަށް އެރި ބޮޑު ނަގޫރޯޅިއެކެވެ. އެކަމަކު ގިނަ ލިޔުންތަކުގައި ވަނީ މިއީ “މާ ވިއްސާރަގަނޑެއް” ކަމަށެވެ. ވިއްސާރައިގައި ގެއްލުން ލިބުނު […]
ހުސައިން ހަބީބް
ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަކީ މީލާދީން 1573 ން 1585 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 981 ން 993 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި 981 ވަނަ އަހަރު ގައެވެ. ދިވެހިތާރީޚްގައި މިރަދުން މަޝްހޫރު ވެފައިވަނީ ބޮޑު ތަކުރުފާނުގެ ނަމުންނެވެ. ބޮޑު ތަކުރުފާނު އަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ހަރުދަނާ ބަޠަލެވެ. ބޮޑު ތަކުރުފާނު އަކީ ދިވެހިންގެ ގައުމީ ބަތަލެކެވެ. ގައުމީ ދުވަހުގެ ބަތަލުވެސް މެއެވެ. އައްސުލްޠާން ޣާޒީ […]
Thiladhun
ދިވެހި ޤައުމީ ދިދަ، މިހާރު ހުންނަގޮތަށް ބަދަލުކުރެވުނުތާ 54 އަހަރު ފުރިއްޖެއެވެ. ޤައުމީ ދިދަ މިހާރު ހުންނަގޮތަށް ބަދަލުވިތާ 54 އަހަރު ފުރިފައިވަނީ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ. އެގޮތަށް ދިދަ ބަދަލުވެފައިވަނީ އިނގިރޭސީންގެ އަތްދަށުން ރާއްޖެ މިނިވަންވި އަހަރު އަދި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގައިވެސް ރާއްޖެ ބައިވެރިވި، 1965 ވަނަ އަހަރުއެވެ. 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު، އޭރުގެ ވަޒީރުންގެ މަޖިލީހުން ރާއްޖޭގެ ދިދަ އޮންނަން ނިންމިގޮތަށް އަދިވެސް އަމަލު […]
Thiladhun
ކަލިކަތު 30 އެޕްރީލް 2010 އިން 8 މެއި 2010 އަށް މިދަތުރުގައި، 1/5/2010 ވީ ދުވަހު ދެނަމާދު ދޭތެރޭގައި ކަލިކަތު މަލަބާރު ގޭޓް ހޮޓަލުގެ 611 ވަނަ ނަމްބަރު ކޮޓަރީގައި ހުންނަވައިގެން، މަލިކު ބިއްދަށުގޭ ޢަލި މަނިކުފާނު ދެއްވި ބަސްދީގަތުން. 30 އެޕްރީލް 2010 އިން 8 މެއި 2010 އަށް އަޅުގަނޑު ކަލިކަތަށް ކުރި މިދަތުރުގައި، މަލިކު މީހަކާ ދިމާވިއެވެ. އޭނާގެ ނަމަކީ ޢަލި މަނިކުފާނެވެ. ކަލިކަތުގައި ހުންނަ އޯލް އިންޑި ރޭޑިއޯގައި މަސައްކަތް […]
Thiladhun
ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް – އެއްވަނަބައި 6.ބާރަށުގައި އޮންނަ ކަމަނާއޮޅު މިކަމަނާ އޮޅަކީ އުތީމު މުޙަންމަދު ތަކުރުފާނުގެ ބޮލަށް ޢީދު ގޮންޖެހި ދުވަހު ބާރަށު ބުޅާފާޠިމާ ( ރެހެންދި ގޮއްޔެ ) މުޙަންމަދު ތަކުރުފާނު ކޮނޑަށް ލައިގެން މިރަށު ފުއްޓަރު ފަރާތަށްގޮސް ވާހަކަ ދައްކަން ރާޅުގަނޑު ތެރެއަށް އެރިހުރި ދިމާލެވެ. މިތަން މިހާރުވެސް އޮޅެއްގެ ސިފާގައި އަބަދުވެސް ރާޅާއި، އޮއިވަރު މަޑުތަނެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. 7. ޢީދުކުޅޭ މަގު މިމަގަކީ ޕޯޗުގީޒު […]
Thiladhun
ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީގެ ލަޤަބު ރަމްލާ ހާޞިލުކުރީ އޭނާގެ އުމުރުން އެންމެ 18 އަހަރުގައެވެ. އެއީ 1953 ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ބޭއްވި ރިތީގެ ރާނީ ހޮވުމުގެ މުބާރާތް ކާމިޔާބުކޮށްގެންނެވެ. ހއ. ބާރަށު ނާދިރަމްގެ ރަމްލާއަކީ އެންމެނާވެސް ވަރަށް ގުޅޭ ހިތްހެޔޮ، އަދި ވަރަށް ޚިދުމަތްތެރި ބޭކަނބަލެއްކަމަށާއި، ރަށުގެ އެކިކަންކަމުގައި އަމަލީގޮތުން ބައިވެރިވެލައްވާ ބޭކަނބަލެއްގެ ގޮތުގައިކަން އ...
