މައި ޚަބަރަށް ދިޔުމަށް

ތާރީޚް

194 ޝާއިޢުކުރެވިފައިވާ ލިޔުން

ތާރީޚް - 2 ވަނަ ޞަފްޙާ

ލެއިން ލިޔެވުނު ދިވެހި ތާރީޚު - 1

ލެއިން ލިޔެވުނު ދިވެހި ތާރީޚު - 1

ދިވެހި ތާރީޚަކީ ދިވެހި ކާބަފައިންގެ ލެއިން ލިޔެފައިވާ އެއްޗެކެވެ. ދުނިޔޭގެ ދައުލަތްތަކާއި ޤައުމުތަކުގެ ތާރީޚު އަބަދުވެސް ލިޔެވެނީ ލެއިންނެވެ. މިވަގުތު މި ގެނެސްދެނީ، ލެއިން ލިޔެވުނު ދިވެހި ތާރީޚުގެ ދެތިން މަންޒަރެކެވެ. މާތް ﷲ، އަނިޔާލިބިގެންވާ ދިވެހި ޤައުމަށް އޯގާވެރިވެވޮޑިގެންފިއެވެ. ދިވެހިރާއްޖޭގައިވާ ކާފަރު ޕޯޗުގީޒު ދައުލަތުގެ ގަދަފަދަކަން ނިކަމެތިކުރައްވައި، ހަލާކުކުރައްވައި، އިސްލާމީ ދިވެހިރާއްޖެ އަލުން އިޢާދަކުރެއްވުމަށް ތިލަދުންމަތީ އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ މުޙައްމަދު ޚަޠީބާއި،...

އަޙްމަދު ސާލިމް
މަނަދޫގެ ތިން މީހަކު ގެއްލި އެކަކު ސަލާމަތްވި ހާދިސާ

މަނަދޫގެ ތިން މީހަކު ގެއްލި އެކަކު ސަލާމަތްވި ހާދިސާ

ދުވަހަކީ މީލާދީން 1957 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހެވެ. އެއީ ހިޖުރައިން 1376 ވަނަ އަހަރުގެ ޖުމާދަލްއައްވަލް މަހުގެ 29 ވަނަ ދުވަހެވެ. ވެލިދޫގޭ މޫސައިދީ (މޫސާ ދީދީ) ގެ “ކުރަނގި” ދޯނިން 9 މީހަކު މަހަށް ދިޔައެވެ. އޭގެތެރޭގައި ހިމެނެނީ މަނަދޫ ހަތަރު މީހުންނާއި ކަނޑޫދޫ ދެ މީހުންނާއި މިލަދޫ މީހަކާއި ފޯކައިދޫ މީހަކާއި ގުޅީ މީހެކެވެ. މި އެންމެންނަކީ ވެސް އާންމުކޮށް މަހަށްގޮސް އުޅޭ ކަނޑުމައްޗަށް ފަރިތަ ބައެކެވެ. ހުރިހާ […]

ޢަބްދުﷲ ސަޢީދު
އިބްރާހީމް ޙިލްމީއަށް އިސް މަގާމެއް ނުދެއްވުމުން އުފެދުނު ސުވާލު

އިބްރާހީމް ޙިލްމީއަށް އިސް މަގާމެއް ނުދެއްވުމުން އުފެދުނު ސުވާލު

ރައީސް އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމާއި ރައީސްކަމުގެ ދައުރުގައި ވެސް ކަކާގޭ އިބްރާހީމް ޙިލްމީއަށް ސަރުކާރުން އިސް މަގާމެއް ނުދެއްވައެވެ. އެހެން ނަމަވެސް ވަރަށް އިތުބާރު ކުރެވޭ ބޭފުޅަކަށް ނޫނީ ހަވާލު ނުކުރައްވާނެ ފަދަ ތިންކަމެއް އިބްރާހީމް ޙިލްމީއާ ރައީސް ނާޞިރު ހަވާލު ކުރެއްވި ކަމަށް އަޅުގަނޑުގެ ބައްޕަ ވިދާޅުވިއެވެ. އެ ތިންކަމަކީ ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށް އެކުލަވާލެއްވި ޢިލްމުވެރީންގެ ކޮމެޓީގައި ހިމެނުއްވުމާއި، ޖަމީލު ދީދީގެ ފަނޑިޔާރުކަމުގައި ބަޔަކު އެ މަނިކުފާނުގެ އ...

