މަގޫދޫ އެއާޕޯޓު ހިންގަން ރީޖަނަލް އެއާޕޯޓްސް އަށް
ފ. މަގޫދޫގައި ހަދަމުން އަންނަ އެއާޕޯޓު ހިންގުމަށް ރީޖަނަލް އެއާޕޯޓްސް އާ ހަވާލުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ އެއާޕޯޓް ހިންގުމުގެ ހުރިހާ ބާރެއް އެ ކުންފުންޏަށް މިހާރު ވަނީ ދީފައެވެ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 230 މިލިއަން ރުފިޔާއަަށެވެ. މި އެއާޕޯޓް ތަރައްގީކުރ...