ޝިއުނާ އާދަމް
ބޮޑު ތަކުރުފާނު ރަސްކަމަށް އިސްވެވަޑައިގަތީ 1 ރަބީޢުލް އައްވަލް 981ހ ގައެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ ޙާލުވަނީ ވަރަށް ނިކަމެތި ދަރަޖައަކަށް ގޮސްފައެވެ. ޕޯޗުގީޒުންގެ ގޮށްމުށްބާރު ވެރިކަމުގެ އަސަރުތައް ވަނީ އާންމު ވެފައެވެ. ދައުލަތް ހިންގުމުގެ އިންތިޒާމެއް ނެތެވެ. ބޮޑު ތަކުރުފާނުންގެ އެންމެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެވަޑައިގަތީ ދައުލަތް ހިންގުމުގެ އެންމެހާ ކަންތައްތައް ހަރުދަނާ ގަވާޢިދަކަށް އަބުރާލެއްވުމެވެ. ވީރާނާވެގެން ގޮސްފައިވާ ރަސްމީ ޢިމާރާތްތައް އާރާ...
އިބްރާހިމް އަސްވާޤް
ހއ. ބާރަށަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޤުދުރަތީ ގޮތުން ވަރަށް ހިތްގައިމު ރީތި މާހައުލަކާއި، ހިތްފަސޭހަ ވެއްޓެއް އޮންނަ އަދި ވަރަށް ރައްކާތެރި ލަފާފުރަން ފަސޭހަ ފަޅެއް އެކުލެވިގެންވާ ރަށެކެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރި ވީއްސުރެން މީހުން އާބާދުވެ ދިރިއުޅެމުންދާ ރަށެކެވެ. ރަށުގެ މީހުންނަކީ އެމީހުންގެ އަމިއްލަ މަސައްކަތުން ހައްދާ ގޮވާމުގެ ބާއްވަތްތަކާއި، ރާވެރިކަމާއި ، މަސްވެރިކަމުގެ މަސައްކަތުން ކައިބޮއި އުޅެމުންއައި ރައްޔިތަކު ދިރިއުޅެމުން އަންނަ...
އިބްރާހިމް އަސްވާޤް
ހޯރަފުށީގައި އެންމެ ފުރަތަމަވެސް މީހުން ދިރިއުޅެން ފެށިކަމަށް ބުނެވޭ ތާރީޚަކީ ހިޖުރީ ސަނަތުން 1143 ވަނަ އަހަރުއެވެ. މިއަހަރުގެ ކުރިން ހޯރަފުށްޓަކީ ހޯރަ ދޫންޏާއި، އެހެން ބާވަތްތަކުގެ ގިނަ ޢަދަދެއްގެ ދޫނިތައް އަރައި އުޅުނު ފަޅުރަށެކެވެ. ހޯރަފުށީގައި ފުރަތަމަ އާބާދުވީ، ހޯރަފުށީ ފަޅުތެރޭގައި ރަށާ ދާދި ކައިރީގައި އޮތް ހުވަހަންދޫގައި ދިރިއުޅުނު މީހުންނެވެ. ބުނެވޭ ގޮތުގައި ހުވަހަންދޫގެ މީހުން ހޯރަފުށްޓަށް ބަދަލުވާންޖެހުނު ސަބަބަކީ ހުވަހަންދޫގައި މިނި ރޯނުވެ، އާބާދީ ދަށްވެ، ތަފާތު ރޯގާތަކުގައި މާގިނައި...
އިބްރާހިމް އަސްވާޤް