ޢަބްދުﷲ ސަޢީދު
ޢިލްމީ ނަޒަރަކުން ދިވެހި ޤައުމިއްޔަތުގެ މަފުހޫމާއި އޭގެ ފުން ޢިލްމު - 1

ޢިލްމީ ނަޒަރަކުން ދިވެހި ޤައުމިއްޔަތުގެ މަފުހޫމާއި އޭގެ ފުން ޢިލްމު - 1

ކޮންމެ ޤައުމަކަށް ވެސް އެ ޤައުމަކަށް ޚާއްޞަ ޤައުމިއްޔަތެއް އޮވެއެވެ. ދިވެހީންނަކީ އެވޭލާ ޤައުމަކަށްވާތީ ދިވެހީންގެ ވަރަށް ފުން ޤައުމިއްޔަތެއް އޮވެއެވެ. އެހެން ހުރިހާ ދާއިރާތަކެކޭ އެއްގޮތަށް ދިވެހި ޤައުމިއްޔަތަކީ ވެސް މަފުހޫމެއްގެ މައްޗަށް ޢިލްމީ މާނަތަކެއް ހިމެނޭ ގޮތަށް ތަރުތީބު ވެފައިވާ ފުން ދާއިރާއެކެވެ. މިއީ މި ދެންނެވި ޢިލްމީ ފުން މާނަތަކުގެ މައްޗަށް ބަލާލެވިފައިވާ މަސައްކަތެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާއިން ދިވެހި ޤައުމިއްޔަތުގެ އިސްވަރުން 3...

ޢަބްދުﷲ ސަޢީދު
އަދުގެ ތަޢުލީމީ ނާ މުޅިރާއްޖެއަށްކުރި ދަތުރު

އަދުގެ ތަޢުލީމީ ނާ މުޅިރާއްޖެއަށްކުރި ދަތުރު

މިއީ، އޭރުގެ ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތާއި، އިންސާނީ ވަސީލަތާއި، ރައްޔިތުންގެ ހޭލުންތެރިކަމާއި، ޖޯގުރަފީއާއި ރާއްޖެތެރޭގައި ތަޢުލީމު އޮތް ދެރަވަރުކަމަށް ބަލާއިރު ފަސޭހަ ދަތުރެއް ނޫނެވެ. އެކަމަކު ދިވެހިރާއްޖޭގެ އަދުގެ ތަޢުލީމީ ނާ ވަރަށް ދުރަށް ދަތުރުކޮށްފިއެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ މި ދަތުރުގެ ބައިވެރިއެކެވެ. މީލާދީން 1970 ގެ އަހަރުތައް ފެށުނުއިރު މާލޭގައި ހުރީ ސަރުކާރުގެ އެންމެ ތިން މަދަރުސާއެވެ. ރާއްޖެތެރޭގައި ސަރުކާރުގެ އެންމެ މަދަރުސާއެއް ވެސް ނެތެވެ. އަޅުގަނޑު މި ދަންނަވާ ނާގެ ފަ...

ޢަބްދުﷲ ސަޢީދު
ރާދަވަޅިއަކީ ކޮން އެއްޗެއް؟

ރާދަވަޅިއަކީ ކޮން އެއްޗެއް؟

“ރާދަވަޅި” ކިޔަނީ ކުރުކޮށް އަދި ހުލާސާކޮށް ލިޔެފައި ހުރި ދިވެހި ތާރީޚުގެ ފޮތްތަކަކަށެވެ. ރާދަވަޅިތައް ދިވެސް އަކުރުންނާއި ޢަރަބިން ވެސް ލިޔެފައިވާކަމަށް ވެއެވެ. ނަމަވެސް ފެންނަންހުރި ރާދަވަޅިތައް ލިޔެފައިވަނީ ތާނައިންނެވެ. ރާދަވަޅިތައް ލިޔަމުން އައިސްފައި ވަނީ އޭގެ ކުރީގެ ރާދަވަޅީގައި ވާ ލިޔުން ނަކަލު ކޮށް، އޭގެ ފަހުގެ ތާރީޚުތައް ހިމަނައިގެންނެވެ. މިއީ އެއް ފޮތުން އަނެއް ފޮތަށް ނަކަލުކުރަމުން ގެންގުޅެފައިވާ ތާރީޚީ މުހިންމު ލިޔެކިޔުންތަކެކެވެ. ދިވެހިރާއްޖޭގެ ރަސްކަމުގެ ތާރީޚު ލިޔަމުން އައިސްފައިވ...

ޢަބްދުﷲ ސަޢީދު
ބޮޑުތަކުރުފާނަކީ އެންމެ އިސް ޤައުމީ ބަޠަލުކަމުގައި ދިވެހީން ކަނޑައެޅި މައިގަނޑު 10 ސަބަބު

ބޮޑުތަކުރުފާނަކީ އެންމެ އިސް ޤައުމީ ބަޠަލުކަމުގައި ދިވެހީން ކަނޑައެޅި މައިގަނޑު 10 ސަބަބު

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ނިސްބަތް ވަނީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާނު) ޕޯޗުގީޒުންގެ ކިބައިން މި ރާއްޖެ މިނިވަންކޮށްދެއްވި ދުވަސް ކަމުގައިވާ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހަށެވެ. އެއީ މީލާދީން 2 ޖުލައި 1573 އެވެ. ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް […]

ޢަބްދުﷲ ސަޢީދު
ރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނު ތަކަންދޫގައި: ދުނިޔޭގެ ހިރިގަލު މަހާނައިގެ އެންމެ ބޮޑު ގަބުރުސްތާނު

ރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނު ތަކަންދޫގައި: ދުނިޔޭގެ ހިރިގަލު މަހާނައިގެ އެންމެ ބޮޑު ގަބުރުސްތާނު

ދިވެހިރާއްޖޭގެ އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނަކީ ބިމުގެ ގޮތުން ދިވެހިރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނެވެ. އަދި ދިވެހިރާއްޖޭގައި މިހާރު ފެންނާން އޮތް އެންމެ ޤަދީމީ އެއް ގަބުރުސްތާނެވެ. ކޯގަންނު ގަބުރުސްތާނުގައި 1535 މަހާނަ (މަހާނަގާ) ހުރި ކަމަށް ރިކޯޑުކުރެވިފައިވެއެވެ. ކޯގަންނު ގަބުރުސްތާނުގެ ބޮޑުކަމާއި، ދޮށިކަމާއި، ތާރީޚީ ގޮތުން އެތަނަށް ލިބިގެންވާ ޚާއްޞަ އެތައް ސަބަބަކާ ހުރެ އެ ގަބުރުސްތާނަކީ ސަގާފީ ތަރިކައިގެ ގޮތުން ދިވެހިރާއްޖޭގެ އެންމެ މުއްސަނދި އެއް ގަބުރުސްތާނެވެ. ދިވެހިރާއްޖޭގެ ޤ...

އަޙްމަދު ސާލިމް
މިނިވަންކަމުގެ ވަގުތުފީތާ

މިނިވަންކަމުގެ ވަގުތުފީތާ

1887: އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ 16 ޑިސެންބަރު 1887 ގައެވެ. ހިމާޔަތުގެ ދަށަށް ދިޔައީ ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މުއާހަދާއެއްގެ ދަށުންކަމަށް ބުނެވުނަސް މިކަން ހިނގާ ދިޔައީ ދިވެހި ދައުލަތަށް މަޖުބޫރުކޮށްގެން އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވި ރަދުން، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)ގެ ސިޓީފުޅެއް ހޯދައިގެން. އެ ސިޓީފުޅުގެ މައްޗަށް އިނގިރޭސީން ދިވެހިރާއްޖެއަށް ހިމާޔަތްދިން ކަމަށް ބުނެ ފޮނުވި ސިޓީއަކީ އިނގިރޭސި ކްއީން ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަ...

ޢަބްދުﷲ ސަޢީދު
ލިޔެލާޖެހުން: ދިވެހީން ޒަމާނުއްސުރެ ކުރަމުން އަންނަ ވަރަށް ހުނަރުވެރި މަސައްކަތެއް!

ލިޔެލާޖެހުން: ދިވެހީން ޒަމާނުއްސުރެ ކުރަމުން އަންނަ ވަރަށް ހުނަރުވެރި މަސައްކަތެއް!

ދިވެހި ބަސްފޮތުގައި އޮންނަގޮތުން ނަމަ ލިޔެލާޖެހުމަކީ ލަކުޑިގަނޑެއް ދިގުހަރުގައި އަޅައިގެން ލިޔާކަށްޓަކުން ކޮށައި އެއަށް ގަސްތުކޮށްފައިވާ ސިފަޔެއް ގެނެސް އޭގައިލާހިއްޕުމެވެ. ލިޔެލާޖެހުމަކީ ދެ މަސައްކަތެއް ލާމެހިގެން ހެދިފައިވާ ލަފުޒެކެވެ. އެއީ ލިޔުމާއި ލާޖެހުމެވެ. ލިޔުމަކީ ދިގު ހަރުގައި ނުވަތަ އަރިޔަން ހަރުގައި އަޅައިގެން ލިޔާ ކަށިން ލަކުޑި ކޮށައި މަށައި އެކިވައްތަރަށް ސިފަ ގެނައުމެވެ. ލާޖެހުމަކީ ލަކުޑިން ހަދައިފައި ހުންނަ މަލާފަތާއި، ނާޅިއާއި، ލާއްސާއި، ފުރޯދަނޑި ފަދަ އެއްޗެހީގައި ލާހިންގުން، ނު...

ޢަބްދުﷲ ސަޢީދު
ފަލަސްޠީނާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގި އެއަރލައިން - މޯލްޑިވްސް އެއަރވޭޒް

ފަލަސްޠީނާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގި އެއަރލައިން - މޯލްޑިވްސް އެއަރވޭޒް

ފަަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާއި ދިވެހި ސަރުކާރާ ގުޅިގެން 1984 އިން 1986 އަށް ރާއްޖޭން ވަނީ “މޯލްޑިވްސް އެއަރ ވޭޒް”ގެ ނަމުގައި އެއާލައިނެއް އޮޕަރޭޓްކޮށްފަ އެވެ. އޭރު ޕީއެލްއޯގެ ލީޑަރަކީ އައްސައްޔިދު ޔާސިރު ޢަރަފާތެވެ. އެމަނިކުފާނު ވަނީ 1984 ގައި ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ. މޯލްޑިވްސް އެއަރވޭޒުގައި ދުއްވާފައި ވަނީ އެމެރިކާގައި އުފައްދާފައިވާ ޑަގްލަސް ޑީސީ-8 ގެ ދެ މަތިންދާބޯޓެވެ. އޭރު ދިވެހި ސަރުކާރުގެ އެއަރ ލައިންކަމަށްވާ އެއަރ މޯލްޑިވްސްގައި އޮތީ […...

ޢަބްދުﷲ ސަޢީދު
ދިވެހީންގެ ތެރޭގައި އުޅުނު ޚިޔާލީ ދެވިތަކާއި ފުރޭތައް

ދިވެހީންގެ ތެރޭގައި އުޅުނު ޚިޔާލީ ދެވިތަކާއި ފުރޭތައް

ދިވެހީންގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ޚިޔާލީ ދެވިތަކާއި ފުރޭތައް އުޅެމުން އައެވެ. އަދި ވަރަށް ގިނަ ރޫޙާނީ ތަކެތި ފެނިފައިވާ އަދި ރޫޙާނީ ކަންތައްތަކާ ބައްދަލުވެ އެ ކަންކަން ތަޖުރިބާކުރެވިފައިވާ މީހުން ކުރީ ޒަމާނުގައި ދިވެހީންގެ ތެރޭގައި ވަރަށް ގިނައެވެ. ދިވެހި ތާރީޚަށް ޚިދުމަތްކުރެއްވި އެޗްސީޕީ ބެލްއަށް ވެސް މިކަން ފާހަގަކުރެވުނެވެ. މި މަޢުލޫމާތު ބެލް ހޯއްދެވީ އަލްޢައްލާމާ ޙުސައިން ޞަލާޙުއްދީނުގެ އަރިހުންނެވެ. އެއީ ހިޖުރައިން 1346 ވަނަ އަހަރެވެ. މީލާދުން 1928 ވަނަ އަހަރެވެ. […]

ޢަބްދުﷲ ސަޢީދު
ޖުމްހޫރީ ވެރިކަން ދިވެހީންނަށް ތަޢާރަފުވިގޮތް

ޖުމްހޫރީ ވެރިކަން ދިވެހީންނަށް ތަޢާރަފުވިގޮތް

“ޤައުމެއް ކުރިއަރައިދިއުން އޮތީ، އެ ޤައުމެއް ހިންގުމުގައި ބޭނުންކުރެވޭ ވެރިކަމުގެ ނިޒާމެއްގެ ސަބަބުން ނޫންކަން ހަނދާން ނައްތާ ނުލަމާތޯއެވެ. އަދި ކިއެއްތަ، ޤައުމެއްގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާ އޮތީ، އެ ވެރިކަމެއް ހިންގޭ ގޮތްތަކެއްގެ މައްޗަށެވެ.” މިއީ ދިވެހީންނަށް ޖުމްހޫރީ ވެރިކަން އެންމެ ފުރަތަމަ ތަޢާރަފުކޮށް ދެއްވި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ބަސްފުޅެކެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް ޖުމްހޫރީ ވެރިކަން ތަޢާރަފު ކޮށްދެއްވި ދުވަހު އާ ގާ...

ޢަބްދުﷲ ސަޢީދު
ބޮޑުދަތުރު ޑޮކިއުމަންޓްރީ ނެރެފި

ބޮޑުދަތުރު ޑޮކިއުމަންޓްރީ ނެރެފި

“ބޮޑުދަތުރު” ޑޮކިއުމަންޓްރީ މިއަދު “ތިލަދުން” އިން ނެރެފި އެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެބޮޑު އެއް ހާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ބޮޑުދަތުރު ޑޮކިއުމަންޓްރީ ތިލަދުންގެ މީސްމީޑިޔާ މަންސަތަކުން މިހާރު ފެންނާނެއެވެ. އެގޮތުން ތިލަދުން އޮންލައިންގެ ފޭސްބުކް ޕޭޖްއިންނާއި، ޔޫޓިއުބް ޗެނަލްއިން މިހާރު ފެންނާނެ އެވެ. މީގެ 80 އަހަރު ކުރިން ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަތީބު އިސްވެހުރެ، އުތުރުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މާލެއައި ދަތުރާއި ގުޅޭ މި ޑޮކިއުމަންޓްރީ އަކީ...

ތިލަދުން
ރާއްޖޭގައި ރަސްކަންކޮށްފައިވާ ހިލާލީ ދަރިކޮޅު ފެށިގެން އައިގޮތުގެ ވާހަކަ

ރާއްޖޭގައި ރަސްކަންކޮށްފައިވާ ހިލާލީ ދަރިކޮޅު ފެށިގެން އައިގޮތުގެ ވާހަކަ

މިއީ ރާއްޖޭގައި ރަސްކަންކޮށްފައިވާ ހިލާލީ ދަރިކޮޅު ފެށިގެން އައިގޮތުގެ ވާހަކައެވެ. ރާއްޖެއިން ބޭރާ ގުޅިފައިވާ އެ ދަރިކޮޅުގެ ވާހަކަ ދެ ގޮތަކަށް ކިޔާ އުޅެއެވެ. އެއް ގޮތަކީ މަލަބާރުން ރާއްޖެ އައިސް މާލެ އަތޮޅު ހުޅުލޭގައި ވަޒަންވެރިވި ބަދުރުއްދީނުގެ ވާހަކައެވެ. އަނެއް ވާހަކައަކީ އަދި މަޝްހޫރު ވާހަކައަކީ ޔަމަނުކަރައިން ރާއްޖެ އައިސް ހުޅުލޭގައި ވަޒަންވެރިވި “މުސްލިމް ޢައްބާސް” ގެ ވާހަކައެވެ. ދެ ނަމެއް ކިޔަސް އަދި ދުނިޔޭގެ ދެ ހިސާބަކުން އައި ކަމަށް ކިޔާ އުޅުނަސް މި […]

ޢަބްދުﷲ ސަޢީދު